އަތުކުރެހުން (4)

ކިޔާފައިވާ ޢަދަދު: 402
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ހަދާނެ ގޮތަކާމެދު ފިކުރުކޮށްލައިފައި ނަޒުމީ ލުއިލުއި ފިޔަވަޅުތައް އަޅަމުން ހިލަވަޅު އޮއްބަމުން އައި މަގުން ކޮޓަރީން ނިކުމެގެން ހިނގައްޖެއެވެ. ދެން ކުރީ ރެއެކޭ އެއްފަދައިން ވަލުން ގަހަށް ގޮސް ގަހުން ފައިބައިގެން އައިކޮޅަށް ބެހެއްޓީއެވެ. އަނެއް ދުވަހު، އާންމުކޮށް ހޭލައި ނޫޅޭހައި ހެނދުނާ ހޭލައިފިއެވެ. ފާޚާނާއަށް ވަދެ ފެންވަރަން ހުރިއިރު ވެސް ހެދުން އަޅައިގެން ނާސްތާއަށް ތިރިޔަށް ރެސްޓޯރެންޓަށް ދިއައިރު ވެސް ހިތުގައި ސިފަވެފައި އޮތީ ކޮއްކޮޔާ ދިމާވުމުގެ އުފަލެވެ. އަޖައިބުކަމެވެ. އެކަމަކު ކޮއްކޮއަށް އޭނާޔަކީ ވަގެއްކަމާއި…

ޕްރޮގްރާމް މަރުޙަބާ! މިތާނގެ ޚިދުމަތަށް މަރުޙަބާ!

ކިޔާފައިވާ ޢަދަދު: 328
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

“އައްސަލާމް ޢަލައިކުމް! އުފެއްދުންތެރިކަމުގެ އާ ޕްރޮގްރާމަކަށް މަރުޙަބާ!” “މިފިހާރައިގެ އާ ޚިދްމަތަށް މަރުހަބާ!” މިބާވަތުގެ ޢިބާރާތްތައް މިހާރަކަށް އައިސް ގިނައިން އެބައިވެއެވެ. މިއީ ދިވެހިބަހާ ވަރަށް ބީރައްޓެހި ޢިބާރާތެއް ކަމަށް އަޅުގަނޑަށް ފެނެއެވެ. މިދެންނެވީ ޕްރޮގްރާމް ހަދާ ބަޔަކު އެ ޕްރޮގްރާމަށް މަރުޙަބާ ކިޔާ ވާހަކައެވެ. ޚިދްމަތްދޭ ފަރާތުން އަމިއްލައަށް ޚިދުމަތަށް މަރުޙަބާ ކިޔާ ވާހަކައެވެ. ވީމާ އެހެން ބަޔަކާ ނުބެހި އެކަން އެނިމުނީއެވެ. މިއީ އަޅުގަނޑަށް ހީވާ ގޮތެވެ. އަޅުގަނޑުމެން ދިވެހީންގެ އާދަކާދަ ހުންނަ ގޮތުން…

ދިވެހިބަހަކީ އަމިއްލަ ވަޒަންތަކަކާއި ހަމަތަކަކުން ނެރެވޭ ދިވެހި އަޑުތަކެވެ.

ކިޔާފައިވާ ޢަދަދު: 491
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މުޙަންމަދު ލަޠީފު  މއ. ކިނބި             މިއީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މިހާރުގެ ޗާންސެލަރ، ޑޮކްޓަރ މުޙައްމަދު ލަޠީފު، މީގެ 27 އަހަރު ކުރީން 1989 އޭޕްރީލް މަހު ނުކުތް “ފަތްތޫރަ”އިގެ 121 ވަނަ އަދަދުގައި ޝާއިއު ކޮށްފައިވާ މި ލިޔުން، މި ސައިޓަށް ހަދިޔާކޮށް ދެއްވިކަމަށް ޓަކައި، ޑރ. ލަޠީފަށް ޝުކުރު ދަންނަވަމެވެ. = އިދާރާ = __________________________                ދިވެހިބަހަކީ އަޅުގަނޑުމެންގެ އަމިއްލަ ބަހެވެ. “ޤުދުރަތީ ދިވެހިރާއްޖޭގެ” މީހުން ވާހަކަދައްކާ އުޅޭ އަދި އެނޫން…

މިނިވަން ދުވަސް އައުމުން

ކިޔާފައިވާ ޢަދަދު: 410
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

= ޏ. ޢަލީ ޝަރީފް =              އަލްފާޟިލް ޏ. ޢަލީ ޝަރީފަކީ، ގިނަ ޅެންތަކެއް ހައްދަވާފައި މޮޅު ޅެންވެރިއެކެވެ. އޭނާގެ ޅެންތަކުގެ 2 ފޮތެއް ވަނީ، ޝާއިޢުކުރެވިފައެވެ. “ބިއްސާވެލި” (1،2) ގެ ނަމުގައެވެ.  އޭނާއަށް ވަނީ ދިވެހިޅެންވެރިކަމުގެ ރޮނގުން އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު 1981 ވަނަ އަހަރު ލިބިވަޑައިގެންފައިވެއެވެ.                މިނިވަން ދުވަހުގެ މުނާސަބަތާ ގުޅޭ މިޅެން ނަކަލުކޮށްފައި މިވަނީ، ދުވަހު ނޫސް “ހަވީރު” ގެ 1982 ޖުލައި 26 ވަނަ ދުވަހުގެ…

ކާފިރު މައުތު ޖަހަންނަމަ

ކިޔާފައިވާ ޢަދަދު: 372
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަލްފާޟިލް ޢަބްދުﷲ އިސްމާޢީލު(މަޝްހޫރު ތުއްތު ސާހިބާ) ބެހޭ ވާހަކަ އެއް ލިޔެލަމެވެ. އޭނާ ބަންގާޅަށް ދުރުވިއިރެއްގައި ދިގު ތުނބުޅިއެއް ހުރި މީހަކަށް ތުއްތު ސާހިބު ފެނިއްޖެއެވެ. އޭނާ އަހާފައި އޮންނަ ގޮތުގައި ރާއްޖޭގައި އުޅެނީ ހުސް އިސްލާމުން ކަމަށްވުމާއެކު އެންމެންހެން ޢަރަބި ކިޔަން ދަންނާނެއެވެ. އެހެންނަމަވެސް ޢަރަބިބަހުން ވާހަކަ ދައްކައި އުޅޭކަށް ދިވެހިންނަކަށް ނޭނގެއެވެ. މިހެންވެ ތުއްތު ދެރަކޮށްލުމުގެ ގޮތުން އެމީހަކު ހިންދީބަހުން އަހާލިއެވެ. ކަލޭ  ޢަރަބި ދަންނަމު ހެއްޔެވެ؟ ތުއްތު ސާހިބު ހިންދީ ބަހުން ބުނުއްވިއެވެ.…

އަތުކުރެހުން (3)

ކިޔާފައިވާ ޢަދަދު: 522
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

 ކޮއްކޮ ގެއްލުނީ މީގެ އަހަރުތަކެއް ކުރީން ދޮންމަންމަޔާއެކު ބޭހަކަށް އިންޑިޔާއަށް އައިސްގެން އުޅެނިކޮށް މިރަށަށެވެ. ކޮއްޗެއަށެވެ. ކޮއްކޮގެ ބައްޔަކީ އަޑު ގެއްލުމުގެ ބައްޔެވެ. ނަފުސާނީ ޝޮކަކާ ވިދިގެން ލިބިފައިވާ ވަގުތީ “ހަމަހިމޭން ކަމެއް ކަމަށް” ޑަކުޓަރު ބުންޏެވެ. އޭރު ކޮއްކޮގެ އުމުރަކީ ބާރަ އަހަރެވެ. ނަޒުމީއަށް ވުރެ އުމުރުން އަށް އަހަރު ހަގު ކޮއްކޮއެވެ. ނަޒުމީ އެއްބަނޑު އެއްބަފާގައި ހުރި ހަމަ އެކަނި ކުއްޖާއެވެ. ކުޑައިރު، ދެބެއިންގެ މަންމަ ނިޔާވުމާ ވިދިގެން، އިހާނާތްތެރި ދޮންމަންމައެއްގެ ބެލުމުގެ ދަށުގައި…

އަތުކުރެހުން (2)

ކިޔާފައިވާ ޢަދަދު: 294
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ގޭތެރެއިން ނިކުތް މީހަކު ހަރުއަޑުން އަންގައި އިއުލާނުކުރީ މިރެއާއި މާދަމާ ބަލިމީހުން ބެލުމެއް ނޯންނާނެ ކަމަށެވެ. ނަންބަރު ނަގައިގެން ތިބި މީހުންނަށް ފޯނުން އެކަން އަންގައި އެހެން ދުވަހަކަށް ނަންބަރު ހަމަ ޖައްސައިދޭނޭ ކަމަށެވެ. ދުވަސް ބަދަލުވެ ނަންބަރުތައް އަލުންބަލުން ތަރުތީބު ކުރަން ޖެހުނީތީ އެންމެ ބޭކަލުންނާއި ކަނބަލުން ކިބައިން ޑަކުޓަރު ނިހާޔަތަށް މާފު އެދިލައްވަޔޯލައެވެ. ހީނުކޮށް ހުރި ކަމެއް ލައިގަތީޔޯލައެވެ. ގާތްތިމާގެމީހެއްގެ ކުއްލި މަރެވެ. ޖަނާޒާގައި ބައިވެރިވެލެއްވުމަށް ޑަކުޓަރު އަންހެނުންނާއި ފިރިހެންދަރިފުޅާއެކު ރަށުން ބޭރަށް ފުރުއްވަން…

ދަންވަރުގެ މައިލޯތަށި

ކިޔާފައިވާ ޢަދަދު: 355
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަޅުގަނޑުގެ ރައްޓެއްސަކު ކިޔައިދިނެވެ. ޒުވާން އިރު ތިމަންނައަކީ ވަރަށް ނިދި ގަދަ މީހަކީމެވެ. ކައިވެނީގެ ހަޔާތެއް ފެށުނުއިރު ވެސް އެކަން އޮތީ އެހެންނެވެ. ތިމަންގެ ފިރިމީހާ ރޭގަނޑު ވެސް މަސައްކަތުގައި އުޅެއެވެ. މިގޮތަށް މަސައްކަތުގައި އުޅެފައި ގެއަށް އަންނަ އިރު ހުންނަނީ ވަރަށް ދަން ވެފައެވެ. އެގޮތަށް އައިސްފައި ބައެއް ރޭރޭ ތިމަންނައަށް ގޮވާލާނެއެވެ. އެއީ ސައިތަށްޓެއް ، މައިލޯތަށްޓެއް ، ކޮފީތަށްޓެއް ހެދުމަށް ޓަކައެވެ. މި ގޮތުން އެއް ރެޔަކު އައިސް ގޮވާލައިފިއެވެ. ދެން ހޭލެވެތޯ…

“ޤައުމުގެ ދުލުން”

ކިޔާފައިވާ ޢަދަދު: 321
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަޚުނާ އުޚުތުން ގިނަވެ ދަނީ ޢަދަދު ނުވާހައި ވަހުމުން ފުރިގެން ރަން ވެދަނީ ދުނިޔެ އެކީގައި ދުނިޔޭގެ ނުބައި ޖާހިލު ޝައިތާނު އެކީގައި ބުނިހާ ގޮތަކަށް ޢަމަލުކުރޭ މިގޮތް މަތީގައި ފާހިޝްވި ނުބައި ޢަމަލުތަކުން ނަފުސު ފުރާލައި ދާހިތްވެ ދެޔޭ އަބުރުއެކީ ކަތިވެ އެގޮތުގައި މީހުންގެ ނުބައި ނެތި މޮށުމުން ވަގުތު ނަގާލައި އަޚުނާއި އުޚުތުން މަސްމުޅަ ކާލާނެ އުފަލުގައި ވައްކަން ކުރުމާއި މަގުފޭރުން ގިނަވެމިތާނގައި ހެއްކެއް ނެތިފައި ދުށް މިކަމަށް ވީ މި ނިޔާގައި އަންހެން…

އަތުކުރެހުން (1)

ކިޔާފައިވާ ޢަދަދު: 294
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ގަޑިން މިހާރު ކިހައި އިރެއް ވެދާނެބާވައެވެ؟ ނަޒުމީ އުޑުމަތި ބަލައިލައިފައި ހިތާ ހިތާ ކިޔައިލިއެވެ. ގައިމު ވެސް މެންދަމުން އަލިވެ އެކެއް ދޭއް ޖަހައިފާނެއެވެ. ނުވަ ވަނަ ރޭގެ ހަނދު ދަން ހަމަކުރަމުން ހުޅަނގަށް ގޮސް ނުއޮއްސޭ ނަމަ އޮއްސެން ގާތްވެދާނެއެވެ. އުޑުމަތީ އިރާދަމު ވިދާ ބެބުޅި ވިޔަ ނުވާހައި ގިނަ ތަރިތައް ފެތުރެމުން ބޯވަމުން އަންނަ ވިލާގެ ރަޖާ ދަށަށް ވަދެ ނިވާވެއްޖެއެވެ. އިހާ ޚިލާފަށް ޖެހޭ ރޯޅީގައި މިހާރު ތޫނު ތެތް ފިނި ކަމެއް…