ޓީޗަރުގެ ގެއްލުނު ފައިވާން

ކިޔާފައިވާ ޢަދަދު: 13744
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
އަހަރަކީ 1993 ވަނަ އަހަރެވެ. ތަނަކީ ލ. ފޮނަދުއެވެ. އަޅުގަނޑު އޭރު މަސައްކަތްކުރީ ލ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. އޭރު ސީދާ ސަރުކާރުން ހިންގަވާ ސްކޫލްތަކުގެ ގޮތުގައި އަތޮޅުތަކުގައި ހުންނަ ސްކޫލްތައް ވަރަށް މަދެވެ. އެހެންކަމުން ރަށްރަށުގެ ސްކޫލްތަކުގެ ޓީޗަރުންނަށް އަމާޒުކޮށްގެން ހިންގާ ގިނަ ޙަރަކާތްތައް ހިންގަނީ އަތޮޅުތަޢުލީމީ މަރުކަޒުގައެވެ.

ތާނަލިޔުމުގައި ބޭރުބަސްބަހުގެ ލަފުޒު ލިޔުމުގެ ބައެއް ހަމަ

ކިޔާފައިވާ ޢަދަދު: 6190
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ޞާދިޤު
1 – ތާނަ ލިޔުމުގައި ބޭރު ބަސްބަހުގެ ލަފުޒުތައް ލިޔާއިރު  އެ ލަފުޒުތައް އެއް އާ އެކު ފަދަ އަކުރުތަކާ ގުޅުވަމުން ގެނަދަން ވާނީ ދިވެހިބަހުގެ ލަފުޒުތައް ވެސް އެ އަކުރުތަކާ ގުޅުމުގައި ގެންގުޅޭ އުސޫލާ އެއްގޮތަށެވެ.
މިސާލު: މޭޒު، މޭޒެއް، މޭޒާ، މޭޒަކު، ލިޔާހެން ފުލައިޓް ފުލައިޓެއް ފުލައިޓާ ފުލައިޓަކު މިގޮތަށެވެ. 

އަޅުގަނޑުގެ ފަޓުލޫނު ފައިކުރި

ކިޔާފައިވާ ޢަދަދު: 8325
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޝާކިރު މުޙައްމަދު  
ނަވާރަ ސަތޭކަ އަށްޑިހައިގެ ފަހުކޮޅު، ނުވަދިހައިގެ ކުރީކޮޅު، ރާއްޖޭގައި ފަޓުލޫނު ފައިކުރީގެ މައްސަލަ ވަރަށް ބޮޑުވިއެވެ. ވަރަށްބޮޑު “ދީނީ މައްސަލައަކަށް ” ފަޓުލޫނުގެ ފައިކުރި ވެގެން ދިޔައެވެ.  އޭގެ ކުރީން ފަޓުލޫނު ފައިކުރީގެ ވާހަކަ މާބޮޑަށް ދެކެވުނު ކަމަކަށް އެނގިފައެއް ނުވެއެވެ. އޭގެ އެއްސަބަބަކަށް އޭރު ފަޓުލޫނު އެހާ އާންމު ނޫންވީމާކަމަށް ވެސް ވެދާނެ އެވެ.

ގެއްލޭ ކަރުދާސް ދަތިތައް ޖަމާވަނީ ކޮންތާކަށްބާ؟

ކިޔާފައިވާ ޢަދަދު: 10247
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
އަޅުގަނޑުމެންގެ އޮފީސްތަކުގައްޔާއި ސްކޫލް ތަކުގެ އިތުރުން ގޭގޭގައާއި އަދި އަޅުގަނޑު ހިތުން މިހާރުގެ ކަންނެލި އޮޑިފަހަރުގައިވެސް، ޕޭޕަރކްލިޕްސް މިކިޔާ ކުދިކުދި، ކުލަކުލައިގެ ކަރުދާސް ދަތިތައް ގިނަ އަދަދަކަށް ހުންނާނެއެވެ. ތަފާތު އެތައް ކަމަކަށް ފުދޭތީކަމަށްވެސް ވެދާނެއެވެ. ދެ ކަރުދާސް ކޮޅު ނުވަތަ ދިހަވަރަކަށް ގަނޑު ވަގުތީގޮތުން އެއްކޮށްލުމަށް މި ބޭނުންކުރާހައި ކަރުދާސް ދަތިތައް ފިސާރި އަވަހަށް ގެއްލޭ ކަމީ ފާހަގަ ކުރެވިފައިވާ ކަމެއްތޯއެވެ؟

ކަތިވަޅި ހިފައިގެން އަންނަ ކޮންމެ މީހަކީ ކަތިލަން އަންނަ މީހެއް ނޫނެވެ.

ކިޔާފައިވާ ޢަދަދު: 5771
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކާފަ ކިޔައިދިން ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ. ކާފަ ބުނިގޮތުގައި އެއީ ހަގީގީ ހާދިސާއެކެވެ.

މުޙައްމަދު ނަސީމް އަޙުމަދު

ގާތްގަނޑަކަށް މީގެ ބައިގަރުނެއްހާ ދުވަސް ކުރިން އަހަރެމެންގެ ރަށުގެ ބަޔަކު އޮޑިއެއް ކަނޑައިގެން ފިލިއެވެ. އެމީހުންގެ މަގުސަދަކީ ރާއްޖޭން ބޭރުގެ ކޮންމެސް ގައުމަކަށް ގޮސް ކިޔަވައި، ވިޔަފާރިކޮށް، އެފަދަ އެހެން ވެސް ފުރުސަތުތައް ހޯދުމެވެ. ރާއްޖޭގެ ހާލަތު އޭރު އެހާ ވެސް ގޯހެވެ.

އަޅުވެރިޔާގެ ދަހިވެރިކަން

ކިޔާފައިވާ ޢަދަދު: 4441
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: މުޙައްމަދު މޫސާފުޅު ގ.ވިލަމެންދު
އިޙްޔާއުލްޢުލޫމުގައި ލިޔުއްވާފައިވެއެވެ. ބަނީ އިސްރާއީލުންގެ ވަރަށްބޮޑު އަޅުވެރިޔަކު އުޅުނެވެ. އޭނާ ހުރިހާ ވަގުތެއްގައި އަޅުކަމުގައި މަޝްޣޫލްވެގެން އުޅުއްވައެވެ. އެއްފަހަރަކު ޖަމާޢަތެއްގެ ބަޔަކުއައިސް އޭނާއަށް ދެންނެވިއެވެ. ޤައުމެއްގެ ބަޔަކު މިތާކައިރީގައި އެވެނި ބާވަތެއްގެ ގަހަކަށް އަޅުކަންކުރަމުން އެބަގެންދެއެވެ. މިޚަބަރު ލިބުމުން އަޅުވެރިޔާ ވަރަށްބޮޑަށް ރުޅި ދުރުވެއްޖެއެވެ. އަދި އެހިނދު ތޫނު ކޯރާޑިއެއް ހިއްޕަވައިގެން އެ ގަސްކަނޑާލެއްވުމަށް ހިންގަވައި ގެންފިއެވެ.

ފުވައްމުލަކުގެ ޢިލްމީ އުދަރެހުން(1):

ކިޔާފައިވާ ޢަދަދު: 7571
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަލީ މުޞްޠަފާ 

ޢަބުދުﷲ ޙިލްމީ

“މަޖީދިއްޔާގައި އޭނާއަކީ އެންމެމޮޅު ޅެންވެރިޔާއަށް ވީފަދައިން ފަހަކަށްއައިސް ދިވެހިރާއްޖޭގައިވެސް “ހިޒާރު” (ޢަލީ މުޞްޠަފާ) އަކީ އޭނާއާއި ވާދަކުރުން ދަތި ޠަބީޢީ ޅެންވެރިއެކެވެ. ޤައުމީ މުބާރާތްތަކުގައި އެތައް ފަހަރެއްގެ މަތިން ހޮވުނު އެއްވަނަ ޅެންވެރިޔާއެވެ.”   – “މަލަސް”53 – 

ލިބާސް

ކިޔާފައިވާ ޢަދަދު: 8755
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
ލިބާހަކީ އިންސާނާ ކިބުރުވެރި ކުރުވާ އެއްޗެކެވެ.

އޭނާގެ ހިތަށް އެރި އެވެ. ލިބާހެއް ނުލައި، މުޅީން ބަރަހަނާ ވެގެން ރަށު ތެރޭގައި ބުރެއް ޖަހައިލާން ވީއެވެ. ހުރިހައި މަގަކުން ހިނގައިލާން ވީއެވެ. އެކަމަކު…

އެއީ ފަސޭހަ ކަމެއް ހެއްޔެވެ؟

ވަރި ޑަބިޔާ

ކިޔާފައިވާ ޢަދަދު: 6947
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމް ނަޞީރު އިބްރާހީމް
ބަހުގައި ހިފެހެއްޓުމަކީ ބައެއް މީހުންގައި ހުންނަ ސިފައެކެވެ. ގޮތުގައި ހިފެހެއްޓުމޭ ވެސް ކިޔެއެވެ. ނަމަވެސް މި ދެ ބުނުމުގައި ވަނީ މުޅިން އެއް މާނައެއްބާ އޭ އަޅުގަނޑު ހިތަށް އަރައެވެ.  ބަހުގައި ހިފެހެއްޓުމަކީ ތިމާއަށް އެއްޗެއް ބުނެވުނީތީ، ނުވަތަ އެ އެއްޗެއް ބުނީ ތިމާ ކަމަށްވީތީ އެ ބަހެއްގައި ކޮލުދަތުން ދައިގަނެގެން ހުރުމެވެ. ބުނި ބަހަށް ކުޑަ ވެސް ދުލެއް ނުދިނުމެވެ. 

ހިތުލީ ލޯބި

ކިޔާފައިވާ ޢަދަދު: 6495
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ނަޖުމީ
އަހަރެން ކުއްޖަކާ ރައްޓެހިވާއިރަށް ކޮއްކޮ އެ ދެމެދަށް ވަންނާނެއެވެ. މިއީ އެއްފަހަރަކު ދިމާވި ކަމެއް ނޫނެވެ. އެންމެ ކުޑައިރުން ފެށިގެންވެސް އޭނާ ހުންނާނީ އަހަރެންގެ ފޫބުޑުގައެވެ. އަހަރެން ކުރާކަމެއް ވިއްޔާ އެކަމެއް އޭނާ ކުރާނެއެވެ.
ރީނާ އަހަންނަށް ވުރެން ހަގީ ތިން އަހަރެވެ. އަހަރުމެންގެ ދެބޭންގެ މަންމަ ނިޔާވި އިރު އޭނާގެ އުމުރުން 4 އަހަރެވެ. އެދުވަހެއް އޭނާ ހަނދާނެއް ނުހުރެއެވެ. އެހެންނަމަވެސް މަންމަގެ ހަނދާނެެއް އަހަރެންގެ ހިތަކުން ނުފިލައެވެ. ބައްޕަ އޭގެފަހުން ތިން ދޮންމަންމައިން ގެނައެވެ. އެކަކުވެސް އަހަރެމެންނަކަށް ކަމަކު ނުދިޔައެވެ. ރީނާ އަބަދު އަހަރެންގެ ވަށައިގެން ކޮކާލެއްހެން އެ އެނބުރެނީ މަންމައެއް ނެތުމުން ކަމަށް ވެދާނެއެވެ.