ތޮށިބާ!؟

ކިޔާފައިވާ ޢަދަދު: 3126
ފާޠިމަތު ސަނޫހާ، ދާރުއްސަލާމް، ހދ.ފިނޭ
ގަޑިން ހަވީރު ހަތަރެއް ޖަހަނީ އެވެ. މެންދުރު ނަމާދަށް ނުކުތް ގޮތަށް ގެއަށް ނުގޮސް މި އުޅެނީ އަންހެނުންގެ ޝަކުވާތަކުން ސަލާމަތްވުމަށެވެ. ހުކުރުދުވަހުގެ ހުކުރު ނަމާދުގެ ޚުތުބާފަދައިން މިއީ ކޮންމެ ހުކުރު ދުވަހަކު އަހަރެންގެ އަންހެނުން އަދާކުރަންޖެހޭ ފަރުޟެއްފަދަ އެވެ. ހަމަ ކޮންމެ ހުކުރު ދުވަހެއްގެ އާދަ އެވެ.

ޢުމަރުލްފާރޫޤާއި މުސާފިރެއް!

ކިޔާފައިވާ ޢަދަދު: 3977
ތަރުޖަމާ: މުޙައްމަދު މޫސާ ފުޅު ގ.ވިލަމެންދު
މާތްﷲ ރުއްސުންލެއްވި ޢުމަރުލްފާރޫޤު، އެކަލޭގެ ފާނުގެ އާދަފުޅާ އެއްގޮތަށް ރޭގަނޑު މަދީނަތުއްމުނައްވަރާގެތެރޭގައި ބުރުޖައްސަވަމުން ގެންދެވިއެވެ. އޭރު ރަށުތެރެވަނީ ހަމަހިމޭން ވެފައެވެ. މީސްތަކުންވަނީ ނިދާފައެވެ.

ބަހަކީ ކޮން އެއްޗެއް ތޯ؟

ކިޔާފައިވާ ޢަދަދު: 4131
ޔުމްނާ މައުމޫން
އަޅުގަނޑު މި މަޒުމޫންގައި “ބަސް” މި ބޭނުންކުރަނީ އިނގިރޭސި ބަހުން “ލެންގްވިޖް” ގެ މާނައިގައެވެ.
 
ބަސްބަހާބެހޭ ދިރާސާ ކުރާ ޢިލްމުވެރިން ނުވަތަ “ލިންގުއިސްޓު”އިލްމުވެރިން ބުނާގޮތުގައި ބަހަކީ އެއް އިންސާނަކު އަނެއް އިންސާނަކަށް އެއްޗެއް އޮޅުން ފިލުވައިދިނުމަށްޓަކައި ނުވަތަ މަޢުލޫމާތު ދިނުމަށްޓަކައި ވަކި ނިޒާމެއްގެ މަތިން ބޭނުންކުރާ އަޑުތަކަކަށް ނުވަތަ އިޝާރާތް ތަކަކަށް ކިޔާނަމެކެވެ. ބަހުގެ އެންމެ އިސް ބޭނުމަކީ ކަމަކާ ބެހޭ މަޢުލޫމާތެއް އެކަކު އަނެކަކަށް އަންގައިދިނުމެވެ.

ދަންމަރު (6)

ކިޔާފައިވާ ޢަދަދު: 8556

ކާމިޔާބީގެ ނަފްސިއްޔާތު

މައުލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
ދުނިޔޭގެ ޗެމްޕިއަނުންނަށް ބަލާ އިރު ވާދަ ކުރާ ގިނަ މީހުންގެ ކިބައިގައި ހުންނަ ޤާބިލިއްޔަތާއި ހުނަރުގައި މާ ބޮޑު ތަފާތެއް ނުހުރެ އެވެ. އެންމެންނަށް ލިބެނީ ދާދި އެއް ވަރެއްގެ ތަމްރީނު ތަކެކެވެ. އެހެން ކަމަށް ވާ ނަމަ އެކަކަށް ކާމިޔާބީ ލިބިފައި އަނެކަކަށް ނާކާމިޔާބީ އާ ކުރިމަތި ލާން ޖެހެނީ ކީއްވެގެންތޯއެވެ؟ މި ސުވާލަށް ޖަވާބެއް ހޯދޭތޯ އެމެރިކާ ގައި އެކި ކަހަލަ ދިރާސާ ތައް ކުރެވެމުން ދާތާ ތިން އަހަރު ވެދާނެ އެވެ.

ޙަޔާތުގެ ހިޔަނި (6)

ކިޔާފައިވާ ޢަދަދު: 4573
ޑޮކްޓަރ މުޙައްމަދު ރަޝީދު

ނޯޓް: ދިމާވި ސަބަބަކާހުރެ “ޙަޔާތުގެ ހިޔަނި” ޝާއިޢުނުކުރެވި ދުވަސްތަކެއް ފާއިތުވިކަމަށްޓަކައި ކިޔުންތެރިންގެ އަރިހުން މާފަށް އެދެމެވެ. 

(7 އޮކްޓޯބަރ 2012 (އާދީއްތަ) ގުޅޭ)
އެހުރިހައި ފޮތެއް ހުދާ ހާވައެވެ. ފުށުންޖަހައެވެ. ފޮތްކާ ކަތުރުފަންޏެއް ހެންނެވެ. އަތްލުންމަނައީ އެންމެފޮތެއްގައެވެ. “ކާމަސުތުރާ” ގައެވެ. އެފޮތް އޮންނަތަން ފަހަކަށްއައިސް ހުދާއަށް ފެންނަނީ ހުހަށް ހުއްޓައެވެ.

އަމީރު ތައިމޫރާއި ތުރުކީ އަންހެނެއް

ކިޔާފައިވާ ޢަދަދު: 5189
ޢަބްދުﷲ ޞާދިޤު
ރަސްގެފާނުގެ ދަރުބާރުގައި ވަޒީރުންނާއި އަމީރުން އަދަބުވެރިކަމާއެކު އިށީނދެ ވަޑައިގެން ތިއްބެވިއެވެ. ދަރުބާރުއޮތީ ފެށިފައެވެ. މިހެން އޮއްވައި ފުލުހުންގެ ބަޔަކު ޒުވާނަކު، ހިފައި ހައްޔަރު ކޮށްގެން އައިސް ދަރުބާރަށް ވަދެއްޖެއެވެ. ބޮޑުވަޒީރު ވަރަށް އަދަބުވެރިކަމާއެކު ތެދުވެ ވަޑައިގެން ރަސްގެފާނަށް ވިދާޅުވިއެވެ.

ސަރާ (3)

ކިޔާފައިވާ ޢަދަދު: 6125
މޫސާ ސާޢިދު، މަރަދޫ
(20 އޮކްޓޯބަރ 2012 (ހޮނިހިރު) ގުޅޭ)
ފަހީމާ އާއި ޝާޢިރާ މިހާރު ރާވަމުންދަނީ ޢިމްރާން މާލެ އައިހާ އަވަހަކަށް ޢިމްރާނާއި މަލަކާގެ ކައިވެނި ކުރުވުމަށެވެ. ދެޢާއިލާގެ ވިޔަފާރި ގުޅުން އިތުރަށް ބަދަހިކުރުމަށެވެ. އެހެން ނަމަވެސް، މަލިކާވެސް ކޮންމެހެން އެހާވަރަކުން އެގުޅުމައިގެން އުޅޭ ކަމަކަށް ނުބެލެވެއެވެ. ގެއިން ބޭރުގައި ހޭދަވާ ވަގުތުތަކުގައި މިހާރަކަށްއައިސް އަބަދުވެސް މަލަކާ ފެންނަނީ ކޮންމެވެސް ފިރިހެނަކު ގޮވައިގެން އުޅޭތަނެވެ. ތަފާތު މައިޒާންތަކުންނާއި ރެސްޓޯރެންޓް، ކެފެޓޭރިޔާފަދަ ތަންތަނުންނެވެ.

އެރޭގެ ބިރުވެރިކަން

ކިޔާފައިވާ ޢަދަދު: 3469
އައިމިނަތު ޒިޔާދާ، ނާރެސް، ހއ.އިހަވަންދޫ
އިރުއޮއްސޭ މަންޒަރަކީ ކޮންމެ މީހަކު ވެސް ބަލާލަން ބޭނުންވާނެފަދަ އަދި އެހާމެ ފުރިހަމަ ޤުދުރަތީ މަންޒަރެކެވެ. އެގޮތުން ޝައިންއާއި އަހްޝަމު އަދި ޝިޔާނު މި ރީތި މަންޒަރު ބަލާލަންދާން ނިންމި އެވެ. ތިން މީހުންގެ އެއްބަސްވުމުގެ މަތިން ދާން ހަމަޖެހުނީ ހުކުރުދުވަހު އެވެ. އެއީ އެދުވަހަކީ ތިން މީހުންނަށް ވެސް ޗުއްޓީދުވަހަކަށް ވާތީ އެވެ. 

އެތަށް ވުރެން ރަނގަޅީ ޢިލްމު

ކިޔާފައިވާ ޢަދަދު: 5305
ޢަބްދުﷲ ޞާދިޤު
މަދީނާގެ ވަރަށް ބޮޑު ޢިލްމުވެރިޔަކު، ކިޔަވާ ކުދިންނަށް ކިޔަވައި ދެއްވަނީއެވެ. މި ޢިލްމުވެރިޔާގެ މާތްކަމާއި ޤާބިލިއްޔަތާއި މަޝްހޫރު ކަމުގެ ވާހަކަ މާދުރު ރަށްރަށަށް ދަންދެން ވަނީ ފެތުރިފައެވެ. އެބޭކަލެއްގެ ނަމަކީ އިމާމު މާލިކެވެ. 
 

ލޯރަތްބެއާއި ފޫޅުދިގު ހަންޑި ކޯޓުގައި

ކިޔާފައިވާ ޢަދަދު: 10507
އަޙްމަދް ސަމީރު ޢަލީ
އަޅުގަނޑުމެން ބޮޑުވަމުން އައި ދުވަސްވަރު، ނަފްސާނީ ގެއްލުމަކީ ‘ކިރައިގެން ވިއްކާ އެއްޗެއްކަމެއް ނުވަތަ މުށް އަޅައިގެން ވިއްކާއެއްޗެއްކަމެއް’ ނުދެނަހުރީމެވެ! މޫދުން އައިސް ތެތްބާލަނީ ތެތާހުރެ ކައިފިއްޔާ މަންމަ މަރުވެދާނެތީ ބިރުންނެވެ! އިޝާނަމާދަށް ނުދަންޏާ ރޭގަނޑުގެ ކެއުމެއް ނުލިބެއެވެ.