ރައްޓެހި ޑޮޓްކޮމް

ކިޔާފައިވާ ޢަދަދު: 10247
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު އަލީ
އަޅުގަނޑުމެންގެ  އަވައްޓެރި އުތުރު ކަރައިގައި ކާވެނީގެ އެންމެ އާންމު ގޮތަކީ، ދަރިއަކު ފުރާވަރަށް އެރުމުން އެ ޒުވާނެއްގެ އާއިލާއިން ބަލާގޮތަކަށް ބަލާފައި (ވަރަށް ގިނަ ގޮތްގޮތުން ބަލައިފައި) އެކަށީގެންވާ ރަނގަޅު ‘އަނެއްފަޅިއެއް’ ހޯދައިދިނުމެވެ. އެއްޒަމާނެއްގައި މިކަމުގައި ކުޅަދާނަ ‘ކަނދުފަތިތައް’ ކޮންމެ ސަހަރެއްގައި ވެސް ހަރަކާތްތެރިވެ އުޅުނެވެ. ފަހުން ނޫސް މަޖައްލާތަކުގައި ޖަހާ ކުދި އިޝްތިހާރު ގޮޅިގޮޅިން އެތަންތާގައި ނިކުންނަ ބޮޑެތި ނޫސްނޫހުގެ ދެތިންގަނޑު ފުރައިލައެވެ!

ލޭ ބޯ ފަނި (1)

ކިޔާފައިވާ ޢަދަދު: 9374
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
ލޭ ބޯ ފަންޏާއި ލޯބިވެރިންނާ ދެމެދު އޮންނަނީ ހަމައެކަނި ނަމުގެ ތަފާތެކެވެ. ދެމެމުންދާ ކިސަޑާއި ކިލާގަނޑުގަނޑުގެ ތެރެއަށް އުފަންވާ ލޭ ބޯ ފަނި މީހެއްގެ ގައިގައި ތަތްކޮށްލުމަށް ފަހު ލޭ ބޯން ފަށްޓަނީއެވެ. ލޭ ބޮމުން ގޮސް މަރުވާންދެން އެމީހާގެ ގަޔަކުން ނުއެއް ނެއްޓެއެވެ.

އިސްރާފުކުރުމުން ދުރުހެލި ވާށެވެ.

ކިޔާފައިވާ ޢަދަދު: 6943
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޝާކިރު މުޙައްމަދު 
އިސްރާފު ނުކުރާށޭ އަޚުންނޭ ކެއުމުގައި އަދި  ބުއިމުގައި
              ވިސްނާށެ އެކަމުން  ލިބެވިދާ ގެއްލުން އޮތީ  ހަމަގާތުގައި
ކާންބޯން ނުލިބި ނިކަމެތިވެފައި އެތަކެއް ކަތުން ތިބުމާއެކީ
ވާންވީ އެހީތެރިކަންވުމަށް  ފަސްނުޖެހެމާ  ހެޔޮނިޔަތުގައި

“ގުޅިފަޅު” ، “ގުޅީ ފަޅު”: މާނަ އެއްގޮތްބާ؟

ކިޔާފައިވާ ޢަދަދު: 9100
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
“ގުޅިފަޅު” ހިއްކައިގެން ގެދޮރު އެޅުމުގެ މަޝްރޫޢެއް ހިންގާ ވާހަކަ އިވުނެވެ. އިވެއެވެ. އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި “ގުޅިފަޅު” އެއީ މާލެ އަތޮޅު ވިލިގިއްޔާއި ތިލަފުއްޓާ ދޭތެރޭގައި އޮންނަ ފަޅެކެވެ. އެތަން މިހާރުވަނީ ކޮންމެވެސް ވަރަކަށް ހިއްކައިފައެވެ. “ރަށަކަށް” ވެފައެވެ. އަދި މީހުން ދިރިއުޅުމަށްޓަކައި ފްލެޓް ޢިމާރާތްކުރުމުގެ މަޝްރޫޢެއް ވެސް އެ ތާގައި މިހާރު ކުރިޔަށް އެބަގެންދެވެއެވެ. 

ށ. ފުނަދޫގެ ޝަޙުޞިއްޔަތުތަކުގެ ތެރެއިން ….. އަލްފާޟިލް ޢަބުދުﷲ ޢަބުދުލްކަރީމް

ކިޔާފައިވާ ޢަދަދު: 3386
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމް ޝަރީފު ށ.ފުނަދޫ، ރޯޒީ
އަލްފާޟިލް ޢަބުދުﷲ ޢަބުދުލްކަރީމަކީ ނ.ކުރެދިވަރު ހޮޅުދޫގޭ ޢަބުދުލްކަރީމް އާދަމާއި، ޙައްވާ އިބުރާހީމްގެ ދަރިކަލެކެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 02 ފެބުރުއަރީ 1932ގައި ނ. ކުރެދިވަރު ހޮޅުދޫ ގެއަށެވެ. 
އެދުވަސްވަރަކީ ރާއްޖެތެރޭގައި މަދަރުސާތަކުން ކިޔެވުމުގެ ފުރުޞަތު އެއްގޮތަކަށްވެސް ލިބި ނެތް ދުވަސްވަރަކަށްވުމުން އަބުދުﷲ ޢަބުދުލްކަރީމް ތަޢުލީމް ޙާޞިލްކުރެއްވީ މަންމައާއި ބައްޕަގެ އަރިހުންނާއި، މަންމައާއި އެއްބަނޑު އެއްބަފާ ބޮޑުދައިތާފުޅުގެ އަރިހުންނާއި، ބައްޕަގޯތި ކާފާފުޅު (އާދަމް މުހައްމަދުފުޅު) ގެ އަރިހުންނެވެ. 

ފުރުޞަތުގެ ބޭނުންކުރާށެވެ.

ކިޔާފައިވާ ޢަދަދު: 7222
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޝާކިރު މުޙައްމަދު
ނަފުސުގެހިސާބުކުރަން މިއީ މަތިވެރިރަނގަޅުވީ ފުރުޞަތެއް
                  ހަފުށުން ސަލާމަތް ހޯދުމަށް ލިބިފައިވި ހެޔޮމާތް ފުރުޞަތެއް
ތަޤުވާގެ  ދަންމަރު ދިއްލިދާ  ރަމަޟާންކަރީމުގެ ހިޔަލުގައި
                  އަގުމާތްވި ރަޙްމަތް ގުނަވެދާ ލޮބުވެތި ނަސީބުގެ ފުރުޞަތެއް

ސުވަރުގޭގެ ލަވަ

ކިޔާފައިވާ ޢަދަދު: 5300
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމް ނަޞީރު އިބްރާހީމް (2012)
 
ނޯޓު: މި ޅެން އެކުލަވައިލެވިފައި މި ވަނީ “ސަބްކުޗް ލުޓާކެ ހޯޝުމެ” (1957). މި ރާގުގެ ވަޒަނަށެވެ. 
މީ ބިންމަތީގެ ސުވަރުގެޔޭ ޞުލްޙަވެރި އަމާން 
     މީ އުޚުތުނާ  އަޚުންނޭ   ހެކިވާނެޔޭ    ޒަމާން 
ރަޙްމަތުގެ ޙައްޤު ދީން މި ބިމަށް ފެތުރި ނޫރުގާ 
އަޚްވަންތަކަން  ހިނގާލީ،  ވިންދާ   ޝުޢޫރުގާ  (ނަފުސާއި ރޫޙުގާ)
ފަޚުރެއް ކަމަށް ނުވޭހެ   މި  ދިން ޙުރުމަތާ   އަމާން 
            މީ އުޚުތުނާ  އަޚުންނޭ   ހެކިވާނެޔޭ    ޒަމާން 

ހުތްތައްޚާނުގެ ލަކުޑި ސިޓީ

ކިޔާފައިވާ ޢަދަދު: 6338
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބުދުﷲ ޙިލްމީ
ހުތްތައްޚާނު ލިޔެދިން ލަކުޑިސިޓީއަކަށް ހުވަދުއަތޮޅުގެ ބައެއް ރަށްރަށުން ރުއްލަކުޑި ކަނޑުވައިދިން ވާހަކަ ފުރަތަމަ އަޅުގަނޑަށް ވިދާޅުވެދެއްވީ ހުވަދުއަތޮޅު ވިލިގިލީ ޝަބުނަމީގޭ އަލްފާޟިލް އިބުރާހީމް އަނީސެވެ.

ފުރަތަމަ ދިހައިގެ ރަޙްމަތް ހޯދުމަށް!

ކިޔާފައިވާ ޢަދަދު: 6617
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޙަސަން ޝާކިރު މުޙައްމަދު
ފުރަތަމަ ދިހައިގެ ރަޙްމަތް ހޯދަން އަވަސް ކުރާށޭ
                         ފުރަމާނަ ހުރި  މިރޭތައް  ބޭނުންކުރަން  ކެރޭށޭ 
ވަގުތެއް ނަގާނުލައިތިބެ ހުރިހާ   ނަމާދަކަށްގޮސް
                        އަގުހުރި  އެމާތްވި އަޅުކަން ވަގުތުން  އަދާކުރާށޭ

ޖުމުލައެއްގެ ފަހަތުން…

ކިޔާފައިވާ ޢަދަދު: 4839
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމް ނަޞީރު އިބްރާހީމް 
މިއަދު، ނޫހަކުން ފެނުނު ޖުމުލައެކެވެ. “ހަމައެކަނި މޫނު ބުރުގާ އެޅި އަންހެނުން މަސައްކަތްކުރާ ޓީވީ ސްޓޭޝަނެއް” މި އެވެ. މި ޖުމުލައިން ތިބާ އަށް ލިބިވަޑައިގަތީ ކޮން ދޭހައެއްތޯ އެވެ؟ ފަހަރެއްގައި ތިބާ ހިތްޕުޅަށް އަރައިފާނެ އެވެ. މޫނު ބުރުގާ ނޫން އެއްޗެއް އެ ކަނބަލުން ނާޅަނީ ބާވައެވެ؟