ރޭވި ކާވެނި

ކިޔާފައިވާ ޢަދަދު: 4294
ޙަސަން ނަޖްމީ
އޭނާއާ އިނުން ނޫން ގޮތެއް އަހަންނަކަށް ނެތެވެ.
 
އެންމެ ކުޑައިރުން ފެށިގެންވެސް ޖަލީލަކީ އަހަރެން ދަންނަ ކުއްޖެކެވެ. ގެ ހުންނަނީ އެއް މަގެއްގައެވެ. ބާޒާރު ކުރަން ދާންޖެހެނީ އެގޭ ފިހާރަޔަށެވެ. އެނޫން ފިހާރައެއް އެ ހިސާބުގައިވެސް ނުހުރެއެވެ.
ޖަލީލުގެ ބައްޕަ ތައުފީގުބެއާއި އަހަރެންގެ ބައްޕައަކީ ދުރުތާ ތިމާގެ ކަމަށްވުރެން ބޮޑަށް ގާތް ރައްޓެހީންނެވެ. ތައުފީގުބެ އަހަރެމެންގެއަށް އައިސް އެތައް އިރަކު ބައްޕައާ ވާހަކަ ދައްކަން ކޮންމެ ދުވަހަކުވެސް އިންނާނެއެވެ. އަދި ތައުފީގުބެއަށް ސައިހަދައިގެން ގެނަސް ދިނުމަކީ އަހަރެންގެ ކަމެކެވެ. ބައެއް ދުވަސް ދުވަހު ތައުފީގުބެ އަހަންނާ ވެސް ވާހަކަ ދައްކައެވެ. އަހަރެން ލިބާސް ލައްވަނީ ކޮން ދުވަހަކުތޯ އަހާނެއެވެ.

ޙަޔާތުގެ ހިޔަނި (7)

ކިޔާފައިވާ ޢަދަދު: 4153
ޑޮކްޓަރ މުޙައްމަދު ރަޝީދު
(31 އޮކްޓޯބަރ 2012 (ބުދަ) ގުޅޭ) 
އިރުގެ އައްޔާއި ހަނދުވަރެވެ. އަހަރެންގެ ދާވަނިން އޭނާ ނިވައިކޮށްގެން ދުނިޔޭގެ ލޮލަށް ފޮރުވައިގެންވެސް ގެންގުޅެފާނަމެވެ. ލޯބި މިއީ ކިހާ ރީތި އިޙްސާސެއް ހެއްޔެވެ؟ ކިހާ އުފާވެރި ދުނިޔެއެއް ހެއްޔެވެ؟ މި އިޙްސާސް ސިފަކުރަން ބަސް ބަހުގައި ހުންނަ އެންމެ މާނަފުން   ލަފްޒުތަތައްވެސް ނުފުދޭނެއެވެ. އެންމެ އޮމާން، މިޔުޒިކީ އަޑުތައްވެސް ނުކުޅެދޭނެއެވެ.

ބޭރުބަސްބަހުގެ ލަފުޒު ދިވެހިކުރުން

ކިޔާފައިވާ ޢަދަދު: 9948
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ބަހެއް މުއްސަނދިކުރުމުގެ އެއް ވަސީލަތަކީ ބޭރު ބަސްބަހުގެ ލަފުޒުތައް އެ ބަހެއްގެ ތެރެއަށް ވަނުމެވެ. އާދެ! އެ ބަހެއްގައި ނުހުންނަ ލަފުޒުތަކެވެ. އާ އުފެއްދުންތަކެވެ. އާ ނަންތަކެވެ. އާ ކަންކަމެވެ. އެކަންކަމާ ގުޅޭ ލަފުޒުތަކެވެ.
މިކަން އޮތީ މި ގޮތަށް ކަމަށް ވިޔަސް މިކަން ކުރަން ޖެހޭ އުޞޫލުތަކެއް އޮވެއެވެ. ޝަރުޠެއް އޮވެއެވެ. އެއީ އާ ލަފުޒު އުފެއްދުމުގެ ހަމަތަކާ ޚިލާފު ނުވާ ގޮތަށް އެކަން ކުރުމެވެ. ބަހުގެ ސަގާފަތާއި ހަމަތަކަށް އިޙުތިރާމްކުރުމެވެ.

ދަންމަރު (8)

ކިޔާފައިވާ ޢަދަދު: 8438

ވަކިވަކި ފަރުދުންނަށް ބެލުން

މައުލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
އެއް ދުވަހަކު މީހަކު ބައިސްކަލެއް ދުއްވާފައި ދިޔަ އެވެ. ކުއްލިއަކަށް ބުރަކި ތާށި ވެގެން ބައިސްކަލު ހުއްޓިއްޖެ އެވެ. ނަސީބު ރަނގަޅު ކަމުން ވަރަށް ކައިރީގައި ބައިސްކަލު ހަދާ ތަނެއް ހުއްޓެވެ. އޭނާ ބައިސްކަލު މަރާމާތު ކުރުވަން އެ ތަނަށް ހިނގައްޖެ އެވެ. އޭނާ ހީކޮށްގެން ހުރީ ބައިސްކަލު ހަދާ މީހާ އެންމެ ފުރަތަމަ ބަލާނީ ފުރޮޅާ ދިމާއިން ބުރަކި ތާށި ވެފައި ހުރި ތަނަށް ކަމަށެވެ.

ސަރާ (5)

ކިޔާފައިވާ ޢަދަދު: 6190
މޫސާ ސާޢިދު، މަރަދޫ
(2 ނޮވެމްބަރ 2012 (ހުކުރު) ގުޅޭ)
“މަންމާ…މަންމަ އެންމެ ފަހަރަކުވެސް ނުބުނަމެއްނު، އަހަރެން އިންނަންވާނީ މަލަކާޔާއޭ. ކުރިން ސާފުބަހުން މަންމަ ބުނިނަމަ، އަހަރެން މަންމަމެންގެ އެދުން ފުއްދަދިނީމުސް.” ޢިމްރާން މިހެން ބުނީމަ ފަހީމާ ކޮންމެވެސް ވަރަކަށް ހަމަޖެހުނު ނަމަވެސް، ވަކި އެއްޗެކޭ ނުބުނެއެވެ. އޭރު ޢިމްރާންގެ ވާހަކަ އަޑުއަހަން ދޮރުމަތީގައި ޢިމްރާންގެ ބައްޕަ ރަފީޤު ވެސް ހުއްޓެވެ.
 

ނަޞްރުގެ ދުވަހު….!

ކިޔާފައިވާ ޢަދަދު: 6622
ޙަސަން ޝާކިރު މުޙައްމަދު
ޖިހާދުގެ ހަނދާންތައް  އަލުން އާވަމުންދޭ
           އިހާފަހުގެ ބަޠަލުންގެ ޒިކުރާ ވަމުންދޭ 
                     ކިޔާ ޝުކުރު  ތަޢުރީފު   އާލާވަމުންދޭ 
އައީ ނަޞްރު އުންމަތުގެ މިނިވަންކަމައިގެން
           އައީ ހެޔޮ ނަސީބަށް އަމާންމަގު އަދައިގެން
                  އައީ އަދު ދުވަސް، ހެޔޮމަގަށް އަލިވަމުންދޭ 

ދަންމަރު (7)

ކިޔާފައިވާ ޢަދަދު: 8948

އިންސާނާގެ ޤާބިލިއްޔަތު

މައުލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
އެމެރިކާގެ އޮހައިއޯ ޔުނިވަރސިޓީގައި ޑިޒާސްޓަރ ރިސާރޗް ސެންޓަރ (ކުއްލިއަކަށް ދިމާވާ ޤުދްރަތީ މުޞީބާތްތައް ބަލައި ދިރާސާ ކުރާ މަރުކަޒެއް) ހުރެ އެވެ. މި މަރުކަޒު ޤާއިމު ކުރެވުނީ 1963 ވަނަ އަހަރު އެވެ. މި މަރުކަޒުން މިހައި ތަނަށް ވަނީ އިންސާނުންނަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ އެތައް ސަތޭކަ ޤުދްރަތީ ޙާދިޘާއެއް ބަލައި ދިރާސާ ކޮށްފަ އެވެ.

ސަރާ (4)

ކިޔާފައިވާ ޢަދަދު: 6139
މޫސާ ސާޢިދު، މަރަދޫ
(29 އޮކްޓޯބަރ 2012 (ހޯމަ)ގުޅޭ)
ނަޖުމާ މާލެދާން ބޭނުންނުވަނީ ކީއްވެގެން ކަމެއްވެސް އެކެއް ގާތަކު ވެސް އޭނައެއް ނުބުނެއެވެ. އެހެން ނަމަވެސް، އޭނާ ބުނަމުންދަނީ ދުވަހަކުވެސް މާލޭގެ ފަސްގަނޑުގައި ފައި ޖައްސަން އޭނާ ބޭނުންނުވާ ކަމަށެވެ.
“ދެރަނުވޭ ދަރިފުޅާ. ޢިމްރާން ދަރިފުޅަށް ލޯބިދޭނެ. ދަރިފުޅަށް އަލަށް ލިބުނު މަންމަ މާތްރަސްކަލާނގެ އިރާދަފުޅުން ދަރިފުޅަށް މަޔެއްގެ ލޯބިދީ، މިމަންމައެކޭ އެއްގޮތަށް ދަރިފުޅަށް ހެޔޮވާނެ.” ނަޖުމާ އައިސް ދަރިފުޅުގެ ބޮލުގައި ފިރުމައިލި އެވެ.

ތޮށިބާ!؟

ކިޔާފައިވާ ޢަދަދު: 3198
ފާޠިމަތު ސަނޫހާ، ދާރުއްސަލާމް، ހދ.ފިނޭ
ގަޑިން ހަވީރު ހަތަރެއް ޖަހަނީ އެވެ. މެންދުރު ނަމާދަށް ނުކުތް ގޮތަށް ގެއަށް ނުގޮސް މި އުޅެނީ އަންހެނުންގެ ޝަކުވާތަކުން ސަލާމަތްވުމަށެވެ. ހުކުރުދުވަހުގެ ހުކުރު ނަމާދުގެ ޚުތުބާފަދައިން މިއީ ކޮންމެ ހުކުރު ދުވަހަކު އަހަރެންގެ އަންހެނުން އަދާކުރަންޖެހޭ ފަރުޟެއްފަދަ އެވެ. ހަމަ ކޮންމެ ހުކުރު ދުވަހެއްގެ އާދަ އެވެ.

ޢުމަރުލްފާރޫޤާއި މުސާފިރެއް!

ކިޔާފައިވާ ޢަދަދު: 4060
ތަރުޖަމާ: މުޙައްމަދު މޫސާ ފުޅު ގ.ވިލަމެންދު
މާތްﷲ ރުއްސުންލެއްވި ޢުމަރުލްފާރޫޤު، އެކަލޭގެ ފާނުގެ އާދަފުޅާ އެއްގޮތަށް ރޭގަނޑު މަދީނަތުއްމުނައްވަރާގެތެރޭގައި ބުރުޖައްސަވަމުން ގެންދެވިއެވެ. އޭރު ރަށުތެރެވަނީ ހަމަހިމޭން ވެފައެވެ. މީސްތަކުންވަނީ ނިދާފައެވެ.