އިސްރާ (1)

ކިޔާފައިވާ ޢަދަދު: 5204
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ނަޖްމީ
ލޯންޗު ނެރުން ވަންނަތަން ފެނުމާއެކު އެ ރެއަކީ އަހަރެމެން ކުދިންގެ ރޭކަން އެނގުނެވެ. ލޯންޗް ފުރެންދެން އެތިބީ ޒުވާނުންނެވެ. އެމީހުން މިރޭ ހޭދަ ކުރާނީ މި ރަށުގައެވެ. އެމީހުން އަހަރެމެން ކުދިން ހޯދާނެއެވެ. އަހަރެމެންގެ ކިބައިން އުފާ ޙާސިލު ކުރާން އުޅޭނެއެވެ. ބަދަލުގައި އަހަރެމެންނަށް އަގުބޮޑު ހަދިޔާތައް ދޭން ބުނާނެ އެވެ. ފައިސާއާއި ހަދިޔާ ލިބޭނީ ކެރިގެން ނުކުންނަ ކުދީންނަށެވެ.

ޖީބު ދަބަސް

ކިޔާފައިވާ ޢަދަދު: 10745
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
އެދުވަސް އަދިވެސް އަހަރެން ވަރަށް ރަނގަޅަށް ހަނދާން އެބަހުއްޓެވެ. އެއީ ވަރަށް ފިނި ދުވަހެކެވެ. ހިނގާފައި ދަނިކޮށް ކުއްލިއަކަށް ފައިދަށުން އަހަންނަށް ފެނުނީ މަގުމައްޗަށް ވެއްޓިފައި އޮތް ޖީބު ދަބަހެކެވެ. އެދަބަސް އަހަރެން ނަގައި ހުޅުވައިލީ އެ ދަބަހުގެ ވެރިފަރާތުގެ ނަމެއް، ފޯނު ނަންބަރެއް ނަމަވެސް ފެނޭތޯއެވެ.

ޤާޟީގެ ދަރިފުޅު

ކިޔާފައިވާ ޢަދަދު: 6846
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުﷲ ޞާދިޤު
 ވަރަށް ކުރީން ސްޕޭންގެ ޝަހަރެއް ކަމުގައިވާ ޤުރްޠުބާގައި ޤާޟީ އަކު އުޅުއްވިއެވެ. އޭނާގެ ނަމަކީ މުޙައްމަދު ބުނު ޢަލީއެވެ. އެއީ ވަރަށް ހެޔޮލަފާ، އިންސާފަށް ލޯބި ކުރައްވާ ޤާޟީއެކެވެ. މުޅި ރަށަށް އޭނާގެ ނަން މަޝްހޫރު ވެފައިވެއެވެ. އޭނާގެ މި ހެޔޮލަފާކަމުގެ ސަބަބުން، އެތާނގެ ރަސްގެފާނު އިނާމެއްގެ ގޮތުން އޭނާއަށް ވަރަށް ގިނަ ފައިސާ ދެއްވަން ގަސްތުކުރެއްވިއެވެ.

ފިޠުރު ޢީދު – 1433

ކިޔާފައިވާ ޢަދަދު: 7053
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޙަސަން ޝާކިރު މުޙައްމަދު

އީދު  އައުމުން  ރޫޙުދިރި  ހިތްތައް  އުފާކޮށް ދީފިއޭ
            ދީބުގައި އާކުލަތަކެއް ފެވި  އަޚްކަމެއް   ފަތުރައިފިއޭ
އިއްވަމުން ތަކްބީރުތައް  އަދި މީރުވަސް ފަތުރައިދެމުން
            ލެއްވެވުން އެދި  ދަރުމައިން   އުއްމީދު  އާކޮށްދީފިއޭ

“ޑްރަގް” : ބޭނުންކުރުމުން ވާނުވާ ނޭނގޭ ވަބާ!

ކިޔާފައިވާ ޢަދަދު: 5801
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
 އަޙްމަދު ނާފިޢު، ބ. ދަރަވަންދޫ
ނަބީލަކީ ފުޅާ ދާއިރާއެއްގައި މަސްތުވާ ތަކެތީގެ ވިޔަފާރި ކުރަމުން ގެންދާ މީހެކެވެ. އަދި މީނާ ފުޅާ ދާއިރާއެއްގައި މިކަން ކުރަމުންދަނީ ޢުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިން ލައްވައެވެ. މި ކުދިން ނަބީލް ކައިރިއަށް ދަނީ ރޭގަނޑުގެ ވަގުތު ތަކުގައި ވަރަށް ސިއްރުންނެވެ. ޢާއްމުކޮށް ނަބީލާއެކު އުޅެނީ ދެކުއްޖެކެވެ. މި ދެކުދިންނަކީ މައިން ބަފައިންގެ އަޅައިލުން ނުލިބި ރަށުތެރޭގައި ވިޔާނުދާ އުޅުމެއް އުޅެމުންގެންދާ ދެ ކުދިންނެވެ.

ލޭ ބޯ ފަނި (4)

ކިޔާފައިވާ ޢަދަދު: 9036
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
(10 އޮގަސްޓް 2012 (ހުކުރު) ގުޅޭ)
“އެންމެ ރަނގަޅު. އެކަމަކު އަދި އަހަރެން ކަލެޔާއި ފީރޯޒާގެ ވާހަކަ ޖަވާދު ގާތަކު ނުބުނާނަން. އެންމެ ފުރަތަމަ ފީރޯޒާ ކަލެޔާ ހިތާވާކަން އަހަންނަށް ދައްކައިދީ.”

“ތިޔަ ކަންތައް ވަރަށް އަވަހަށް ދައްތައަށް އެނގިދާނެ. އޭނާ ކޮލެޖަށް ދާން ގެއިން ނުކުންނަނީ ހެނދުނު ނުވައެއް ޖަހާއިރުކަން މިހާރު އަހަންނަށް ވަނީ އެނގިފައި. އެނބުރި ގެއަށް އަންނަނީ އެކެއް ޖަހާއިރު. އެހެންވީމާ މެންދުރު ފަހު ދޭއް ޖަހާއިރު މިގޭ ފޯނު ރަނގަބީލު ވާން ފަށައިފިއްޔާ ދައްތައަށް އެނގެން ވާނެ އަހަރެން ފީރޯޒާއަށް ގުޅަނީކަން. ކޮންމެވެސް ބަހަނާއެއް ދައްކައިގެން އޭނާ ލައްވައި ފޯނު ނަންގުވާ. ލޮލުގެ ޒަރީޢާއިން މިހާރު ހިތާ ހަމައަށް ހިނގައްޖައިން. ދެން އޮތީ ކަންފަތުގެ ޒަރީޢާއިން ހިތާ ހަމައަށް ދިއުން.”

ޝައިޠާނާގެ ޑަބަލް ޕްރޮމޯޝަން

ކިޔާފައިވާ ޢަދަދު: 9047
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބުދުﷲ ޙިލްމީ
ޢައްބާސީ ވެރިކަމުގެ ދުވަސްވަރު ޢިރާގުގެ އަވަށްގަނޑެއްގެ ބަޔަކު ކުނިވާ ކާބޯތަކެތި އުކައިލާ ގަސްގަހާގެހީގެ ސަރަޙައްދެކެވެ. ރޭގަނޑު މެންދަމުގެ ވަގުތު ބޮޑު ޝައިޠާނާ އާއި އޭނާގެ ކުދި ޝައިޠާނީ އަޢުވާނުންގެ ބަޔަކު މިތަނުން ފައުޅުވެ އެބައިމީހުންގެ ބައްދަލުވުމެއް ބޭއްވިއެވެ.

ދިވެއްސަކު ކާފަރުވިޔަސް، ދީނުން ބޭރެއް ނުވާނެއެވެ.

ކިޔާފައިވާ ޢަދަދު: 7780
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމް ނަޞީރު އިބްރާހީމް
ތިބާ މި ލިޔުން ވިދާޅުވާން ތިޔަ ފައްޓަވަނީ އަޅުގަނޑު ދެކެ ވަރަށް ކޯފާވެ އިންނަވައިގެންތޯއެވެ؟ ނުރުހުމާއި ނަފުރަތުގެ ހިތްޕުޅަކައިގެންތޯއެވެ؟ އެހެންކަމަށް ވިޔަސް އަޅުގަނޑަށް ދެންނެވެން އޮތީ ހަމަ މިހެނެވެ. ދިވެއްސަކު ކާފަރުވިޔަސް، ދީނުން ބޭރެއް ނުވާނެއެވެ. ކީއްވެގެންތޯއެވެ؟ ޖަވާބު، މި އަރުވަނީއެވެ. 

ޚަބަރު ޖުމުލަ (1)

ކިޔާފައިވާ ޢަދަދު: 6864
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މުޙަންމަދު ޝާހިދު ޙަލީމް
ޖުމުލައަކީ ފުރިހަމަ މާނައެއް ދޭހަވާ ގޮތަށް އަތުރައިލެވޭ ލަފުޒުތަކެކެވެ. ލިޔުމުގައި ޖުމުލަ ނިންމަނީ /އެވެ/ މި އަކުރުންނެވެ. ބައެއް ޖުމުލައިގައި /އެވެ/ގެ އަލިފު އުނިވެފައި އެ އަލިފުގެ އެބެފިލި އެ އަކުރުގެ ކުރީގައި އޮންނަ ލަފުޒުގެ ފަހު އަކުރުގައި ޖެހެއެވެ. އެއީ އެ އަކުރުގައި ކުރިން އޮތް ފިލި އުނިވުމަށް ފަހުގައެވެ. ޖުމުލައިގެ ނިމުން /މެވެ، ނެވެ، ކެވެ/ ފަދަ ގޮތް ގޮތަށް އެ ހުންނަނީ އެ ހާލަތުގައެވެ.

ހާރުދަމުގެ އަތް ދޮވުން

ކިޔާފައިވާ ޢަދަދު: 6682
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމް ނަޞީރު އިބްރާހީމް 
މީގެ ތިރީހަކަށް އަހަރު ކުރިއެވެ. ދިވެހީންގެ ދިރިއުޅުން ދަޑިފަނުގެ ޖިފުޓިތަކާއި، ފުޅިބައްތީގެ ހިޔަނި ތެރޭގައި އޮތް ޒަމާނެވެ. ރޭވެ އިރު އޮއްސުނީމާ ރަށުތެރެއަކީ ކަނު އަނދިރި ވަލެވެ. ރުއްގަސް އެހައި ބޮލެވެ. ގޯތިގޯތީގެ އެތެރޭން ވެސް މީހެއްގެ ހިޔަނި ފެނިލިޔަސް، މޫނު އެނގި، ކާކުކަން ވަކިވާނެ އަލިކަމެއް ނޯންނާނެ އެވެ.