ހުސް ކިރުޅިޔަ މަސް
ކިޔާފައިވާ ޢަދަދު: 3195މަރިޔަމް ޝަހުނާ، ޕިންކްރޯސް، ހއ. އިހަވަންދޫ
ދުވަސްވަރަކީ އިހަވަންދޫއަށް ވަރަށް މަސް ތަދު ދުވަސްވަރެކެވެ. ހުޅަނގު މޫސުންކަމުން މަހަށްދެވޭކަށް ވެސް ނެތެވެ. ރަށުގައި މުޅިން ވެސް ގެންގުޅެނީ ރިޔާ ދޯންޏެވެ. އެހެންކަމުން ގޮނޑުދޮށުން މަސް ބާނަނީ އެވެ. ބައެއް ފަހަރަށް ފަރުމަސް ބާނަން ދެއެވެ. ހަސަންފުޅު ވެސް އަވަހަށް ހޭލައިގެން މަސް ބާނަން ދާން ނުކުތެވެ. އަތުގައި ކަންވާރު ރޯލެއް އޮތެވެ.
ޙަޔާތުގެ ހިޔަނި (8)
ކިޔާފައިވާ ޢަދަދު: 4466ޑޮކްޓަރ މުޙައްމަދު ރަޝީދު
(6 ނޮވެމްބަރ 2012 (އަންގާރަ) ގުޅޭ)
އައިމަނާއި ހުދާގެ މި ކުޑަކުޑަ ޢާއިލާއާ ސިއްތިފުޅާ ގުޅުމުގެ ޙަޤީޤީ ސަބަބަކަށް ތުއްތު ކަތީބުގެ ޝާއްބަ އުމުރު ހިމެނިފައި ވިއެއްކަމަކު އެގުޅުން މިހާކައިރި ކުރީ ހުދާއެވެ.
“ސިއްތިފުޅާ، ސައިބޯން އަންނާށެވެ!” އައިމަން އޯގާތެރިކަމާއެކު ގޮވައިލިއެވެ.
“ފުޅު އަހަރެމެން ކަހަލަ މީހުންގެ ގެއަކުން ސައެއްނުބޯނެއެވެ.” ޖަވާބުދިނީ ހުދާ އެވެ.
ފަގީރު ކޮއިގެ ބަރަބޯ
ކިޔާފައިވާ ޢަދަދު: 3451ފަތުޙުﷲ އަޙްމަދު ، މޫރިތިގެ، ހއ. އިހަވަންދޫ
ރީތިކަމުން ނަން ވިދާ ރަސްރަންޏަކު ޝަހަރުގައި
ރީތިއުޅުން އުޅުމުގާ މަސްތައް އަހަރުން ގުނާ
އެކުވެރިކަން ނިންމަތީ ގެވެހި އުޅުން ބިންމަތީ
އެވެރިން ހިތް ކުދިކުރީ ދެގޮތެއް ނެތް އުޅުމުގައި
އަމާން ބަނދަރަކަށް…!
ކިޔާފައިވާ ޢަދަދު: 3152ފަތުޙުﷲ އަޙްމަދު ، މޫރިތިގެ، ހއ. އިހަވަންދޫ
ޤަޢުމީ އަޚްވަންތަކަން ޤަޢުމީ ރޫޙީ އުފާ
ޤަޢުމުން ނެތި ގެއްލެނީ ކަޅިއެއް ފަހެ ހިންގަމާ
ޤަޢުމުގެ ހައިބަތު އެކީ ކަޢުނުން މުޅި ފަނޑުވަނީ
މައުޤޫލެއް ނުވި ބަލިން މިތުރުން ތިބެ ފޯވެގެން
ރޭވި ކާވެނި
ކިޔާފައިވާ ޢަދަދު: 4343ޙަސަން ނަޖްމީ
އޭނާއާ އިނުން ނޫން ގޮތެއް އަހަންނަކަށް ނެތެވެ.
އެންމެ ކުޑައިރުން ފެށިގެންވެސް ޖަލީލަކީ އަހަރެން ދަންނަ ކުއްޖެކެވެ. ގެ ހުންނަނީ އެއް މަގެއްގައެވެ. ބާޒާރު ކުރަން ދާންޖެހެނީ އެގޭ ފިހާރަޔަށެވެ. އެނޫން ފިހާރައެއް އެ ހިސާބުގައިވެސް ނުހުރެއެވެ.
ޖަލީލުގެ ބައްޕަ ތައުފީގުބެއާއި އަހަރެންގެ ބައްޕައަކީ ދުރުތާ ތިމާގެ ކަމަށްވުރެން ބޮޑަށް ގާތް ރައްޓެހީންނެވެ. ތައުފީގުބެ އަހަރެމެންގެއަށް އައިސް އެތައް އިރަކު ބައްޕައާ ވާހަކަ ދައްކަން ކޮންމެ ދުވަހަކުވެސް އިންނާނެއެވެ. އަދި ތައުފީގުބެއަށް ސައިހަދައިގެން ގެނަސް ދިނުމަކީ އަހަރެންގެ ކަމެކެވެ. ބައެއް ދުވަސް ދުވަހު ތައުފީގުބެ އަހަންނާ ވެސް ވާހަކަ ދައްކައެވެ. އަހަރެން ލިބާސް ލައްވަނީ ކޮން ދުވަހަކުތޯ އަހާނެއެވެ.
ޙަޔާތުގެ ހިޔަނި (7)
ކިޔާފައިވާ ޢަދަދު: 4229ޑޮކްޓަރ މުޙައްމަދު ރަޝީދު
(31 އޮކްޓޯބަރ 2012 (ބުދަ) ގުޅޭ)
އިރުގެ އައްޔާއި ހަނދުވަރެވެ. އަހަރެންގެ ދާވަނިން އޭނާ ނިވައިކޮށްގެން ދުނިޔޭގެ ލޮލަށް ފޮރުވައިގެންވެސް ގެންގުޅެފާނަމެވެ. ލޯބި މިއީ ކިހާ ރީތި އިޙްސާސެއް ހެއްޔެވެ؟ ކިހާ އުފާވެރި ދުނިޔެއެއް ހެއްޔެވެ؟ މި އިޙްސާސް ސިފަކުރަން ބަސް ބަހުގައި ހުންނަ އެންމެ މާނަފުން ލަފްޒުތަތައްވެސް ނުފުދޭނެއެވެ. އެންމެ އޮމާން، މިޔުޒިކީ އަޑުތައްވެސް ނުކުޅެދޭނެއެވެ.
ބޭރުބަސްބަހުގެ ލަފުޒު ދިވެހިކުރުން
ކިޔާފައިވާ ޢަދަދު: 10015ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ބަހެއް މުއްސަނދިކުރުމުގެ އެއް ވަސީލަތަކީ ބޭރު ބަސްބަހުގެ ލަފުޒުތައް އެ ބަހެއްގެ ތެރެއަށް ވަނުމެވެ. އާދެ! އެ ބަހެއްގައި ނުހުންނަ ލަފުޒުތަކެވެ. އާ އުފެއްދުންތަކެވެ. އާ ނަންތަކެވެ. އާ ކަންކަމެވެ. އެކަންކަމާ ގުޅޭ ލަފުޒުތަކެވެ.
މިކަން އޮތީ މި ގޮތަށް ކަމަށް ވިޔަސް މިކަން ކުރަން ޖެހޭ އުޞޫލުތަކެއް އޮވެއެވެ. ޝަރުޠެއް އޮވެއެވެ. އެއީ އާ ލަފުޒު އުފެއްދުމުގެ ހަމަތަކާ ޚިލާފު ނުވާ ގޮތަށް އެކަން ކުރުމެވެ. ބަހުގެ ސަގާފަތާއި ހަމަތަކަށް އިޙުތިރާމްކުރުމެވެ.
ބަހެއް މުއްސަނދިކުރުމުގެ އެއް ވަސީލަތަކީ ބޭރު ބަސްބަހުގެ ލަފުޒުތައް އެ ބަހެއްގެ ތެރެއަށް ވަނުމެވެ. އާދެ! އެ ބަހެއްގައި ނުހުންނަ ލަފުޒުތަކެވެ. އާ އުފެއްދުންތަކެވެ. އާ ނަންތަކެވެ. އާ ކަންކަމެވެ. އެކަންކަމާ ގުޅޭ ލަފުޒުތަކެވެ.
މިކަން އޮތީ މި ގޮތަށް ކަމަށް ވިޔަސް މިކަން ކުރަން ޖެހޭ އުޞޫލުތަކެއް އޮވެއެވެ. ޝަރުޠެއް އޮވެއެވެ. އެއީ އާ ލަފުޒު އުފެއްދުމުގެ ހަމަތަކާ ޚިލާފު ނުވާ ގޮތަށް އެކަން ކުރުމެވެ. ބަހުގެ ސަގާފަތާއި ހަމަތަކަށް އިޙުތިރާމްކުރުމެވެ.
ދަންމަރު (8)
ކިޔާފައިވާ ޢަދަދު: 8499ވަކިވަކި ފަރުދުންނަށް ބެލުން
މައުލާނާ ވަޙީދުއްދީން ޚާން
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
އެއް ދުވަހަކު މީހަކު ބައިސްކަލެއް ދުއްވާފައި ދިޔަ އެވެ. ކުއްލިއަކަށް ބުރަކި ތާށި ވެގެން ބައިސްކަލު ހުއްޓިއްޖެ އެވެ. ނަސީބު ރަނގަޅު ކަމުން ވަރަށް ކައިރީގައި ބައިސްކަލު ހަދާ ތަނެއް ހުއްޓެވެ. އޭނާ ބައިސްކަލު މަރާމާތު ކުރުވަން އެ ތަނަށް ހިނގައްޖެ އެވެ. އޭނާ ހީކޮށްގެން ހުރީ ބައިސްކަލު ހަދާ މީހާ އެންމެ ފުރަތަމަ ބަލާނީ ފުރޮޅާ ދިމާއިން ބުރަކި ތާށި ވެފައި ހުރި ތަނަށް ކަމަށެވެ.
ސަރާ (5)
ކިޔާފައިވާ ޢަދަދު: 6267މޫސާ ސާޢިދު، މަރަދޫ
(2 ނޮވެމްބަރ 2012 (ހުކުރު) ގުޅޭ)
“މަންމާ…މަންމަ އެންމެ ފަހަރަކުވެސް ނުބުނަމެއްނު، އަހަރެން އިންނަންވާނީ މަލަކާޔާއޭ. ކުރިން ސާފުބަހުން މަންމަ ބުނިނަމަ، އަހަރެން މަންމަމެންގެ އެދުން ފުއްދަދިނީމުސް.” ޢިމްރާން މިހެން ބުނީމަ ފަހީމާ ކޮންމެވެސް ވަރަކަށް ހަމަޖެހުނު ނަމަވެސް، ވަކި އެއްޗެކޭ ނުބުނެއެވެ. އޭރު ޢިމްރާންގެ ވާހަކަ އަޑުއަހަން ދޮރުމަތީގައި ޢިމްރާންގެ ބައްޕަ ރަފީޤު ވެސް ހުއްޓެވެ.