ފަހު ދިހަ

ކިޔާފައިވާ ޢަދަދު: 6988
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޝާކިރު މުޙައްމަދު
ނަރަކައިން ނަޖާވުންއެދި މިމާތް ފަހުދިހަ ހިނގާށޭ ދިރުވަމާ 
          ބަރަކާތް ލިބޭ މަތިވެރި  ދުވަސްތައް ދޫނުކޮށް ހިތްވަރުލަމާ
ގިނަގުނަ ސަވާބުގެ ދަރުމަތައް   ޙާޞިލުވެދާ  އަގުމާތްވިރޭ
         ގުނަކޮށް ނަސީބަށް އެދި އަލުން ފުރުޞަތުގެ ބޭނުން ކޮށްލަމާ

މައިކަލް އެޗް ހާރޓްގެ “ދި ހަންޑްރެޑް” …. އަވަސްކަޅިއަކުން

ކިޔާފައިވާ ޢަދަދު: 11173
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙަމަދް ސަމީރު ޢަލީ
1978  ވަނަ އަހަރުގެ މެދެއްހާ ހިސާބުން ދިވެހިން ހައިރާންވި ޚަބަރެއް ރާއްޖޭގައި ފެތުރިގެން ދިޔައެވެ. ރާއްޖޭގެ ރައިސުލް ޖުމްހޫރިއްޔާގެ މަގާމުގައި ދިހަވަނަ އަހަރު ފުރިހަމަ ކުރައްވަމުން ވަޑައިގަންނަވާ ރައީސް، އިތުރު ދައުރަކަށް ހުންނެވުމަށް ބޭނުންފުޅު ނުވާ ކަމުގެ ޚަބަރެވެ. ނަތީޖާ އެއްގެ ގޮތުން ސިޔާސީ މަސްރަހަށް މުޅިން އައު ރައީސެއް މި ޖުމްހޫރިއްޔާގެ ވެރިކަމަށް ދިވެހިން އިސް ކުރާނޭ ކަން ހާމަވެގެން ދިޔައެވެ.

މައްކާ ފަތަޙަ ކުރެއްވުމުން

ކިޔާފައިވާ ޢަދަދު: 8480
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޝާކިރު މުޙައްމަދު
މައްކާގެ މާތްވި  ފަތަޙައިން  އުންމަތް  ޖަރީވިޔޭ
                  ފައްކާވެ  މާތްވި  އީމާން،   އުންމީދު   އާވިޔޭ
ލޮބުވެތި ބިމުން ޒަލީލުން ގޮތުގައި ނުކުމެ، އަލުން
                   ލޮބުވެތި   ކަރާމަތާއެކު    ވަދެވޭނެގޮތް  ވިޔޭ

ކަށި ނެތް ފިނިފެންމާ (2)

ކިޔާފައިވާ ޢަދަދު: 4926
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ނަޖުމީ
(4 އޮގަސްޓް 2012 (ހޮނިހިރު) ގުޅޭ)
ވަރުބަލިވެފައެވެ. ހުސްވެފައެވެ.
     
އަހަރެންގެ ހިއްސުތަކުގެ މައްޗަށް ބާރުފޯރުވުމާއެކު  އަހަރެން އަވަހަށް ތެދުވީމެވެ. އޭރު ރަގީބު ހިނގައްޖެއެވެ.
 
އަހަރެން ގަޑިބަލައިލި އިރު އެކެއް ޖަހަނީއެވެ. މިހާ ގިނައިރު ވީކަމެއް އަހަރެންގެ ޚިޔާލަކަށް ވެސް ނާދެއެވެ. މިކަހަލަ ކަންތަކުގައި ވަގުތުގެ އިހްސާސް ގެއްލިދާނެކަމެއް އަހަރެންގެ ހިތަކަށް ނާރައެވެ. މިއީ އަހަރެންގެ ހަޔާތަށް އައި މިފަދަ ފުރަތަމަ ޒަލްޒަލާ ވީމައެވެ.

ރޭގަނޑުގެ ބައިތުކޮޅެއް. . .

ކިޔާފައިވާ ޢަދަދު: 3519
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އިނގިރޭސި ބަހުން ދިވެހިބަހަށް ތަރުޖަމާ ކުރީ: ނަސީމާ މުޙައްމަދު.

ހިނގާލަން ބޭރަށް އަންނާށެވެ. އަލީގެ އެންމެ ފަހު ތިކިތައް
ފުސް ނޫކުލައިގެ ތެރެއިން ހިމޭންކަމުގައި ފޫދިގެން ދަނީއެވެ.
ދުނިޔެ މައްޗަށް ލެނބިލާފައިވާ ރޭގަނޑުގެ އަނދިރިން ގަސްތައް ވަނީ ފުރިފައެވެ.
ފެންފިނީގެ ތިކިތަކުން ދަނޑުތައް ވަނީ ތެމިފައެވެ.

ކަށިނެތް ފިނިފެންމާ (1)

ކިޔާފައިވާ ޢަދަދު: 5117
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ނަޖުމީ
އަހަންނަކީ ކަށިނެތް ފިނިފެންމަލެކެވެ. މިހެން އަހަންނަށް ބުނެވޭނެ ކިތަންމެ ފަހަރެއް ވެސް މިހާރު ހަޔާތުން އަތުވެއްޖެއެވެ.
މަސްއަލައަކީ އަހަންނަށް ނޫނެކޭ ބުނަން ނޭނގޭ ކަމެވެ. ނުކެރޭކަމެވެ. އަމުދުން މައިންބަފައިންގެ ކުރިމަތީގައވެ.

ލޭ ބޯ ފަނި (2)

ކިޔާފައިވާ ޢަދަދު: 10175
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
(26 ޖުލައި 2012 (ބުރާސްފަތި) ގުޅޭ)
“ނޫން- އަހަރެން މީގެ ފަހުން ފޯނުން ވާހަކަވެސް ނުދައްކާނަން- ދެބެއިން ވެގެން އަހަރެން މަޅީގައި ޖައްސަން އުޅެނީހެންވެސް މިހާރު އެބަ ހީވޭ- ފޯނު ރަނގަބީލު ވާން ފަށާއިރަށް ފަހަރި ބުނާނެ، އަހަރެން ގާތު، ގޮސް ނަގާށޭ- ފޯނު އެ އަންނަނީ އަހަންނަށްކަން ފަހަރިއަށް އެބަ އެނގޭ- އެހެންވީމާ އޭއްޗެކޭ މީއްޗެކޭ ކިޔައިގެން ފޯނު ނަގަން ފޮނުވާނީ އަހަރެން- އެކަމަކު މިއީ އަހަރެން ފޯނު ނަގާނެ އެންމެ ފަހު ފަހަރު-“
 

ޗަންދަން ހާރު

ކިޔާފައިވާ ޢަދަދު: 7026
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުﷲ ޞާދިޤު
ހާރަކީ ކަރުގައި އަޅަން ބޭނުންކުރާ ގަހަނާއެކެވެ. މި ގަހަނާ ރިހިންވެސް އަދި ރަނުންވެސް ހަދާފައި ހުރެއެވެ. މުއްސަނދިން އެބައި މީހުންގެ އަނބިން ނުވަތަ އަންހެން ކަރުގައި އަޅުވަން ބޭނުންކުރާ ހާރުގައި އަލިމަހާ ޖަވާހިރުވެސް ޖަހާފައި ހުރެއެވެ. މިބާވަތުގެ ހާރަށް ކިޔަނީ ޗަންދަން ހާރެވެ. 

ދިވެހި ލިޔުންތެރިކަމުގެ އަދަބީ ޙައިސިއްޔަތު (2)

ކިޔާފައިވާ ޢަދަދު: 10165
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢައްބާސް އިބްރާހީމް
(1 އޮގަސްޓް 2012 (ބުދަ) ގުޅޭ)
އަޅުގަނޑު އަހައި ފައިވާ ގޮތުގައި ރައިވަރުގެ ހަމަތަކަކީ ދެކުނު އޭޝިޔާގެ އެހެން ބައެއް ބަސްބަހުގައިވެސް ހުންނަ ހަމަތަކެކެވެ. ރާއްޖެއާ ކައިރީގައި ހުރި ބައެއް ޤައުމުތަކުގެ ބަސްބަހުގައިވެސް އެކަހަލަ ވަޒަންތައް ހުންނަކަމަށް ވެއެވެ. ވީމާ ދިވެހި ބަހުގައި ހުރި ރައިވަރުގެ ހަމަތަކަކީ އެފަދަ ބަސްބަހުން އައިސްފައިވާ ކަމަކަށްވުމަކީވެސް އެކަށީގެންނުވާ ކަމެއް ނޫނެވެ.

ޢުމުރު ދެމިއޮތްހާ ހިނދަކު..!

ކިޔާފައިވާ ޢަދަދު: 7572
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޝާކިރު މުޙައްމަދު
ހެޔޮ ޢަމަލު  ދޫކޮށްނުލާށޭ  ޢުމުރު  ދެމިއޮތްހާ ހިނދަކު
                 ހެޔޮބަހެއްނޫނީ  ނުބުނަމާ  ޢުމުރު ދެމިއޮތްހާ  ހިނދަކު
ނިޔަތުގައި    ތެދުވެރިކަމާއެކު   ވާށެ   އުންމީދާއެކީ
                 ހިޔަނަސީބަށް އެދި ތިބޭށޭ ޢުމުރު  ދެމިއޮތްހާ  ހިނދަކު