ޝަރަފުވެރި މެހުމާނުގެ ގޮނޑި

ކިޔާފައިވާ ޢަދަދު: 6902
 
ޙަސަން ޝާކިރު މުޙައްމަދު 
ޝަރަފުވެރި މެހުމާނުންނަށް ދިމާވާ ތަފާތު ކަންކަމުގެ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. އަޅުގަނޑުގެ ރަޙްމަތްތެރި ނަޢީމް ޝަރަފުވެރި މެހުމާނުގެ ފަޓުލޫނުގެ ވާހަކައެއް ލިޔުއްވިއެވެ. އަދި އަޅުގަނޑު އެކުވެރި ސަމީރުވެސް ވަނީ ޝަރަފުވެރި މެހުމާނެއް އިހުމާލުކުރެވުނު ވާހަކައެއްވެސް ލިޔުއްވައިފައެވެ. 

ޙަޔާތުގެ ހިޔަނި (10)

ކިޔާފައިވާ ޢަދަދު: 4822
ޑޮކްޓަރ މުޙައްމަދު ރަޝީދު
(10 ނޮވެމްބަރ 2012 (ހޮނިހިރު) ގުޅޭ) 
ފެންނަފަށުގައި އެހެރީ ނަބީލާއެވެ. އޭނާއަށް މިލްކުވެގެންވާ ހިތްގައިމު ހިނިތުންވުމުގައެވެ. ލައިގެން ހުރި ހެދުމުގެ ކުލަ ހުދުވީނަމަ މިތަނަށް ޙާޒިރުވާހާ ބަޔަކަށް މިރޭ އޮޅުނީސްކަން ކަށަވަރެވެ.
 
އައިމަން އެތެރެއަށް ޖެހިލިއެވެ. އެމްބެސެޑަރ ޢިމާދުއްދީން ހުންނެވި ހިސާބަށް ހިގައްޖެއެވެ. ދެ ވަޒީރަކުވެސް ތިއްބެވިއެވެ. ޑީން އައިމަނަށް މަރުޙަބާ ވިދާޅުވިއެވެ. ދައްކަމުން ގެންދިޔަ ވާހަކަ ބަދަލުކޮށް އައިމަނަށް ބައިވެރިވެވޭ ކަހަލަ ވާހަކަ އަކަށް ފެށުނެވެ. ދިވެހި ސަޤާފަތް ދަސްކުރަން މިދުވަސްކޮޅު މާލެ އައިސްގެން އުޅޭ ޖަޕާނުގެ ސްކޫލް ކުދިންތަކުގެ ވާހަކައެވެ.

ދިވެހިބަހުގެ ޚާއްޞަ މަޚުރަޖު ގެއްލެނީ އެވެ. ދެރައެއް ނުވޭހެއްޔެވެ؟

ކިޔާފައިވާ ޢަދަދު: 11342
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (2011)
ޢަރަބީން އެ އަޑަކާ މެދު ފަޚުރުވެރިވާ އަޑަކީ “ض” ގެ އަޑެވެ. ދިވެހީންގެ ވެސް އެފަދަ އަޑެއް އޮތެވެ. އެ އަޑުގެ ރަމްޒު ތާނައިގައި އޮތަސް އެ އަޑު ދިވެހީންގެ ތެރޭގައި މިހާރު ޢާއްމުކޮށް ބޭނުންކުރެވެޔެކޭ އަޅުގަނޑު ދަންނަވާހިތެއް ނެތެވެ. އަޅުގަނޑަށް އެ އަޑު އިވޭލެއް މަދުކަމުންނެވެ. ވަރަށް މަދު ބޭފުޅަކަށް އެ އަޑު ބޭނުންކުރައްވަން އެނގިވަޑައިގަތަސް މި ޖީލުގެ ޒުވާނުން އެ އަޑާ ބީރައްޓެހި ކަމުންނެވެ.

ސަރާ (7)

ކިޔާފައިވާ ޢަދަދު: 6083
މޫސާ ސާޢިދު، މަރަދޫ
(9 ނޮވެމްބަރ 2012 (ހުކުރު) ގުޅޭ)
އެހިނދު ސަރާވެސް މައިދައިތަގެ މަޤްޞަދަށް ހުރަސް އެޅުމުގެ ގޮތުން ރަނގަޅު ވިސްނުމެއް ސިކުނޑީގައި ރާވައިލި އެވެ .
މަންމައާ ބައްދަލުކުރަން އެންމެ ދުވަހަކަށް ރަށަށްދާން ޖެހުނަސް، އޭނާ ދާން ނިންމީ ޢިމްރާނާ އެކުގައެވެ. އޭރުން މައިދައިތަ ހޯދަން ބޭނުންވާ ފުރްޞަތު ގެއްލޭނެއެވެ.

ކުށްވެރިޔަކީ …. ނަފުރަތު

ކިޔާފައިވާ ޢަދަދު: 3603
އަޙްމަދު ރަޝީދު ޢަބްދުލްޤާދިރު
ޝާހިދާ، ސްކޫލް ދައުރު ނިންމުމަށްފަހު އަދާކުރަން ކަނޑައެޅި ވަޒީފާއަކީ ޓީޗަރުކަމެވެ. އެއީ އޭނާ އެންމެކުރާހިތްވާ މަސައްކަތެވެ. ޓްރޭނިންގ ހޯދުމުގެ ގޮތުން އިތުރު އެއްއަހަރު ކިޔެވުމުގައި ހޭދަކުރަން ޖެހުނެވެ. ޝާހިދާ އޭނާގެ ސްކޫލް ދައުރު ނިމުމާއެކު ލޯބީގެ ޙަޔާތްވެސް ފަށައިފިއެވެ. ޝާހިދާގެ ލޯބީގެ ޙަޔާތުގެ ބައިވެރިޔަކަށް ލިބުނީވެސް އޭނާ ކުރިޔަށްދާ ރޮނގުގައި ކުރިޔަށްދާ ޒުވާނެކެވެ. އެކަމާ ޝާހިދާ ވަރަށް އުފާ ކުރިއެވެ. 

ކަޅު ބިއްލޫރި

ކިޔާފައިވާ ޢަދަދު: 3436
އަލީ އަލީފް، ޙާސިލް، ހއ. އިހަވަންދޫ
ފަތިހު ތެދުވާން އާދަވެފައި ނުވުމާއެކު މިއަދު ވެސް ފަތިހުގެ އަރާމު ނިދިކޮޅު ދޫކޮށްލުން ވީ ވެވޭވަރުގެ ކަމަކަށް ނޫނެވެ. ނަމަވެސް މަންމަގެ ހަޅޭލެވުންތަކަށް މިއަދު ވެސް ކެތްކުރެވޭވަރެއް ނުވި އެވެ. ދެ ލޯ ރަނގަޅަށް ނުހުޅުވި ހުރެ، އެނދުމަތިން ތެދުވެގެން ގޮސް ގިފިއްޔަށް ވަނީމެވެ. ދެން މި ޖެހުނީ ކަންތަކާ އެވެ. ފެން ދާންޏެއް ނަގައި އޭގައި އަތް ޖައްސައިލިއިރު ކަމަކުދާކަށް ނެތެވެ. ފިނިކަމުން ހީވަނީ ގަނޑުފެން ގަނޑެއްހެންނެވެ. ކޮންމެއަކަސް އިތުރު ގޮތެއް ނެތުމާއެކު ބޮލަށް ދާންޏެއް ކޮނޑަށް ދާންޏެއް އަޅައިލުމަށްފަހު ނުކުތީމެވެ. އޭރު ދަތްދޮޅި ހީވަނީ ފަހާފޮށީގެ ދަތްގަނޑު ހެންނެވެ. މިހާލުގައި ހުރެނަމަ ވެސް ކުޑަކޮށް މަތިމަތިން ރީތިވެލައިގެން ނުކުތީމެވެ.
 

ކަން އޮތް ގޮތް (2)

ކިޔާފައިވާ ޢަދަދު: 3252
 
އާދަމް ނަސީމް އަބޫބަކުރު، ލ. މާވަށް
 
(1) ކަން ހިނގާ މަގު އޮޅިއްޖެ، ކަންނެތްކަން  ޢާއްމު ވެއްޖެ
                 ދަންނަ ބަޔެއް އިތުރުވެއްޖެ  ކަންތައް  ވާ ފުނި ޖެހިއްޖެ

(2) މުސްކުޅިންގެ  ލޯ ދިލިއްޖެ ވިސްނުންވެސް ރަނގަޅުވެއްޖެ
                  ކުސް ނުތަޅައި ފަރުޖެހިއްޖެ  އުސްތަންމަތި ވެސް ލިބިއްޖެ

(3) ގޭސް އުނދުނަށް ރޭރުވެއްޖެ ފޭސްބުކް ގައި  ތާށި ވެއްޖެ
                  މޭސްތިރިން  އިތުރު ވެއްޖެ   ބޭސް ފަރުވާ  ހިލޭ ވެއްޖެ
 

ޢަދުލު އިންސާފުގެ މަތިވެރި މިސާލެއް

ކިޔާފައިވާ ޢަދަދު: 5806
ޢަބްދުﷲ ޞާދިޤު
“ސާހިބާއެވެ. އަޅުގަނޑު އައިސް މިހިރީ އިންސާފަށް އެދިގެންނެވެ. ﷲއަށްޓަކައި އަޅުގަނޑާމެދު އިންސާފުކޮށް ދެއްވާށެވެ.” މީހަކު އާދޭހާއެކު ރޮމުން ރޮމުން ދެންނެވިއެވެ.
“ކަލޭގެ މަސްއަލަ ހުށަހަޅާށެވެ. އަދި ހިތްހަމަޖައްސާލައިގެން ހުންނާށެވެ. ކަލެއާ މެދު ފުރިހަމައަށް އިންސާފު ކުރެވޭނެއެވެ.” 

ތުނޑު ހަސަނަށް ކެހިދިން މީދާ

ކިޔާފައިވާ ޢަދަދު: 4248
ފަތުޙުﷲ އަޙްމަދު ، މޫރިތިގެ، ހއ. އިހަވަންދޫ
 
އިހަވަންދޫ އުތުރު އަވަށު މުއްސަންޖަކު އިހު އުޅުނޭ   
ތުނޑު ހަސަނުން ނަންދެވިފާ       މަހުޖަނަކަށްވެޔެ ރަށުގާ
ގައްލަންދޫ ވަރުވާޔަށް            ދަނޑު ހައްދަން ގެންގުޅުނޭ  
މިޔަހެއްޔަށް ދަނޑުހައްދަން        ރަށުގެ އެކީ ރޯކުރިޔޭ

ޙަޔާތުގެ ހިޔަނި (9)

ކިޔާފައިވާ ޢަދަދު: 4292
ޑޮކްޓަރ މުޙައްމަދު ރަޝީދު
(8 ނޮވެމްބަރ 2012 (ބުރާސްފަތި) ގުޅޭ) 
ގާތަށްގެނެސް އަދިވެސް ކައިރިކުރާ ހިތްވުމެވެ. އެމީހުންގެ ލޯބިވާ ދަރިން އަމިއްލަ ބަނޑުން އުފަންކުރާ ގޮތަށެވެ. ހުދާ، އައިމަން އެއްކޮށް މިލްކު ކުރާ ހިތްވެއެވެ. އޭނާގެ ބަނޑުން އުފަންކުރާ ހިތްވެއެވެ.
 
ނޭނގި އިނދެގެން ކުޅުމުގެ ތެރޭގައި މުޅި ކާޑު ރޮނގުން ފުރިއްޖެ އެވެ. އޭގެ މާނައަކީ ނުދާނޭ ވާހަކަ ހެއްޔެވެ؟ ނޫނީ ދާނަން ހެއްޔެވެ؟ ހުދާ އިތުރަކަށް ނުއަހައެވެ. ސުވާލެއް ނުކުރެއެވެ.