ހިތުލީ ލޯބި

ކިޔާފައިވާ ޢަދަދު: 6542
ޙަސަން ނަޖުމީ
އަހަރެން ކުއްޖަކާ ރައްޓެހިވާއިރަށް ކޮއްކޮ އެ ދެމެދަށް ވަންނާނެއެވެ. މިއީ އެއްފަހަރަކު ދިމާވި ކަމެއް ނޫނެވެ. އެންމެ ކުޑައިރުން ފެށިގެންވެސް އޭނާ ހުންނާނީ އަހަރެންގެ ފޫބުޑުގައެވެ. އަހަރެން ކުރާކަމެއް ވިއްޔާ އެކަމެއް އޭނާ ކުރާނެއެވެ.
ރީނާ އަހަންނަށް ވުރެން ހަގީ ތިން އަހަރެވެ. އަހަރުމެންގެ ދެބޭންގެ މަންމަ ނިޔާވި އިރު އޭނާގެ އުމުރުން 4 އަހަރެވެ. އެދުވަހެއް އޭނާ ހަނދާނެއް ނުހުރެއެވެ. އެހެންނަމަވެސް މަންމަގެ ހަނދާނެެއް އަހަރެންގެ ހިތަކުން ނުފިލައެވެ. ބައްޕަ އޭގެފަހުން ތިން ދޮންމަންމައިން ގެނައެވެ. އެކަކުވެސް އަހަރެމެންނަކަށް ކަމަކު ނުދިޔައެވެ. ރީނާ އަބަދު އަހަރެންގެ ވަށައިގެން ކޮކާލެއްހެން އެ އެނބުރެނީ މަންމައެއް ނެތުމުން ކަމަށް ވެދާނެއެވެ.

އެނދަކީ ވެސް ފާޑެއްގެ އެއްޗެކެވެ.

ކިޔާފައިވާ ޢަދަދު: 11937
ޢަބްދުﷲ ނަޢީމު އިބްރާހީމް
އެނދަކީ ކިހައިވަރެއްގެ ރައްކާތެރިކަމެއް ލިބޭ އެއްޗެއްހެއްޔެވެ؟ ބައެއް މީހުން ބުނާ ގޮތުގައި މަތިންދާބޯޓުގެ ގޮނޑީގައި އެ ހުންނަ ކަހަލަ ސަލާމަތީ ކަމަރެއް އެނދުގައި ވެސް ހުންނާން ޖެހެއެވެ. ދުނިޔޭގެ އެކި ތަންތާގައި އެނދުގައި ހިނގައިފައި ހުރި ނުރައްކާތެރި ޙާދިސާތަކަށް ބަލައިލީމާ މިއީ ތެދެކޭ ހީވެއެވެ.
 

ދިވެހިބަހުގެ މަސައްކަތު ލަފުޒުތައް ނުވަތަ އަކުރު

ކިޔާފައިވާ ޢަދަދު: 5697
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

(ހ) އަކުރަކީ ކޮބާ؟   

ދިވެހިބަހުގައި އަކުރަކީ ބަހުގެ އަޑުތައް ލިޔުމުން ފާޅުކުރުމަށް ބޭނުންކުރާ ރަމްޒުތަކުގެތެރެއިން “ފިލި” ނޫން އެހެން ނިޝާންތަކެވެ.
    މިސާލު:  ހ، ށ، ނ، ރ، ބ، ކ، އ، . . . .

    މީގެ އިތުރަށް އެހެން ލަފުޒަކާ ގުޅިގެން ނޫނީ މާނައެއް، އާދެ! ފުރިހަމަ މާނައެއް ދޭހަނުވާ ލަފުޒުތަކަކީވެސް ދިވެހިބަހުގެ ގަވާއިދުގައި އަކުރެވެ. މިއީ ދިވެހިބަހުގައި ހިމެނޭ އަށް ބައިގެ ތެރެއިން އެއް ބަޔެވެ. މި ޒަމާނުގެ ޢިބާރާތުން ދަންނަވާނަމަ މި ފަދަ ލަފުޒުތަކަކީ މަސައްކަތު ލަފުޒެވެ. ނުވަތަ އެހީތެރިވެދޭ ލަފުޒުތަކެވެ.

ޚާދިމުގެ އަރާމާމެދު……

ކިޔާފައިވާ ޢަދަދު: 5836
ޢަބްދުﷲ ޞާދިޤު

އިސްލާމުންގެ އެންމެ ބޮޑު އެއް ވެރިޔަކު ކަމުގައިވާ ޚަލީފާ ޢުމަރުބުނު ޢަބްދުލްޢަޒީޒާ ބައްދަލުވުމަށް ރައްޓެއްސަކު އަތުވެއްޖެއެވެ. އޭނާގެ ނަމަކީ ރަޖާބިން ޙަޔާތެވެ. ސަރުކާރުގެ މަސައްކަތްތަކުން އަވަދިވެ ވަޑައިގެން، އޭނާ ގެންދެވީ، ޚަލީފާ ރޭގަނޑު އަރާމު ކުރައްވާ ކޮޓަރިއަށެވެ.

މާޔޫސްވީ ހަވީރު

ކިޔާފައިވާ ޢަދަދު: 4488

މުޙަންމަދު ޝާހިދު ޙަލީމް

ފިރުމައިލައިފައި  ބުންޏޭ،  ރޯޅި ހިނގާ ޒާރުން
    ވިރުވައި އަޅަމުން  ދާށޭ  ޅެންތައް ނަލަ ރާގުން
        ނިރުތައް އާ ފެޅުމަށް  ފެން ލިބެމުންދާ  ޒާތުން
            “ދިރުވާށެ  ހަވީރާ ހެނދުނާ  ރީތި  ޚިޔާލުން”

ނަމަވުމާއި، ދިވެހިބަހުގެ އެހެންޒަމާންތަކާ ހުރި ފުށުއެރުންތައް

ކިޔާފައިވާ ޢަދަދު: 4177
މުސާ ޝަރީފު ޢަލީ ޝަރީފު، ދުންފިނިގެ، ލ. މާވަށް

1.    ތަޢާރުފު

ބަހުގެ ގަވާއިދާ ބެހޭގޮތުން، އެންމެ ފުރަތަމަ ވާހަކަދައްކައިފައި ވާ ކަމަށް ބެލެވެނީ ގާތްގަނޑަކަށް 4 ވަނަ ޤަރުނުގެ ތެރޭގައި ގްރީކްގެ ބަސްވާރުންނެވެ. އޭގެ ފަހުން މިއަދާ ހަމައަށް އައިއިރު ވެސް ދުނިޔޭގައި ވާހަކަދެކެވެމުން އަންނަ އެކި ބަސްބަހުގެ ޤަވާޢިދާމެދު ބަސްވެރިންނާއި ބަސްވާރުންނާއި ޢިލްމުވެރިން އަންނަނީ ޤަވާޢިދު ފޮތްތަކެއް ލިޔަމުންނެވެ.

ކެތްތެރީންނާއި ޝުކުރުވެރިވާމީހުންނަށް ސުވަރުގެ ވަޢުދުކުރައްވައިފައި ވެއެވެ.

ކިޔާފައިވާ ޢަދަދު: 3404
ތަރުޖަމާ: މުޙައްމަދު މޫސާ ފުޅު ގ.ވިލަމެންދު

މަޝްހޫރު ތާބިޢީއެއް ކަމުގައިވާ އިމްރާނު ބުނު ޢަޠާނުއަކީ، ވަރަށް ސިފަހުތުރު ކުޑަ ހަށިގަނޑެއް ލިބިވަޑައިގެންފައިވާ ބޭކަލެކެވެ. އެހެންކަމުގައިވިޔަސް އެކަލޭގެފާނުގެ އަނބިކަނބަލުންނަކީ، އިންތިހާ ދަރަޖައިގެ ރީތި ބޭކަނބަލެކެވެ.

މަގޭ ގޭގެ ފުޅަފެއް ނެތޭ!

ކިޔާފައިވާ ޢަދަދު: 6328
ޙަސަން ޒަހީން

ކޮންމެ މީހަކުވެސް ނިވައިވުމަށް އެދޭނެއެވެ. ތިމާގެ ގޭގެ “ފުޅައް” ސަލާމަތުން ބެހެއްޓުމަށް އަބަދުވެސް އެދެއެވެ. ހާއަޅާނެ ނުވަތަ އެތެރެ ފެންނާނެ ތަންކޮޅެއް ހުރިތޯ ބެލެއެވެ. ބޭނުމަކީ ހިގައިބިނާވާ މީހުންނަށް ތިމާއާއި ތިމާގެ އާއިލާ ފޮރުމެވެ. ހަމަ އެގޮތަށް ރީތި ހެދުންލައި އަންނައުނު ލުމުގެ ބޭނުމަކީ ވެސް މިއީއެވެ.

ރަބަރު ބޯޅައެއްހެން ބައުންސްވާ ޗެކުތަކުގެ ފޮރުވިފައިވާ ސިއްރު

ކިޔާފައިވާ ޢަދަދު: 11493
އަޙްމަދް ސަމީރު ޢަލީ

އިންސާނިއްޔަތަށް އެންމެ ބޮޑު ފައިދާއެއް ހޯދައިދިން އީޖާދަކީ ކޮބައިތޯ ފަސް މީހުންގާތު ތިބާ ސުވާލު ކުރައްވައިފިނަމަ، އަޅުގަނޑަށް  ލަފާކުރެވޭ ގޮތުގައި ތިބާއަށް ތަފާތު ފަސް ޖަވާބު ލިބިލައްވާނެއެވެ. އެއީ ސުވާލުގެ އުނދަގޫ ކަމުންނެވެ. ޗާޕުގެ މުހިންމުކަން ފެނިގެންދަނީ ކަރުދާހުގައި ގިނައަދަދަކަށް ޗާޕުކުރެވެން ފެށިފަހުންނެވެ.

ޝަރަފުވެރި މެހުމާނުގެ ފަޓުލޫނު

ކިޔާފައިވާ ޢަދަދު: 11662

ޢަބްދުﷲ ނަޢީމު އިބްރާހީމް

ރާއްޖެތެރޭގެ ފުރަތަމަ ފުޓްބޯޅަ މުބާރާތުގެ ދުވަސްވަރެވެ. އެ މުބާރާތް ރޭވިފައި އޮތް ގޮތުން ފުރަތަމަ އޮތީ އަތޮޅު ބުރެވެ. އެ ބުރުގައި ކުޅެނީ އަތޮޅު ގެ އެކި ރަށް ރަށުގެ ޓީމު ތަކެވެ. ދެވަނަ ބުރަށް ދަނީ އަތޮޅުން އެއް ވަނަ ހޯދާ ޓީމެވެ. ދެވަނަ ބުރު ރޭވިފައި އޮތީ މުޅި ރާއްޖެ ފަސް ޒޯނަކަށް ބަހާލައިގެން ކުޅޭ ގޮތަށެވެ.