ޖުމުލައާއި ޖުމުލައިގެ ބާވަތްތަކާއި ޖުމުލައިގެ ބައިތައް

ކިޔާފައިވާ ޢަދަދު: 12903

ދިވެހިބަހުގެ ގަވާއިދާއި ހަމަތައް އަލުން ދިރާސާކޮށް އެކަށައެޅުން މުހިއްމެވެ.

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ދުނިޔޭގެ ކޮންމެ ބަހެއްގައި ވެސް ލަފުޒުތައް ހުރިވަރު ހޯދައި ބަލައިގެން އެ ހިނދަކަށް ބޭނުންކޮށްއުޅޭ ހުރިހާ ލަފުޒުތަކެއް، އެއް ފޮތަކަށް ޖަމާކުރެވިދާނެ އެވެ. މި ގޮތުން ބަހެއްގައި ހުރި ހުރިހާ ލަފުޒުތަކުގެ (އަންދާޒާ) ޢަދަދު ކަނޑައެޅިދާނެ އެވެ. ނަމަވެސް އެ ލަފުޒުތައް ބޭނުންކޮށްގެން އުފެއްދޭނެ ޖުމުލައިގެ ޢަދަދު ހަމަ އެކަކަށް ވެސް އަންދާޒާކޮށްލާކަށް ވެސް ނޭނގޭނެ އެވެ. އެހެނީ ޖުމުލަ އުފެއްދުމަށް ވަކި މިނެއް މިންވަރެއް ނޯވެއެވެ. ބަހަކީ އުފެއްދުންތެރި އެއްޗެކޭ ބުނެވެނީ މި ފަދަ ކިތަންމެ ސަބަބުތަކަކާހުރެ އެވެ.

ހަޤީޤީ ހާދިޘާ

ކިޔާފައިވާ ޢަދަދު: 5605

ވައްކަމުގެ ވާހަކަ

އަޙްމަދު ނާފިޢު، ބ.ދަރަވަންދޫ
ޝިފާން ގެއަށް ނިދަން އަންނަ ގަޑިއެއް ހުދު ޝިފާންގެ މައިން ބަފައިންނެއް ނުބަލައެވެ. ޝިފާންގެ މައިން ބަފައިން ޝިފާންގެ އުޅުމާއި ދޭތެރޭ މާބޮޑު ސަމާލުކަމެއް ނުދެއެވެ. ޝިފާންއަށް ދުވާލަކީ ރޭގަނޑު ކަމަށްވީ ހިނދު ރޭގަނޑު އެއީ އޭނާގެ ދުވާލު ގަޑިކަމަށް ދެކެމުންދެއެވެ. ޝިފާންގެ އެކުވެރި މިހާދު އަކީވެސް ހަމަ ޝިފާން އެކޭ އެއްފަދައިން އުޅެމުންދާ ކުއްޖެކެވެ.

މާތް އުސްތާޒު

ކިޔާފައިވާ ޢަދަދު: 5726
ޢަބްދުﷲ ޞާދިޤު
ވަރަށް ކުރީ ޒަމާނެއްގައި ވަރަށް ބޮޑު ޢިލްމުވެރިޔަކު  މަސްޖިދުއްނަބަވީގެ ފެންޑާގައި އޭނާގެ ދަރިވަރުންނަށް ޙަދީޘް ކިޔަވައިދެއްވަމުން ގެންދެވިއެވެ. މި މާތް މިސްކިތަކީ، ކީރިތި ރަސޫލާ މަދީނާއަށް ހިޖުރައަށް ވަޑައިގެން އެރަށުގައި އިމާރާތް ކުރެއްވި މިސްކިތެވެ. 

“ބަންދަލްމުޚްތާރަށް ހަދައިލީމާ ދުވަންޏެއްކަމަކު އިދިފުށަށް ދެމުން ހުއްޓުވައިލެވިދާނެ”

ކިޔާފައިވާ ޢަދަދު: 8296
 ޢަބުދުﷲ ޙިލްމީ 
ފުވައްމުލަކު ހިރިހަމައިދި ކަލޭގެފާނު ވިދާޅުވެފައިވަނީ “ބަންދަލްމުޚްތާރަށް ހަދައިލީމާ ފީ އާރޮހެއްކަމަކު ވިކިދާނެ”އެވެ. ރައީސް ނާޞިރުގެ ދުވަސްވަރު ސަރުކާރުގެ އިސް ބޭފުޅަކު ވިދާޅުވެފައިވަނީ “ބަންދަލްމުޚްތާރަށް ހަދައިލީމާ ދުވަންޏެއްކަމަކު އިދިފުށަށް ދެމުން ހުއްޓުވައިލެވިދާނެ”އެވެ.

އޭނާގެ ލޯބި

ކިޔާފައިވާ ޢަދަދު: 4584
ޙަސަން ނަޖްމީ
ރީތި ކޮންމެ ކުއްޖަކު ރަށް ދޫކޮށް ދާން ޖެހޭނެ ކަމަކަށް އަހަރެން ނުދެކެމެވެ. އެކަމަކު މިހާތަނަށް މިރަށަށް، ހއ. އުލިގަމަށް އުފަންވި  ރީތި ކޮންމެ  ކުއްޖަކު ވަނީ ރަށުން ގޮސްފައެވެ. ގިނަ ކުދިން ދިޔައީ މާލެއަށެވެ. ކޮންމެވެސް މުއްސަންޖެއް ނުވަތަ އިއްޒަތްތެރިއެއްގެ އަތްނބެއްގެ ގޮތުގައި ނުވަތަ އެހެންވެސް ސަބަބަކާ ހެދިއެވެ.

ދެ ބަހުގައި ދެ މާނަ

ކިޔާފައިވާ ޢަދަދު: 6324
އާދަމް ނަޞީރު އިބްރާހީމް

ބަހަކީ ޤުދުރަތީ އެއްޗެކެވެ. ޤުދުރަތުން އުފައްދަވައި ހިންގަވާ އެއްޗެކެވެ. މިއީ މި ޒަމާނުގެ ބަހަވީ ޢިލްމުގެ ބާނީ ކަމުގައި ބުނެވޭ ނޯމް ޗޮމްސްކީ ވިދާޅުވާ ގޮތެވެ. ހަމަ އެހެންމެ އޭނާ އަށްވުރެ މާ ކުރީން، ދިވެހިންގެ އެންމެ އުފެއްދުންތެރި އަދީބު ފަޟީލަތުއްޝައިޚު އަލްމަރުޙޫމު ޙުސައިން ޞަލާޙުއްދީނު ވެސް ވަނީ މި ނިންމުން ނިންމަވައިފައެވެ. އެ ކަން އިޢުލާނު ވެސް ކުރައްވައިފައެވެ.

ލޭ ބޯ ފަނި (3)

ކިޔާފައިވާ ޢަދަދު: 9038
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
(3 އޮގަސްޓް 2012 (ހުކުރު) ގުޅޭ)
ވިސްނަން އިނދެފައި ކުއްލިއަކަށް ސިއްސައިގެން ދިޔައެވެ. ކަމެއް ހަނދާން ވީމައެވެ. އޮނަކީ ފުމެން ހުންނަ އެއްޗެކޭ، ކޮއްކޮއަށް އެ ޙައްޤު ދޭށޭ ފީރޯޒާ ގާތު ބުނެވުނީ ހަމަ ދެންމެ އެވެ. އޭނާ މިހާރު އެ އުޅެނީ އަމިއްލަ ގޭގައި ނޫން ކަމާއި، ފިރިމީހާގެ ގޭގައި ކަމާއި، މިހާރު ފިރިމީހާގެ ޢައިލާ އާ މެދު ވިސްނަން ވާނެކަން އޭނާގެ ހަނދާނުން އިރުކޮޅަކަށް ކެހިގެން ދިޔައީއެވެ. އޭނާގެ ބައްޕައާއި ކޮއްކޮގެ މިޒާޖާއި، އާދަ ހުންނަ ގޮތް އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ.

ޢީދުގެ ކުރިން!

ކިޔާފައިވާ ޢަދަދު: 7377
ޙަސަން ޝާކިރު މުޙައްމަދު
ޒަކާތުލް  ފިޠުރި  ދެއްކެވުމަށް  ސަމާލުވެ  ތިއްބަވަންވާނޭ
             ޒަކާތްނެރެ  އޭގެ  އަހުލުންނަށް  ދެވޭތޯ   ބައްލަވަންވާނޭ
ފުރާފުރިހަމަ  ވުމަށް  އެދިގެން  ހިފާރޯދައިގެ  މަތިވެރިކަން
             މުރާދު  ފުދޭނެހެން  އެކަމަށް   ސަމާލުކަމެއް  ދެވެންވާނޭ

ރިލޭ ވާދަ، ފަލްސަފީ ވިސްނުމަކުން

ކިޔާފައިވާ ޢަދަދު: 9847
އަޙްމަދް ސަމީރު ޢަލީ
ކުޅިވަރު މުބާރާތްތަކުގައި ރިލޭ ރޭހަކީ ވަރަށް ފޯރިގަދަ ރޭހެކެވެ. ބަލަން ތިބޭ ބަޔަކުވެސް މާ ޝައުގުވެރިކަމާއެކު ހިތްވަރުދޭ ރޭސްތަކެއްކަން ފާހަގަ ކުރެވެއެވެ. މި މަޒްމޫނު ވިދާޅުވާ ބަޔަކު، ވިސްނުމުގައި ދުވުމުގެ ރިލޭ ރޭހެއް ތަސައްވަރު ކުރެއްވުން އެދެމެވެ. ރިލޭ ޓީމެއްގައި ތިބޭނީ ނިސްބަތުން އެންމެ ހަލުވި، ދެން ހަލުވި އަދި އެމީހުންގެ ނިސްބަތުން މިގޮތަށް ތިނެއް ހަތަރެކެވެ.

މާރާމާރީގެ އަސާގަނޑު

ކިޔާފައިވާ ޢަދަދު: 5455
އަޙްމަދު ނާފިޢު، ބ. ދަރަވަންދޫ
”މަދުރަސީ ދައުރު ނިމުމަށްފަހު ފަޒީލް ހިޔާލުކުރީ އިތުރަށް ކިޔެވުމަށެވެ. ނަމަވެސް ފަޒީލްގެ އާއިލާއަކަށް އޭނާއަށް ކިޔަވައިދޭނެހާ ތަނަވަސްކަމެއް ލިބިފައެއް ނެތެވެ. ދުވަސްތައް ވޭތުވަމުންދެއެވެ.