އިސްރާފުކުރުމުން ދުރުހެލި ވާށެވެ!

ކިޔާފައިވާ ޢަދަދު: 7644
ޙަސަން ޝާކިރު މުޙައްމަދު
އިސްރާފު ނުކުރާށޭ އަޚުންނޭ ކެއުމުގައި އަދި  ބުއިމުގައި
              ވިސްނާށެ އެކަމުން  ލިބެވިދާ ގެއްލުން އޮތީ  ހަމަގާތުގައި
ކާންބޯން ނުލިބި ނިކަމެތިވެފައި އެތަކެއް ކަތުން ތިބުމާއެކީ
ވާންވީ އެހީތެރިކަންވުމަށް  ފަސްނުޖެހެމާ  ހެޔޮނިޔަތުގައި

ދިވެހި ލިޔުންތެރިކަމުގެ އަދަބީ ޙައިސިއްޔަތު

ކިޔާފައިވާ ޢަދަދު: 10522
ޢައްބާސް އިބްރާހީމް
އަޅުގަނޑުގެ މި ލިޔުމުގެ ބޭނުމަކީ ދިވެހި ލިޔުންތެރިކަމަށް އަދަބީ ޙައިސިއްޔަތު ލިބުނު ޒަމާނާ ބެހޭގޮތުން އެއްޗެއް ދެންނެވުމެވެ. އެހެންކަމުން އަޅުގަނޑު އެންމެ ފުރަތަމަ މަސައްކަތް ކުރާނީ އަދަބީ ޙައިސިއްޔަތަކީ ކޮބައިތޯ ބަލައިލުމަށެވެ. އަޅުގަނޑު ހީކުރާ ގޮތުގައި އަދަބީ ޙައިސިއްޔަތޭ މި ކިޔަނީ އަދަބިއްޔާތަށެވެ. އާދެ ލިޓްރެޗަރަށެވެ.

އާ ރެކޯޑް ހަދާ މީހުން، ފަލްސަފީ ވިސްނުމަކުން

ކިޔާފައިވާ ޢަދަދު: 10688
އަޙްމަދް ސަމީރު ޢަލީ
މި ލިޔުންކޮޅު ލިޔަމުންދާއިރު އިނގިރޭސި ވިލާތުގެ ވެރިރަށުގައި ޒަމާނީ އޮލިމްޕިކްސްގެ 30 ވަނަ ކުޅިވަރު މުބާރާތް ފެށުމުގެ އިޙްތިފާލުތައް ކުރިޔަށް އެބަދެއެވެ. މިހާރު އަޅުގަނޑުމެން މިދެކޭ ކުޅިވަރު މުބާރާތަށް ޒަމާނީ އޮލިމްޕިކްސް ކިޔުނު ގޮތަކީ އެންމެ ފުރަތަމަ މިކުޅިވަރުތައް ގަދީމީ ޔޫނާނުގައި (ގްރީސްގައި) ބާއްވަން ފަށާފައިވަނީ  ޢީސާ ޢަލއިހިއްސަލާމްގެ 776 އަހަރު ކުރިންނެވެ.

ތައުބާ ވަމާތޯއެވެ؟

ކިޔާފައިވާ ޢަދަދު: 6850
ޙަސަން ޝާކިރު މުޙައްމަދު
ތައުބާގެ ދޮރު ޔަޤީނުން  މަތިވެރި  މިދީނުގައިވޭ
            ތައުބާވެ މާފު އެދުމުން  ރަޙްމަތްލިބުން  ޔަޤީންވޭ
ފައުޅާއި ސިއްރުގައިވެސް ކުރެވޭކުށަށް ހިތާމައިން
              ތައުބާވެ ދެންނެވީމާ   މަތިވެރި ޢަފޫ ލިބުންވޭ

ލޮޓަސް މާ

ކިޔާފައިވާ ޢަދަދު: 5933
ފާޠިމަތު ޝުޢައިލާ ނަޝީދު

މިއީ 1960 ގެ އަހަރުތަކުގައި ލަންކާގައި ހިނގި ހާދިސާއަކަށް ބިނާކޮށް އެތާނގައި ކިޔަވަން ހުރި ފާޠިމަތު ޝުޢައިލާ ނަޝީދު ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ. މި ވާހަކަ މި ސައިޓަށް ފޮނުއްވީ “ލިޔުންތެރީންގެ ގުޅުން” (ޖަމްޢިއްޔާ) ގެ މުސްތަޝާރު އަދި 1 މުއައްސިސް އަލްފާޟިލް ޢަބްދުﷲ ޞާދިޤެވެ. —— އެޑިޓަރ

 

ޝާލިން އިނީ އޭނާގެ ލޯބިވެރިޔާ ރޮޝޭންގެ އިންތިޒާރުގައެވެ. ފަހެއް ޖަހާއިރު މަސައްކަތް ނިންމާފައި ޝާލިން އާއި ބައްދަލު ކުރަން ރޮޝޭނަށް އާދެވެނީ ހަތެއް ޖަހާދާ ފަހުންނެވެ.

ގަބޫލު ކުރާށެވެ!

ކިޔާފައިވާ ޢަދަދު: 3597
ޙަސަން ޝާކިރު މުޙައްމަދު
ޒުވާނަކަން ގެއްލި  ބީވާކަން މިތާ  އެންމެން ގަބޫލުކުރޭ
                   ނުވާން އުޅުނަސްތިމާ މުސްކުޅި  ވެދާނޭކަން ގަބޫލުކުރޭ
ހަށިން ޖޯޝާއި  ބާރުފިލައި  ނުކުޅެދުންތެރިކަމާއެކުގައި
                   މަށިން ހެއްދެވި  މިއިންސާނާ  ފަނާވާކަން  ގަބޫލުކުރޭ

ތަޤުވާގެ މަގުގައި

ކިޔާފައިވާ ޢަދަދު: 7170
ޙަސަން ޝާކިރު މުޙައްމަދު
ތަޤުވާގެ މައްސަރު އައިހިނދުން ތަޤުވާގެ މަގުގައި ކުރިއަރާ
ހަގުނާ  ދޮށިން  އެއްހިތްވެގެން  ޢަޒުމާއެކީގައި  ކުރިއަރާ
މަތިވެރިވި  ޤުރުއާނާއެކީ  ގިނަގުނަ  ވަގުތުތައް  ހޭދަކޮށް
                   ދަތިކަންއެކީގައި  ހިތްތަކުން ފިލުވައި ނަސީބުން  ކުރިއަރާ

ރައްޓެހި ޑޮޓްކޮމް

ކިޔާފައިވާ ޢަދަދު: 10362
އަޙްމަދް ސަމީރު އަލީ
އަޅުގަނޑުމެންގެ  އަވައްޓެރި އުތުރު ކަރައިގައި ކާވެނީގެ އެންމެ އާންމު ގޮތަކީ، ދަރިއަކު ފުރާވަރަށް އެރުމުން އެ ޒުވާނެއްގެ އާއިލާއިން ބަލާގޮތަކަށް ބަލާފައި (ވަރަށް ގިނަ ގޮތްގޮތުން ބަލައިފައި) އެކަށީގެންވާ ރަނގަޅު ‘އަނެއްފަޅިއެއް’ ހޯދައިދިނުމެވެ. އެއްޒަމާނެއްގައި މިކަމުގައި ކުޅަދާނަ ‘ކަނދުފަތިތައް’ ކޮންމެ ސަހަރެއްގައި ވެސް ހަރަކާތްތެރިވެ އުޅުނެވެ. ފަހުން ނޫސް މަޖައްލާތަކުގައި ޖަހާ ކުދި އިޝްތިހާރު ގޮޅިގޮޅިން އެތަންތާގައި ނިކުންނަ ބޮޑެތި ނޫސްނޫހުގެ ދެތިންގަނޑު ފުރައިލައެވެ!

ލޭ ބޯ ފަނި (1)

ކިޔާފައިވާ ޢަދަދު: 9628
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
ލޭ ބޯ ފަންޏާއި ލޯބިވެރިންނާ ދެމެދު އޮންނަނީ ހަމައެކަނި ނަމުގެ ތަފާތެކެވެ. ދެމެމުންދާ ކިސަޑާއި ކިލާގަނޑުގަނޑުގެ ތެރެއަށް އުފަންވާ ލޭ ބޯ ފަނި މީހެއްގެ ގައިގައި ތަތްކޮށްލުމަށް ފަހު ލޭ ބޯން ފަށްޓަނީއެވެ. ލޭ ބޮމުން ގޮސް މަރުވާންދެން އެމީހާގެ ގަޔަކުން ނުއެއް ނެއްޓެއެވެ.

އިސްރާފުކުރުމުން ދުރުހެލި ވާށެވެ.

ކިޔާފައިވާ ޢަދަދު: 7101
ޙަސަން ޝާކިރު މުޙައްމަދު 
އިސްރާފު ނުކުރާށޭ އަޚުންނޭ ކެއުމުގައި އަދި  ބުއިމުގައި
              ވިސްނާށެ އެކަމުން  ލިބެވިދާ ގެއްލުން އޮތީ  ހަމަގާތުގައި
ކާންބޯން ނުލިބި ނިކަމެތިވެފައި އެތަކެއް ކަތުން ތިބުމާއެކީ
ވާންވީ އެހީތެރިކަންވުމަށް  ފަސްނުޖެހެމާ  ހެޔޮނިޔަތުގައި