ދިރިއުޅުމުގެ ރަހަތައް (9)

ކިޔާފައިވާ ޢަދަދު: 372

މުޙައްމަދު ވަޙީދު، މަޑުލު   ބައްޕަގެ އިރުޝާދުގެ މަތީން ހައިކަލް ކިޔަވައިގެން އެނބުރި އަތުވެއްޖެއެވެ. މިހާރު ހައިކަލް ހުރީ ޢިލްމުވެރި، ވިސްނުން ތޫނު ސިފަ ޖަހައިފައެވެ. ބަހައްޓައިފައި ހުރި ކުޑަކުޑަ ތުނބުޅިކޮޅު އޭނާގެ މޫނުގެ ބައްޓަމާ އެހައި ނުގުނުނަސް އެ ތުނބުޅިން ސަޚްޝިއްޔަތުގެ ހަރުދަނާކަން އަންގައިދެއެވެ. ހައިކަލް އޭނާގެ އަމިއްލަ އޮފީހަށް ދަނީ ވަރަށް ހެނދުނާއެވެ. މަސައްކަތުގައި އެހައި ގިނަވަގުތު އުޅެއެވެ. އޭނާ ޙަވާލުވާހިތްވާ މައްސަލަތަކަކީ، އުނދަގޫ ބޮޑެތި  މައްސަލަތަކެވެ. ޚާއްޞަކޮށް ދައުލަތުން ދަޢުވާކުރައްވާ ބައެއް މައްސަލަ…

އަތުލިޔުމަކީ ޒަމާނާއި ނުގުޅޭ، މި ޒަމާނަށް ބޭނުމެއް ނެތް ހުނަރެއްބާ؟

ކިޔާފައިވާ ޢަދަދު: 2043

ޓެކްނޯލޮޖީ ކުރިއަރާފައިވާ މިޒަމާނުގައި އަތުލިޔުމަށް ޖާގަ އެބައޮތްބާވައޭ ކުރެވޭ ސުވާލަކީ ދޭތެރެދޭތެރެއިން އިވޭ ސުވާލެކެވެ. މިއީ ތައުލީމީ ދާއިރާގައި ބަހުސު ކުރެވޭ މައްސަލައެކެވެ. އެކި ކަހަލަ ދިރާސާކޮށް، އަތު ލިޔުމުގެ ފައިދާއާއި ގެއްލުމެއް އޮތް ނަމަ އެ ގެއްލުމެއްގެ މައްޗަށް އެކި ކަހަލަ އިލްމީ ލިޔުންތައް ލިޔެފައި އެބަ ހުއްޓެވެ. ޒަމާނުއްސުރެ އިންސާނުން ފާޅުކުރަން ބޭނުންވާ ޝުޢޫރުތައް ކުރެހުމުގެ ސިފައިގައި ނޫނީ ލިޔުމުގެ ސިފައިގައި ފާޅުކޮށް ރެކޯޑުކުރެވެމުން އައިސްފައިވެއެވެ. މިހެންކަމުން އަތުލިޔުމަކީ މުހިންމު ހުނަރެއްކަމަށް ވަނީވެފައެވެ. އެހެނަސް…

ތައާރަފު (2)

ކިޔާފައިވާ ޢަދަދު: 297

އިބްރާހިމް ހުސެން މަނިކު މައުރޫފާއި ޒުބޭދާ ޓެކްސީގައި ގައި ގޮސް ނަޝީދާމެން ދިރިއުޅޭ ހަނި މަގުގެ ކަންމައްޗަށް ފައިބައިފިއެވެ. މަގަކީ ކާރެއް ދެވޭހައި ފުޅާ މަގަކަށް ކަމަށް ވިޔަސް މަގުގެ އެއްފަރާތުގައި ސައިކަލަކާ ޖެހި ބައެއް ސައިކަލު ޕާކުކޮށް ހުރަސްކޮށްފައި އެހުރި ގޮތުން ސައިކަލެއްގައި އަޅައިނުގަނެ މަގުން ކާރެއް ދާން ދަތީއެވެ. ދެކޮޅުން ހަނި ދެމަގަށް ފޫވެއްޓިފައި އޮތް ހުރަސް މަގެކެވެ. މަޖީދީ މަގުން ދެކުނަށް އޮތް މަގެކެވެ. މާލެއަށް އުފަންވެ މާލޭގައި ދިރިއުޅޭތާ  ސާޅީސް އެތައް…

އިންޑިއާގެ ބޮޑުވަޒީރު ޝްރީމަތީ އިންދިރާ ގާނދީ ތަޢާރަފުގައި…

ކިޔާފައިވާ ޢަދަދު: 709

ޢަބްދުﷲ ހަމީދު އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (ރަޙިމަހުﷲ) ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ، ލިޔުއްވާފައިވާ މިލިޔުން ނަކަލުކޮށްފައި މިވަނީ ދުވަހު ނޫސް ” މޫންލައިޓް ” ގެ  1975 ޖަނަވަރީ 12،13،14 މި 3 ދުވަހުގެ ނޫހުންނެވެ. (އެ ދުވަސްވަރަކީ، ރާއްޖޭގެ އޭރުގެ ބޮޑުވަޒީރު އޮނަރަބްލް އަލްފާޟިލް އަޙްމަދު ޒަކީ (ރަޙިމަހުﷲ) ގެ ދަޢުވަތަކަށް، އިންޑިޔާގެ އޭރުގެ ބޮޑުވަޒީރު ޝްރީމަތީ އިންދިރާ ގާނދީ، ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވި ދުވަސްވަރެވެ. _______________________ ދުނިޔޭގައިވާ އިންސާނީ ނަސްލުގެ…

ދިރިއުޅުމުގެ ރަހަތައް (8)

ކިޔާފައިވާ ޢަދަދު: 386

މުޙައްމަދު ވަޙީދު، މަޑުލު އޮފީސްތެރޭގައި އުޅޭ ދެމީހުންކުރެ އެކަކު، ލަވައެއް ކިޔަމުން ނިކުމެއްޖެއެވެ. ދިގުގޮނޑިއެއްގައި އިން މީހަކު ފެނިފައި ރަކިވިއެވެ. މަޑުކޮށްލާށޭ މިހާރު ކަތީބު އެބަ ދުރުވެއޭ ބުންޏެވެ. ގޯތިން ބޭރަށް ނުކުމެފައި، ކުރިން ކީ ލަވަކިޔަމުން ދުރަށް ގޮސް އޭނާގެ އަޑު ހިނދިއްޖެއެވެ. އޮފީހުގެ ތެރެއިން ވަރަށް ޅަ އަންހެނުންކުއްޖަކު ނިކުމެ، ހިނިތުންވެލައިފައި އެތެރެއަށް ދެމިގެންފިއެވެ. ގިނައިރުނުކޮށް އެކިކަހަލަ ފޮތްފޮތް ހިފައިގެން ދޭތެރެދޭތެރެއިން ދޮރު ހުރަސްކުރެއެވެ. އެންމެފަހުން، ބޭރުގައި އިން މީހާއަށް ފެންނާނެ ގޮތަށް މޭޒެއްގެ…

ނުވާންވީ އިހުމާލު (3)

ކިޔާފައިވާ ޢަދަދު: 432

ޢައްބާސް އިބްރާހީމް ތެލެފޯނަކީވެސް އަޖައިބުވާ ކަހަލަ ބާރެއް ހުންނަ އެއްޗެކެވެ. ނަޒީރު އަހަރެންގެ ކުރިމަތީގައި ހުންނެވިނަމަ އަހަރެންނަށް މިހުރިހާ އެއްޗެއް އޭނާއާ ދިމާއަށް ކިޔާކަށް ނުކެރުނީހެވެ. ނަމަވެސް އޭނާ ކުރިމަތިން ފެންނަން ނެތިފައި، ނަމަވެސް އޭނާއަށް މިހުރިހާ ވާހަކައެއް އިވޭނެކަން ޔަޤީންވާތީ އަހަރެންނަށް މި އެއްޗެތިތައް ކިޔެމުން ދިޔައީއެވެ.      “އަޅުގަނޑު ނަންގަންނަން އޮތީ އެންމެ އެއްޗެއް. އަޅުގަނޑު އަދިވެސް މިއިނީ ނަޒީރަށް ޓަކައި. ނަޒީރުގެ މީހެއްގެ ގޮތުގައި. ނަމަވެސް އަޅުގަނޑު ނަޒީރުގެ ގާތަށް ދާނީ ނަޒީރު…

ތައާރަފު (1)

ކިޔާފައިވާ ޢަދަދު: 448

އިބްރާހިމް ހުސެން މަނިކު ދުވަހުގެ މަސައްކަތް ނިންމާލައިފައި ކަރުދާސްފަށެއް ވެސް ދޫނުކޮށް މޭޒުމަތި އެކަށް ސާފުކޮށްލުމީ މައުރޫފުގެ އާދައެވެ. އެގޮތުން މިއަދު ވެސް މޭޒުމަތި ސާފުކޮށްލިއެވެ. ބޭރުން އޮފީސްތެރެއިން ކަރަންޓު ބުރުމާގެ އަޑު އިރުއިރުކޮޅުން އިވެއެވެ. އަދި މަސައްކަތްތެރީން ވާހަކަ ދައްކާ އަޑާއި ހީނސަމާސާ ކުރާ އަޑުވެސް އިވިއިވި ހުއްޓެވެ. އެމީހުން އެމަސައްކަތްކުރަނީ އަލްމެނިއަމް ފައްޗާއި އުއިފަލަ ނޫކުލައިގެ ފޮއްޗެއްގެ ތައްޔާރީ ދެ ބިތްގަނޑެއް ޖަހައި އައު ގޮޅިއެއް ހަދާށެވެ. އޮފީސް ގަޑި ފަހަނަޅައި އާންމު މުއައްޒިފުން…

އުންމީދު ކަނޑައިނުލާށެވެ.

ކިޔާފައިވާ ޢަދަދު: 411

އުތީމު އާދަމްބެ ނެތޭ އެއްވެސް ޚަޒާނާއެއް މަގޭ މިލްކުގެ ތެރޭ ހިމެނޭ ނެތޭ ފުދުމުގެ މުށެއް ޖީބެއް އޮތީ ހުސްކަމުގެ ހައިޖާނޭ ނުފުއްދުންތެރި މަގޭ ފަސްބައި ނުފޯރާ އައިބުގާ ހަޑިކޮށް ދެފުށްފުރިފައި ވަނީ ލައްތައް ދަރަނިވެރިކަމުގެ ބޯނުދިނޭ މަލާމާތުގެ އަޅާ ފިޔަވަޅުތަކުން  ބުރަހެލިކަމާ އެކުވެސް ސަލާންޖެހުމަށް ހިނގުނު ވާދީތަކެއް އުޅުނަސް ގުނަން ނުގުނޭ މަގޭ ހާލާމެދަށް ކަރުނެއް އަޅާނެ  ލޮލެއް  ކޮބައިތޯއޭ؟ މަގޭ ބޭޒާރުގައި  ބައިވެރި ވެވޭނެއެކޭ  ހިތެއް  ނުބުނޭ ލެވޭހަމަ ކޮންމެ ނޭވާއެއް ބުނޭ ބަދުބަސް…

ނުވާންވީ އިހުމާލު (2)

ކިޔާފައިވާ ޢަދަދު: 342

ޢައްބާސް އިބްރާހީމް ޖެހިގެން އައި ދެތިން ދުވަހުގެ ތެރޭގައި އަހަރުމެންގެ ފުރަތަމަ ދަރިފުޅު ދުނިޔޭގައި އަލިކަން ދެކެފިއެވެ. އެދުވަހު ނަޒީރުވެސް އޮފީހުން ޗުއްޓީ ހޯދައިގެން އައިސް ހުރިހާ ވަގުތެއް އަހަރެން ކައިރީގައި ހޭދަކުރިއެވެ. ހޮސްޕިޓަލުގައި އޮންނަން ޖެހުނު ދެ ދުވަހުވެސް ނަޒީރު އަހަރެން ކައިރީގައި އުޅުނެވެ. އަހަރުމެންނަށް ލިބުނީ އަންހެން ކުއްޖެކެވެ.  ނަޒީރު ކުޑަކޮށް އެކަމާ ދެރަވިއެވެ. އޭނާ ބޭނުންވެގެން އުޅުނީ ފުރަތަމަ ފިރިހެން ކުއްޖަކު ލިބުމަށެވެ. ނަމަވެސް އެދަރިފުޅު ދެކެ ނަޒީރު ވަރަށް ލޯބިވެއެވެ. އަދި…

ދިރިއުޅުމުގެ ރަހަތައް (7)

ކިޔާފައިވާ ޢަދަދު: 332

މުޙައްމަދު ވަޙީދު، މަޑުލު ހައިކަލް އޭނާގެ އެކުވެރީންނާއެކު، ދުމުން ފުރިފައިވާ ކޮޓަރިއެއްގެ ތެރޭގައި އޭނާގެ އަމިއްލަ ފަލްސަފާގެ މައްޗަށް ވަކާލާތުކުރަނީއެވެ. ބައެއް ފަހަރަށް އެންމެން ހެމުންހެމުން ގޮސް، ލޮލުން ކަރުނަ އައިސްގެން ބަނޑަށް ތަދުވެގެން ހިމޭންވެއެވެ. އަނެއްބައިފަހަރު، ރުޅިއައިސް ރަތްވެގެން، ޒުވާބުކޮށް، އަޑުގަދަކުރަމުން، ތަޅައިފޮޅާ ހިސާބަށް ގޮސް، އަވައްޓެރިން އެއްވެދާނެކަމަށް ކޮންމެވެސް މީހަކު ބުނެގެން މައިތިރިވެލައެވެ. ޒުވާބަކީ، ވަކި މައްސަލައެއް ނޫނެވެ. އުޑުގެ ދަށުގައި ވާނަމަ ވާ ހުރިހައި ކަމެކެވެ. ތިމާމެން އުފެދިފައިވާ ގޮތާމެދު ކުރެވޭ ޒުވާބެވެ.…