އަޚްވަންތަކަން

ކިޔާފައިވާ ޢަދަދު: 230

މޫސާ ފަތުޙީ ފަޟީލަތުލް އުސްތާޛުއް ޝައިޚް މޫސާ ފަތުޙީ (ރަޙިމަހުﷲ) ގެ މިޅެން ނަކަލުކޮށްފައި މިވަނީ، އޮގަސްޓް 1995 ގައި ދިވެހިނާދީން ނެރުއްވި ”ހުވަނދު” މަޖައްލާއިންނެވެ. ________________________ ދީނާއި ޤައުމަށްޓަކައި ޤުރުބާންވުމަށް ކެރިގެން ވީނަމަ ލިބޭނީ ތިމާ އެދިގެން  އުޅޭ  ނަފައޭ ހަމަހަމަކަމާއެކުގައި ވާށޭ   އެކީ  އެކުގައި ނަމަނަމަ ނުދާށެ ވަކިން ދިޔަނަމަ އެވީ ނުބައޭ އެކިބަޔަށް ބެހިފައި މީހުން މިތާ މިވަނީ ދެކިފަރިތަކަން އުފެދޭ ސަބަބެއްކަމަށް ބަލައޭ އާދައިގެ ކަޅުދޮނުގައި އެއްވެސް ނެތޭ ފަރަގެއް އާދަމް…

މަންމަ (1)

ކިޔާފައިވާ ޢަދަދު: 374

ހެނދުނު ދިހައެއް ޖަހަނީއެވެ. އެކަމަކު “ހެނދުނެއް” ނުވިއެވެ. ދުނިޔެމައްޗަކަށް އިރުގެ އަލިކަމެއް ނެތެވެ. އަލިވިލުމުގެ ނިޝާނެއް ނެތެވެ. ޖައްވު އަދިވެސް އޮތީ އަނދިރިކޮށެވެ. ހެޑްލައިޓުން އަލީގެ ފައްވާރެއް ދޫކުރަމުން ދޭތެރެއަކުން ކާރެއް މަގުން ފައިބައިގެންދާތީ ފެނެއެވެ. ނަމަވެސް ހިނގާބިނގާވެ އުޅޭ މީހުން ވަރަށް ނުފެނެއެވެ. ފިނިމޫސުމުގެ އާދީއްތަ ދުވަހަކަށް ވާތީ ހީކަރުވާފައި އޮތް ރަށް ރަނގަޅަށް ނުހޭލަނީ ތާއެވެ. ދުންފިނީގެ ފަރުދާގެ ތެރެއިން، ބޮކިދަނޑިތަކުގެ އަލީގައި، މަގަށް ހުރި ގަސްތައް ދޭހަވެއެވެ. ފެންނަ ފެނުމުގައި ރަށަށް ބީރަށްޓެހި…

ލަފުޒުތައް ކަނޑައެޅުމަށާ ބަހުގެ ހަމަ އެކުލަވާލުމަށް އިޖުތިމާއީ މީޑިއާގެ ބަސް މުހިއްމުތަ؟

ކިޔާފައިވާ ޢަދަދު: 814

އިޖުތިމާއީ މީޑިއާއަކީ މިހާރަކަށް އައިސް ޚިޔާލު ފާޅު ކުރަން ގިނަ މީހުން ޚިޔާރު ކުރާ މަންސައެވެ. އިޖުތިމާއީ މީޑިއާ އަކީ އިޖްތިމާޢީ މައްސަލަތަކުން ފެށިގެން ސިޔާސީ ކަންކަމާ ދޭތެރޭ ޚިޔާލު ފާޅު ކުރަން ދުނިޔޭގެ ހުރިހާ ދިމާއެއްގައިވެސް ބޭނުންކުރެވޭ ވަސީލަތެކެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހިނގާ ތަފާތު ކަންތައްތައް އާއްމުންނާ ހަމައަށް އެންމެ އަވަހަށް ފޯރުކޮށްދޭ ވަސީލަތަކީވެސް އިޖުތިމާއީ މީޑިއާއެވެ. އެހެންކަމުން މި ވަސީލަތް ވެފައި މިވަނީ ވަރަށް ނުފޫޒު ގަދަ އަދި ހަމަ އެހެންމެ ޚަބަރު ގެނެސްދިނުމުގައި…

އިރިފުސްމެ (7)

ކިޔާފައިވާ ޢަދަދު: 229

ޖެހިގެން އައި ދުވަހު ހެނދުނު ރެކިފުތާބެ ޤިސާމާމެން ގެޔަށް ދިޔައިރު، މަޖީދުވެސް ގޭގައި އުޅެއެވެ. ޤިސާމާ ބަދިގެފަރާތުގައި  ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމުގައި އަވަދިނެތި އުޅެއެވެ. އޭރު ޝަބާބާއި ރިޔާވީ ކޮންމެވެސް އެއްޗެއް ގަންނަން ފިހާރަޔަކަށް ގޮހެވެ. [އައްސަލާމް ޢަލައިކުމް…] ރެކިފުތާބެ ގޭތެރެއަށް ބޯދިއްކޮށްލަމުން ސަލާމް ގޮވާލިއެވެ. [ވަޢަލައިކުމުއް ސަލާމް…އަހަނ ރެކިފުތާބެ…އާދޭ…ސައި އެ ތައްޔާރުވަނީ….އާދޭ ސައިބޯން…] ސަލާމް ބަލައިގަތުމަށްފަހު، މަޖީދު ވާހަކަ ދެއްކިއެވެ. މުޅި ގޭތެރެޔަށް ނަޒަރު ހިންގާލަމުން، ރެކިފުތާބެ އެތެރެއަށް ވަދެއްޖެއެވެ. ގޭތެރެއަށް ވަދެވެސް އޭނާ…

މޫސުމުގެ ޝުޢޫރު

ކިޔާފައިވާ ޢަދަދު: 290

އުތީމު އާދަމްބެ ފުށްފުށަށް ނަމަ އެނބުރެނީ ވާނީ ދެ ދޫ ލީ ފައްޔަށޭ ހުއްޓުމުން ދެމެދަށް  ދެބާރުގެ ފިތި  ވެދާނީ ހުއްޔަށޭ ޤަދަރަކާ ނެތް ޙުރުމަތެއްގައި ތިންހަތަރު ފައިސާއަކަށް އަބުރު ގެއްލޭ ޢަމަލުކުރުމުން ޝަރަފު އެދިނީ ކުއްޔަށޭ ދެގަނޑެތީން އެއްކޮށްލެވޭ  ހުރިހާ ގުޅުން ހިފަހައްޓުވާ އެނގިވަނީ ބާރެއް ކުރާނީ  ހުންނަ  ހިމަ ތަޅުއިއްޔަށޭ ނުރުހެވޭ ބަޔަކަށް ބަހާ ގެންގޮސް ލިޔަސް ގަދަ ބާރަކުން ޙުރުމަތުން ތާއީދު  ދެވެނީ  އުޅުނު  އަވަށާ  ވިއްޔަށޭ ބޭނުމެއް ޖެހުމުން ނަގާ އޮފުދާރުކޮށް،…

އޭރުގެ ފަތްފުށްތަކުން:: އިންޑިއާގެ ފުރަތަމަ މުސްލިމް ރައީސް، ޑޮކްޓަރ ޒާކިރު ޙުސައިން ސުބަރާއޯގެ މައްޗަށް އެއްލައްކަ ވޯޓް އޭނާއަށް ލިބިވަޑައިގަތެވެ.

ކިޔާފައިވާ ޢަދަދު: 310

ޢ.ޝ ޢ.ޝ. ނުވަތަ ހެންވޭރު، ފިލިގަސްދޮށުގޭ އަލްފާޟިލް ޢަލީ ޝަރީފަކީ، ލިޔުންތެރި، ޅެންވެރި، އަދި ތަރުޖަމާކުކުރެއްވުމުގެ ފަންނުގައިވެސް ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ. އިނގިރޭސިބަހުން ދިވެހިބަހަށް ޚަބަރާއި މަޢުލޫމާތާއި ވާހަކަ ތަރުޖަމާކުރެއްވުމާއި އިނގިރޭސިބަހުން ޅެން ހެއްދެވުމަކީވެސް، ޢަލީ ޝަރީފްގެ ފާހަގަކޮށްލެވޭ ފަންނެކެވެ.  ދިވެހި ނޫސްވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި، ނޫސްވެރިކަމުގެ ރޮނގުން ކުރައްވާފައިވާ ޚިދުމަތުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުން ދިވެހި ނޫސްވެރިކަން ދެމެހެއްޓުމުގެ ޚިދުމަތުގެ ރިހިގަލަމާއި ހަނދާނީ ލިޔުން، 1993 ވަނަ އަހަރު، ދައުލަތުންވަނީ، އަލްފާޟިލް ޢަލީ…

މަލިކުގައި ވާހަކަދައްކައިއުޅޭ ބަހުރުވަޔާ މެދު (1)

ކިޔާފައިވާ ޢަދަދު: 575

”މަލިކުގައި ވާހަކަދައްކައިއުޅޭ ބަހުރަޔާ މެދު” މި ލިޔުމަކީ، ލިޔުންތެރީންގެ ގުޅުމުގެ މުސްތަޝާރު އަލްފާޟިލް ޢަބްދުﷲ ޞާދިގު މީގެ 24 އަހަރު ކުރިން ”ފަތްތޫރަ” މަޖައްލާގައި ޝާއިޢު ކުރައްވާފައިވާ ލިޔުމެކެވެ. ލިޔުމުގެ މިބައި ނަގާފައިވަނީ “ފަތްތޫރަ’ މަޖައްލާގެ 155 (ފެބުރުވަރީ 1992) ވަނަ ޢަދަދުންނެވެ. _________________________ މިބަޔާން ފަށައިގަތުމުގެ ކުރިން، ބަހަކީ ކޮބއިތޯއާއި ބަހުރުވަޔަކީ ކޮބައިތޯ ބަލައިލާން އެބަޖެހެއެވެ. ބަސްފޮތް ބުނާ ގޮތުގައި ބަހަކީ، ވަކިބަޔަކު ނުވަތަ ވަކިގައުމެއްގެ ބަޔަކު ވާހަކަދައްކަން ނުވަތަ ލިޔެކިޔަން ބަސްތައް ބޭނުންކޮށްއުޅޭ ޚާއްޞަގޮތަކަށް…

ގުޅޭނީ ކާކާ ކަމެއް ނޭނގޭ!

ކިޔާފައިވާ ޢަދަދު: 562

މިއީ ފިލްމު “ސޯލްވާ ސާލް” އަށް ހެމަންތު ކުމާރު ކިޔައި ދީފައިވާ ލަވައެއްގެ ދިވެހި ތަރުޖަމާއެވެ. ހެ އަޕްނާ ދިލް ތޮ އާވާރާ (އަހަރެންގެ ހިތަކީ ދާނެ ތަނެއް ނޭނގި އެކި ގޮތްގޮތަށް ހޫރެމުންދާ އެއްޗެކެވެ.) ނަޖާނޭ ކިސްޕެ އާއޭގާ (މިހެން ގޮސް ގުޅޭނީ ކާކާ ކަމެއް ނޭނގެއެވެ.)   ޖުމްލަ މާނަ: އަހަރެންގެ ހިތަކީ ވަކި މިސްރާބެއް، މަންޒިލެއް ނެތި އެކި ދިމަ ދިމާއަށް ދަތުރު ކުރަމުން ދާ އެއްޗެކެވެ. އެކި ދިމަދިމާއަށް ދާ ދިއުމުގައި ހުއްޓޭނީ…

އާޅެން: މަރުގެ ދެފަރާތް

ކިޔާފައިވާ ޢަދަދު: 262

މަރަކީ، ދުނިޔެމަތީގެ ނިމުމެވެ. އެހިސާބުން އެމީހެއްގެ ވާހަކަ ހުއްޓިދެއެވެ. ނަސީބުދެރަ މީހުން ހިކަނދި މީދާ މަރުވާހެން މަރުވެދެއެވެ. ނަމަވެސް ”ބޮޑެތި މީހުން” އިއްޒަތުގައި މަރުވެދެއެވެ. ސެލިއުޓް ނަގައެވެ. ބައިދަނޑިއަށް ދިދަ ތިރިކުރެއެވެ. ހިތާމަފާޅުކުރުމުގެ ޖަލްސާތައް ބާއްވައެވެ. އެވާހަކައެއް ނުހުއްޓެއެވެ. ބިންމަތީގައި އޭނާގެ ފުރާނަނެތް މަސްގަނޑަށް އިޙްތިރާމްކޮށް ގަދަރުކުރެއެވެ. ރަތްދޫލައެވެ. ރަސްމީ އިއްޒަތެވެ. އެކަމަކު އޭނާގެ ފުރާނަ ކޮބައިހެއްޔެވެ؟ އެފުރާނަ، ފެންނެތްތާކު ތެޅޭ މަހެއްހެން އެބަތެޅެއެވެ. އޭނާގެ ހެޔޮނުބައި އެބަ ބެލެއެވެ. އޭނާކުރި ނިޔާއާއި އަނިޔާ އެބަ ބެލެއެވެ.…

“މުސްކުޅިއެއް” ގެ ޝުޢޫރު

ކިޔާފައިވާ ޢަދަދު: 329

މުޙައްމަދު އާމިރު، ފަރެސް ގިސްލަމުން މިކުރާ އަސަރު ދުލަކުން ބަޔާން ކުރެވެން ނެތޭ        ފިސްވެގެން ގޮސް ވިރި މުޅިން އޮހެނީ މަގޭ ނިކަމެތި ހިތޭ                               ………………………………………… ކަންކަމަށް ބުރަހެލިވެފައި މީހާ މުޅިން ވަރުބަލި ވެފައި          ތަންމަތިން ހިރިނުލެވިފައި އޮތުމުން ދަރިންވެސް ނުރުހެތޭ ބާރުހުރި ޅަޒުވާން ދުވަސްވަރު ކުރި މަސައްކަތް ނުނިމުނަސް          ނާރުތައް ބަލިވީކަމުން މިއަދަކު އެކަން ކުރެވެން  …