މަގޫފަތު ދާން (2)

ކިޔާފައިވާ ޢަދަދު: 481
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

( 18 މޭ 2016 ގައި ޝާއިޢުކުރެވުނު ބަޔާ ގުޅޭ ) ދޯންޏަށް އަރައިގެން ރިޔާ ފޮޅުވާލައިފައި ދާންވީ ކޮޅަށް އައިއިރު ވެސް ހަނައްކޮގެ ބަހެއް ނެތެވެ. ދޯނި އެކޮޅަށް ފުރަން އާލާތްކޮށް ހެދީ ދެ މީހުން ގުޅިގެން ކަމަށް ވިޔަސް މިފަހަރު ދޯނީގެ އެއްވެސް ކަމަކާ ގާތެއް ނުވިއެވެ. ހުރިހައި ކަމެއް ކުރަން ޖެހުނީ ސާޖީއަށެވެ. އެކޮޅަށް ދިޔައިރާ ޚިލާފަށް މިހާރު ދޯނީގެ ހުންގާނު ވެސް އޮތީ ސާޖީ އަތުގައެވެ. ހަނައްކޮ ކަފިއޮޅިގަނޑާ ހިސާބުން މަތިކިބައިގައި…

ލޯބީގެ ވާހަކަ

ކިޔާފައިވާ ޢަދަދު: 710
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މިއީ ފިލްމު “ތާޖް މަހަލް” ގެ ލަވައެއްގެ ތަރުޖަމާއެވެ. މި ލަވަ ކިޔައި ދީފައި ވަނީ ކަވީތާ ކްރިޝްނަމުރްތީއެވެ. ދިލްކެ އަރްމާނޯންކީ ޝަމްޢާ ޖަލާއޭ ބެއިޓޭހޭ އުންކެ ތަސްވީރުކޯ ދިލްމެ ޗުޕާއޭ ބެއިޓޭހޭ މާނަ: ހިތުގެ އެދުންތަކުގެ ބައްތި ދިއްލައިގެން އެބަ އިނީމުއެވެ. އޭނާގެ ތަސްވީރު ހިތުގައި ފޮރުވައިގެން އެބަ އިނީމުއެވެ. ޝަރަޙަ: ހިތުގައި ލޯބި ހާސިލު ކުރުމުގެ އެދުން ވަރަށް ބޮޑަށް އެބައޮތެވެ. ހިތުގެ އަޑީގައި ވަނީ ލޯބިވާމީހާގެ ތަސްވީރެވެ. އެކަމަކުވެސް ހިމޭނުން ތިޔަ އިނީއެވެ.…

ލޯބީގެ ލަވައެކެވެ.

ކިޔާފައިވާ ޢަދަދު: 405
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މިއީ ފިލްމު “ޝޯރް” އަށް ލަތާ މަންގޭޝްކަރާއި، މުކޭޝް ކިޔައިދީފައިވާ ލަވައެކެވެ. މި ލަވަ ހަދާފައި ވަނީ ސަންތޯޝް އާނަންދެވެ. އެކް ޕިޔާރްކަ ނަޣްމާހޭ، މަވްޖޯންކީ ރަވާނީހޭ ޒިންދަގީ އައުރް ކުޗްބީ ނެހީނ، ތެރިމޭރީ ކަހާނީހޭ ލޯބީގެ ލަވައެކެވެ. ރާޅުތަކުގެ ދެމޭ އޮއިވަރެކެވެ. ޙަޔާތަކީ ދެވަނަ އެހެން އެއްޗެއް ނޫނެވެ. އަހަރެންނާއި ކަލާ އާ ދެމީހުންގެ ވާހަކަ އެވެ. …………………………………. ކުޗް ޕާކަރް ކޯނާހޭ، ކުޗް ކޯކަރް ޕާނާހޭ ޖީވަންކާ މަޠްލަބްތޯ، އާނާ އައުރް ޖާނާހޭ ދޯ…

” މާފެއް ނުކުރާނަމެވެ.”

ކިޔާފައިވާ ޢަދަދު: 845
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

        ދިރިހުރުމާއި، މަރާ ހަނގުރާމަ ކުރަމުންދާ ދަރިފުޅުގެ ފުރާނަ ސަލާމަތްކުރުމަށް ޓަކައި އޭނާއަށް ލޭ ހޯދުމަށް އަހަރެން ކޮޅު ކޮޅުމައްޗަށް ދުވަން ފެށީމެވެ. ހަދާނީ ވެސް ކިހިނެއް ހެއްޔެވެ؟ ދަރިފުޅަށް ލޭ ހޯދުމަށް އަހަރެން ދާނީ ވެސް ކާކު ގާތަށް ހެއްޔެވެ؟ އަހަރެންގެ ދަރިފުޅަކީ ނުކުޅެދޭ ކުއްޖެކެވެ. އޭނާގެ ހާލަށް ހަމުދަރުދީވެ އޭނާއަށް ލޭ ދޭނީ ވެސް ފަހެ ކާކު ހެއްޔެވެ؟ ޚުދު އޭނާގެ ބައްޕަ ވެސް ނުކުޅެދޭ ކުއްޖަކަށް ވުމުން އޭނާ ދޫކޮށްފައި ދިޔައީއެވެ.        …

އެނަޖީ ޑުރިންކުގެ ޝަކުވާ

ކިޔާފައިވާ ޢަދަދު: 371
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ސްޕޯޓުސް ޑުރިންކޭ ކިޔައި އިއްޔެ ގޮވިއޭ         އެ ބޯށޭ ހަކަތައޭ  ގޮވައި ނަން  އެރުވިއޭ އެތައް އިޝްތިހާރެއް ބަހައި ރަށުތެރޭގައި         ހިތަށް އޭގެ ވަސްވާސް އަބަދުހެން ދިނީއޭ ޒުވާނުންގެ ރޫޙެއް ކަމަށްއަޑު އެ ފަތުރައި         ޒުވާނުން އެއާ ގުޅުވުމަށް ތަން ދިނީ އޭ މިއަދު ވެއްޖެ ޒަހަރެއްކަމަށްވެސް ބޮވޭ ހިތި        މިއަދު  ވާށެ ދުރުހެލި  އެތިބެ އަންގަނީއޭ ޖެހޭ ކޮންމެ ބައްޔެއްގެ އަސްލެއްކަމަށް ބުނެ        ޖެހޭ  ބަލިތަކާވެސް   މަށާ  ގުޅުވަނީއޭ…

މަސްވެރިންގެ ދެމަފިރިއެއް: ކެޔޮޅު އައްޔާއި ދަލޭކަ (2)

ކިޔާފައިވާ ޢަދަދު: 403
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މިއީ، 1972 މޭ މަހުގެ 9 ން 12 ށް ދުވަހު ނޫސް ” މޫންލައިޓް ” ގައި ”ތަޖުރިބާ” ގެ ނަމުގައި ޝާއިޢުކޮށްފައިވާ ވާހަކަ އެކެވެ. ”ތަޖުރިބާ” އަކީ ކޮންބޭފުޅެއްކަމެއް އެނގިފައެއް ނެތެވެ. ___________________________________________________ އެގޮތަށް އެންމެންގެ މައްޗަށް ބަހާލައިގެން ހަމަޖައްސާށެވެ. އެއީ އެންމެންގެ މަތިން މަށަށް ވެސް ބައެއް އޮންނާނެ ނޫންހެވެ. ކޮންމެ މީހެއްގެ ބަތްތެއްޔަށް ވެސް ކޮންމެރެއަކު ހަކުރުއެޅީ އެއްވަރަކަށެވެ. ކޮންމެ މީހަކަށް ވެސް ދުންފަތާއި، ފޯކާއި، ކަރުދާހާއި ބެހީ އެއްވަރަށެވެ. އަލިފާން…

ދަތުރުމަތީގައި އަވިދޭނެއެވެ.

ކިޔާފައިވާ ޢަދަދު: 448
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މިއީ އިންޑިއާގެ މަޝްހޫރު ޣަޒަލް ކިޔުންތެރިއެއް ކަމަށްވާ ޗިތުރާ ސިންގ ކިޔާފައިވާ ވަރަށް ރީތި ޣަޒަލެކެވެ. ޗިތުރާ ސިންގަކީ އިންޑިއާގައި އުފެދުނު އެންމެ މޮޅު އެއް ޣަޒަލް ކިޔުންތެރިޔާގެ ގޮތުގައި މަޝްހޫރު ވެފައިވާ ޖަގްޖީތު ސިންގ ގެ އަނބިމީހާއެވެ. ޖަގްޖީތު ސިންގ ވަނީ މިދިޔަ އަހަރުގެ ތެރޭގައި މަރުވެފައެވެ. އެކްސިޑެންޓެއްގައި އޭނާގެ ދަރިފުޅު މަރުވީމާ އެކަމުގެ ހިތާމައިގައި ޗިތުރާ ސިންގ ވަނީ ޣަޒަލް ކިޔުން ހުއްޓައިލައިފައެވެ.  މި ޣަޒަލް ހަދާފައި ވަނީ މަޝްހޫރު ޅެންވެރިޔާ ނިދާ ފަޒްލީއެވެ.…

އެއަރޕޯޓުގެ 50 އަހަރުގެ ޚިދުމަތް

ކިޔާފައިވާ ޢަދަދު: 477
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މިއީ ދިވެހި ތާރީޚު ފަޚުރުން ފަވައިލާ  މިއީ އައި ތަރައްޤީގެ ފެށުމޭ ކިޔައިލާ     މިއީ އޭ އެތަނަކީ އެތަނަކުން އުދުހިލާ       މިއީ މައި ދޮރާއްޓޭ    ތަނަށް ވަދެ ނުކުމެލާ ހެމުން މަރުޙަބާއިން ކިޔާ ސިފަ ވެވޭނީ   ދެމުން ދާނެ ލޯތްބޭ ވަޒަން ކޮށް ލެވޭނީ     ހިމުން ދޮންވެލީ ރަށްތަކަށް ދެން ދެވޭނީ       ބިމުން ރަން އޮހޭ  ފަސްގަނޑުން ހިތް ފުރާލާ މިތާނގައި ތިބީ ބޮޑެތި ޚިދުމަތްތެރީންނޭ   ގަތައި އަތް…

މަގޫފަތު ދާން (1)

ކިޔާފައިވާ ޢަދަދު: 403
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ލޯމެރިފައި އޮތް ސާޖީއަށް ލޯހުޅުވާލެވުނީ ހަށިން ހުވާސް ހުސްވެ ހާސްވާ ގޮތްވެގެންނެވެ. ބަރެއްގެ ދަށުގައި އޮތް މީހެއް ހެން މޭފިތިފައިވާ ކަމުގެ އިހުސާސެއް ކުރެވުނެވެ. ގައިގައި ހިއްޕާލައިގެން އެއޮތީ…؟ ހަނދާނުގެ ވާފަށް ކެނޑިފައި ހުރުމަށް ފަހު އަލުންބަލުން ގުޅުނު ކަހަލައެވެ. ލޯބޮޑުކޮށްލައިފައި ބަލައިލެވުނެވެ. އާނއެކެވެ. އެއީ ހަނައްކޮއެވެ. ހުދު ރަންފަށެއްގައި ލައިފައި އޮތް “ހިތް”، ހާމަޔަށް އޮތް މޭމަތީ، ނިދި ނޭވާގެ ހަމަޔަށް އުފުލި ތިރިވަމުން ދިޔައެވެ. ހާސްކަން ކަނޑުވާލަން އެމަންޖެ ގަޔާ ދުރުކޮށްލަން ހިފުމުން އޫނ…

މަސްވެރިންގެ ދެމަފިރިއެއް: ކެޔޮޅު އައްޔާއި ދަލޭކަ

ކިޔާފައިވާ ޢަދަދު: 494
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މިއީ، 1972 މޭ މަހުގެ 9 ން 12 ށް ދުވަހު ނޫސް ” މޫންލައިޓް ” ގައި ”ތަޖުރިބާ” ގެ ނަމުގައި ޝާއިޢުކޮށްފައިވާ ވާހަކަ އެކެވެ. ”ތަޖުރިބާ” އަކީ ކޮންބޭފުޅެއްކަމެއް އެނގިފައެއް ނެތެވެ. _____________________________________________  ދެމަފިރިން ކައިގެން ހޮޅުއަށީގައި ޖައްސާލާފައި ދަލޭކަ ބުނެއްޕެވެ. މިއަދު އަހަރެން ވަލަށް ގޮސްފައި އަތިރިއަށް އެރުނުއިރު ހާދަ ވަރަކަށް ތެލާހި ލައްކާފައި އޮތެވެ. ކެޔޮޅު އަލީ ބުންޏެވެ. ރޭގައި އަހަރެން ނަނުއެއްލައިގެން ހުރިއިރު ވެސް ތެލާހީގެ ކަންތައް ދުށީމެވެ. މިއަހަރު…