ކުށްވެރިޔަކީ މަންމައެވެ.

ކިޔާފައިވާ ޢަދަދު: 852

އާދައިގެ މަތިން ގޭތެރެ ސާފުކުރުމަށް ޓަކައި ފިހިގަނޑު ނަގަން އުޅުމުގެތެރޭގައި އަލަމާރި މަތީގައިވާ އިޔާންގެ ފޮޓޯލޯގަނޑު ވެއްޓި ތެޅިއްޖެއެވެ. ބިންމަތީގައިވާ ފުޅިތޮށިތައް ނަގައި  ސާފުކުރުމަށް ފަހު ފޮޓޯ ލޯގަނޑުގައިވާ ހިރަފުސްތައް އަތުން ފޮޅައިލީމެވެ. ދަރިފުޅުގެ ފޮޓޯއަށް އެންމެ ހިރަފުސްކޮޅެއް ވެސް އެރުމަކީ އަހަރެންގެ ހިތަށް ކެތްވާވަރުގެ ކަމެއްނޫނެވެ. ނަމަވެސް އަހަރެންގެ އަމިއްލަ ދެ އަތުންކުރެހި ޗާޓްތަކާއި، ރޭވި މޮޅު ތަދުބީރުތަކުން ކުޑަކުޑަ ހިދުކޮޅެއްގެ ތެރޭގައި މިވަނީ އެފުށް މިފުށަށް ޖެހި ދިރިއުޅުން ބަރުބާދުވެފައެވެ. އެއީ މީގެ އަހަރެންހައި…

ރޯދަ ހަދިޔާ – ހަލީސާ (75)

ކިޔާފައިވާ ޢަދަދު: 470

އަޑުއިވުން ތަޙުލީލު ކުރުން މުސްކުޅި މީހަކު އޭނާގެ އަންހެނުންނަށް އަޑުނީވޭ ކަމުގެ ޝަކުވާ ޑޮކްޓަރު ގާތު ކުރިއެވެ. އަދި އެކަމުގައި ހަދަންވީގޮތެއްގެ ލަފައަކަށް އެދުނެވެ. ޑޮކްޓަރު ލަފާދިނެވެ. “އޭނާއާ ވަރަށް ދުރުގައި ހުރެ ސުވާލެއް ކުރޭ. އެއަށްފަހު މަޑުމަޑުން އޭނާއާ ކައިރިއަށް ދަމުން ސުވާލު ތަކުރާރުކުރޭ. އޭނާ ޖަވާބު ދެނީ ކިހާ ދުރުމިނެއްގައި ހުރެ އެހުމުންތޯ ބަލާ.” މި މީހާ މި އިރުޝާދާ މެދު ވަރަށް ގަޔާވެހުރެ ގެއަށް ދިޔައެވެ. ގެއަށް ދިޔައިރު އަންހެން މީހާ ހުރީ…

ދެޞާދިގު އޮޅުން

ކިޔާފައިވާ ޢަދަދު: 465

އެކަކު އަނެކަކު އޮޅުމުގެ ސަބަބުން ބާވަތްބާވަތުގެ މައްސަލަ ޖެހުމަކީ، އަބަދުވެސް ވަމުން އަންނަ ކަމެކެވެ. އޭގެ ސަބަބުން ބައެއް ފަހަރު ދެމީހަކަށް އިނދެވިފައިވެސް އެބަހުއްޓެވެ. ބައެއް ކައިވެނި ރޫޅިފައިވެސް އެބަހުއްޓެވެ. ލިބެންވާ ތަކެތި ލިބެންވާ މީހާ ނޫން މީހުންނަށް ލިބި، ތިމާގެ އެތިކޮޅު ކަމަކާނުލައި ގެއްލިފައިވެސް އެބަހުއްޓެވެ. ހަމައެފަދައިން ބައެއް ފަހަރު ރަނގަޅު މީސްމީހުން ބަދުނާމުވެ، ކަމާނުވެސް ބެހޭ މީސްމީހުންނަށް ދަރަޖަވެރިކަން ލިބިފައިވެސް އެބަހުއްޓެވެ. މިވާހަކަކޮޅަށް ފެށުމުގެ ކުރިން ދެތިން ވާހަކައެއް ބަޔާންކޮށްލަން ޖެހެއެވެ. އަޅުގަނޑާއި މުޙައްމަދު…

ރޯދަ ހަދިޔާ – ހަލީސާ (72)

ކިޔާފައިވާ ޢަދަދު: 513

އާދަނުގެ ޗެކުފޮތް އާދަނުގެ ޗެކު ފޮތް ގެއްލިއްޖެއެވެ. ބޭންކްގެ މެނޭޖަރާ ބައްދަލުކޮށް އާދަނު އެ ވާހަކަ ބުންޏެވެ. މެނޭޖަރު: “އާދަނު ތިޔަށް ވުރެ ފަރުވާތެރިވާންޖެހޭނެ. ކޮންމެ މީހަކަށްވެސް އާދަނުގެ ނަމުގައި ސޮއިކޮށްގެން އާދަނުގެ އެކައުންޓްގައި ހުރި ފައިސާކޮޅު ހުސްކޮށްލެވިދާނެ.” އާދަނު: “ނާ! ތިހެން ވާނީ ކިހިނަކުން؟ އަހަރެން އެހާ މޮޔައެއް ނޫނޭ. އެހެން މީހަކަށް ލާހިކެއް ނޫން އަހަރެންގެ ސޮއިކުރާކަށް. އަހަރެން ހުންނާނީ ހުރިހާ ޗެކެއްގައި ސޮއިކޮށްފައި.” އާދަނުގެ ތަޙުލީލު އާދަނު މިއަދު ކުރަތްޕެއް ތަޙުލީލު ކުރަނީއެވެ.…

އަޅުގަނޑާއި އަޅުގަނޑުގެ ބައިސްކަލް

ކިޔާފައިވާ ޢަދަދު: 720

އަޅުގަނޑަށް އެންމެ ފުރަތަމަ ސަރުކާރަށް ވެދެވުނީ ސަރުކާރުގެ ޗާޕުޚާނާއަށެވެ. އޭރު އަޅުގަނޑު އުޅެމުންދަނީ މާފަންނުގައެވެ. ކުރިން މާފަންނު ނެދުންގޭގައެވެ. ފަހުން މާފަންނު ނާއިންފަރުގޭގައެވެ. އެހިސާބުން އަޅުގަނޑު ޗާޕްޚާނާއަށް ގޮސް އުޅުނީ ފައިމަގުގައެވެ. އާދެ! ހިނގާފައެވެ. އޭރު ބައިސްކަލް ދުއްވައެއް ނޫޅެއެވެ. މިދުވަސްވަރު ގަޑިޖެހެން ކައިރިވީމާ އޮފީހަށް ދާއިރު ހަރުކޮށް ބައިސްކަލް ދުއްވާލާފައިދާ މީހުން ފެނުނީމާ ވަރަށް ދެރަވެއެވެ. އަދި ހިތަށް އަރައެވެ. އެމީހުން އެދަނީ ހާދަ ލުއިލުއިކޮށް ހަލުއިކޮށެވެ. ހާދަ އަވަހަށެވެ. އަހަންނަށްވެސް ބައިސްކަލް ދުއްވަން އެނގޭނަމަ…

އެންމެ ފިއްޔަކުން ނުވަތަ ދެއަކުރު ދޭތެރޭގައި ޖެހޭ ތިއްކަކުން ވެސް ބަސްބަހުގެ މާނަ ވަރަށް ބޮޑަށް އެނބުރިގެންދާ ކަމަށް ވެއެވެ.

ކިޔާފައިވާ ޢަދަދު: 680

މާފަންނު ދަނޑިކޮށީގޭގައި ހުންނެވި، މުސްކުޅި ރަނަހަމައިދި ކަލޭގެފާނުންނަކީ މުސްކުޅި ޢިމާދުއްދީން ރަދުންގެ ތިއްބެވި ބެއިފުޅުންގެ މައިފުށުގެ ބޮޑުބޭބެއެވެ. މީނާ މާންދޫގޭ ބަނޑޭރިކަމުގައި ހުންނެވިއިރު އެއްދުވަހަކު ހަވީރު ޢިމާދުއްދީނު ރަދުން ފޮނުއްވީމާ އައި މީހަކު އޭނާ ގާތުގައި ނަންގެންފިޔޭ. ރަދުން ވިދާޅު ބަސްފުޅު އިއްވެވިޔޭ. މިރޭ މިތާގައި ލަވަކިއުއްވާން ކަމަށެވެ. ޢިޝާނަމާދުން ފައިބައިގެން ސެޓިގަމު ބަޔަކު އަންނާނެއެވެ. ވެވެއް އޮތްތޯ އަހައިބަލާށޭ ވިދާޅުބަސްފުޅު އިއްވެވީމާ އައީއޭ. ރަނަހަމައިދި ކަލޭގެފާނު އާނ ވެވެއް އެބޯތޭ. މިހެން ބުނުއްވައިފިއޭ. ދެން ދުރުވެ…

ރޮވެނީ

ކިޔާފައިވާ ޢަދަދު: 451

ޙަޔާތުން ގެއްލި  ދިޔަތަން ހީވެފައި އިރުއިރުކޮޅުން ރޮވެނީ ގަޔާވާ  އެއްކަމެއް  ނެތްކަން  ހިތަށް  އެރުމާއެކީ ރޮވެނީ ދުވަސްކޮޅަކަށް ފަހުން ދިއްލުނު ނަސީބުގެ  ބައްތި އުންމީދީ ނިވެންވީގޮތް، އެނިވިދިޔަގޮތް ހަނދާން  ހަމަވާއިރަށް ރޮވެނީ އަބަދު އެކިއެކި އުފާތައްދީ އެ ހިނިތުންވުންތަކުގެ  އަސަރުން ނުބައްދަލު ލޭފަވެތިކަން  ދިން ހަނދާން  އާވާއިރަށް ރޮވެނީ ނަސީބުކަމަށް ހިތަށް  އެރިޔޭ  ލޮލުގެ  ނޫރޭ ހިތަށް އެރިޔޭ ނުސީދާކޮށް އެނޫރު ނިވުނު ގޮތާމެދު  މިއަދު  ވެސް ރޮވެނީ ހަނދާން ނައްތާލުމަށް ކުރެވުނު މަސައްކަތް އެއްޗަކަށް ނުވިޔޭ…

ރޯދަ ހަދިޔާ – ހަލީސާ (71)

ކިޔާފައިވާ ޢަދަދު: 509

ތަޅުދަނޑި ނެތެއްކަމަކު އާދަނުގެ ގޮތްހުހެއް ނުވާނެ! އާދަނު އޮފީސް ނިންމާފައި ގެއަށް ދިޔަ މަގުމަތީގައި އާދަނު އޭނާގެ ސައިލަކު އަތުން ދަމަމުން ދާތަން ފެނިގެން އޭނާގެ ރައްޓެއްސެއް ސުވާލުކުރިއެވެ. “އާދަނާ ކީއްވެގެންތަ ސައިކަލު ދަމަމުން ތި ދަނީ؟” އާދަނު: “ގެއިން ނިކުތް އިރު ސައިކަލު ތަޅުދަނޑި ހިފައިގެން ނިކުންނަން ހަނދާން ނެތުނީ.” އާދަނުގެ ރައްޓެހިމީހާ: “އެހެންތަ؟! އެހެންވިއްޔާ ހެނދުނު ގެއިން އޮފީހަށް ދިޔައީ ކިހިނެއް؟” އާދަނު: “އަޖައިބެއްނުވާނެތަ! ހެނދުނުވެސް އަހަރެން އޮފީހަށް ދިޔައީ ސައިކަލު ދަމަމުން.” ކާމޭޒު…

ކަލޭ މޮޅުކަމެއް ކޮށްލައިފީމު ތާއެވެ!

ކިޔާފައިވާ ޢަދަދު: 774

ވާހަކައިގެ ހާދިސާ ހިނގީ މީގެ ސަތޭކައެއްހައި އަހަރު ކުރީންނެވެ. ވާހަކައަކީ ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫގައި ދާދި ފަހަކާ ޖެހެންދެން ވެސް މަޝްހޫރު ވާހަކައެކެވެ. ވާހަކަ އަޅުގަނޑަށް ކިޔައިދެއްވީ އެރަށުގެ އަދި އެއަތޮޅުގެ މަޝްހޫރު ޝަޚުސިއްޔަތެއް ކަމުގައިވާ ގައްދޫ ހަސަން މަނިކެވެ. އޭނާގެ ބައްޕައަކީ ގައްދޫ ހުސެން މަނިކެވެ. 1962 ވަނަ އަހަރު  ހުވަދޫ ބަޣާވަތް ނިމުމަށް ފަހު، ވާރުލުކަނޑުން ކީހިކުޑަ ކަނޑަށް ދަމާލެވުނު ރޮނގަކުން، އަތޮޅު ދެބައި ކުރައްވައި ދެކުނުބުރީގެ އަތޮޅުވެރިއެއްގެ ގޮތުގައި ހަމަޖެއްސެވީ ހުސެން މަނިކެވެ.…

މި އަޅަށް ޢަފޫކޮށް ދެއްވަވާ!

ކިޔާފައިވާ ޢަދަދު: 463

ޔާ ރައްބަނާ އަޅުހައްދަވައި، ތާ އަބަދު ނިޢުމަތް ދެއްވަވާ      ތައުބާ ޤަބޫލު  ކުރައްވަވާ، މިއަޅަށް  ޢަފޫކޮށް ދެއްވަވާ            ޔާ ރައްބަނާ، ޔާ ރައްބަނާ ރޮވެނީ ޒުވާންކަން ދިޔަ ގޮތުން، ކުރެވުނު ކުށާ އުޅެވުނު ގޮތުން،      މަދަދަށް މިއެދެނީ ޙަޟްރަތުން، ތިޔަ ނޫން މަދަދު ވެރިޔަކު ނުވާ            ޔާ ރައްބަނާ، ޔާ ރައްބަނާ ކެހިދިން އަރާމާ ލައްޒަތުން،  ޝައިޠާނު ދެއްކި އެ ދަޅަތަކުން،      ބެހިގެން ނުގޮސް އީމާން ކަމުން، މިހިތަށް  ތަސައްލީ…