ލޮލުން ލިބުނު އުފާ

ކިޔާފައިވާ ޢަދަދު: 504

އެއީ ސާފު  ރީތި ލޮލެކެވެ. އެ ލޮލުގައި ވަނީ އެތައް ހާސް ސުވާލެކެވެ. އެ ލޮލުން އަހަރެންނަށް އެދި ގޮވާ ކަހަލަ އެވެ. ފުރަތަމަ ބެލުމުން ވެސް އަހަރެންގެ ހިތް އަތުލައިފި އެވެ. އެ ލޮލުން ލިބުނު އުފާ ހަނދާނެއް ނުނެތޭނެ އެވެ. އަހަރެންނަށް އެ ލޮލުގެ ވެރިޔާ ފެނުނީ ފިނި ދުވަހެއް ގައެވެ. މައުސޫމު ކަމާއި ޖާދުވީ ބެލުންވީ ހިތް ގުޑުވާލި ކަމަކަށެވެ. އަބަދުވެސް އެ ލޮލުން ފޮނުވަނީ ސުވާލެވެ. އަހަރެންނަށް އެ ލޮލަށް ޖަވާބު…

ޒަމާނީ މޭކަޕް- ބޭރުން ލެވޭ ތޮށްޓެއްބާ؟

ކިޔާފައިވާ ޢަދަދު: 737

ގާތް މީހަކު، ކުރީ ދުވަހަކު ސައިކަލްގެ ފަހަތުގައި އިނދެފައި ބުނެލިއެވެ. މިހާރު މި އުޅޭ ގިނަ އަންހެން ކުދީންގެ އަސްލު ކުލައެއް ނޭނގޭނެ ދޯއެވެ. ތި ބުނީ ކީކޭހޭ އެހުމުން ބުނީ، މި ބުނީ ކޮށްފައި އެ ތިބޭ މޭކަޕްގެ ވާހަކައެވެ. އޭނާގެ އެ ވާހަކައަށް ތާއީދުކުރެވުނެވެ. ސަބަބެއް އޮވެގެންނެވެ. ގާތް އަންހެން މިތުރެކެވެ. ޢާންމުކޮށް ފެންނާނީ އޮފީސް މާޙައުލުންނެވެ. މޫނުމަތި ވަރަށް ރީތިވެފައި އޮމާނެވެ. ރީތި ދޮންކުލައެއް ވެސް ހުރެއެވެ. އެހެންކަމުން އޭނާގެ ތަސްވީރު އަޅުގަނޑުގެ…

އިރިފުސްމެ (5)

ކިޔާފައިވާ ޢަދަދު: 371

ޖެހިގެން އައި ދުވަހުގެ ހަވީރުގެ ވަގުތެވެ. އިރިފުސްމެ ވަގުތު ފެށެން އުޅޭތީ، ޝަބާބް ތައްޔާރުވަމުން އެދަނީ، ގެއިން ނިކުތުމަށެވެ. އުޑު ހާމަ ތަނަކަށް ދިޔުމަށެވެ. ނަމަވެސް، މިއަދު ރީޙާން ބޭނުންވަނީ، ގޭގައި މަޑުކޮށްލާށެވެ. މަންމައާއި ބައްޕަވެސް ގޭގައި ނެތުމާއެކު، އުފާވެރި ވަގުތުކޮޅެއް ބަންދު ތަނެއްގައި ހޭދަކޮށްލުމުގެ ބޭނުމުގައެވެ. ނަމަވެސް، ޝަބާބް ބޭނުންވަނީ ގެއިން ނިކުންނާށެވެ. [ޝަބާބް…އިހަށް މަޑުކޮށްބަލަ…މަންމަވެސް ބައްޕަވެސް ގެޔަކު ނެތެއްނު. އައިސްބަލަ ކޮޓަރިތެރެޔަށް.] ރީޙާން ޝަބާބްގެ އަތުގައި ހިފެހެއްޓިއެވެ. އެއީ އިރު އޮއްސެމުންދިޔަ ވަގުތެވެ. ފާރުގައި…

ކޮރުކޯގު!

ކިޔާފައިވާ ޢަދަދު: 653

މިއީ ދިރިހުރި ނުވަތަ މަރުވެފައިވާ މީހަކަށް ނިސްބަތްކޮށް ލިޔެފައިވާ ލިޔުމެއް ނޫނެވެ. މިފަދަ އެއްވެސް ފަރާތަކާ އެއްވެސް ގޮތަކުން ދިމާވާގޮތެއް ނުވަތަ ގާތްކުރާ ގޮތެއް ހުރި ނަމަ އެއީ އިއްތިފާގެކެވެ. “ކައްކާ” ރާއިދަކީ މަޝްހޫރު ކައްކާ އެކެވެ. ރާއްޖޭގެ ރިސޯޓެއްގެ ބޮޑުކައްކާގެ ގޮތުން އިރުމައްޗާއި ހުޅަނގުގެ މުބާރާތްތަކުގައި ބައިވެރިވެ ކެއްކުމުގެ ރޮނގުން ވަނަވަނަ ހޯދައިފައިވާ މީހެކެވެ. މިހާރު ދެން މިރޮނގުން އޭނާ ހޯދާނޭ އިތުރު “ތައްޓެއް” ނުވަތަ “ތޮތްޕެއް” ނެތެވެ. މެދުއުމުރަށް އަރަމުންދާއިރު އޭނާއަށް މުހިންމުވީ އަނބިދަރީން…

ފުރަތަމަ ތަޖުރިބާއެވެ….ދެން

ކިޔާފައިވާ ޢަދަދު: 480

ޢާއިޝަތު މޫސާ  ގ.ރޯޒަރީ ގ.ރޯޒަރީ އަލްފާޟިލާ ޢާއިޝަތު މޫސާ (ރަޙިމަހަﷲ) ހައްދަވާފައިވާ މިޅެން ނަކަލުކޮށްފައި މިވަނީ، “ފަތްތޫރަ” މަޖައްލާގެ 141 (ޑިސެންބަރު 1990) ގެ އަދަދުންނެވެ. _________________________________ ހަރުދަނާ ޢަޒުމާއެކީގައި ދިރިއުޅުން ސާބިތުކުރޭ! ދަރުމަވާނޭ އެންމެފުރަތަމަ ވިސްނުމުގެ ބޭނުންކުރޭ! ދެކެބަލާ އުދުހޭ ކޮކާލާ މާބުރާ ބަޅިނދާ ކޮކާ ވަކިމަލެއްނެތި ފޮނިބޮމުން ދާގޮތް ނިކަން ހޭލާހުރޭ! ތަޖުރިބާއޭ އެންމެ ފުރަތަމަ ބޭނުމީ ދިރިއުޅުމުގާ ތަޖުރިބާ ހޯދާ އެއިން ޢިބްރަތްތަކެއް ޙާޞިލު ކުރޭ! ހިތްނުދޭށޭ އެންމެފުރަތަމަ ލޯބިވީ ނަމަވެސް އިނގޭ!…

ޤައުމަށް ނަޞްރު ލިބޭނީ

ކިޔާފައިވާ ޢަދަދު: 579

ގުޅީ މުޙައްމަދު ވަސީމު އަލްފާޟިލް ގުޅީ މުޙައްމަދު ވަސީމު (ރަޙިމަހުﷲ) ނުވަތަ ޖީ.އެމް. ވަސީމުގެ މި ޅެން ނަކަލުކޮށްފައި މިވަނީ، “ފަތްތޫރަ” މަޖައްލާ (116) ގެ ނޮވެންބަރު 1988 ގެ އަދަދުންނެވެ. ____________________________ ޤައުމަށް ނަޞްރު ލިބޭނީ ކިހިނެއް ޢަމަލު ކުރިއްޔާ، ޤައުމެއް  ބިނާވެވޭނީ  ސިހުމެއް ކަމެއް  ނެތިއްޔާ ޤައުމިއްޔަތެއްގެ ރޫޙެއް  ދިރިގެންމެ  ހިތްތަކެއްގައި، ޤައުލާ ޢަމަލުވެ އެއްގޮތް ރަޙްމެއް ނުކެނޑި އޮތިއްޔާ ޅަޒުވާނުނާއެކީ ރެސް  ވެވިގެންނެ  އެއް  ޚިޔާލެއް، ޢަޒުމާ  ނިޔަތްވެ  ސީދާ  ތެދުވެރިކަމެއް  އޮތިއްޔާ…

މިއަދަކީ ޢައްލާމާ އިޤްބާލުގެ 137 ވަނަ އުފަން ދުވަސް

ކިޔާފައިވާ ޢަދަދު: 639

މިއަދަކީ މުޅި ދުނިޔެއަށް މަޝްހޫރު އުރުދޫ އަދި ފާރިސީ ޅެންވެރިއެއް ކަމުގައިވާ ޢައްލާމާ މުޙައްމަދު އިޤްބާލު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތްތާ 137 އަހަރު ފުރުނު ދުވަހެވެ. އޭނާ އުފަންވެވަޑައިގަތީ 9 ނޮވެމްބަރު 1877 ގައެވެ. އިޤްބާލަކީ ހަމައެކަނި ޅެންވެރިއަކީއެއް ނޫނެވެ. އޭނާއަކީ ފަލްސަފާވެރިއެކެވެ. ސިޔާސަތުދާނެކެވެ. މުދައްރިސެކެވެ. ޤާނޫނީ ވަކީލެކެވެ. އިންޑިއާ އާއި ޕާކިސްތާނު ދެ ގައުމަކަށް ނުވެ އޮތް ދުވަސްވަރު، އެ ދުވަސްވަރުގެ އިނގިރޭސި އިންޑިއާގައި ޕާކިސްތާނު އުފައްދާން ފެށުނު ޙަރަކާތުގެ އެންމެ އިސް ބޭފުޅުންގެ ތެރޭގައި…

އިންތިޒާރު

ކިޔާފައިވާ ޢަދަދު: 861

ރެއަކީ މިލަ ހަނދުވަރެއް ދޭ ރެއެކެވެ. އިޝާނަމާދަށް ފަހު ގޭގޭގައި ކައިބޮއި އަވަދިވިތާ ކިތަންމެ އިރެކެވެ. ފުޅަފެއް އިން ފާރެއްގެ ހުރަހެއް ނެތް ގެފަތީގެ އެއްކޮޅުން އަނެއް ކޮޅަށް ނަޒަރު ހިންގާލާއިރު ވަރަށް ގިނަ ގޭގޭ ދޮށުން ވައިޖައްސާލަން ބޭރަށް ނިކުމެ ތިބި މީހުންގެ ކޯޅިކޯޅިވަރު ފެނެއެވެ. ބައެއް ގޭގޭ ދޮށުގައި ވާހަކަ ކިޔާ މީހުން ވާހަކަ ކިޔަނީއެވެ. ބައެއް ގޭގޭ ދޮށުގައި ވާދަ ރައިވަރު ކިޔަނީއެވެ. ގިނަ ގޭގޭގެ ދޮށުގައި އޮތީ ވައިއަނގަތެޅުމެވެ. ނަމަވެސް ރަށުގެ…

ކަނޑަން ލިބޭނީ އިންދި ގޮވާމެއް

ކިޔާފައިވާ ޢަދަދު: 557

ވަރަށް ބުއްދިވެރި ހަކީމަކަށް މުއްސަނދި ދަނޑުވެރިއެއްގެ ނޯކަރަކަށް ވެގެން އުޅެން ދިމާވި އެވެ. އޭނާ ނޯކަރެއްގެ ވާޖިބު އަދާކުރަމުން ސާހިބުމީހާގެ ދިރިއުޅުމާމެދު ވިސްނަމުން ގެންދެ އެވެ. އޭނާ ހިތަށް އަރަ އެވެ. އަހަރެންގެ ސާހިބުމީހާ ދިރިއުޅުމާ މެދު ވިސްނަނީ ކޮން ގޮތަކަށް ބާވަ އެވެ؟ އޭނާ ބާވަތް ބާވަތުގެ ހަރާންކަންތައް ހާދަ ގިނައިން ކުރެ އެވެ. ޚާއްސަކޮށް ރާ ބޮ އެވެ. އަދި ހިލޭ އަންހެނުންނާ ގުޅުން ހިންގަ އެވެ. ޚާދިމު ހިތަށްއެރިއެވެ. މިކަމާ ބެހޭ ގޮތުން…

އިރިފުސްމެ (4)

ކިޔާފައިވާ ޢަދަދު: 304

ޝަބާބް އެގޭގައި އުޅޭތާ ހަފްތާއެއް ފާއިތުވެދިޔައިރުވެސް އޭނާގެ ކިބައިގައިވާ ތަފާތެއް، އެގޭ އެއްވެސް މީހަކަށް ފާހަގައެއް ނުކުރެވެއެވެ. ނަމަވެސް، އޭނާ ކޮންމެ ރެއެއްގެވެސް އިރިފުސްމެ ވަގުތު ގެއިން ބޭރުގައި ހޭދަކުރާކަން ރީޙާން ފާހަގަކުރެއެވެ. އޭނާ އެވަގުތު ހޭދަކުރަނީ ރީޙާނާ އެކުގައެވެ. ނަމަވެސް، އޭނާ ކޮންމެ ރެއެއްގެވެސް އިރާކޮޅުގެ ވަގުތު ނިމެންދެން ބޭރުގައި އުޅެނީ ކީއްވެބާއޭ ރީޙާންގެ ހިތަކަށްނާރައެވެ. ނަމަވެސް، ބައެއް ރޭރޭ ތަންކޮޅެއް އަވަހަށް ރީޙާން ގެޔަށްދާން ބޭނުންވެގެން އުޅޭވެސްމެއެވެ. މިކަހަލަ ރެއެކެވެ. އިރިފުސްމެ ވަގުތު ފެށިގެން…