މާލެއިން ކެލަޔަށް

ކިޔާފައިވާ ޢަދަދު: 626
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބުރާހީމް ހުސެން މަނިކު
ވާރޭ ހުއްޓާލައިފައި އޮންނަތާ އިރުގަނޑެއް ވިޔަސް ހާކެރި މުޅިއަކުން ކަނޑައިގެނެއް ނުދެއެވެ. ތިއްކަކު ފުލު ތިއްކެއް ޖަހަން ނުޖަހަން އުޅޭ ކަހަލަ ގޮތަކަށް ވެއްޓެއެވެ. ރޭގެ ތެތް ފިނި ރޯޅި ގައިގައި ޖެހިލިޔަސް ތުރުތުރު ލާހައި ވެއެވެ. ދަތްޕިލާ ތެޅިތެޅި ހުރި ހާލުގައި ދޮހޮއްކޮ އަވަސް އަވަހަށް ވުޟޫކޮށް ނިންމާލިއެވެ. ވަޅު މަތީ ދާނި ބާއްވައިފައި މޫނާއި އަތް ފޮހެމުން ހޯނައްސާގާ މަތިން ލައިފައި ގޮސް މިސްކިތަށް އެރި އިރު މާގިނަ ބަޔަކު މިސްކިތުގައި ތިބި ހެނެއް ހިޔެއް ނުވެއެވެ. އެކަން ޔަގީންވީ ދޮރުމަތީގައި ހުރެފައި އެއްކައިރިޔަށް ޖެހިލައި ދޮހޮއްކޮޔަށް ތަންދެމުން މުދިން ޔޫނުސު ބުނެލި އެއްޗަކުންނެވެ.

ތާނަ އަކުރު ފެށުމުގެ ތާރީޚު

ކިޔާފައިވާ ޢަދަދު: 709
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޙަކީމް ޙުސައިން މަނިކު

މަދަރުސަތުލް ސަނިއްޔާގައި 1933 ވަނަ އަހަރުގެ ވަރަށް ކުރީކޮޅު ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީން ދިވެހިބަހާއި ދިވެހި ތާރީޙު ކިޔަވާ ދެއްވި ދުވަސްކޮޅެއް ދިޔައެވެ. އެ ކުލާހުގެ ދަރިވަރަކަށް ވުމުގެ ނަސީބު ލިބުނެވެ. ފުރަތަމަ ދެއްވި ފިލާވަޅުގައި ހިމެނުނީ ތާނަ އަކުރު ހެދުނު ގޮތެވެ. އެ ގޮތެއް ކަމަށް ކިޔަވައިދެއްވީ ތާނައިގެ އަލިފު ބާ އެކުލެވިގެންވަނީ ޢަރަބި ވިޔަ އަކުރުގެ ނުވަ އަކުރާއި ދިވެސް އަކުރުގެ ނުވަ އަކުރާއި ބޭރުން ވެއްދި ހަވިޔަންޏާއެކު ސައުވީސް އަކުރުންނެވެ. އުފެއްދި މީހެއް ވިދާޅެއް ނުވެއެވެ. ވަރަށް ގަދަޔަށް ހަނދާންވާ ގޮތުގައި ތާނަ އަކުރު އުފެއްދެވީ ބޮޑު ތަކުރުފާނު ކަމަށް އައްޝައިޚު ޢަބްދުލްޤައްޔޫމް ސީދީ ވިދާޅުވާ ހަނދާންވެއެވެ. އަދި އަލްފާޟިލް ޙަސަން އަޙްމަދު މަނިކު ވެސް ވިދާޅުވި ހަނދާނެއްވެއެވެ. އެކަމަކު މިއަށްވުރެ މާއަލިގަދަ ހެއްކެއް ލިބެން އެބައޮތެވެ.

ޙުސައިން ޞަލާޙުއްދީނާއި ގިރާވަރު ކަޅު ސޮރު

ކިޔާފައިވާ ޢަދަދު: 600
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޙަކީމް ޙުސައިން މަނިކު
ގިރާވަރު ކަޅުސޮރަކީ އެރަށު އެންމެ އިސްވެރިޔާ އެވެ. ކޮރު ސޮރަކީ ދެން ހުރި އެންމެ ބާރު ގަދަ މީހާ އެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދެވަނަ އަހަރުން އެއްރެއަކު ބަގީޗާގޭ ތަޅަންމަތީ އުނދޯލީގައި ޞަލާޙުއްދީން އިންނަވަނިކޮށް، ކަޅުސޮރު އައިސް ދޮރުކަނީގައި އަތްއަޅާލައިގެން ހުއްޓިއްޖެއެވެ. މިލިޔާ މިހާ އިނީ އަދަރާދު ގޮނޑިއެއްގެ އުސްމިންހުރި ނިރޮޅު ވަކަރު ގޮނޑިއެއްގައި އުނދޯލިދާންކޮޅު ހެއްލާދޭށެވެ.
ޞަލާޙުއްދީން: މި ފެށިގެން އުޅެނީ ކޮން ހަނގުރާމައެއްތަ؟
ކަޅުސޮރު: މިއީ އަނެއްކާވެސް ޖަރުމަނުން ދުނިޔެއަށް ވެރިވާން ކުރާ ހަނގުރާމައެއް  
ޞަލާޙުއްދީން: ހަނގުރާމައިން ވާނީ ކިހިނެއްތަ؟

ވެޔޮގޭ މަނިއްޕުޅުގެ ފެންކުޅި

ކިޔާފައިވާ ޢަދަދު: 1006
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
އިބުރާހީމް ހުސެން މަނިކު
ފެންކުޅިޔަކީ ވަރަށް އިހުއްސުރެ ރާއްޖޭގައި ކުޅެވެމުން އައި ކުޅިވަރެކެވެ. މިކުޅިވަރު ރާއްޖެ އައީ މުސްކުޅި ދިވެހި ސަޤާފަތުގެ އެހެން ވެސް ވަރަށް ގިނަ ކަންތައްތަކެކޭ އެއް ފަދައިން އުތުރުކަރައިން ކަމަށް ފެނެއެވެ. 

އުތުރުކަރައިގައި ފެންކުޅިއަކީ ހިންދީންގެ ދީނީ އީދެއްކަމުގައވާ ހޯލީ އާ ގުޅިފައިވާ ކުޅިވަރެކެވެ. މިބައި މީހުންގެ މެދުގައި ހޯލީ މަޝްހޫރުވެފައި އޮންނަނީ ކުލަޔާއި ލޯބީގެ އީދުގެ ގޮތުގައެވެ. ކުލަޖެހުމާއި ކުލަފެންޖެހުން އެއީ މިއީދުގެ ކުޅިމަޖާގެ ތެރޭ ހިމެނޭ ކަންކަމެވެ. އުތުރުކަރަ ފިޔަވައި ހިންދީންގެ ސަޤާފީ ނުފޫޒު ފޯރާފައިވާ އެހެން ވެސް ބައްރުތަކުގެ އެހެން ވެސް ބައެއް ބާގަތަކުގެ މެދުގައި ވަރަށް މަގުބޫލު ކުޅިވަރެކެވެ. އިސްލާމް ދީން ރާއްޖެ އައުމަށް ފަހު، ފެންކުޅި ފަދަ އެހެން ވެސް ބައެއް އެވޭލާ ކުޅިވަރު ގިނަ ރަށްރަށުގައި ހިނގަމުން އައީ އީދު ކުޅިވަރެއްގެ ގޮތުގައެވެ.
 

އެހަނދާނުގައި

ކިޔާފައިވާ ޢަދަދު: 395
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މާޒިފު އަހުމަދު 

ޝާއިޢުކުރި ފަރާތުގެ ބަޔާނެއް:
މިއީ ދިވަެހިރާއްޖޭގެ ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި އެ ދުވަހު ޝާއިޢުކޮށްދިނުން އެދިވަޑައިގެން އަލްއަޚު މާޒިފު އަޙުމަދު ފޮނުއްވި ޅެމެކެވެ. ކަންތައް ދިމާވި ގޮތުން އެ ދުވަހު ޝާއިޢުކުރެވިފައި ނުވާތީ މިއަދު އެ ޅެން ޝާއިޢުކޮށްލީއެވެ. މިކަމަށްޓަކައި މާޒިފު އަޙުމަދުގެ އަރިހުންނާއި ކިޔުންތެރީންގެ އަރިހުން ވަރަށް ދީލަތި މަޢާފަކަށް އެދެމެވެ.

 
 
ޙަޔާތުގެ ގިނަ ސަފުޙާތަކުތެރެއިން ސިފަކުރެވޭތޯ ބަލަމޭ
ޙަޔާތުގައި ދިމާވި އެންމެ ބިރުވެރި ދުވަސް 26 ޑިސެމްބަރ
               ***********************
އިރުގެ  ރޯޝަނީ ދޯދިތައް ވެރިވެ ދިއްލައިލި ހިނދު ދުނިޔެއަށް 
               ބިރުވެރި   ކަމުގެނެތޭ  ނިޝާނެއް ވެދާނެކަމުގެ  ބޮޑުދުވަހަކަށް
 

ދަސްކީ ހަދިޔާ (4)

ކިޔާފައިވާ ޢަދަދު: 1068
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބުރާހީމް ހުސެއިން މަނިކު 

  މިވާހަކަ ފުރަތަމަ ނިކުމެފައި ވަނީ  މީގެ ދިހަވަރަކަށް އަހަރު ކުރިން ފަތްތޫރަ މަޖައްލާގައެވެ. މި ސައިޓުގައި ވާހަކަ ޖަހާފައި ވަނީ ބައެއް ބަދަލުތަކާ އެކުގައެވެ. 

އާބާތުރަ ފިލުވައި ކުލައައުކޮށް ނަލަހައްދާފައިވާ މައި އިމާރާތް ބޮޑުގުއްބާއި އުސް ޔޫނާނީ ތަނބުތަކާއެކު މިއަދު ވަކިން ބޮޑަށް އުފުލިފައި ހުރި ކަމަށް ފެނެއެވެ. ދިދަދަނޑިތަކުގައި ވިހުރުވެނީ އެތައްއެތައް ގައުމެއްގެ އައު ދިދަ ބައެކެވެ. މިތަނަކީ ދީނާއި ދޮންކަޅުގެ ތަފާތުތަކަށް ބެލުމެއް ނެތި ދުނިޔެއަށް ހުޅުވާލެވިފައިވާ އިލްމީ ހިޔާވައްސެއްކަން އަންގައިދޭ އެހެން ވެސް ވަރަށް ފުރިހަމަ ރަމްޒެއް ފެންނާން ހުއްޓެވެ. އެއީ ބެރެންޑާ ލެވިފައިވާ މާލަމުގެ ހަތަރު މޫނުގައި ހުރި ޅިޔަކުރެހުމުގެ ސިއްކައެވެ. ދުނިޔެއޭ މިކިޔާ ބޯޅައިގެ އަރި ހުރަހަށް ގުޅި ސަލާމަށް ޖޯޑުކޮށްލެވިފައިވާ ދެކުލައިގެ ދެއަތެވެ. މާލަމުގެ އެތެރޭގެ ފަޚުރުކަމުގައިވާ ހައިވަކަރު އިސްޓޭޖުވަނީ ކޫރުން ފިލުވައި ފާލީހުން އޮފު ގެނެސްފައެވެ. ފަސްމަންޒަރަކަށް ރޫބައި ލެވިފައި ހުރި ކަނޑުނޫ ސާޓަނު ފޮތީގެ ފަރުދާއެއް ހުއްޓެވެ. ކުރިމަތީގައި ސަފަކަށް ބޮޑެތި ގަސް މުށިތައް ހުއްޓެވެ. މޭޒުތައް މަތީ ބަރިބަރިޔަށް ބެހެއްޓިފައިވާ ފޯލްޑަރުތަކުގެ ތެރޭގައި ފާސްވީ ކުދިންނަށް ދެވޭ ސަނަދުތައް ހުއްޓެވެ. ހޮވާލެވުނު މޮޅު ކުދިންނަށް ދެވޭ ޚާއްސަ އިނާމުތައް ދޮންބިލެތް ކުލައިގެ ކަރުދާހާއި ރަތް ރިބަނުން ބަންދުކުރެވިފައި ހުއްޓެވެ. 

ދަސްކީ ހަދިޔާ (3)

ކިޔާފައިވާ ޢަދަދު: 830
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބުރާހީމް ހުސެއިން މަނިކު   
     
ދަރިފުޅު އިނގިލިކުރީ ލައިގެން މަޑު ހިނގުމެއްގައި ނާހި ގެޔާއި ދިމާޔަށް ބެހެއްޓިއެވެ. ހޮޅި ދަނޑިތައް ހޭލައިގެން ލޯހުޅުވާލި ނަމަވެސް އޭގެ އަލި އަދި މާފާޅުވާ ގޮތް ނުވެފައިވަނީ މޫނުއަނދިރިކަން ޖެހޭ ވަރަށް އިރުގެ އަލިކަން އޮބިގެން ނުދާތީއެވެ. ހުޅަނގު ފަރާތުގައި ވިލާލާފައިވާ ރަތުރަންކުލައިގެ ތަފާތު މަންޒަރުތަކަށް މުތްތޮށި ކުލަޔާއި ކުރެހުން ވަދެފައިވާ އިރު ހީވަނީ މޮޑަން އާޓުގެ މައުރަޒެއް ހެންނެވެ. އިރުމައްޗަށް ހިނގާ ބައެއް މީހުން ހުއްޓި ހުޅަނގަށް ކަރުދީ ހަދަނީ އުދަރެހަށް ބެހިފައި ހުރި ދޯދިތަކާއި މަންޒަރުތައް ރީތިކަމުން ތާއެވެ.  

ދަސްކީ ހަދިޔާ (2)

ކިޔާފައިވާ ޢަދަދު: 783
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބުރާހީމް ހުސެއިން މަނިކު   
   
މެންދަންވެއްޖެއެވެ. މުޅި ގެވަނީ މަރު ނިދީގައެވެ. ބޭރުން ފާރުފާރު ބުޑުން ރަފީގުތަކުގެ ލަވަ ބޫންގޮއްވާލައިފައި ހުއްޓެވެ. ދުރުން ތޮއްޓަށް ރާޅު މުގުރާ އަޑު ކިރިޔާ ދޭހަވާ ފަދަ ގޮތަކަށް މަޑުމަޑުން އިވިއިވި ހުއްޓެވެ. ނިދާ ބޮކީގެ ފަނޑުނޫ އަލި ނާހި ފެންވަރުވާލާފައި ވަނީ ނިންޖަށް ހިތްވަރުދެމުންނެވެ. ކޮޓަރި ތެރޭ އަރާމު ފިނި ވައި ދައުރުކޮށް ދިނުމުގައި ކޮޅަށްހުރި ފަންކާ ހުއްޓުމެއް ނެތި ނާނާ ކިޔައިދެމުން ދިޔައެވެ. އެކަމަކު ނިދި މިރޭ ވެސް ނާހި ގައިގައި ބީހިލާ ފިކުރެއް ނުކުރިއެވެ. “ބިޔޯންޑު ޕެރަޑައިސް” ގެ މީރުވަސް ހުރި ނިދާހެދުން ވަޔާ ކުޑަކަޅުވާއިން މައްޗަށް ކެހިލުމުން ރަނގަޅުކޮށްލާފައި ބިތްދޮށުގައި އޮތް ކަންނޭލުގައި ބައްދާލައި ލޯމަރައި ތަގުޅިކޮށްލީ ނިދި އަތްދޮށްކުރުމުގެ އުންމީދުގައެވެ. އެކަމަކު ވީކަމެއް ހަރާމެވެ. ދަންބައި އަޅާ ނުދަނީސް ނިދި ލަފާ ގާތެއް ނުވާނެއެވެ. ރާއްޖެ އައި ފަހުން ކޮންމެ ރެއެއްގެ ވެސް ހާލެވެ. ސޯނާވާ ފޯނަށް ތެދުވެގެން ހެނދުނު އޮފީހަށް ދާން ތައްޔާރުވެ ހަދަނީ ނިދި ހަމަ ނުވިކަމުގެ ޅަފީވުން އިހުސާސްކުރަމުންނެވެ. ގަވައިދުން ނުނިދޭތީ ޑަކުޓަރަށް ދެއްކުމުން އިތުރު ސުވާލެއް ނެތި ނިދާބޭސްތަކެއް ލިޔެދިނެވެ. ބޭސްބޭނުން ކޮށްގެން ނިދާކަށް ނާހި ބޭނުމެއް ނުވިއެވެ. ނިންޖަކީ ކޮންމެ ދިރި ހުރި ފުރާނަޔަކަށް ވެސް ލިބިފައިވާ ގުދުރަތީ ބޭހެއް ކަމަށް ދެކޭތީއެވެ. 

މީހުން މީހުންނަށް ވަނީ މީހުން މީހުންނަށް ހެދީމަތާއެވެ!

ކިޔާފައިވާ ޢަދަދު: 767
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމް މާހިރު
“މީހުން މީހުންނަށް ވާނީ މީހުން މީހުންނަށް ހެދީމައެވެ.” މި ފުރިހަމަ މާނަ ދޭހަވާ މިފަދަ ކުރު ޢިބާރާތެއް ދުނިޔޭގެ މަޝްހޫރު ފިލޯސަފަރަކު ވެސް ވިދާޅުވެފައިވާ އަޑު ނާއްސަވާކަމަށް ރާއްޖޭގެ މަޝްހޫރު ޢިލްމީ ބޭފުޅަކު އެތައް ފަހަރަކު ވިދާޅުވާތީ އަޅުގަނޑު އަޑުއަހަމެވެ. ދިވެހިންގެ ޤައުމީ ބަޠަލު މުޙައްމަދު ތަކުރުފާނާމެދު އަޅުގަނޑުމެން ދިވެހީން ފަޚްރުވެރި ވަނީ މިފަދަ މޮޅުބަހެއް ވިދާޅުވެފައިވާތީއެއް ނޫނެވެ. އަޅުގަނޑުމެންގެ ހެޔޮދުޢާ އެތަކުރުފާނާއި އެތަކުރުފާނުގެ އިޚްލާޞްތެރި ބައިވެރިންނަށް ތަކުރާރުކޮށް ކުރަންޖެހެނީ މައިގަނޑު ދެ ސަބަބަކަށްޓަކައެވެ. ދިވެހީންގެ ދީނާއި ދިވެހީންގެ މިނިވަންކަމުގެ ދިފާޢުގައި ކުރެއްވި އަގުނުކުރެވޭފަދަ މަތިވެރި ޖިހާދަށްޓަކައެވެ.

ދަސްކީ ހަދިޔާ (1)

ކިޔާފައިވާ ޢަދަދު: 928
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

 

 އިބުރާހީމް ހުސެއިން މަނިކު

 

ނާހި އިނީ ކޮޓަރީގައި ހަތަރު އަހަރަށް ދާ ތުއްތު ދަރިފުޅު ފަޒާލް އުނގަށްލައިގެން ވާހަކައެއް ކިޔައިދޭށެވެ. ވަލުތެރޭގައި މަގުގެއްލިގެން އުޅުނު ދަޅުފީނި ފުއްލާއެއްގެ ވާހަކައެވެ. ތަފާތު ގޮތްގޮތަށް ތަކުރާރުކޮށް ކިޔައިދެވޭ ވާހަކައެވެ. ކޮންމެ ގޮތަކަށް ކިޔައިދިނަސް ނިމޭނީ ފުއްލާ ކޯރެއްގެ އައްސޭރިފަށަށް ނިކުމެ ކަރުހިއްކުން ފިލުވާލާ ހިސާބުންނެވެ. ވާހަކަޔާ ގަޔާވާ ގޮތް ނުވި ފަޒާލް މަންމަގެ އުނގުން ލޫދިގަތީ ކުރީގެ ކުޅިވަރަށް ކޮމްޕިއުޓަރު ގޭމަށް އެނބުރިދާށެވެ. އޭނާގެ ބަތޮލަކީ ބައިވެރިޔަކީ މާރިއޯއެވެ. އުދުހޭ އަހެއްގެ ވާހަކަ ކިޔައިދޭން ފެށުމުން ވެސް އަޑުއަހާކަށް ބޭނުމެއް ނުވިއެވެ. ލަވައެއް ކިޔައިދޭން އުޅެގެން ވެސް ލޮހޭ ގޮތެއް ނުވިއެވެ.