އިންޖިނޭރު އާމިރު ބަސްކޮމެޓީގައި

ކިޔާފައިވާ ޢަދަދު: 1067
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބުރާހީމް ހުސެން މަނިކު
 
“އަހަރެމެން ގައުމުގެ ތައުލީމީ ސިޔާސަތު މިހުރިހައި އަހަރަކުވެސް ދަރީން ޖީސީއަށް ތައްޔާރުކުރުމުގެ ދުރަކަށް ހިންގައިލެވިފައި އޮތް ހެނެއް ނުވެއެވެ. ނަމަވެސް އަހަރެމެން މިހާރު މިމަސައްކަތް ކުރަނީ ގައުމުގައި މަސައްކަތްތެރި ޖީލެއް ބިނާކުރާށެވެ.

ކުޑަ ކަމެއް ނޫން!

ކިޔާފައިވާ ޢަދަދު: 1185
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ކަނީރު ޢަބްދުއްރަޙީމުގެ “ބިޔަ ތިލަކުރަން ހަދާ ފަންޑިތަ ހެއްދިދާނެބާ؟” ފެނިފައި:

ކުޑަ ކަމެއް ނޫން!

މުޙަންމަދު ޝާހިދު ޙަލީމް
އަޑީއޮތް ބިޔަ  ފުނުން ކޮށް ތިލަ  ނެގުން އޭ ކުޑަ ކަމެއް ނޫނޭ
               އޮޑީގައި ކަންވެރީން ތިއްބަސް  އަތެއް އެ ވަރަށް  ދިގެއް ނޫނޭ
މެ ފެން މަތުރައި ވަށައިގެން އޮޑި ދޮށަށް އެޅިޔަސް ބަދަވި ވަގުތުން
               ދެފެންދޭތެރެއަކަށް   ނާރާނެޔޭ   ބަލަ   ކަނޑުކޮހެއް   ނޫނޭ
ކެޔޮޅުކަންމާ   ކުރާ  ކެޔޮޅެއް   ވިޔަސް  އެ ސޮރެއް ނުބޭވޭނޭ
               އެ  އޮންނާނީ  އަޑީ  ފުނުގައި،  ހެތުރު  ފޯރާ  ފަށެއް ނޫނޭ

އެ ދުވަސްވަރާއި މި ދުވަސްވަރު

ކިޔާފައިވާ ޢަދަދު: 1440
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
ޢަބްދުﷲ ނަޢީމް އިބްރާހީމް
 

 
މިއީ އިންޑިއާގެ މަޝްހޫރު ޣަޒަލް ކިޔުންތެރިއެއް ކަމުގައިވާ ޕަންކަޖް އުދާސް ކިޔާފައިވާ ޣަޒަލެއްގެ ތަރުޖަމާއެވެ. ޣަޒަލް ހަދާފައިވަނީ ޒަފަރް ގޯރަކްޕޫރީ އެވެ.
 

 
ދުކް ސުކްތަ އޭކް ސަބްކާ، އަޕްނާހޯ ޔާ ބޭގާނާ
އެކް ވޯ ބީތާ ޒަމާނާ، އެކް ޔޭ ބީހޭ ޒަމާނާ
(ގާތް މީހަކަށް ވިޔަސް، ބީރައްޓެއްސަކަށް ވިޔަސް، އެންމެންގެ ހިތާމަޔާއި، އުފަލަކީ އެކައްޗެކެވެ.
އެއީވެސް ދުވަސްވަރެކެވެ. މިއީވެސް ދުވަސްވަރެކެވެ.)

އެއްހަރުފަ އަނެއް ހަރުފަ ކައިލުން

ކިޔާފައިވާ ޢަދަދު: 1306
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
 
ހަރުފައިގެ އެތައް ހާސް ވައްތަރުތަކުގެ ތެރެއިން ކޮބްރާ އަކީ ޕޯޗުގީޒުބަހެކެވެ. މިހާރު އަޅުގަނޑުމެން އެންމެން ދަންނަ ކޮބްރާ ހަރުފަޔަށް ފުރެތިކާލުން ކިޔައި އުޅުނު ދިގު ނަމަކީ ކޮބްރާ ޑި ކަޕޭލޯ އެވެ. ތޮފިއެޅި ހަރުފައެވެ. އެއީ ހަރުފައިގެ ކަރަށްވާ ހިސާބު ފުޅާކޮށް، އަޅުގަނޑުމެންގެ އަތްތިލައަށް ދިޔާ އެއްޗެއް އަޅަންވެގެން ގޮނިކޮށްލީމައި އެ ފެންނަ ކަހަލަ ގޮތަކަށް ކޮބްރާ ހަރުފައިގެ ކަރު ޒާތަކަށް ‘ ފުއްޕައިލާތީ’ އެވެ!

ޒަމާންވީ ބަސްތައް ގޮނޑަށް އެއްލައިލާން ޖެހޭ ބާއެވެ؟

ކިޔާފައިވާ ޢަދަދު: 1324
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
 
ގޭގައި މާ އިހުންސުރެ ހިފައި ގެންގުޅޭ އެއްޗެއް ބާވުމުން އަޅުގަނޑުމެން ދިވެހިން މިހާރު މި ކުރާކަމަކީ އެ ބާވި އެއްޗަކާއި އެކީގައި އޭގެ ނަންވެސް ގޮނޑަށް އެއްލައިލުމެވެ.

ސޯނާ ގަޑިއަކީ ދާދި ފަހަކާއި ޖެހެންދެން އަޅުގަނޑުމެނަށް ލައްކަ ހޭހަން ކޮށްދިން ވަފާތެރި، އެހައިމެ ނިދިމަޑު، ފިސާރި ހުޝިޔާރު އަދި މުރާލި ޚާދިމެކެވެ. ފަތިސް ނަމާދު ބަންގީގެ  ފަސްމިނެޓު ކުރިން ނުވަތަ ދިހަ މިނެޓު ކުރިން ހޭލައްވައިދޭށޭ ބުނެ އަމުރު ކުރަންވީއެވެ! ކިތަންމެ ވިއްސާރަ ދުވަހެއްގައިވެސް ހަމަ ބޭނުންވެގެން ސޯނާ ކުރި ވަގުތަކަށް ސޯނާވާނެއެވެ.  އަޅުގަނޑުމެން ދިވެހިން އައު ކަންތަކާއި އައު ފެޝަނާއި ފަހުގެ އީޖާދުތައް ބަލައިގަންނަލެއް އަވަސްކަމުން، ތަރައްގީގެ ދުވެލީގެ އެންމެ ހަލުވި މަގު މި އޮންނަނީ ދިވެހިރާއްޖޭގެ މެދުންބާއެވެ ހިތަށް އަރާވަރުވެއެވެ!

އިންސާނުންގެ މަގާމު

ކިޔާފައިވާ ޢަދަދު: 1600
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
 


މިއީ ޢައްލާމާ އިޤްބާލްގެ ޅެމެއްގެ ތަރުޖަމާއެކެވެ.
 

ہر شے مسافر ہر چيز راہی
کيا چاند تارے، کيا مرغ و ماہی

ހަރް ޝޭ މުސާފިރް، ހަރް ޗީޒް ރާހީ
ކިޔާ ޗާނދް ތާރޭ، ކިޔާ މުރްޣޯ މާހީ
މާނަ:
ކޮންމެ އެއްޗަކީ ދަތުރުވެރިއެކެވެ. ކޮންމެ އެއްޗެއްމެ ވަނީ ދަތުރުމަތީގައެވެ.
ހަނދާއި، ތަރިތައް ކަމުގައި ވިޔަސް، އެއްގަމާއި، ކަނޑުގެ މަޚްލޫޤުން ކަމުގައި ވިޔަސް މެއެވެ.

ލިޔަންކިޔަން ދަތުމުގެ މާނަ

ކިޔާފައިވާ ޢަދަދު: 1275
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
މިއަދަކީ ބައިނަލްއަޤުވާމީ ލިޔަންކިޔަން ދަތުމުގެ ދުވަހެވެ. މިއަދުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް، ޚާއްޞަކޮށް ލިޔަންކިޔަން ދަސްކޮށްދިނުމާއި ދަސްކުރުމުގެ މަސައްކަތުގައި ހީވާގިކަމާއެކު ޙަރަކާތްތެރިވަވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށް ތަހުނިޔާ އާއި ހެޔޮ އެދުންތައް ރައްދުކުރަމެވެ.

މާބަގީޗާއަށް ދަމާ

ކިޔާފައިވާ ޢަދަދު: 1073
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މުޙަންމަދު ޝާހިދު ޙަލީމް
މާބަގީޗާއަށް     ދަމާ     މާތައް    ބަލާން
                           މާބުރާ  އުދުހޭ  ކޮކާ   ބަޅިނދާ   ބަލާން

މަލުގެ   ރާނީ   ރަތް   ފިޔާތޮށްޓާ   ހުދުން
                          ފަޅުނުވާ ހެން ފަރިވެ ފޮޅިލާ  ތަން ބަލާން

ދޫނުކޮށް ފިނިފެންމަލަށް  ފަރިފަރި  ކަނީރް
                          މޫނު  ހިނިތުންކޮށްލަމުން  ދާ އިރު  ބަލާން

ކާފަގެ މުޅޯ

ކިޔާފައިވާ ޢަދަދު: 1112
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބުރާހީމް ހުސައިން މަނިކު
ރީތި ހަވީރެއްގެ ފިނި ހިޔާ ރަށުތެރެޔަށް ފެތުރެމުން އަންނަނީއެވެ. “ތުއްރަވާސް ވައިކިސާފަށް” ގޮސް އެތެރެބަޔަށް ބޯދިއްކޮށްލިއިރު އިންޖިނޭރު އާމިރު އޭނާގެ މަޝްހޫރު ކޮއްޕި ބޮލަށް ފައްތައިގެން ނިތްގަނޑު ފަހަތަށް އަނބުރާލައިގެން މޭޒުދޮށުގައި އިނެވެ. ކައިރީގައި އޭނާގެ އައު މުނީމު ނަވާޒު ހުއްޓެވެ. އަހަރެން ފެނުމާއެކު އަޑުގެ ކޮޅަށް ގޮވައިލައިފިއެވެ.

ލޯބީގެ ވާހަކަ

ކިޔާފައިވާ ޢަދަދު: 1511
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް
 


މިއީ ފިލްމު “ތާޖް މަހަލް” ގެ ލަވައެއްގެ ތަރުޖަމާއެވެ. މި ލަވަ ކިޔައި ދީފައި ވަނީ ކަވީތާ ކްރިޝްނަމުރްތީއެވެ.
 

ދިލްކެ އަރްމާނޯންކީ ޝަމްޢާ ޖަލާއޭ ބެއިޓޭހޭ
އުންކެ ތަސްވީރުކޯ ދިލްމެ ޗުޕާއޭ ބެއިޓޭހޭ

މާނަ:
ހިތުގެ އެދުންތަކުގެ ބައްތި ދިއްލައިގެން އެބަ އިނީމުއެވެ.
އޭނާގެ ތަސްވީރު ހިތުގައި ފޮރުވައިގެން އެބަ އިނީމުއެވެ.