އޭ އަޚުންނޭވެ! އަހަރެންނަކީ ރާބޯމީހެއްކަމުގައި ނުދެކޭށެވެ!

ކިޔާފައިވާ ޢަދަދު: 952
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމު  ގ. މަންޒިލް
މިއީ ހިންދީ ފިލްމީ ލަވައެއްގެ ދިވެހި ތަރުޖަމާއެކެވެ. “މުޖޭދުނިޔެވާލޯ ޝަރާބީ ނަސަމްޖޯ” (އޭ އަހަރެންގެ އަޚުންނޭވެ! އަހަރެންމީ ރާބޯމީހެއްކަމުގައި ނުދެކޭށެވެ!). މިލަވައިގެ ދިވެހި މާނަކޮށްލުމެކެވެ. މުޅީން ސީދާ ލަފްޒީތަރުޖަމާ އަކަން ނުވިކަމުގައިވިޔަސް ލަވައިގެ ޖުމްލަ މާނަ ގެނެސްދެވޭތޯކޮށްލެވުނު މަސައްކަތެއްގެ ނަތީޖާއެކެވެ.
 

ކަނދޮޅުދޫ ފަޅުވުމާއި ދުވާފަރު އާބާދުވުން.

ކިޔާފައިވާ ޢަދަދު: 1448
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ފޯކުލޯރުގެ ތެރެއިން:

 ކަނދޮޅުދޫ ފަޅުވުމާއި ދުވާފަރު އާބާދުވުން.

ޢަބްދުﷲ މުޞްލިޙު
ތުންތުންމަތިން ދެކެވެމުން އަންނަ ވާހަކަތައް ނުވަތަ ފޯކުލޯރަކީ، ކޮންމެވެސް ޒަމާނެއްގައި ނުވަތަ ކޮންމެވެސް ދުވަސްވަރެއްގައި ހިނގާފައިވާ ކަންތައްތަކެއްކަމުގައި ވެދާނެއެވެ. ނުވަތަ އެއީ ހަމަ ޔޯލަ ވާހަކަތަކެއް ކަމުގައި ވެސް ވެދާނެއެވެ. ނަމަވެސް  މިގޮތަށް ދެކެވާ ވާހަކަތަކަކީ، ކޮންމެވެސް ވަރަކަށް އެބައެއް ތާރީޚާއި ސަޤަފަތާއި ގުޅިފައިވާ ވާހަކަތަކެއްކަމުގައި، ބަހުގެ އުސްތާޛުންނާއި މުއައްރިޚުން ދެކެލައްވައެވެ. މިގޮތުން، ބަހުގެ އުސްތާޛެއްކަމުގައިވާ  ޢަބްދުﷲ ޞާދިޤު (2008) ވިދާޅުވާގޮތުގައި އެތަނަކާ ގުޅިފައިވާ ފޯކުލޯރުތަކާ އެތަނެއްގެ ތާރީޚާވާނީ ވަރަށް ބޮޑަށް ގުޅިފައެވެ. މީގެއިތުރުން ފޯކުލޯރުތަކަކީ، ތާރީޚުގެ މޫނުބަލާ ލޯގަނޑުކަމުގައިވެސް ޢަބްދުﷲ ޞާދިޤު (2008) ވިދާޅުވެއެވެ. މި ގޮތަށް ކިޔަމުން އައިސްފައިވާ ވާހަކަތަކުގައި އެބައެއްގެ ދީނީ، ސަޤާފީ، ތާރީޚީ އަދި އިޖުތިމާޢީ ވާހަކަތަކާއި ދިރިއުޅުމުގެ ވައްޓަފާޅިއާއި އެހެނިހެން ވެސް އާދަކާދަތަކާއި ގުޅިފައިވާ ކަންތައްތައް އެކުލެވިފައިވެއެވެ. 

“ގޮންޖެހުންތައް” މަދުކުރާނެ ފަސޭހަ ގޮތެއް

ކިޔާފައިވާ ޢަދަދު: 1318
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
މިހާރު ވަރަށް ގިނައިން އިވޭ އަޑެކެވެ. ވަރަށް ގޮންޖެހުންތައް ހުންނަ ވާހަކައެވެ. ގޮންޖެހުންތައް ގިނަ ވާހަކައެވެ. އެކަމަކު އަޅުގަނޑަކާ އެކަހަލަ އެއްޗެއް ދިމައެއް ނުވެއެވެ.

ޞަދަޤާތް ކުރުމަކީ ބަލިމީހުންނަށް ހުރި ފަރުވާއެކެވެ.

ކިޔާފައިވާ ޢަދަދު: 1273
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
އަރަބި ގައުމެއްގެ ތަނަވަސް އާއިލާއެއްގެ އަންހެނަކު ޑަކްޓަރަށް ދައްކައި ތަހުލީލުތަކުގެ ނަތީޖާ ލިބުނުއިރު ސިހިގެން ދިޔައީ އޭނާއަށް ކެންސަރު ޖެހިފައިވާކަމަށް ޑަކްޓަރުން ބުނުމުންނެވެ. ނަމަވެސް އެއީ އެބަލީގެ ހަމަ ކުރީކޮޅެވެ. ހަށިގަނޑުގެ ތެރެއަށް އަދި މާބޮޑަށް ބަލި ފެތުރިފައިނުވާތީ، ބޭހުން ފަސޭހަވުމުގެ އުންމީދު އޮތެވެ.

އަހަންނަށް އެންމެ ރަނގަޅެވެ.

ކިޔާފައިވާ ޢަދަދު: 928
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމް ނަޞީރު އިބްރާހީމް
އަހަންނަށް އެންމެ ރަނގަޅޭ، ކުށްވެރީންނަށް ލުއި އަދަބު ދޭށޭ!
            ޖަހަންނަމައަށް ލެވޭ ހިނދު ވެސް، އެ ވޭނުން މިންޖުކޮށްދޭށޭ!
ދިމާއަށް ގަސްތުގައި ބުރިކޮށްލި ޙުރުމަތްތެރިވި ކަނދުރާތައް
            ‘ތިމާމެން’  ލަސްނުކޮށް  ގުޅުވައި،  ފުރާނަ  އިޢާދަކޮށްދޭށޭ!

“އޮނަރަބްލް” އަށް ވުރެ މަތިވެރި ވާހަކައެއް

ކިޔާފައިވާ ޢަދަދު: 1368
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އެކި ބޭފުޅުންނަށް އެރުވޭ ޝަރަފާއި ލަޤާބާއި، އެކި ބޭފުޅުން ފުރުއްވާ މަޤާމުތަކާ އަޅުގަނޑަށް ތަފާތެވެ. ޝަރަފާއި ލަޤަބާ ބެހޭގޮތުން ވެސް ރަސްމީ ފަރާތަކުން އުޞޫލެއް ކަނޑައަޅުއްވަން ވެއްޖެ ކަމަށް އެބަ ގަބޫލުކުރެވެއެވެ.
މިކަމާ ބެހޭ ގޮތުން ކުރިން ކަނޑައެޅިފައި އޮންނަ އުޞޫލެއް އޮތްނަމަ އެ އުޞޫލަށް މީހުން އަހުލުވެރިކުރުވާން އެބަޖެހެއެވެ. މި ގޮތަށް މި ގަބޫލުކުރެވެނީ އެކި މީހުން އެކި ގޮތަށް ލަޤަބުތައް ބޭނުންކުރާތީއެވެ. އުޞޫލެއް ނުހިފެހެއްޓޭތީއެވެ. ކުރީ ދުވަހެއްގައި “އޮނަރަބްލް”ގެ ވާހަކަވެސް ދަންނަވައިލެވުނީ ހަމަ އެފަދަ ސަބަބަކާ ހުރެއެވެ.

ޅެން ހެދުމުގެ މުބާރާތް – ޅެންވެރިޔާ 2016

ކިޔާފައިވާ ޢަދަދު: 1050
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމް ނަޞީރު އިބްރާހީމް
މުބާރާތެއްގެ ދޮރު ހުޅުވިއްޖެ،  ނަމަކީތޯއެ، “ޅެންވެރިޔާ”
              ކޮބާ ހޭލާށެ  ދެން އަވަހަށް، ލަހެއްނުވެ  މިހިރަ ޅެންވެރިޔާ
 
ޚިޔާލާ ފަލްސަފާޔާ ތިޔަ ޝުޢޫރުތަކުން  މި ބާޒާރަށް
              ތިޔާގިކަމެއް ގެނެސްދޭށޭ ނަގައި  ފިކުރުގެ ކުނބަށް  ދެރިޔާ

ވަފާތެރި ރަހުމަތްތެރިއެއްގެ ޤުރުބާނީ އާއި ﷲ މިންވަރު ކުރެއްވި ނިއުމަތް

ކިޔާފައިވާ ޢަދަދު: 1350
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
އަހަންނާއި އަހަރެންގެ ރަހުމަތްތެރި ސުއޫދަކީ، ސައޫދީ އަރަބިއްޔާގެ ‘ ބުރައިދާ’ ކިޔާ ސަހަރުގައި ވިޔަފާރިކޮށްއުޅުނު ވަރަށް ގާތް ދެ ރަހުމަތްތެރިންނެވެ. އަހަރުމެން ދެމީހުން އެކީގައި ވިޔަފާރި ކުރިނަމަވެސް އަހަރެންގެ އަމިއްލަނަމުގައިވެސް ތަފާތުވިޔަފާރި ކުރަމުން ގެންދިޔައީމެވެ.  އެއް ހުކުރު ދުވަހަކު، އަހަރެންގެ އާދައިގެ މަތިން ހުކުރުނަމާދަށް ދިޔައީ ރަށުގެ ބޮޑުމިސްކިތަށެވެ. ހުކުރުނަމާދުން އަވަދިވުމުން، މިއަދު ކަށުނަމާދެއް އޮތްކަމަށް އިއުލާނުކުރެވިއްޖެއެވެ. މިހެން ގޮވައިލެވުނު އަޑު އަހަރެންގެ ދެ ކަންފަތުގައި ޖެހުނު ހިނދު، އެއީ އަނެއްކާ އަހަރެން ދަންނަ މީހެއްގެ ކަށުނަމާދުބާއެވެ، ހިތާހިތާ ސުވާލުކުރެވުނެވެ.  އަދި ދަންނަ މީހެއްކަމުގައި ނުވުމަށްވެސް ހިތުގެއަޑިން ދުއާކުރެވުނެވެ! 

މިލިޔަނަރެއްގެ އެންމެ ފަހުބަސްކޮޅު

ކިޔާފައިވާ ޢަދަދު: 1327
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
 

ތިރީގައި އެވާ ލިޔުމަކީ އިޖްތިމާއީ ވިޔުގަތަކުގައި ދާދި ފަހުން ދައުރުވާންފެށި ލިޔުމެކެވެ. މަޝްހޫރުވި އެންމެ ބޮޑު ސަބަބަކީ އެ ލިޔުމަކީ ” އެޕްލް ކޮމްޕިޔުޓަރ” ކުންފުނީގެ ބާނީ، ސްޓީވް ޖޯބްސްގެ އެންމެ ފަހު ލިޔުން ކަމުގައި ބުނެ މި ލިޔުން އެކަކު އަނެކަކަށް ފޮނުވަމުން ގެންދިޔުމުންނެވެ. އަޅުގަނޑަކީ، ލިޔުމެއް ތަރުޖަމާ ކުރުމުގެ ކުރިން، އެ ލިޔުމަކާބެހޭގޮތުން ލިބެން ހުރި މައުލޫމާތު ހޯދައި ކިޔާފައި ނޫނީ އެ މަސައްކަތް ފަށާ މީހަކަށް ނުވާތީ އެ ލިޔުމުގެ ހަގީގަތް ހޯދައިލީމެވެ. އަޅުގަނޑަށް ޔަގީންވީ ތިރީގައި އެވާ ލިޔުމަކީ ސްޓީވް ޖޯބްސްގެ ލިޔުމެއް ނޫންކަމެވެ! ނަމަވެސް މި ލިޔުމަކީ އާއިލާއާއި އެކަހެރިކޮށް، ދުވާލަކު ފަނަރަ ގަޑިއިރު ނުވަތަ އަށާރަ ނަވާރަ ގަޑިއިރު މަސައްކަތުގައި އުޅެފައި ހުރި މަހުޖަނެއްގެ އެންމެ ފަހުވަގުތުގެ ޝުއޫރު ކަމުގައިވުމީ ވަރަށް ގާތް ކަމެކެވެ!

ދެން ހެދޭނީ ގޯސް

ކިޔާފައިވާ ޢަދަދު: 1135
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމް ނަޞީރު އިބްރާހީމް
ޙަޤީޤަތް ނޭނގި އެނގުނު ކަމަށް ހެދީމާ ދެން ހެދޭނީ ގޯސް
                   ޔަޤީނޭ ޙައްޤު،  ވަހުމު ކަމަށް ހެދީމާ  ދެން ހެދޭނީ ގޯސް

އެހެން ހިތްތަކުގެ ރިހުމާ ވޭން  ބަޔާންކޮށްދީ ކިޔައިދިނުމުން
                   އެހެން ހުރެފައި  އެއީ މަކަރޭ  ބުނީމާ ދެން ހެދޭނީ  ގޯސް