އަހަންނަކީ މުވާތިނަކީމެވެ.

ކިޔާފައިވާ ޢަދަދު: 201

އަހަންނަކީ މުވާތިނަކީމެވެ. (ތަރުޖަމާއެއް) ޑޮކްޓަރ ޢަބްދުލް ޣަފޫރު ޢަބްދުއްރަޙީމު ގ.މަންޒިލް ތިރީގައި އެވަނީ އަރަބި ލަވައެއްގެ ދިވެހި ތަރުޖަމާއެކެވެ. އާދެ، ‘އަނާ މުވާތިން’، އަހަރެންނަކީ މުވާތިނަކީމެވެ، މިލަވައިގެ ދިވެހިތަރުޖަމާއެކެވެ. ލަވަ ލިޔުއްވާފައިވަނީ ތޫނިސްގެ ޝާއިރެއް ކަމުގައިވާ މާޒިން އައްޝަރީފުއެވެ. ލަވަކިޔުއްވާފައިވަނީ ތޫނީސްގެ ފަންނާނެއްކަމުގައިވާ ލުތްފީ ބޫޝްނާގުއެވެ. މިލަވައިގައި ބަލާލެވިފައިވަނީ ތޫނިސްގެ ސިޔާސީ މަސްރަހާއި ސިޔާސީވެރިންގެ މައްޗަށެވެ. ގައުމު ކުރިއެރުވުމުގެ މަސައްކަތަކާއި ހަވާލުވެ ތިއްބެވި ބޭކަލުން، އަމިއްލަ ފައިދާއަށް މަސައްކަތްކުރާކަމުގެ ވާހަކައަށް އިޝާރަތްކުރެވިފައިވެއެވެ. އަދި، މިކަމުގެ ސަބަބުން މުޅި…

ފަރިޔާދު

ކިޔާފައިވާ ޢަދަދު: 186

    ފަރިޔާދު              ޢަބުދުﷲ ޢަފީފު/ ގދ.ތިނަދޫ ކީއްވެބާއޭ ފޫހިވީ ކުރެވުނު މަށަށް ކުށަކާ ނުލާ            ވީއްލަނީހެ އަތުން މަގޭ ގުޅުމާމެދަށް ވިސްނައިނުލާ ކޮންމެ ދުވަހަކު ފޫހި ފިލުވަން އެކުއެކީ އުޅެފައި ތިހެން            ހުންނައިރު ފަހެ ކެތްވެވޭހޭ ވާ މި ޙާލު ބަލައިނުލާ ޅަނދޮޅު މައުތައް ފަރިވިހައިގަސްތައް ކޮބައިހެ މިގުލްޝަނުން           އަނދޮޅުކަން ފިލުވައި ނުދޭނޭހޭ މިފަންނުން ބުނެބަލާ ހާދަގިނަ މިތުރުންތަކެއް އުޅުނޭ އަހަންނާއެކު ކުރިން          އާދަކޮށް ހަމަ…

ބޮޑު ބުރާސްފަތި(2)

ކިޔާފައިވާ ޢަދަދު: 233

ބޮޑު ބުރާސްފަތި(2) އިބްރާހީމް ހުސެން މަނިކު (4 އޮކްޓޯބަރ 2017 ގައި ޝާއިޢުކުރި ބަޔާ ގުޅޭ) ތެދު ތެދަށް ބުނާނަމަ އަހަރެން ދިވެހި ބަހަށް ޝައުގުވެރިވެ ލޯބިޖެހެންފެށީ ރާޖޫއާ ހުރެއެވެ. ދެމީހުން އެކި ފަހަރުމަތިން ދުވާލާއި ރޭގަނޑުގެ ގަޑިތަކުގައި ގުޅައިގެން އެކިއެކި ކަންކަމާ މެދު ޚިޔާލު ބަދަލުކޮށް ޝުއޫރުތައް ފާޅުކޮށް ހެދޭ ވަރަށް ދިވެހި ބަސް ދަސްކުރަން މަށަށް ޖެހުނީއެވެ. މިގޮތުން ލިޔެ ކިޔަން ދަސްކުރުމުގެ ބޭނުންތެރިކަން ވެސް ތަޖުރިބާ ކުރެވުނީއެވެ. ގެޔަށް އަންނަ ދިވެހި ނޫސް…

ދިވެހި ލަފުޒު ދަސްކުރަމާތޯ؟ (2)

ކިޔާފައިވާ ޢަދަދު: 265

ދިވެހި ލަފުޒު ދަސްކުރަމާތޯ؟ (2) ޢަބްދުﷲ ނަޢީމު އިބްރާހީމް ދެވަންތުނބުޅި – މިއީ ކަޅު އިސްތަށްޓާއި، ނުރަ އެއްވަރަކަށް ހުންނަ ތުނބުޅިއެވެ. ދެވަން މި ބަހުގެ މާނައަކީ ނުރަޔާއި އިސްތަށްޓާ އެއްވަރަކަށް ހުރުމެވެ. އެކަމަކު ބޮލުގައި ނުރަޔާއި ކަޅުއިސްތަށި އެއްވަރަކަށް ހުރުމަކުން ދެވަންބޮލެކޭ ނުކިޔައެވެ. ކިޔަނީ ކިރުޅިއިސްތަށިގަނޑެވެ. ވަކިން ކިޔާނަމަ ކިރުޅި އަކީ ރަތްދަނބުކުލައެވެ. ކިރުޅިޔަ މިއީވެސް ކިރުޅިއެވެ. އެކަމަކު ކިރުޅިޔަ މި ބަސް ހިމެނޭ ގޮތަށް ހުންނަ ހުރިހައި އެއްޗަކީ ރަތްދަނބުކުލައިގެ އެއްޗިއްސެއް ނޫނެވެ. މިސާލަކަށް…

މުދައްރިސުންގެ އަގު

ކިޔާފައިވާ ޢަދަދު: 284

މުދައްރިސުންގެ އަގު މަރިޔަމް ފިޒާނާ ރަޝީދު އަހަރަކުން އެންމެ ދުވަހެއް އެއީ މުދައްރިސުންގެ ދުވަސް ނަމުގައި އަހަރަކުން ކޮންމެ ދުވަހެއް އެއީ މުދައްރިސުންގެ ދުވަސް އަސްލުގައި އަހަރަކުން އެންމެ ދުވަހެއް ހޭދަވިއަސް އަގު ވަޒަން ކުރުމުގައި އަހަރަކުން ކޮންމެ ދުވަހެއް މުދައްރިސުން ހޭދަ ކުރަނީ ގައުމުގެ ދަރިން ތަރުބިއްޔަތު ކުރުމުގައި ބިނާ ކުރަން ކޮންމެ ފަންނެއް ވިޔަސް ތަރުބިއްޔަތު ވަނީ މުދައްރިސުންގެ އަތްމަތީގައި ނަޒަރަކުން އެންމެ ވިސްނާލާށެ ކޮންމެ މުދައްރިސަކުވެސް ބުރަކޮށް އުޅެނީ ޖީލު ބިނާ ކުރުމުގައި…

އެދުރުންގެ ދުވަސް ފެހިކުރަމާ

ކިޔާފައިވާ ޢަދަދު: 226

އެދުރުންގެ ދުވަސް ފެހިކުރަމާ ޢަބްދުލްމުޢީދު ޙަސަން ޓީޗަރުންގެ ދުވަސް: 5 އޮކްޓޫބަރު 2017 ގެ މުނާސަބަތުގައި އެދުރުންނަށް ދީލަތި ތަޢުލީމީ، ހިނިތުންވެލަމާ އަބަދުގެ އަބަދަށް، އެދުރުން ކުޅަ މިންނެތް ޚިދުމަތްތައް، އަގުކޮށް ކުރުނީސްކުރަމާ އަބަދަށް. އެދުރުންނަށް ދީލަތި ތަޢުލީމީ، …. ތަޢުލީމާއި ތަރުބިއްޔަތުގެ މަގުން، ޢިލްމާއި ޙިލްމުން ހިތްތައް ފަވަމުން، ތަހުޒީބު ދަރީން ކުޅަ އެދުރުންނަށް، ރަތުރަނުގެ ސަލާމްކުރަމާ އަބަދަށް. އެދުރުންނަށް ދީލަތި ތަޢުލީމީ، …. ޝުކުރާއި ވެދުމުން ހިތްތައް ފުރަމާ، ފަޚުރާއި ޝަރަފުން ތަރުޙީބުދެމާ، ތަކުރީމުގެ…

ބޮޑު ބުރާސްފަތި (1)

ކިޔާފައިވާ ޢަދަދު: 255

ބޮޑު ބުރާސްފަތި (1) އިބްރާހީމް ހުސެން މަނިކު   “ރާޖޫ! މަސައްކަތަށް ނުނިކުމެވި ބާކީވެފައި ގޭގައި ހުންނަން ޖެހޭތީ ހިތާމަ ނުކުރޭ! ދެރަ ނުވޭ. އަހަރެން އެބަ ހުރިން. އާއިލާއަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ކަލޭ އަތުން ރާނައި އުވަޖަހައި ފައްކާ ކުރި ގެ އެބަހުރި. ދެމަފިރީންގެ މަސައްކަތުން އާމްދަނީ ލިބޭނެ ވަސީލަތަކަށް ދަނޑުބިން ކޮޅެއް ހޯދިފައި އެބައޮތް. އަހަރެމެންގެ މިލްކުގައި ފޯދިކާ ރުއްގަސްވެސް އެބަހުރި. ކަލޭގެ ދޮށީ ދަރިފުޅު އެހެރީ ކޮލެޖުގައި. ހަގު ދަރިފުޅު އެކިޔަވަނީ ދިހަވަނަ…

ކަރުނަތިއްކެކޭ ހީކޮށް ކަލާގެ ލޮލުން އަހަރެން ވައްޓާލައި ބޭރުކޮށްލީ ކީއްވެ ހެއްޔެވެ؟

ކިޔާފައިވާ ޢަދަދު: 227

ކަރުނަތިއްކެކޭ ހީކޮށް ކަލާގެ ލޮލުން އަހަރެން ވައްޓާލައި ބޭރުކޮށްލީ ކީއްވެ ހެއްޔެވެ؟ (ލަވައެއްގެ ތަރުޖަމާއެއް) ޢަބްދުލް ޣަފޫރު ޢަބްދުއްރަޙީމު ގ. މަންޒިލް އާނސޫ ސަމަޖްހ ކޭ ކިޔޫނ މުޖެހ، މިލަވައަކީ 1961ގައި ނިކުތް ފިލްމެއްކަމުގައިވާ ޗާހޔާ (ހިޔަނި)ގެ ލަވައެކެވެ. ލަވަ ލިޔުއްވީ އިންޑިޔާގެ މަޝްހޫރު ޅެންވެރި އަދީބެއްކަމުގައިވާ ރާޖެންދުރާ ކްރިޝާންއެވެ. ލަވަ ކިއުއްވައިފައިވަނީ ޣަޒަލުލަވަ ކިޔުމުގެ ރަސްގެފާނުގެ ނަމުންނަންދެވިފައިވާ ތަލްއަތު މަހްމޫދެވެ. މިލަވައިގައި އެގާރަ ބައިތު ހިމެނެއެވެ. މިބައިތުތަކުގެ މައްޗަށް އަވަސް ކަޅިއެއް އެއްލަމާތޯއެވެ. އެންމެ ފުރަތަމަ…

މުސްކުޅި އެކަނިވެރިއެއްގެ އަޑު

ކިޔާފައިވާ ޢަދަދު: 205

މުސްކުޅި އެކަނިވެރިއެއްގެ އަޑު ރާގު:އަދުމިއުޅޭ ހާލު…..! ޢަބްދުލްޢަޒީޒު ޤާސިމް (މަނަދޫ އަޒީ)                                     އަދު މިއުޅޭ ހާލު ހިތަށް އައިމާ ރޮވޭ ގިސްލާ                     މަދަދާއި އެހީއެއް  ނެތުނީމާ  ރޮވޭ ގިސްލާ                                                       *  *  *  * ވަރުދެރަކަން މިހަށިގަނޑުގައި ވަނީ، އަދި ލޮޑުކަން ވަކިން އިތުރޭ ވަނީ، ދުވަހެއް ދުވަހަކަށް ނިކަމެތިވަނީ (2) އެކަނިން ތެޅިފޮޅި އޮންނަން ވީމާ – ރޮވޭ ގިސްލާ….! ފިކުރާ ގިނަ ޚިޔާލުން ހާސްވެގެން، އުފަލެއްނެތި މިތާ…

ލޯނުމަރައި އިނދެގެން މޮޔަގޮވުން

ކިޔާފައިވާ ޢަދަދު: 188

ލޯނުމަރައި އިނދެގެން މޮޔަގޮވުން މުޙަންމަދު ޝާހިދު ޙަލީމް އަކުޑިނުފިލުވާން  ބަލަ  ނުތިބޭށޭ  މަކުޑިނުނައްޓައި   ތިބެ   ނުނިދާށޭ ލަކުޑީގައި   ކަސް   ބަގުޑިނުލާށޭ   ތަގުޑި   ނުކޮށް ދިގު   ރޮންދާލާށޭ އިބުނި   ބަޠޫޠާއާ    ފަރުދޭސީން  ބުނި  މީ އުޅުނު  ގޮތޭ   ދޭސީން އެ ބުނި ގޮތަށް އުނުއަނދެ ކައިބޮއިގެން  އަތިރީން  ފުއްދައިލާން   ނޫޅޭށޭ ބޮޑުނަވު  ކުޑަނަވު  ރާތީބުކިޔައި   ބޮޑުދެހިތީ  ޖެހި  ބޮޑުނާބަ  ޖަހައި ބޮޑުދުންދީފައި   އެ   ސުލައިމާނަށް    ބޮޑުނައިބު   ފެނޭތޯ   ނުދުވާށޭ ބޮޑުގަނޑުވަރު، ބޮޑުފާރާ  ކުނިގޮނޑު ރަށްވެހި ހެދުމުގެ އޭ ލައްލައްގަނޑު…