މިނިވަންކަމުގެ ރަންޔޫބީލް: ރަންކޮށްލި ފަޒާ ފަތިހުގެ

ކިޔާފައިވާ ޢަދަދު: 871
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މިނިވަންކަމުގެ ރަންޔޫބީލް:

           ރަންކޮށްލި ފަޒާ ފަތިހުގެ

މުޙަންމަދު ނަޞީރު، އއ.މާޅޮސް

ތަރުނީމު އޮހޭ ޒާރުގެ ، މިނިވަން މި ވުޖޫދުން
                      ތަރުޙީބުދެވޭ   ޚާއްޞަމި   ޔޫބީލުގެ   ރަމްޒުން
              *     *    *    *    *
މާތަކުގެ ޝަޒާ އެކުލެވި، ފަންސާހުގެ  ފަޚުރާ
         މާޙައުލުއެކީ ޝަބްނަމް  ފަރިކޮށްފިޔެ ދައުރާ
                 މާބުރުގެ ލަޙުނުތައްހެދި، ލޯބީގެ މިޝިޢުރާ
                           މާރީތި  ޙަޔާތެއްގެނައީ  އޭގެ  ޝަބާބުން

އިންޖިނޭރު އާމިރު

ކިޔާފައިވާ ޢަދަދު: 1037
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބުރާހީމް ހުސެން މަނިކު

މީ ވަކި މިވެނި މީހަކަށް ނިސްބަތްވާ ވާހަކައެއް ނޫނެވެ. ވާހަކައިގެ އެއް ވެސް ބައެއް ދިރި ހުރި މީހަކާ އެއްގޮތްކަމެއް އޮތް ނަމަ އެއީ ހަމަ އެކަނި އިއްތިފާގެކެވެ. ވާހަކައިގެ މައިގަނޑު ޚިޔާލު ލިބުނީ ލަންކާގައި ނިކުންނަ ދުވަހު ނޫހެއް ކަމުގައިވާ “އައިލެންޑު” ނޫހުގެ ފައިބެ އަހަރުގެ އަދަދަކުންނެވެ. އެ ނޫހަށް ޝުކުރު ހުއްޓެވެ.

އިތާމުތުގެ ހާރު (2)

ކިޔާފައިވާ ޢަދަދު: 1608
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
(2 އޮގަސްޓް 2015 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ދެން ކުޑަ ދުވަސްކޮޅެއް ފަހުން، މީހެއްގެ މެހެމާނު ދާރީގައި މާ ގިނަދުވަހު  ހުރުމަކީ އެމީހުންނަށްވެސް ބުރަކަމަކަށް ވާނެތީ، އަހަރެން އެނބުރި ޖިއްދާއަށް ނުވަތަ އަންދަލުސަށް ދާން ބޭނުން ކަމުގައި ފާލިޙް ޙަސަނަށް ނަންގަތީމެވެ. ނަމަވެސް އޭނާ އެ ގޮތް ގަބޫލެއް ނުކުރެއްވިއެވެ. ބުނުއްވީ އަދި ކުޑަ ދުވަސްކޮޅަކު އަރާމުކޮށްލަން މަޑުކޮށްލާށެވެ! އަދި އެރޭގެ ޢިޝާ ނަމާދަށް ފަހު ފާލިޙް ޙަސަނާއެކު ޝައިޚް އަޙްމަދް ބިން ސުހައިލާއި އަދި އަހަރެން މޫދުން ނަގައި ސަލާމަތް ކުރިމީހުންގެ ތެރެއިންވެސް ގިނަ ބަޔަކު އެ ގެއަށް އައިސް އަހަންނާއި ބައްދަލު ކުރިއެވެ.

ހަމައެކަނި ވިދާޅުވެލެއްވުމަށް…(79)

ކިޔާފައިވާ ޢަދަދު: 690
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ހަމައެކަނި ވިދާޅުވެލެއްވުމަށް…(79)

رئيس الجمہوريّۃ سموّالأميرإبراهيم ناصر ރަންނަބަޑޭރިކިލެގެފާނު ن.غ.ع.ވ.އަށް ޕާކިސްތާނުގެ ސަރުކާރުން ރަންމެޑްލްއެއް

ޕާކިސްތާނު ސަރުކާރުގެ އެމްބެސެޑަރ ހިޒްއެކްސެލެންސީ عبدالرؤف خان ދާދިފަހުން މާލެވަޑައިގެންނެވި خبر މިހާރުވާނީ ދެންނެވިފައެވެ. އެމަނިކުފާނު މާލޭގައި ނުކުންނަ އެހެން ނޫހެއްގެ އެޑިޓަރއަށް ދެއްވި خبر އެއް އެ އެޑިޓަރގެ ފަރާތްޕުޅުން މޫންލައިޓްގެ ރިޕޯޓަރއަށް ލިބުނެވެ. އެ خبرގައި އެމްބެސެޑަރ ވިދާޅުވެފައިވަނީ އެމަނިކުފާނުގެ އެދަތުރުފުޅަކީ ޕާކިސްތާނުގެ ބޮޑުވަޒީރު ذوالفقار على ބުއްޓޫ ފޮނުއްވީމައި ރަންމެޑެލްއެއް ހިއްޕަވައިގެން ރާއްޖޭގެ رئيس الجمہوريّۃ سموّالأميرإبراهيم ناصر ރަންނަބަޑޭރިކިލެގެފާނު ن.غ.ع.ވ.ގެ އަރިހަށްކުރެއްވި رسمى ދަތުރުފުޅެއް ކަމުގައެވެ.

އިތާމުތުގެ ހާރު (1)

ކިޔާފައިވާ ޢަދަދު: 1668
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
ފަނޑިޔާރު މަނިކުފާނު އަބޫބަކުރު މުޙައްމަދު ބިން ޢަބްދުލްބާޤީ އަންޞާރީއަކީ އިސްލާމީ ތާރީޚުގެ ސޮފްހާ ތަކަށް ތަދު ބޭފުޅެއް ނޫނެވެ. އެމަނިކުފާނަކީ އެމަނިކުފާނުގެ ދުވަސްވަރުގައި އުޅުއްވި އެންމެ ތަޤުވާވެރި ބޭކަލުންގެ ތެރެއިން އެއް ބޭކަލެވެ. ފަނޑިޔާރު މަނިކުފާނު މި ދުނިޔެ ދޫކުރެއްވިތާ ނުވަ ސައްތަ އަހަރު ފަހުންވެސް އޭނާގެ ރީތި ދިރިއުޅުއްވުމުން ގިނަ ބަޔަކަށް ތަފާތު  ޢިބްރަތްތަކާއި ހިތްވަރު ލިބެމުންދެއެވެ. އޭނާގެ ހަޔާތްޕުޅުގެ މައްޗަށް ލިޔުއްވާ ބޭބޭފުޅުން،  އަބޫބަކުރު މުޙައްމަދުގެ އަމާނާތް ތެރިކަމާއި ކެތްތެރި ކަމާމެދު ގިނަ ގުނަ ސޮފްހާތައް ލިޔުއްވައިފައިވި ނަމަވެސް، ޚުދު ފަނޑިޔާރު މަނިކުފާނު އަބޫބަކުރު މުޙައްމަދު ގެ ގަލަންކޮޅުން ލިޔުއްވި އެންމެ ކުލަ ގަދަ   އެއް ވާހަކަ ކިޔައިލަމާތޯއެވެ؟

ދިވެހިން- ދިވެހިންގެ ގޮތުގައި ކުރިޔަށް -1

ކިޔާފައިވާ ޢަދަދު: 1163
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުއްރަޝީދު ޙުސައިން

މިނިވަން ދިދަ އުފުލައިގެން އެކުގައި
           މިނިވަން ފަންސާސް ފާހަގަ ކުރަމާ
                        މިނިވަން ކަމުގައި މިސިޔާދަތުގައި
                                  ދިވެހިން ދިވެހިން ގޮތުގައި ތިބެމާ

ފަސްގަނޑު ނަފްސަށްވުރެ އިސްކޮށްލައި
            ފަސްނުޖެހުނު   ބަޔަކަށް ނިސްބަތްވާ
                         ނަސްލުން އައިކަން ހިތުގައި ބާއްވައި
                                  ގަސްދާ ޢަޒުމާ   އެކުގައި ހިނގަމާ

މިނިވަން ފަންސާހުގެ ހިނިތުންވުން

ކިޔާފައިވާ ޢަދަދު: 1179
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުއްރަޝީދު ޙުސައިން
 
މިނިވަން ފަންސާހުގެ ހިނިތުންވުން
    ފިނިރޯޅި ޖެހޭ ފަތުރައި މި ދެނީ 
            ދުނިޔޭގެ ފަޒާގައި ދިވެހި ނިޝާން
                     ފެނި ފާހަގަ ވާހެން ވިހުރިލަނީ
 
އަލިކަމުގައި އިސްލާމީ ނޫރުން 
     ހެލިފެލިވެ ތަރައްޤީގައި އެންމެން 
            ނަލަޤައުމިއްޔަތަކާ ލާމެހިގެން 
                   މިލިގެން އެންމެން ކުރިޔަށް މި ދަނީ 

އިބްރާހީމުގެ ހުވަފެން (6)

ކިޔާފައިވާ ޢަދަދު: 959
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދު ޝިޔާމް
މާލޭގައި އޮންނަ މިނިވަން ފަންސާހުގެ ބޮޑުބެރު މުބާރާތައް އިހަވަންދޫގެ ޒުވާނުން ވެސް އައީ ތައްޔާރު ވަމުންނެވެ. އިބްރާހީމަކީ ކުރީގައި ވަރަށް މޮޅަށް ބޮޑުބެރު ޖަހާ އަދި ލަވަކިޔާ އުޅުނު މީހެކެވެ. އަދި މިހާރުވެސް ރަށުގެ ޒުވާނުންގެ އެދުރެކެވެ. މި މުބާރާތައް ތައްޔާރު ވުމަށް ފަރިތަކުރާ ކޮންމެ ރެއަކު އިބްރާހީމްގެ ތަޖުރިބާއާއި ހުނަރު އައީ ދަސްކޮށް ދެމުންނެވެ. އިބްރާހީމަކީ ސަމާސާ މިޒާޖެއްގެ މީހަކަށް ވުމާއެކު ގިނަ ޒުވާނުންގެ އެކުވެރިއަކަށް އިބްރާހީމް ވަނީ ވެފައެވެ. 

މިނިވަން ދުވަސް

ކިޔާފައިވާ ޢަދަދު: 1861
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަބްދުއްރަޙީމް ޢަބްދުﷲ، އަރާއިރު، ލ.ފޮނަދޫ
މިނިވަން ދުވަސް  މިނިވަން ދުވަސް ޤައުމަށް އައީ މިނިވަން ދުވަސް
ދިނިގެން ޤައުމު  އަޅުވެތިކަމުން  ހިނިތުންކުރުވި  މިނިވަން ދުވަސް
އިނގިރޭސި   އިސްތިޢުމާރުގައި  ހޭދަވި   ދުވަސްތައް   ވޭނުގައި 
މިގިރާކުރަން   ކުރި  ހިތްވަރުން  ގެނުވައިދިނީ  މިނިވަން ދުވަސް

މާޒީން ހާސިލުކުރަންވީ ޢިބުރަތެވެ!

ކިޔާފައިވާ ޢަދަދު: 1967
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙުސައިން ޝާކިރު
ދިވެހި ޤައުމު ކުޑައެވެ. މީސްކޮޅު މަދެވެ. ބިން ކުޑައެވެ. ފެނިހުރި ވަސީލަތްތައް މަދެވެ. އެހެނަސް، އެއީ މި ޤައުމުގައި ލިބިހުރި ވަސީލަތްތައް މަދީއެކޭ ބުނެވޭކަށް ނެތެވެ. ހޯދިހޯދިހެން ވަސީލަތްތައް ދަނީ ފެނި ހާމަވެ އިތުރުވެ ގިނަ ގުނަ ވަމުންނެވެ. މިޤައުމުގައި ފޮރުވިފައިވާ ގައުމީ ޖައުހަރުގެ އަގުބޮޑެވެ. 
 
ދުނިޔޭގެ އެހެންވެސް ޤައުމުތަކާ އަޅައިބަލައި ކިޔުމުގައި މި ޤައުމުގައި ކުޑަވެސް އުނިކަމެއް ނުކުޅެދުންތެރިކަމެއް ވާކަމަށް ގަބޫލެއް ނުކުރެވެއެވެ. މި ޤައުމަށް ވެސް ޤައުމެއްގައި އެކުލެވިފައި ހުންނަންޖެހޭ ހުރިހާ ރުކުން ތަކަކާއި ސިފަތަކެއް ލިބިފައި ވެއެވެ. އެހެން ޤައުމުތައް ފަދައިންނެވެ. އަމިއްލަ ބަހަކާއި އަކުރެއް ލިބިފައިވެއެވެ. އަމިއްލަ ސަޤާފަތަކާއި އަމިއްލަވަންތަ ސިފަތަކެއް ލިބިފައިވެއެވެ.