މައި ސިކް ގޭމް (3)

ކިޔާފައިވާ ޢަދަދު: 1062
  
ޢާއިޝަތު ނާޖީ
 
(29 އޮކްޓޯބަރ 2015 ގައި ޝާއިޢު ކުރި ބަޔާ ގުޅޭ)
 
ނޯޓް: މި ވާހަކައިގެ ފުރަތަމަ ދެބައި ޝާއިޢު ކުރުމަށް ފަހު ފަހުބައި (މިބައި) ޝާއިޢު ނުކުރެވި ލަސްވީ ސައިޓް ބަލަހައްޓާ މީހުންނަށް އެރި އޮޅުމެއްގެ ސަބަބުންނެވެ. މި އޮޅުމަށްޓަކައި ލިޔުންތެރިޔާ ޢާއިޝަތު ނާޖީ އަރިހުންނާއި ކިޔުންތެރިންގެ އަރިހުން ނިހާޔަތަށް މަޢާފަށް އެދެމެވެ.
—————-
މުއްތިޤުލް ބާމާގެ ވާހަކައަށް ފަހު ސުވާލު ކުރުމުގެ ފުރުޞަތު ދިނުމުން   ވަރަށް ގިނަ ދަރިވަރުން ނުރުހުން ފާޅުކޮށް، ވާހަކަ ދައްކަން ފެށިއެވެ. ނަމަވެސް މި ވާހަކަތަކަށް އޭނާ ރައްދު ދެމުން ގެންދިޔައީ ވަރަށް ޙިކުމަތްތެރި ކަމާއި ވިސްނުންތެރި ކަމާއެކުގައެވެ. އެހެން ކަމުން ސެޝަން ނިމުނު އިރު މަދު ކުއްޖަކު ފިޔަވައި ގިނަ ކުދިން އޭނާގެ ވާހަކަތައް ޤަބޫލު ކޮށް ތާއީދު ކުރަން ފެށިއެވެ. މުއްތިޤުލް ބާމާގެ ވާހަކަ ތަކުން ޚާއްޞަކޮށް ޖިލްބާބު ލައި ބޮޑު ބުރުގާ އަޅާފައި ތިބި އަންހެން ކުދިންގެ ތުންފަތް މައްޗަށް  ހިނިތުންވުން ގެނެސް ދިނެވެ.
 

[ހާމަސް ގަންނާނެއްބާ!]

ކިޔާފައިވާ ޢަދަދު: 1299
ޙަސަން ޝާކިރު މުޙައްމަދު
ހާލަކީ، (ނުވަތަ ހައުލަކީ) ކުކުޅުގެ ފިރިހެން އެއްޗެވެ. ކިތަންމެ ގިނައިން ހާ ކަތިލައިގެން ރިހަ ކެއްކިޔަސް އެ ރިހަ ބަދަލުވެގެން ދަނީ ކުކުޅު ރިހައަށެވެ. ރިހައިގައި ހުންނަނީވެސް ކުކުޅު މަހެވެ. އެއީ، ކުކުޅުގެ ފިރިސޮރަށް ލިބިފައި އޮންނަ ދަރަޖައެވެ. ނަމަވެސް އަޅުގަނޑު ދަންނަވައިލެވޭތޯ މި އުޅެނީ، ކުކުޅު ހާލުގެ މަހުގެ ވާހަކައެއް ނޫނެވެ. އެކަމަކު ހާމަހުގެ ވާހަކައެވެ.

ޅެންވެރިޔާގެ ތަސްބީޙަ

ކިޔާފައިވާ ޢަދަދު: 909

އަބޫބަކުރު އާދަމް، ސިލްވަރބީޗް، ނ.މަނަދޫ

 
ޅެންވެރިކަމަށް އުޖާލާ ކުރިމަގު ލިބުން އަދައިގެން
             ގެންދާނަމޭ މަސައްކަތް ކުރަމުން މަ  ފޫގަޅައިގެން
 
ޅެންވެރިތަކުންގެ ސަފުގައި ފައިހަމަކުރަން އަދައިގެން
             ޅެންބަސްތަކެއްލިޔާނަން ތެދެކޭ މަ އިސް ނަގައިގެން
 
ޅެންވެރި ޚިޔާލު ދޫކޮށް ނުލުމަށް މަ ކަނޑައަޅައިގެން
             ހުންނާނަމޭ  އަޒުމުގައި  އިތުބާރު  ޚާއްޞަ ދީގެން

ޢަރަބި ޅެންވެރިއެއްގެ ޝުޢޫރު

ކިޔާފައިވާ ޢަދަދު: 1643
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
 
ނިރުބަވެރި  ޙަމަލާތަކުން  މުޅި ދުނިޔެއޭ  ތެޅިގަންނަނީ!
              ބިރުގަނޭ! ބިރުވެރިކަމުން  ޕެރިހޭ  އެކީ  ސިހިގެންދަނީ!
 
ޕެރިހުގައި ގޮވި ބޮންތަކުން މަރުވީ އެތައް ބަޔަކަށްޓަކައި
               ވެރިވަމުން ދިޔަ ބިރުތަކަށް މުޅި ދުނިޔެއޭ ކަންބޮޑުވަނީ! 
ބާރުގަދަވީ އެމެރިކާނުން  ވެސް  ރޮމުން  ހިތްދަތިވެގެން
              ފާރުވީ  ދެލޮލާ   ހިތޭ،  ވެރިޔާ  އޮބާމާ ވެސް  ރޮނީ!
މޫނުތައް ވެސް ހުދުވެގެން  ހުއްޓުންއަރައި  ވީދެރައަކުން
              ތޫނުފިލިކަން ކެނޑި، އޮހޮރި ލޭކަރުނައިން  މޫދަށް ވަނީ!

ލަފުޒެން އަރަތެއު

ކިޔާފައިވާ ޢަދަދު: 872
އަފްރާޙު
 
ލަފުޒައު ހެދުމަހަ ބަޑޮވައު އަކުރެން ވިސްނުން ބާގެން ކުރިހާ ގިނެނީ
              ލަފުޒެއި މި ގޮތަހަ ބޮލްހަރޮ ކެރަމުން ކުރިހާ ހަރޮހޮ  ހިފުން  އެޑެނީ
ލަވަމުން ބަހަތެއު އަނކުރެން ގަތަމުން ލަފުޒެއް ލޭމުންމަހިތެން މިއެނީ
              ފަވަމުން ރައްކުލަ ޖައްސާމިލަނީ މައްތެން  ތިރަހަވެ  ބެނެލަން ނޭނީ

ޕްރޮފެސަރުގެ ތަޤުރީރު އަޑުއަހާން ވަދެވުނީ އެހެން މާލަމަކަށެވެ.

ކިޔާފައިވާ ޢަދަދު: 1456
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާވަށު އަޒީ)
ރާއްޖެ އެ ބޭފުޅަކަށްޓަކައި ފަޚުރުވެރިވާ ޕްރޮފެސަރ ޢުޤައިލްގެ ތަޤުރީރެއް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ އޮޑިޓޯރިއަމްގައި ބުރާސްފަތިވިލޭރޭ (އާދެ! 18.11.2015 ވީ  ބުދަދުވަހުގެ ރޭ) 8:15 ގައި އޮންނާނެކަމުގެ މަޢުލޫމާތު އިއްޔެ (18.11.2015 ގައި) ލިބުނެވެ. އެކި ވައިބަރު ގްރޫޕްތަކުން މި ވާހަކަ ވަރަށް ގިނައިން ހަނދާންކޮށްދެމުންއައެވެ. 

500 ތާނައިން ލިޔުމުގެ ‘މައްސަލަ’ ނިންމުމަކާ ހަމައަށް ދިޔުމުގެ ‘މަސްއަލަ’: އެ’މަސްސަލަ’އިން ލިބިގަނެވިދާނޭ ދެތިން ފިލާވަޅެއް!

ކިޔާފައިވާ ޢަދަދު: 2685

 500 ތާނައިން ލިޔުމުގެ ‘މައްސަލަ’ ނިންމުމަކާ ހަމައަށް ދިޔުމުގެ ‘މަސްއަލަ’:

އެ’މަސްސަލަ’އިން ލިބިގަނެވިދާނޭ ދެތިން ފިލާވަޅެއް!

ޢަބްދުލް ޣަފޫރު އަބްދުއްރަހީމު ގ. މަންޒިލް

މި މައުޟޫއުގައި އަޅުގަނޑުގެ ގަސްދަކީ ވެއަތުވެގެން ދިޔަ ހަފްތާގައި ނޫސް މަޖައްލާތަކާއި ރޭޑިޔޯއާއި ޓީ.ވީފަދަ ހަބަރު ފަތުރާ އާއްމު ވަސީލަތްތަކުގައްޔާއި، އަދި މީގެ އިތުރުން، “ފޭސްބުކް”، “ޓުވިޓަރ” “ވައިބަރ” ފަދަ  އިޖުތިމާއި ގުޅުމުގެ ވަސީލަތްތަކުގައިވެސް ބަހުސް ކުރެވުނު 500، މިއަދަދު، ތާނައިން ލިޔުމުގެ ސައްހަ ގޮތަކީކޮބައިކަން ކަނޑައަޅައި ބަޔާންކޮށް ދިނުމެއްނޫނެވެ. އެކަންވަނީ ކަމާއި ބެހޭ އިދާރާއިން ކަނޑައަޅައި ނިންމައިފައެވެ.

ކައްޓެޅި

ކިޔާފައިވާ ޢަދަދު: 907
ޝާމިލާ އަޙުމަދު
 
ފުވައްމުލަކައެ ނަމެން  ކީއްމާ  ނިކަން  މީހުން   ބެނަންނޭނައެ
            ފުވައްމުލަކެން ނިކަން މީރައެ  ތިމާ  ރޭގަނޑި އެ  ކޭ  ކައްޓެޅި
އަރާ މެހުމާނުނަސް ދެންހަމަ ދެނީ އަގޮބޮނޑޮ ކެއުން ރެއިގަނޑި
            އަރާނ އެންމެން ރަށެން ބޭރެން ދެނީ  އެ  ތަޢާރަފެން  ކައްޓެޅި
ފަހަތި އަސަރެން އެޑާނ އެންމެން އަވިދި ފެއްލާ ދަތެރެ ހަދަމުން
            މަހަށަ ހެއުވަރޮ  ހަދާ  އާލާއު  ޖަހާ  އެންކެޑެ މިބާނ  ކައްޓެޅި

“އިތުރު” އާލުންނާއި “މިތުރު” އަޞްޙާބުން

ކިޔާފައިވާ ޢަދަދު: 1485
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާވަށު އަޒީ)
ބަލާޣާތްތެރިކަމަކީ އަދަބިއްޔާތުގައި ވަރަށް މުހިއްމު ސިފައެވެ. ބަލާޣާތްތެރިކަމަކީ “އަދަބީ ކަންތައްތަކުގައި ކުޅަދާނަކަން” ލިބިފައިވުން ކަމަށް ދިވެހި ބަސްފޮތުގައިވެއެވެ. ބަހަވީ ޢިލްމުވެރިންގެ އަރިހުގައި ބަލާޣާތްތެރިކަމަކީ މުޚާޠަބު ކުރެވޭ ފަރާތުގެ ޙާލަތާ އެއްގޮތްވާ ގޮތުގެ މަތިން، ދައްކާ ވާހަކައިގެ ލަފުޒުތަކާއި ޖުމްލަތަކުގެ  ފަޞާޙަތްތެރިކަމާއެކު،  އޭގެ އަސަރު ހިތަށް ކުރުވާ ފަދަ ގޮތަކަށް ބަސްމޮށުމެވެ. 

މި ކަމަކުން ވީ ވަރައް ނެއު

ކިޔާފައިވާ ޢަދަދު: 871

ޝިފާޤު މުފީދު
 
ދުވަހަކިސް ނިހަދަމޭ އަވަޅެމައް ކުރިޔަކުން
      ދުވާލެކި މިތައި ލޭނ ރިވެތި ޅެންތެކެން
             ހުވާން އޭގެ ވޭނ އިބުރަތެން އަވަ ފެށިން
                     ހުވައިހާ ބެނާ މީ ތެދެއު  ހަމަ  ޔަގީން
ތަށާސް ވެންނެނައެ ބެނެ ލިބޭ ހިއްވަރެން
      ފަށާގެން މަކީކަލް ކިއުން ލިއްލިކެން
             މަށާގެން ކޮށާ ބަހަތެކަސް އަތެރަމުން
                     މަށާސް ވުން އެދީގެން ނެގީމޭ  ގަލަން