ކަލާގެ ލޯބިލޯބި މޫނަށް އެއްވެސް މީހެއްގެ އެސްފީނާ ނުޖެހޭށިއެވެ!

ކިޔާފައިވާ ޢަދަދު: 509

ތަރުޖަމާ: ޑރ. އަބްދުލް ޣަފޫރު އަބްދުއްރަހީމު، ގ.މަންޒލް

ތިރީގައި އެވަނީ ‘ތެރި ޕިޔާރީ ޕިޔާރީ ސޫރަތުކޯ’ (ކަލާގެ ލޯބިލޯބި މޫނަށް) މިލަވައިގެ ދިވެހިތަރުޖަމާއެކެވެ. މިލަވައަކީ ފަސްދޮޅަހުގެ އަހަރުތަކުގެ ތެރޭގައި އެއްމެ މަޝްހޫރުވެގެންދިޔަ އެއްލަވައެވެ. 1961ގައި ނިކުތް ސަސުރާލް (އަނބިފިރިންގެ ތިމާގެ މީހުން) ގެ ލަވައެކެވެ. މަޝްހޫރު ޅެންވެރިޔާ ހަސްރަތު ޖައިޕޫރީ ގެ ގަލަމުގެ އުފެއްދުމެކެވެ. މިލަވަޔަކީ 1961ގެ “ފިލްފެއަރ އެވޯރޑްސް” ގައި އެއްމެ މޮޅު ލަވައިގެގޮތުގައި ހޮވުނު ލަވައެވެ.

ފަތުޙުލް މަޖީދުގެ ބެހުނު ދަތުރު

ކިޔާފައިވާ ޢަދަދު: 665

އެއްކޮށް ތައްޔާރުކުރީ: ޢަބްދުﷲ ޞާދިޤް

އިސްބަސް

މި ފޮތަކީ އަޅުގަނޑުގެ އެކުވެރި އަލްފާޟިލް އިބްރާހީމް ވަޙީދު މާތޮޑާ(މާތޮޑާ ވަޙީދު) ގެ ދަތުރުނާމާއެއްގެ މައްޗަށް އަޅުގަނޑު ލިޔެފައިވާ ލިޔުމެކެވެ.

އަލްފާޟިލް އިބްރާހީމް ވަޙީދަކީ ދަތުރުނާމާ ލިޔުއްވުމަށް ވަރަށް ޝައުޤުވެރިވެލައްވާ ބޭކަލެކެވެ. މި ދަތުރުގެ ނޯޓުތައް އޭނާ އެއްކުރައްވާފައިވަނީ ވަރަށް ފުރިހަމައަށެވެ. އެހެން ކަމުން މި ދަތުރުނާމާ ލިޔުމުގައި އަޅުގަނޑަށް ވަރަށް ފަސޭހަވިއެވެ. މި ދަތުރުނާމާ އަޅުގަނޑު އެއްކޮށްލީ 1974 ވަނަ އަހަރުގެ ތެރޭގައެވެ.

ހިތްތިރި އިހުތިރާމް

ކިޔާފައިވާ ޢަދަދު: 804

އުތުރުކަރައިގެ ސިނާއީ އުފެއްދުންތެރިއެއް ކަމުގައިވާ ޒާވިޔާ ޕޫނޭވާލާއަކީ އެކަރައިގެ އެންމެ ބޮޑެތި މުއްސަނދީންގެ ތެރޭގައި ގުނާލެވޭ މީހެކެވެ. ވަރަށް ކަމަށްކަމޭހިތުމާއެކު އޭނާއަށް ޚިދުމަތްކޮށް ދިން ކާރު ޑުރައިވަރު ދަތު ނިޔާވީ މުހިންމު ވިޔަފާރިއެއް ނިންމާލުމަށް ޒާވިޔާ މުންބައިއަށް ގޮސް ބަޔަކާ ބައްދަލުކޮށްގެން ވާހަކަދައްކަން އިންދައެވެ. ދަތުގެ މަރުގެ ޚަބަރު ލިބުމާއެކު ޒާވިޔާ ހަމަ ވަގުތުން ބައްދަލުވުން ކެންސަލްކޮށްފައި އަވަހަށް އައީ ރަށަށެވެ. ބޭނުމަކީ ޚާއްސަ މުނާސަބަތުތަކުގައި އޭނާ ބޭނުންކުރަން ބާއްވާފައި އޮންނަ ބޮޑު ލިމޮސީން ކާރު އަދު ދަތަށް ޓަކައި ޚާއްސަކޮށް މާމެލާމެލިން ޒީނަތްތެރި ކުރުމެވެ. މިކަންކުރީ ޒާވިއާގެ ޒާތީ ކަންކަމުގައި އެހީތެރިވެދޭން އުޅޭ މުއައްޒިފުންނާ ޚުދު އޭނާ ބައިވެރިވެގެން އަމިއްލަ ކަމެއްގެ ގޮތުގައެވެ. ކަން ނިމިގެން ދަތަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރުމަށް ޓަކައި ކާރުގައި އޭނާ އެގެޔަށް ދިޔައެވެ. ދަތުގެ ކަށްޑަނަ މަޑުމަޑުން ދުއްވާފައި ގަބުރުސްތާނަށް ގެންދިޔައީ ވެސް ސީދާ ޒާވިޔާ ކާރުގެ ހުންގާނުގައި އިނދެގެންނެވެ. ތިމާގެ އިއްޒަތާއި ޖާހަށްޓަކައި އަމިއްލަޔަށް ކާރު ދުއްވާ ނޫޅޭ މިވަރުގެ ބޮޑު މަހުޖަނަކު މިގޮތަށް މިކަން ކުރުމުން ބައެއް މީހުން ވަރަށް ހައިރާންވިއެވެ.

މުޅި ޙަޔާތުގެ ޚިދުމަތްތެރިޔާ

ކިޔާފައިވާ ޢަދަދު: 736
 
 ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
 
ހޭހަމެއް ވެސް ލިބޭނީ ޔަޤީން  ތިޔަ އަތުން
         ދޭހަވާހެން  ލިބޭ  ލައްޒަތެއް ވެސް  ހިތުން
                  މީ  ޙަޤީޤަތް ކަމަށް  ދެނެ ތިބޭށޭ  ކަތުން
                           މީހަކަށް  މީ  ލިބޭނޭ  އުފާ  ހެޔޮ  ހިތުން
މުޅި ޙަޔާތް  ހޭދަކޮށްލީ  މި ނަފުސަށްޓަކައި
         ގުޅި ހިތާ ހިތް  ވަގުފުކޮށްލި  އަބަދަށްޓަކައި
                 ރުޅި ދުރަށްލީ  ތަބައްސުމުގެ އަޞްލަށްޓަކައި
                           މުޅި  ޙަޔާތުގެ  އެހީތެރިޔެކޭ  ހެޔޮ  ހިތުން

މަޒުމޫނަށް ފާޑުކިޔާނެ ގޮތުގެ ނަމޫނާއެއް

ކިޔާފައިވާ ޢަދަދު: 951
މައިމޫނާ ޙުސައިން
މިއީ ލިޔުންތެރިޔަކު ލިޔުއްވައިފައިވާ މަޒުމޫނަކަށް އަޅުގަނޑު ކިޔައިފައިވާ ފާޑުކިޔުމެކެވެ. މި ލިޔުން މި ހިއްސާކޮށްލީ މިސާލެއްގެ ގޮތުންނެވެ. މިފަދަ މަސައްކަތަތަކާ އަލަށް ކުރިމަތިލައްވާ ދަރިވަރުންނަށް އެހީއަކަށް ވެދާނެ ކަމުގެ އުއްމީދުގައެވެ. މިއީ އެންމެ ފުރިހަމަ ލިޔުމަކަށް ވާނެ ކަމަށް އަޅުގަނޑު ދަޢުވާއެއް ނުކުރަމެވެ. އެހެން ނަމަވެސް މި ލިޔުމުން މި ފަދަ މަސައްކަތެއް ކުރިޔަށް ގެންދާނެ ގޮތުގެ ތަޞައްވުރެއް ފެނިވަޑައިގަންނަވާނޭ ކަމަށް ޔަޤީންކުރަމެވެ.

މާލެއިން ކެލަޔަށް

ކިޔާފައިވާ ޢަދަދު: 840
އިބުރާހީމް ހުސެން މަނިކު
ވާރޭ ހުއްޓާލައިފައި އޮންނަތާ އިރުގަނޑެއް ވިޔަސް ހާކެރި މުޅިއަކުން ކަނޑައިގެނެއް ނުދެއެވެ. ތިއްކަކު ފުލު ތިއްކެއް ޖަހަން ނުޖަހަން އުޅޭ ކަހަލަ ގޮތަކަށް ވެއްޓެއެވެ. ރޭގެ ތެތް ފިނި ރޯޅި ގައިގައި ޖެހިލިޔަސް ތުރުތުރު ލާހައި ވެއެވެ. ދަތްޕިލާ ތެޅިތެޅި ހުރި ހާލުގައި ދޮހޮއްކޮ އަވަސް އަވަހަށް ވުޟޫކޮށް ނިންމާލިއެވެ. ވަޅު މަތީ ދާނި ބާއްވައިފައި މޫނާއި އަތް ފޮހެމުން ހޯނައްސާގާ މަތިން ލައިފައި ގޮސް މިސްކިތަށް އެރި އިރު މާގިނަ ބަޔަކު މިސްކިތުގައި ތިބި ހެނެއް ހިޔެއް ނުވެއެވެ. އެކަން ޔަގީންވީ ދޮރުމަތީގައި ހުރެފައި އެއްކައިރިޔަށް ޖެހިލައި ދޮހޮއްކޮޔަށް ތަންދެމުން މުދިން ޔޫނުސު ބުނެލި އެއްޗަކުންނެވެ.

ތާނަ އަކުރު ފެށުމުގެ ތާރީޚު

ކިޔާފައިވާ ޢަދަދު: 961
ޢަބްދުލްޙަކީމް ޙުސައިން މަނިކު

މަދަރުސަތުލް ސަނިއްޔާގައި 1933 ވަނަ އަހަރުގެ ވަރަށް ކުރީކޮޅު ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީން ދިވެހިބަހާއި ދިވެހި ތާރީޙު ކިޔަވާ ދެއްވި ދުވަސްކޮޅެއް ދިޔައެވެ. އެ ކުލާހުގެ ދަރިވަރަކަށް ވުމުގެ ނަސީބު ލިބުނެވެ. ފުރަތަމަ ދެއްވި ފިލާވަޅުގައި ހިމެނުނީ ތާނަ އަކުރު ހެދުނު ގޮތެވެ. އެ ގޮތެއް ކަމަށް ކިޔަވައިދެއްވީ ތާނައިގެ އަލިފު ބާ އެކުލެވިގެންވަނީ ޢަރަބި ވިޔަ އަކުރުގެ ނުވަ އަކުރާއި ދިވެސް އަކުރުގެ ނުވަ އަކުރާއި ބޭރުން ވެއްދި ހަވިޔަންޏާއެކު ސައުވީސް އަކުރުންނެވެ. އުފެއްދި މީހެއް ވިދާޅެއް ނުވެއެވެ. ވަރަށް ގަދަޔަށް ހަނދާންވާ ގޮތުގައި ތާނަ އަކުރު އުފެއްދެވީ ބޮޑު ތަކުރުފާނު ކަމަށް އައްޝައިޚު ޢަބްދުލްޤައްޔޫމް ސީދީ ވިދާޅުވާ ހަނދާންވެއެވެ. އަދި އަލްފާޟިލް ޙަސަން އަޙްމަދު މަނިކު ވެސް ވިދާޅުވި ހަނދާނެއްވެއެވެ. އެކަމަކު މިއަށްވުރެ މާއަލިގަދަ ހެއްކެއް ލިބެން އެބައޮތެވެ.

ޙުސައިން ޞަލާޙުއްދީނާއި ގިރާވަރު ކަޅު ސޮރު

ކިޔާފައިވާ ޢަދަދު: 794
ޢަބްދުލްޙަކީމް ޙުސައިން މަނިކު
ގިރާވަރު ކަޅުސޮރަކީ އެރަށު އެންމެ އިސްވެރިޔާ އެވެ. ކޮރު ސޮރަކީ ދެން ހުރި އެންމެ ބާރު ގަދަ މީހާ އެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދެވަނަ އަހަރުން އެއްރެއަކު ބަގީޗާގޭ ތަޅަންމަތީ އުނދޯލީގައި ޞަލާޙުއްދީން އިންނަވަނިކޮށް، ކަޅުސޮރު އައިސް ދޮރުކަނީގައި އަތްއަޅާލައިގެން ހުއްޓިއްޖެއެވެ. މިލިޔާ މިހާ އިނީ އަދަރާދު ގޮނޑިއެއްގެ އުސްމިންހުރި ނިރޮޅު ވަކަރު ގޮނޑިއެއްގައި އުނދޯލިދާންކޮޅު ހެއްލާދޭށެވެ.
ޞަލާޙުއްދީން: މި ފެށިގެން އުޅެނީ ކޮން ހަނގުރާމައެއްތަ؟
ކަޅުސޮރު: މިއީ އަނެއްކާވެސް ޖަރުމަނުން ދުނިޔެއަށް ވެރިވާން ކުރާ ހަނގުރާމައެއް  
ޞަލާޙުއްދީން: ހަނގުރާމައިން ވާނީ ކިހިނެއްތަ؟

ވެޔޮގޭ މަނިއްޕުޅުގެ ފެންކުޅި

ކިޔާފައިވާ ޢަދަދު: 1340
 
އިބުރާހީމް ހުސެން މަނިކު
ފެންކުޅިޔަކީ ވަރަށް އިހުއްސުރެ ރާއްޖޭގައި ކުޅެވެމުން އައި ކުޅިވަރެކެވެ. މިކުޅިވަރު ރާއްޖެ އައީ މުސްކުޅި ދިވެހި ސަޤާފަތުގެ އެހެން ވެސް ވަރަށް ގިނަ ކަންތައްތަކެކޭ އެއް ފަދައިން އުތުރުކަރައިން ކަމަށް ފެނެއެވެ. 

އުތުރުކަރައިގައި ފެންކުޅިއަކީ ހިންދީންގެ ދީނީ އީދެއްކަމުގައވާ ހޯލީ އާ ގުޅިފައިވާ ކުޅިވަރެކެވެ. މިބައި މީހުންގެ މެދުގައި ހޯލީ މަޝްހޫރުވެފައި އޮންނަނީ ކުލަޔާއި ލޯބީގެ އީދުގެ ގޮތުގައެވެ. ކުލަޖެހުމާއި ކުލަފެންޖެހުން އެއީ މިއީދުގެ ކުޅިމަޖާގެ ތެރޭ ހިމެނޭ ކަންކަމެވެ. އުތުރުކަރަ ފިޔަވައި ހިންދީންގެ ސަޤާފީ ނުފޫޒު ފޯރާފައިވާ އެހެން ވެސް ބައްރުތަކުގެ އެހެން ވެސް ބައެއް ބާގަތަކުގެ މެދުގައި ވަރަށް މަގުބޫލު ކުޅިވަރެކެވެ. އިސްލާމް ދީން ރާއްޖެ އައުމަށް ފަހު، ފެންކުޅި ފަދަ އެހެން ވެސް ބައެއް އެވޭލާ ކުޅިވަރު ގިނަ ރަށްރަށުގައި ހިނގަމުން އައީ އީދު ކުޅިވަރެއްގެ ގޮތުގައެވެ.