ދިވެހިން- ދިވެހިންގެ ގޮތުގައި ކުރިޔަށް -1

ކިޔާފައިވާ ޢަދަދު: 1229
ޢަބްދުއްރަޝީދު ޙުސައިން

މިނިވަން ދިދަ އުފުލައިގެން އެކުގައި
           މިނިވަން ފަންސާސް ފާހަގަ ކުރަމާ
                        މިނިވަން ކަމުގައި މިސިޔާދަތުގައި
                                  ދިވެހިން ދިވެހިން ގޮތުގައި ތިބެމާ

ފަސްގަނޑު ނަފްސަށްވުރެ އިސްކޮށްލައި
            ފަސްނުޖެހުނު   ބަޔަކަށް ނިސްބަތްވާ
                         ނަސްލުން އައިކަން ހިތުގައި ބާއްވައި
                                  ގަސްދާ ޢަޒުމާ   އެކުގައި ހިނގަމާ

މިނިވަން ފަންސާހުގެ ހިނިތުންވުން

ކިޔާފައިވާ ޢަދަދު: 1248
ޢަބްދުއްރަޝީދު ޙުސައިން
 
މިނިވަން ފަންސާހުގެ ހިނިތުންވުން
    ފިނިރޯޅި ޖެހޭ ފަތުރައި މި ދެނީ 
            ދުނިޔޭގެ ފަޒާގައި ދިވެހި ނިޝާން
                     ފެނި ފާހަގަ ވާހެން ވިހުރިލަނީ
 
އަލިކަމުގައި އިސްލާމީ ނޫރުން 
     ހެލިފެލިވެ ތަރައްޤީގައި އެންމެން 
            ނަލަޤައުމިއްޔަތަކާ ލާމެހިގެން 
                   މިލިގެން އެންމެން ކުރިޔަށް މި ދަނީ 

އިބްރާހީމުގެ ހުވަފެން (6)

ކިޔާފައިވާ ޢަދަދު: 1036
އަޙްމަދު ޝިޔާމް
މާލޭގައި އޮންނަ މިނިވަން ފަންސާހުގެ ބޮޑުބެރު މުބާރާތައް އިހަވަންދޫގެ ޒުވާނުން ވެސް އައީ ތައްޔާރު ވަމުންނެވެ. އިބްރާހީމަކީ ކުރީގައި ވަރަށް މޮޅަށް ބޮޑުބެރު ޖަހާ އަދި ލަވަކިޔާ އުޅުނު މީހެކެވެ. އަދި މިހާރުވެސް ރަށުގެ ޒުވާނުންގެ އެދުރެކެވެ. މި މުބާރާތައް ތައްޔާރު ވުމަށް ފަރިތަކުރާ ކޮންމެ ރެއަކު އިބްރާހީމްގެ ތަޖުރިބާއާއި ހުނަރު އައީ ދަސްކޮށް ދެމުންނެވެ. އިބްރާހީމަކީ ސަމާސާ މިޒާޖެއްގެ މީހަކަށް ވުމާއެކު ގިނަ ޒުވާނުންގެ އެކުވެރިއަކަށް އިބްރާހީމް ވަނީ ވެފައެވެ. 

މިނިވަން ދުވަސް

ކިޔާފައިވާ ޢަދަދު: 2491

ޢަބްދުއްރަޙީމް ޢަބްދުﷲ، އަރާއިރު، ލ.ފޮނަދޫ
މިނިވަން ދުވަސް  މިނިވަން ދުވަސް ޤައުމަށް އައީ މިނިވަން ދުވަސް
ދިނިގެން ޤައުމު  އަޅުވެތިކަމުން  ހިނިތުންކުރުވި  މިނިވަން ދުވަސް
އިނގިރޭސި   އިސްތިޢުމާރުގައި  ހޭދަވި   ދުވަސްތައް   ވޭނުގައި 
މިގިރާކުރަން   ކުރި  ހިތްވަރުން  ގެނުވައިދިނީ  މިނިވަން ދުވަސް

މާޒީން ހާސިލުކުރަންވީ ޢިބުރަތެވެ!

ކިޔާފައިވާ ޢަދަދު: 2110
ޙުސައިން ޝާކިރު
ދިވެހި ޤައުމު ކުޑައެވެ. މީސްކޮޅު މަދެވެ. ބިން ކުޑައެވެ. ފެނިހުރި ވަސީލަތްތައް މަދެވެ. އެހެނަސް، އެއީ މި ޤައުމުގައި ލިބިހުރި ވަސީލަތްތައް މަދީއެކޭ ބުނެވޭކަށް ނެތެވެ. ހޯދިހޯދިހެން ވަސީލަތްތައް ދަނީ ފެނި ހާމަވެ އިތުރުވެ ގިނަ ގުނަ ވަމުންނެވެ. މިޤައުމުގައި ފޮރުވިފައިވާ ގައުމީ ޖައުހަރުގެ އަގުބޮޑެވެ. 
 
ދުނިޔޭގެ އެހެންވެސް ޤައުމުތަކާ އަޅައިބަލައި ކިޔުމުގައި މި ޤައުމުގައި ކުޑަވެސް އުނިކަމެއް ނުކުޅެދުންތެރިކަމެއް ވާކަމަށް ގަބޫލެއް ނުކުރެވެއެވެ. މި ޤައުމަށް ވެސް ޤައުމެއްގައި އެކުލެވިފައި ހުންނަންޖެހޭ ހުރިހާ ރުކުން ތަކަކާއި ސިފަތަކެއް ލިބިފައި ވެއެވެ. އެހެން ޤައުމުތައް ފަދައިންނެވެ. އަމިއްލަ ބަހަކާއި އަކުރެއް ލިބިފައިވެއެވެ. އަމިއްލަ ސަޤާފަތަކާއި އަމިއްލަވަންތަ ސިފަތަކެއް ލިބިފައިވެއެވެ. 

މިނިވަން 50ގެ އުފާ

ކިޔާފައިވާ ޢަދަދު: 1494
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު، ލ. މާވަށް
ޙަޔާތުގެ ދައުރުގައި މިނިވަންކަމަށް ފަންސާސް އަހަރު ފުރުނީ
                      ނަޔާ  މިނިވަންކަމުގެ  ކުލައިން  ހިތަށް  ތާޒާކަމޭ  ލިބުނީ
 
ކިހާ މަތިވެރިވި ޤުރުބާނީއަކާ އަގުހުރި މަސައްކަތަކާ
           މިހާ ފުރިހަމަ ވި ޙުއްރިއްޔަތު ގުޅައިލެވިފައިވި ގޮތްތަކަކާ
                      ޖިހާދުގެ  ހިތްވަރާ  ޢަޒުމޭ  މިހާރުން  ވިސްނުމަށް ފެނުނީ
 
ހުދާ ފެއްސާ ރަތާ ގުޅިގެން ދިވެހިޤައުމީ ނިޝާން ވިހުރޭ
            ނުދާހެން ހިތްވަރާ ޢަޒުމާ  ހަނދާންކޮށްލުން  އެއީ ފަޚުރޭ
                      މުދާ، ހިތްތަކުގެ މުއްސަނދިކަން މިއަދުވެސް ހިތްތަކަށްލިބުނީ

މިނިވަން 50 ގެ ތަހުނިޔާ

ކިޔާފައިވާ ޢަދަދު: 875
ޢަބްދުއްރަޙީމް ޢަބްދުﷲ، ލ. ފޮނަދޫ
މިނިވަން ދުވަސް އައީމާ، ގިނިތައް ހިތުގެ  ނިވާލާ
           މިނިވަންކަމާ އެކީގައި  ދިނިގެން  މިއަދު  ތުރާލާ
                    މިނިވަން ދުވަހު ތަހާނީ ފިނިފެންމަލުން  ގަތާލާ
                             މިނިވަން ދިދައިގެ ހިޔަލުން ހިނިތުންވެ ތިބެ ގަތާލާ
ޤައުމަށްޓަކައި މި ދީބުގެ އަގުހުރި ދަރީންވި ޤުރުބާން
           އައުދާނަކަން  މަތީގައި  ގެނުވައިދިނީއެ  މިޒަމާން
                    ގައުމުން ފިލާނުދާނޭ ދުވަހަކު ޔަގީނެ އެ ހަނދާން
                             ޝައުޤާ އެކީ މި ހިތްތައް  ޝުކުރުންވަނީ  ފުރާލާ

މިނިވަން ފަންސާސް އައުމުން…..

ކިޔާފައިވާ ޢަދަދު: 844
ޝަރަފުއްދީން އަބޫބަކުރު، ހއ.ދިއްދޫ
ނަޔާ ޢަޞްރެއްގެ މިނިވަންކަން މިޤައުމުގެ އުދަރެހުން ފެވެނީ.
ނަށައި ލަވަތައްކިޔައި  ހަދަމުން  އުފަލުގައިތާ  އެތިބަ އުޅެނީ.
ޙަޔާތުގެ ދައުރުގައި ފަންސާސް ވުމުން މިނިވަން ކަމާއެކުގައި
ދުޢާތައް ހިތްތަކުން މަތިވެރި އިލާހަށް  އަދު ވެވޭ ހިނދުގައި
ތުރާލާ  އާފަތުން މިނިވަން ވުމަށް ވެސް އެދި ދެއަތް ނެގެނީ.

ދަހިކަމާއި ދީލަތިކަމުގެ ވާހަކައެއް

ކިޔާފައިވާ ޢަދަދު: 1588
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
އަރަބިކަރާގައި އެއްދުވަސްވަރެއްގައި، އަރަބީންގެ މީހަކު އޭނާގެ ޖަމަލަށް އަރައިގެން ތިމާގެ ބަޔަކު ދެކިލާން ދަތުރެއް ފެށިއެވެ. ހަނަފަސް ސަހަރާގައި ފެށި މި ދަތުރު ދިގުވެ ވަރުބަލިވެ ހައިވެ ފެންބޮވައިގެންފައި ހުރިލެއް ބޮޑުކަމުން ކުރިމަތިން ފެންނަންހުރި ބަދަވީންގެ ފޭލިގެއެއް ކައިރީގައި ޖަމަލު މަޑުކޮށްލައި ފައިބައި ސަލާންގޮވާލައިފިއެވެ.

ފޯކުލޯރަށް ދިވެހިބަހުން ކިޔަނީ “ނާޑުކަތާ” ކަމާމެދަކު ޝައްކެއްނެތެވެ.

ކިޔާފައިވާ ޢަދަދު: 1957
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
“ފޯކްލޯރ” ގެ މާނަ އަކީ ތުންތުންމަތީން ދެކެވެމުން އަންނަ ވާހަކަތައް ކަމަށް ބަސްފޮތްތަކުގައި ބަޔާންކޮށްފައި ހުރެއެވެ. އޭގައި، ހަރުބާހާއި މަޤުބޫލު ޤަބޫލުކުރުންތަކާއި ހަލީސާ އާއި ޕަރީންގެ ވާހަކަތައް ވެސް ހިމެނޭ ގޮތުންނެވެ. ދިވެހި ސަގާފަތުގައިވެސް އެފަދަ ވާހަކަތައް ހުރެ އެވެ. ނަމަވެސް އެފަދަ ވާހަކަތަކަށް ނުވަތަ ފޯކްލޯރަށް ދިވެހި ބަހުން ކިޔާނީ ކީކޭތޯ ބައެއް ލިޔުންތެރިން ސުވާލު އުފައްދައެވެ.