ހިތުގެ ވެރިޔާ – ހިތުގެ ދުލުން

ކިޔާފައިވާ ޢަދަދު: 971
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އާދަމް ނަޞީރު އިބްރާހީމް  (2015) 
ރޯދަމަހު އަހުރެންގެ ސާހިބު ވެސް އަރައިފިޔެ މިސްކިތަށް
         ހޯދުމަށް އެ މަހުގެ  ޢަފޫ، ކުށް  ފާފަތައް ފޮހެވޭ ގޮތަށް 
              ލޯ ދުށީތީ ޚަތިމު ހަރު،  ޚަތިމެއް  ނަގައިފިޔެ ގޮސް އަތަށް 
                    ހޯރައެއް ހެން އުދުހެޔޭ އެކަމަކު  މި ހިތް އެކި ބިތްބިތަށް  
ސޫރަތުލްބަޤަރާއެ ފުރަތަމަ ވެސް ފެށީ ކަރު ކެހިލަމުން 
      ރޫފަ ހެޔޮ ފަލަ ގެރިޔެކޭ އެ ވަގުތު ހިތަށް އައި ސިފަވަމުން  
            ހޫނުކޮށް ހާރަށް ހަނާކޮށް   ކަހަނބުތަކުގައި   އަތުރަމުން 
                   ބޫން އަޑާ ލޯ އަޑު ބަނޑުން އިއްވާލަ ދޭން ދެން ކަންފަތަށް 

މާތްވެގެންވީ މައްސަރު

ކިޔާފައިވާ ޢަދަދު: 823
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ރޯނުގޭ ޙަސަން މަނިކު
 
ރަޙުމަތާ މަޣުފިރަތު ލައްވައި މާތްކުރެއްވެވި މައްސަރޭ
       ނަރަކައިންވެސް ދިންނެވުން އޮތް މާތްވެގެންވީ މައްސަރޭ
 
އަޅުކަމާ ތަޤުވާގެ  މޭވާ ލިބި  އުފާވެރިކަންމަތީ
      ފަޅުކަމާ ހިތްތަކުގެ   ކޫރުންތައް  ފިލައިދާ   މައްސަރޭ 
 
ކަންކަމާ ދީނާއި ދުރު ހަމަކޮންމެހެން ވާންވީއެ ދުރު
      ކަންކަމާ ދީނީ ގުޅުން  ބާއްވަންވި   މަތިވެރި  މައްސަރޭ
 

ހަނގާކުރުމީ އަނިޔާއެކެވެ. ބޮޑު ވަބާއެކެވެ.

ކިޔާފައިވާ ޢަދަދު: 817
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފަތުޙުﷲ ޞާލިޙު، ޏ. ފުވައްމުލައް 
  ގައިމޭ ނިކަން ވިސްނަންޖެހޭ، ކުރުމީ ހަނގާ އަނިޔާއެކޭ
ބައިވަރު ގޮތުން ގެއްލުން ލިބޭ، ވާށޭ ސަމާލު،  ވަބާއެކޭ
  ދޭދޭ އަޚުން ވަކިކޮށްލުވާ، ދޭތެރެ ނިކަން ދުރުކޮށްލުވާ
ދޭދޭ ކަތުން ދުޝްމަން ކުރާ، ބިރުވެރި ނިކަން  އާފާތެކޭ
  

އޭ! ރަމަޟާން މަހާއެވެ!

ކިޔާފައިވާ ޢަދަދު: 1254
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޝާކިރު މުޙައްމަދު
އޭ ތިބާ ހަމަކޮންމެ އަހަރަކު އަންނަނީ  ހިނިތުން ވަމުން،
ހޭލުމަށް މުޅި އުންމަތަށް މަތިވެރި  ބަޝާރަތު ފަތުރަމުން.
ހައިކަމާ ނަފުސުގެ އެދުންތައް  ހަށިގަނޑަށް އިޙްސާސުވާ،
ހައިނުކޮށް  ނުރުހެލިވުމަށް  އިރުޝާދު ދީ  ހޭލައްވަމުން.
މާތްވި  ތަޤްވާއިން  ލިބޭ   ކާނާގެ  ލައްޒަތު  ހޯދުމަށް،
ގާތްވުމަށް ފުރުސަތު އަލުން ފަހިކޮށްމަގަށް އަލިކޮށްދެމުން.
 

ޙާތިމް ޠާއީ ގެ ވާހަކަ

ކިޔާފައިވާ ޢަދަދު: 1494
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
މުސްލިމުން ކުރި ހަނގުރާމައެއްގައި އަސީރުވި މީހުން ތިބި ހިސާބެއްގެ ކައިރިން ކީރިތި ރަސޫލާ (صلى الله عليه وسلم) ހުރަސްކުރެއްވި ހިނދު، ހަނގުރާމައިގައި ހައްޔަރުކުރެވިފައި އިން އަންހެނަކު މާތް ނަބިއްޔާ އަށް މުޚާތަބު ކުރައްވައި ދެންނެވިއެވެ. ” އޭތް މުޙައްމަދުގެ ފާނެވެ! ކަލޭގެފާނަށް ފެނިވަޑައިގަންނަވަނީނަމަ، އަޅުގަނޑު މިނިވަންކޮށް ދޫކޮށްދެއްވާށެވެ!

ހިތް ހިތަކަށް… (4)

ކިޔާފައިވާ ޢަދަދު: 987
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

-އިބުރާހިމް ހުސެން މަނިކު-

(24  ޖޫން 2015 (ބުދަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
މަށާއި މަލަކާ އެކުވެވޭނެ ހުރިހައި މިނިވަންކަމެއް ގޭތެރޭގައި އޮންނަނީ ދެވިފައެވެ. ވަރަށް ގިނަރޭރޭ ވަރަށް ދަންވަންދެން ދެމީހުން އެކަނި މާ އެކަނި ޖޯލިފަތީގައި ވާހަކަދައްކަން ތިބެމެވެ. އަދި ބައެއް ރޭރޭ ނިކުމެ އަތިރިމަތީ ޖައްސާލައިގެން ރާޅުތަކުގެ ހަމަ ހިމޭން ރާގުތައް އަހާލަން ވެސް ތިބެމެވެ. މިގޮތުން މިރޭ ވެސް ތިބީ އަތިރިމަތީގައެވެ. ކުކުޅުބިސްބުރުގެ ހަނދު މެދުއުޑުގައި ދެވިލާކޮޅު ދެމެދުގައި ހުއްޓިލައިގެން ހުއްޓެވެ. ދީފައިވާ ހަނދުވަރުގައި މަލަކާގެ އަތުގައި ހުރި އުޅަޔާއި އިނގިލީގައި އޮތް އަނގޮޓިއަށް ތަރި އޮހިފައި އޮތް ކަހަލައެވެ. ޒުވާން މޫނުވެސް މިހަނދުވަރުގައި ވަކީން މޫރިތިވެފައި ލޯތްބެވެ.
 

ތިބާ ނުރުހޭކަމެއް، ލާބަހުރިކަމަކަށް ވެދާނެއެވެ!

ކިޔާފައިވާ ޢަދަދު: 1553
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ

މުތަރުޖިމުގެ ނޯޓެއް: މިއީ އިޖުތިމާއީ ވިޔުގަތަކުގައި ދައުރުވާ، ވަރަށް އަސަރުގަދަ ވާހަކައެކެވެ. ލިޔެފައިވަނީ މިސްރުގެ ޒުވާން ފިރިހެނެއްކަން ވާހަކައިން ދޭހަވެއެވެ. ވާހަކަ ލިޔެފައިވަނީ ‘ފޮތު އަރަބި’ ބަހަކުން ނޫނެވެ. އަޑުއަހަން ތިބި ބަޔަކަށް މިސްރު ޒުވާނަކު  ވާހަކައެއް އަނގަބަހުން ކިޔައިދޭ ބީދައިންނެވެ! އޭނާގެ ނަމެއް ހާމަކޮށްފައެއް ނުވެއެވެ!

އެހެންނަމަވެސް…….

ކިޔާފައިވާ ޢަދަދު: 1252
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: ފާޠިމަތު ސަރީރާ ޢަލީ ޝަރީފު

މަދަރ ޓެރީސާ ލިޔުއްވާފައި ވާކަމަށް ބުނާ މަޝްހޫރު ޅެން “އެނީވޭ” ތަރުޖަމާކޮށްލެވޭތޯ މި ބަލަނީ، ޅެމުގެ އަސްލު އޮތް ގޮތަށް، އެ އަސަރާއެކު އަޅުގަނޑަށް ނުލިޔެވޭނޭކަން ވަރަށް ރަނގަޅަށް އެނގިހުރެއެވެ. ތަރުޖަމާކުރުމުގައި ލަފުޒުން ލަފުޒަށް ތަރުޖަމާކުރުމަށް ވުރެ ބޮޑަށް ބެލީ، ދިވެހި ބަހުގައި ބޭނުންކޮށް އުޅޭ ޒާތުގެ ބަސްމަގު ބޭނުންކުރެވޭތޯއެވެ. މި ތަރުޖަމާ މިއަށް ވުރެ ރަނގަޅުކުރަން އަޅުގަނޑު ބޭނުމެވެ. މިކަމުގައި ކިޔުންތެރީންގެ ދީލަތި އެހީ ލިބޭނޭކަމުގެ އުއްމީދުގައި ހުރީމެވެ.

ރޯދަ މަހުގެ ޚަރަދުތައް ކުޑަވާންޖެހެއެވެ.

ކިޔާފައިވާ ޢަދަދު: 1437
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
 
ރޯދަމަސް  އައުމުން  ޔަގީނޭ  ޚަރަދުތައް  ކުޑަވާން ޖެހޭ
               ރޯދި  ބަރަކާތާ އެކީ،  އިސްރާފުތައް   މަދުވާން   ޖެހޭ
ފަސް ވަގުތު  ކާކެއުމަށާ،  އެކި  ގަޑިގަޑީގެ  ބުއިންތަކާ
               އަސްލުގައި  މަދުކޮށްލުމުން  އެކި ހޭދަތައް   އުނިވާންޖެހޭ
ރޭގަނޑާއި  ދުވާލުގައި  ކެއުމާ  ސަޔާއި  ކޮފީތަކަށް
               ހޭދަވާ  ވަގުތަށް  ތެދޭ  މަދުކަން  ޔަގީން   އަންނާންޖެހޭ

ﷲ ހަނދުމަކުރުން.

ކިޔާފައިވާ ޢަދަދު: 742
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މުޙަންމަދު ސަލީމް- ހޯރަފުށި
 
ޒިކުރު ކުރަމުން ތިބާ ހެއްދެވި ފަރާތައް އަބަދު ވާ ނަމަހީ
      ފިކުރުތައް ކެނޑި ހިތުގެ އުފަލާ، ނަސީބެއް ނޫންހެ ހުސް އެއޮތީ.
ރިޒުޤު ތަނަވަސްވެ ބަރަކާތް، ރިޒްޤުގައި ލެއްވުން އެދޭނަމައީ
      ވިރުދުތައް އިތުރުކޮށް  ނިޔަތާ ޢަމަލު، ޚާލިޞް ކުރުން މި އޮތީ.