މަސްވެރިންގެ ދެމަފިރިއެއް: ކެޔޮޅު އައްޔާއި ދަލޭކަ

ކިޔާފައިވާ ޢަދަދު: 899

މިއީ، 1972 މޭ މަހުގެ 9 ން 12 ށް ދުވަހު ނޫސް ” މޫންލައިޓް ” ގައި ”ތަޖުރިބާ” ގެ ނަމުގައި ޝާއިޢުކޮށްފައިވާ ވާހަކަ އެކެވެ. ”ތަޖުރިބާ” އަކީ ކޮންބޭފުޅެއްކަމެއް އެނގިފައެއް ނެތެވެ. _____________________________________________  ދެމަފިރިން ކައިގެން ހޮޅުއަށީގައި ޖައްސާލާފައި ދަލޭކަ ބުނެއްޕެވެ. މިއަދު އަހަރެން ވަލަށް ގޮސްފައި އަތިރިއަށް އެރުނުއިރު ހާދަ ވަރަކަށް ތެލާހި ލައްކާފައި އޮތެވެ. ކެޔޮޅު އަލީ ބުންޏެވެ. ރޭގައި އަހަރެން ނަނުއެއްލައިގެން ހުރިއިރު ވެސް ތެލާހީގެ ކަންތައް ދުށީމެވެ. މިއަހަރު…

ފަރުދާކުރި ސިއްރު

ކިޔާފައިވާ ޢަދަދު: 780

ޢަބްދުﷲ ޞާލިޙް  (ފަލި) ލަސް ލަހުންނެވެ. ހުރިހާ އެއްޗެއް އަލުން ގުޅި ލާމެހެނީއެވެ. ތެޅި ހަލާކުވެފައި ވީތީއެވެ. އެ ހުރިހާ އަޑުތަކެއް ބުނެދޭން ނުކުޅެދިފައިވާތީއެވެ. ފުސްވެފައިވާ ލޯގަނޑުން އެ އަޑުތައް ބުނެދެނީއެވެ. އެ މުޑުދާރު ރަޖާގަނޑުގެ ދަށުގައި ފޮރުވިގެން އޮތީމެވެ. އެކަންޏެވެ. އެހީއެއްނެތިއެވެ. ބަހެއް ނުބުނެވިއެވެ. އެކަނިމާއެކަނި އޮވެ ގިސްލެވުން ނޫންކަމެއް ނުވިއެވެ. ޅަފަތުގެ އުފާތައް ވިއްސިވިހާލި ކޮށްލީއެވެ. ލަސްލަހުން ލަސްލަހުން މަޑުޖެހެނީއެވެ. އެތައް އަހަރެއްވަންދެން އޮހޭ ކަރުނަތަކެވެ. މިއަދާ ހަމައަށް ނުހުޅުވިވާ މަގޭ ލޯ ހުޅުވިއްޖެއެވެ.…

ހަނދާނުގެ އެންމެ ތޫނު ކަށިތައް: އަޅުގަނޑުގެ ފުރަތަމަ މާލެދަތުރު

ކިޔާފައިވާ ޢަދަދު: 831

ދުވަސްވަރަކީ، އަޅުގަނޑުގެ ޙަޔާތުގެ އެންމެ އުފާވެރި ދުވަސްވަރެވެ. ދިރިއުޅުމުގެ އެއްވެސް ފިކުރެއް ވިސްނުމެއް ނެތް ދުވަސްވަރެވެ. ރެޔާއި ދުވާލުގެ ކަމަކީ، ކުޅިވަރެވެ. އަޅުގަނޑު ހަނދާންވާ ގޮތުގައި އޭރު އަޅުގަނޑުގެ އުމުރުން ވާނީ، އަށެއްނުވައެއް އަހަރެވެ. މީހުން މާލެ ގޮސްގޮސްފައި އަންނަވާހަކަ ދައްކާވަރުން، އަޅުގަނޑު މާލެދާހިތްވަނީ ވަރަށް ބޮޑަށެވެ. މާލޭން ލިބޭ ރަނގަޅު އެއްޗިއްސާއި، ގެންނަ ރަނގަޅު ހަދިޔާތަކަށްޓަކައެވެ. މިކަމާހުރެ އަޅުގަނޑުގެ ބޭބެ ގާތުގައި ރޮއިރޮއިގެން އާދޭސް ކޮށްކޮށްގެން އެންމެ ފަހުން، މާލެދެވޭގޮތް ވެއްޖެއެވެ. މާލެދާން ދަތުރަށް ހެދުމުގެ…

ބަނޑު ގޯސް ވަނީ!

ކިޔާފައިވާ ޢަދަދު: 1729

ނިކަމެތިކަން ނުދެކޭތީތާއޭ   ތަނަވަސްކަން   އަގު ނުކުރެވެނީ ބިކަޙާލޭ   ލިބި ހުރިހައި ނިއުމަތް   ތަކުގައި ދެމި ތިބެގެން   ގޮވެނީ ބަނބުކޭލުން ފައިފަލަބަލި ފިލުވޭ ކަމުގައި ބުނި މީހުންިިތިއްބައި ބަނޑުގައި އޮތް ދަރި ދެލޮލުން ދެކެފައި  ކުރިޔަށް ނުދެޔޭ ތިޔަ ބުނަނީ ތޮށި ކައިރިކުރާ   ބޯޓުން ސީދާ    ރަށުތެރެޔަށް ގޮސް ފެއިބޭތީ ކަށިމަތި ފެން ހުރި ފަޅުތަކުގައި ހިނގި ދިގުރަސްތާމެ   ހަނދާންނެތުނީ ފަނަރަ ގަޑިން ވެސް ނުދެވޭ ތާކަށް، އުޑުގައި ޖޫހެއް ބޯން އިންދައި ފަނަރަ މިނިއްޓުން     ދެވުނީމާތާ       ލަސްވާތީ…

ސަމާސާ އަދަބު: އޮޓޯ މައާފު!

ކިޔާފައިވާ ޢަދަދު: 871

ދާދި މިދާކަށް ދުވަހު ހަވީރުގެ ވަގުތެއްގައި، އޮލިމްޕަހުގެ އިރުން މަޖީދީ މަގުން ހަދީބީ މަގަށް އަޅައިގެން އުތުރަށް ބެހެއްޓީމެވެ. މަގަކީ އެއްކޮޅަށް ދުއްވޭ މަގެއް ކަމުން ބެހެޢްޓެން އޮތީ ވެސް އެ އަތަށެވެ. ނަސީބަކުން ނުވަތަ ބަދު ނަސީބަކުން ގަޑިއަކީ މަގުގައި ވަރަށް ބައިތުނި ވަގުތެކެވެ. މަގަކީ މީހުންނާއި ދުއްވާ އެއްޗިހި ދަތުރުކުރުން ޢާއްމު ގޮތެއްގައި ގިނަ މަގެއް ނަމަވެސް މިއީ އެފަދަ ވަގުތެއް ނޫނެވެ. ވައި ނުވަތަ އޮއިޖެހޭ އަތަކުން، ވަރުނުލާ ރާޅު މުގުރާ ފުއްޓަރު…

ދަންނަކަން ދަންނަ މީހުން

ކިޔާފައިވާ ޢަދަދު: 1130

  ދަންނަކަން  ހަމަ ދަންނަ މީހުން   ދަންނަނީ  މާވަރަކަށޭ   ދަންނަނޫން  އެއްޗެއް ކަމެއް  ނެތް ކަން ޔަގީންވާ ވަރަކަށޭ އެއްޗެކޭ މީހަކު ބުނަން   ފަށްޓާއިރަށް   އަނގަ ބާނަނީ   ގިއްޗަކަސް   ވައްޓަން ތިމާ   ނޫނީ ނުވާފަދަ   ވަރަކަށޭ ފެންނަ ޢިލްމީ އިޚްތިލާފާ   ދަންނަހައިފޮތް   ނަންކިޔަން   ސުންނަތާ  އާޔަތްތަކާވެސް     ބުނެދެނީ    މާވަރަކަށޭ ޖެހިނުލައި އެންމެންތެރޭ ހުރެ، އެހެރަ ސިފަކޮށް ބުނެލަނީ   ނުހިނގަނީސް   އެކަމެއް ހިނގާނޭކަން ޔަގީންވާ ވަރަކަށޭ ނެތް ކަމެއް ނޭނގޭ ނެތޭ،  ހެއްކެއް…

ތަރުޖަމާ ކުރުމަކީ ވެސް ފަންނެކެވެ. (2)

ކިޔާފައިވާ ޢަދަދު: 996

މިއީ، 19767..16 ން  197623.7. ގެ ނިޔަލަށް “މޫންލައިޓް” ގައި ޗާޕުކުރެވިފައިވާ މަޒުމޫނެކެވެ. މި ބޭނުންތެރި މަޒުމޫނު މިސައިޓުގައި ޖަހަން ލިޔުންތެރިޔާގެ އަރިހުން ހުއްދަ އަށް އެދުނު ހިނދު ހުއްދަ ދެއްވިކަމީ  އެމަނިކުފާނުގެ ހިތްޕުޅުގައި ދިވެހިބަހަށް އޮތް ލޯބީގެ އަލިގަދަ ދަލީލެކެވެ. ހުއްދަ ދެއްވި ކަމަށް ޓަކައި ފަށްފަށުން ޝުކުރު ދަންނަވަމެވެ. ތަންކޮޅެއް ކުރިން އިސްކޫލްތަކުގައި ކިޔަވައިދޭ މާއްދާއެއްގެ ގޮތުގައި ތަރުޖަމާކުރުން އޮވެއެވެ. ނަމަވެސް މިހާރަކު ނޯވެއެވެ. އަޅުގަނޑު ހިތުން ތަރުޖަމާކުރަން އެނގުމަކީ ވަރަށް މުހިއްމު ކަމެކެވެ.  …

ނަރުހުންގެ ޝުޢޫރު

ކިޔާފައިވާ ޢަދަދު: 644

އިހުސާސުތައް ވަނީ ގުޅިފައި މިތުރުނާ އެކީ       އިޚުލާޞްވެ   ޚިދުމަތޭ  މިދެނީ ރުހެވުމާއެކީ އިހުމާލުނުވެ ތިބޭނަމެ ހެޔޮ ވިސްނުމާ އެކީ * * * * * * * * ހެނދުނެއް، ހަވީރު، މެންދަން ދެގޮތެއް ނުވާ ގޮތުން އެދުމެއް އަމިއްލަ އިސްކޮށް ފަސްޖެހި  ނުދާ ގޮތުން ޚިދުމަތް   ކުރަން   ތިބީމޭ     ޤުރުބާންވުމާ   އެކީ އިންސާނުނަށްމެ  ވީތީ   ހުރި   އުނިކަމެއް   ބަލާ އިންސާފުވެރިކަމާއެކު    ފަރަގެއް  …

ހިތްތަކުގެ މާމެލާމެލި

ކިޔާފައިވާ ޢަދަދު: 3700

 ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް (ނ.ޣ.ޢ.ވ) މީގެ އަހަރުތަކެއް ކުރިން ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ހައްދަވާފައި މި ރީތި ޅެން ލިޔުންތެރީންގެ ސައިޓަށް ހަދިޔާ ކުރެއްވިކަމަށްޓަކައި ނުހަނު އިޚްލާޞްތެރިކަމާއެކު، ޝުކުރު ދަންނަވަމެވެ. މިއީ، އެމަނިކުފާނު މިސައިޓާމެދު ބެހެއްޓެވި ޚާއްޞަ ގާތްކަމެއް ކަމުގައި ދެކެމެވެ.   = އިދާރާ = ________________________________________________ ހިތްތަކުގެ  މާމެލާމެލި ލޮބުވެތިވި  ކުޑަ ކުދިންނޭ ނިތްތަކުގެ ތާޖު ތިޔައީ ވަޠަނުގެ ވިދާ ތަރިންނޭ އުންމަތުގެ   ކުރިމަގޭތީ    ލޯތަކުގެ   މޭވައޭތީ އެންމެންގެ މިއުޒިކޭތީ އަބަދަށް…

ސަމާސާ އަދަބު:: ދެސޯދިގުގެ ކަސްރަތު

ކިޔާފައިވާ ޢަދަދު: 1100

މާފަންނު ކިރިކެޓް ދަނޑަކީ ދުވާލު ދެއިރު ދަޅަމަތީ ވަރަށް ގިނަ ބަޔަކު ހިނގާ ދުވެ ބަނޑު ހިންދާށާއި އަތްފަޔަށް މަސްއަރުވަން ޒާތްޒާތުގެ ކަސްރަތުތައް ކޮށް އުޅޭ މައިދާނެކެވެ. ތަނަށް އެންމެ ބާރު ބޮޑީ އޮއްސޭ ދަޅައިގައެވެ. އެދަޅައިގައި ބައިބޯކަމުން ތަނަށް އެނބުރޭ އިންސާނުންގެ ރޯޅިއެއް އަރައިގެން އުޅެނީއޭ ހީވާހައިވެއެވެ. ރޯޅީގައި ގިނައީ ކަސްރަތެއް ނުކޮށް ކުޅިވަރެއް ނުމެ ކުޅެ ހަރު އުމުރަށް އަރައިފައި ތިބި އަންހެނުންނާއި ފިރިހެނުންނެވެ. ބޮކެއް ހެން ތިބޭ ބޭކަނބަލުންނާއި ބެރެއްހެން ތިބޭ ބޭކަލުން…