ރަޙުމަތުގެ މޫސުމެއް ނިމިދަނިއޭ

ކިޔާފައިވާ ޢަދަދު: 802
ރޯނުގޭ ޙަސަން މަނިކު
 
ރަޙުމަތުގެ މޫސުމެއް ނިމިދަނީއޭ، އަހަރެމެންނާ މުޅިން ވަކިވަނީއޭ
       ރަޙުމަތުގެ ނޫރު އަލިކޮށްދެނީއޭ، އިތުރު މާތް މޫސުމެއް  ނިމިދަނީއޭ
ހާދަ އަގުހުރި ފިލާވަޅުތަކެއްދީ، ހާދަ ބޭނުންވި ޢިބުރަތްތަކެއްދީ
       އާދަވެވި  އަޅުކަމަށް ވަގުތުތައްދީ  އާދަކުރި މޫސުމެއް  ނިމިދަނީއޭ
އަދަބު އަޚުލާޤު ދަސްކޮށްދެމުންދާ، މަދަރުވެރި ސިފަ ރިވެތި އަންގަމުންދާ
       މަދަދުވެރި ރޫޙު  ދިރި އާވަމުންދާ  ޤަދަރުވެރި މޫސުމެއް  ނިމިދަނީއޭ

ނޭނގެއެވެ. (16) – ތުނބުޅިއެއްގެ ނިވަލުގައި

ކިޔާފައިވާ ޢަދަދު: 1277

ނޭނގެއެވެ. (16) 

ތުނބުޅިއެއްގެ ނިވަލުގައި

ފާޠިމަތު ސަރީރާ ޢަލީ ޝަރީފު
ސިފައިންގެއަށް ގެންދިޔަ ދުވަހަށް ފަހު، ހަފްތާއެއްހައި ދުވަސް ވާންދެން ތަންކޮޅެއް މައިތިރިވެފައި ދޮންމަންމަ ހުރެއްޖެއެވެ. އެ ދުވަސްކޮޅު ބައްޕަވެސް އޮފީހަކަށް ނުދެއެވެ. ތަޅައިގަންނަން ނުކެރެނީ އެހެންވެގެންކަމަށް ވެސް ވެދާނެއެވެ. އެކަމަކު ދޮންމަންމަ ހުންނަނީ އަހަރެން ދެކެ ވަރަށް ރުޅި  އައިސްފައިކަން އެނގެއެވެ. ބައްޕަ ގޭގައި ހުރި ހުރުމުގައި ދޮންމަންމައާއި އަހަންނާ ދެމީހުންނަށް ވެސް ވަރަށް ގިނައިން ނަސޭހަތް ދެއެވެ. ދެމީހުންވެސް އެކަކު އަނެކަކު ދެކެ ރުޅި ނައުމަށާއި، މަންމައާއި ދަރިފުޅުގެ ގޮތުގައި އުޅެވޭތޯ ބެލުމަށް އެދެމުން ދިޔައެވެ. 

ލޯބިވީމެވެ. އެހެނަސް………

ކިޔާފައިވާ ޢަދަދު: 1021

އާމިނަތު ޝާނީޒް ހއ. ހޯރަފުށި

ފަތިހު ފަތިހާ ތެދުވި ގޮތައް ގެޔަށް ވަދެވުނު އިރު ރޭގަނޑު 8 ޖެހީއެވެ. އަހަރެންގެ ދަރިފުޅަށްވެސް މިއަދު އެއްވެސް ވަގުތެއް ނުދެވެއެވެ. މަންމައާއި ކޮއްކޮގެގެ ހެޔޮކަމާއި އޯގާތެރިކަށްޓަކައި އަހަރެން އިންތިހާއަށް ޝުކުރުވެރިވަމެވެ. އަހަރެންނަކީ ނަރުހެއްކަމުން އުޅެންޖެހެނީ ވަރަށްބުރަކޮށެވެ. ދަރިފުޅުގެ ހުރިހާކަމެއް ބަލަހައްޓާނީ ކޮށްކޮއާއި މަންމައެވެ. ރަށުން ފަރުވާ ނުދެވޭ ބަލިމީހުން ގޮވައިގެން އަތޮޅުހޮސްޕިޓަލަށް ދިއުމާއި އެބަލިމީހުންގެ ޚިދުމަތުގައި ދުވަހުގެ ހަތަރުދަން ހޭދަކުރަނީ ފޫހިކަމެއްނެތިއެވެ. ވެފައި ހުރި ވަރުބަލިކާއި އެކު ފެންވަރާލައިގެން ނިކުތީމެވެ. ބޭނުންވަނީ ނިދާލުމަށެވެ. އަހަރެންގެ ލޮލުގައި އަޅައިގަތީ އެދުގެ ހެޑްބޯޑްމަތީގައި އޮތް ދައުވަތު ކާޑެވެ. އެދައުވަތު އަހަންނަށް ލިބޭނެކަން ކުރިންވެސް އެގެއެވެ. ކާޑު ހުޅުވައިގެން އޭގައިވާ އެއްޗެއް ބަލާންބޭނުމެއްނުވިއެވެ.

ފުރަތަމަ ދަރިފުޅު ލިބުނު ހިނދު

ކިޔާފައިވާ ޢަދަދު: 1250
ޢަބްދުއްރަޝީދު ޙުސައިން
 
ޚާލިޤަށް ކުށްތަންވެއޮވެ ޙަމްދާ ޘަނާ ކިޔަމޭ އަޅާ
       ރޯލި ދޭހަށް އަދި އަލަށް  އޭ ލޯބި ފުރަތަމަ ދަރިފުޅާ
 
ފުއްދަވައިދެއްވީ މިމަންމަގެ ހާދަހާ ބޮޑު އެދުމެކޭ
       އައްސަވައި ވޮޑިގަންނަވައި މިކުރާ ދުޢާ އިރުއިރުކޮޅާ
 

ފާތުމާކަމަނާ

ކިޔާފައިވާ ޢަދަދު: 1232

ޢަބްދުﷲ ޞާދިޤު

ފާތުމާކަމަނާ އަކީ ނިޔަނެތިވިމާތް ބޭކަނބަލެކޭ،

                    މާތް ރަސޫލާ އެންމެ ލޮބުވެތި ލޯބިވެތި ދަރިކަނބަލެކޭ

 ދަތުރަކަށް ވަކިވާ ވަގުތު ބައްދަލު ކުރައްވާ އެންމެނާ

                    އެންމެ ފަހު ބައްދަލުކުރައްވަން އޮންނަ މާތް ދަރިކަނބަލެކޭ

މުނިފޫހި ފިލުވުމުގެ ރަންޒަމާނުގައި އަދަބީ ލިޔުން ކިޔަން ޖެހޭހެއްޔެވެ؟

ކިޔާފައިވާ ޢަދަދު: 2107
އަޙްމަދް ސަމީރު ޢަލީ
އެތައް އިރަކު އެއްތަނެއްގައި އިނދެގެން ފަހަރަކު ގަނޑެއް އެއްލަމުން ފޮތް ކިޔަންވީ ކީއްވެހެއްޔެވެ؟    ޚިޔާލީ ވާހަކައާއި  މާދުރު ގައުމެއްގައި އުޅުނު އިހުމީހުންގެ ފުލޯކު ވާހަކަތައް މި ރަން ޒަމާނުގައި އަޅުގަނޑުމެން އަޅެ ކިޔަންވީ ފަހެ ކޮން ސަބަބަކާހުރެ ހެއްޔެވެ؟ މަޑު އެނދެއްކަހަލަ ބޮޑު ގޮނޑިޔެއްގައި އިންނައިރު ކުރިމަތީގައި އެހުރި ތިރި ކޮފީމޭޒު މަތީގައި، އިންގޮތަށް އިނދެ ޓީވީ އާއި ދެތިން ޑީކޯޑަރާއި ކުޅެލެވޭނެ ހަތަރުފަސް ރިމޯޓު އެބައޮތެވެ. ޓީވީ ހުޅުވާލައި ބޭނުން ކޮންމެ ހިސާބެއްގެ އެންމެ ހޫނު ޚަބަރާއި ފަލަ ސުރުޚީތައް ކިޔައި އަޑުވެސް އަހައިލެވެން އެހާ ފަސޭހައެވެ. ފާޑުފާޑުގެ ލަވަޔާއި ފިލްމާއި ކުޅެވެން ހުރި ކުޅިވަރު އެހައިމެ ގިނައެވެ. މިހާގިނަ ކަންތައް ކުރެވެން ހުރި ޒަމާނެއްގައި އިހުގެ އަދީބުންނާއި މިހާރުގެ ލިޔުންތެރިންގެ މަޒުމޫނުތަކާއި ފޮތް ކިޔަންޖެހޭ ސަބަބެއް އެބަ އޮތްބާއެވެ؟ މުނިފޫހި ފިލުވޭނެ އެތައް ކަމެއް  ކުޑަ ފޯނަކުންވެސް ކުރެވެން އޮއްވައި، އަދަބިއްޔާތު ކިޔައި މުތޯލައާ ކުރުމަކީ ވަގުތު ބޭކާރު ކުރުމެއްނޫން ބާއެވެ؟
 

އިބްރާހީމުގެ ހުވަފެން (3)

ކިޔާފައިވާ ޢަދަދު: 925
އަޙްމަދު ޝިޔާމް
ހަފުލާގެ ފަހުގަޑީގައި އޮތީ ދެފަރާތުގެ އާއިލާ މީހުން ކެއުމާ ފޮޓޯ ނެގުމެވެ. ހުރިހާ ކަމެއް ނިމުނުތަނާހެން ކުއްލިއަކަށް މުޅި ރަށުން ކަރަންޓް ކެނޑިއްޖެއެވެ. ހަރުގެ ތެރޭގައި ތިބި މީހުން ވެސް ބޭރަށް ނުކުމެވޭތޯ މަސައްކަތް ފަށައި ފިއެވެ. އަލިކަމަކަށް މިހާރު ފެންނަން ހުރީ ހަރުގެއަށް ވަންނަން އަންނަ މަގުގައި ހުރި ފާނޫޒު ތަކެވެ. ތެޔޮ ހުސްވަމުންދާތީ، އޭގެ އަލިކަންވެސް ހުރީ ފަނޑުވާން ފަށައިފައެވެ. މިރެއަކީ މުޙައްރަމް މަހުގެ 15 ވިލޭރޭ ކަމަށް ވިއަސް އުޑުމަތި ބަނަވަމުން ދާތީ ބިމަށް ފޯރަނީ މިލަހަނދުވަރެކެވެ.
  

ރޯދަމަސް އައީ ރަޙުމަތާއިގެން

ކިޔާފައިވާ ޢަދަދު: 1511

 

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

 

ރޯދަމަސް ގެނައީ މި ދީބަށް ރޯދިބަރަކާތް،… ނިޢުމަތޭ

           ހޯދި ވަރަކަށް ލިބެވެނީ ގިނަގުނަ ސަވާބާ … ރަޙުމަތޭ

 

އެންމެ ފުރަތަމަ ދިހަ ދުވަހުގައި މިންނުވާހާ މިންވަރަށް

          ދެއްވަވާނެ ކަމަށް ވަޙީއިން އެންގެވީވެސް … ރަޙުމަތޭ

 

މެދު ދިހައިގައި އޮންނަނީ ވެސް ފުއްސެވުން އަދި ރުއްސެވުން

           އެދުމަކަށް ވާނަމަ އަޅުންނަށް  މަޣުފިރާ  ޙާޞިލްވެތޭ

ދައްކަންޖެހޭ އަގެއް ނެތް

ކިޔާފައިވާ ޢަދަދު: 1345
ތަރުޖަމާ: ފާޠިމަތު ސަރީރާ ޢަލީ ޝަރީފު

“ނޯ ޗާރޖް”، މި ރީތި ލަވައިގެ ޖުމުލަ މާނަ ލިޔެލެވޭތޯ ބަލައިލާނަމެވެ.


މިރެއަށް ކައްކަން ބަދިގެ ތެރޭގައި އަހަރެން ހުއްޓައި، އަހަރެންގެ ފިރިހެން ދަރިފުޅު އަތުވެއްޖެއެވެ. އަދި އޭނާ ލިޔާން ގެންގުޅުނު ކަރުދާސްކޮޅެއް ގެނެސް އަހަރެންގެ އަތަށް ދީފިއެވެ. އަތް ފޮހެލައިގެން އަހަރެން އެ ކިޔައިލި އިރު، އޭގައި ލިޔެފައި އޮތީ މި ފަދައިންނެވެ.
 
ގޯތި ތެރެއިން ވިނަ ކޮށުމަށް: 5 ޑޮލަރު
 

ރުކުގެ މޭވާ

ކިޔާފައިވާ ޢަދަދު: 1004
އާދަމް ޢަބްދުއްރަޙްމާން – ހއ.އުތީމު
ހަރުލާ ގޮބޮޅި  ރުކުމަލުތެރޭން  ވާނީ  ނުވާހެން  އޮޅުމަކަށް
ތަރުތީބަކުން  މިކިޔާ  ރުކުގެ  މޭވާގެ  ފުރަތަމަ  ފެށުމަކަށް
މިރިޔެއް ނުވާނޭ ގޮބޮޅިއެއް ހުރެފާ ރަނގަޅު ހަރު  ކާއްޓަކަށް
މިރިޔަށްފަހުން ދެން ފުރަތަމައިން ވާނީ ބަދަލު ހަމަ ކިހަވަކަށް