ފެށުން

ކިޔާފައިވާ ޢަދަދު: 4538
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފަތުޙުﷲ ޞާލިޙު، ޏ. ފުވައްމުލައް
ކެވިންގެ ދުވަހުގެ މަސައްކަތް އަހަރެން ދިޔައީ ފަރުވާތެރިކަމާއި އެކު ބަލަމުންނެވެ. ފޮޓޯ ނެގުމުގެ ދާއިރާގައި އޭނާއަކީ ކޮންފެންވަރެއްގެ މީހެއްކަން އަހަންނަށް ސާފެވެ. ކޮންމެ ފޮޓޯއަކީވެސް ވަރަށް ވިސްނައިގެން އޭނާ ނަގާފައިވާ، އެހާ ބޭނުންތެރި ފޮޓޯއެކެވެ. ފޮޓޯ ބަލަމުން އަހަރެން ދިޔައިރު ކެވިން ވެސް ކައިރީގައި ހުރެގެން އެކި ފޮޓޯތަކާއި ގުޅުންހުރި އެކި އެއްޗެހި ކިޔައިދެމުން ދިޔައެވެ.
 

އަދަބީ ކަރުނަ

ކިޔާފައިވާ ޢަދަދު: 4625
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޝާކިރު މުޙައްމަދު 
އެއްވެސް ކަމަކާ މީހަކު ދެރަވެއްޖެނަމަ، ނުވަތަ އަސަރުކޮށްފިނަމަ، ލޮލުން ކަރުނަ ހިލުމަކީ، ނުވަތަ ކަރުނަ އޮހޮރުމަކީ، ވަރަށް ގާތްކަމެކެވެ. ތަފާތު ކަންކަމުން ތަފާތު މީހުންނަށް އަސަރު ކުރެއެވެ. އިންސާނާގެ ހިތުގައި އުފެދޭ ޖަޒުބާތެއްގެ ސަބަބުން ކުރެވޭ އިޙްސާސާ ގުޅިފައިވާ އަސަރަކީ ބައެއް ހާލަތުގައި ފޮރުވޭ އަސަރެއް ނޫނެވެ. އެ ގޮތުން އަޅުގަނޑަކީވެސް އިސްތިސްނާ މީހެއް ނޫނެވެ. އެކި ކަންކަންމުން މިދެންނެވި އިޙްސާސް އަޅުގަނޑަށް ވެސް ކޮށްފައިވެއެވެ. އަދި ކުރަމުން ދޭވެސް މެއެވެ. . 
 

ސަންޑޭ (19)

ކިޔާފައިވާ ޢަދަދު: 3022
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މޫސާ ޞާޢިދު
( 8 މެއި 2015 (ހުކުރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
 “ދަރިފުޅާ….ޙަޤީޤަތުގައި ދަރިފުޅަކީ މުނާޒްގެ އަތްނބެއް. ބަނޑުގައި އޮތީ މުނާޒްގެ ދަރިއެއް….އެކުއްޖާ އުފަންވިޔަސް، އިންސާނުންގެ ތެރެއަކު ނޫޅެވޭނެ. ދަރިފުޅުވެސް ރަނގަޅީ އޭނައާއެކު ދިޔައްޔާ…..” މިފަހަރުވެސް ދަލޭކަ ވާހަކަ ދެއްކީ މުނާޒްގެ ކޮޅަށް ބުރަވެ ހުރެއެވެ. 
 
“ހޫނ….ތިކަމެއް ނުވާނެ. އަހަންނަށް ޖިންނިއަކާއެކު ނޫޅެވޭނެ. ތިގޮތަށް މުނާޒްގެ ދިފާޢުގައި ވާހަކަ ދައްކަންޏާ މިތަނުންދޭ.” ނަދުހާ ދުރަށް ޖެހިލިއެވެ.
 

ނޭނގެއެވެ. (14) – އޮށްވަޅުގޮނޑި

ކިޔާފައިވާ ޢަދަދު: 1965
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އޮށްވަޅުގޮނޑި

ފާޠިމަތު ސަރީރާ ޢަލީ ޝަރީފު
މުންނާއާއެކު ރަށަށް ދާން ކިތަންމެ ބޭނުންވެފައި ހުއްޓަސް، ބައްޕަގެ ގާތުގައި އެވާހަކަ ބުނަން ނުކެރިފައި ހުއްޓައި، މާ ގިނަ ދުވަހެއް ނުވެ މުންނާ ފުރައިގެން ރަށަށް ހިނގައްޖެއެވެ. މުންނާ ފުރި ރެއާ ވިދިގެން އައި ރޭ އަހަންނާއެކު އޮށްވަޅުގޮނޑި ކުޅޭނޭ މީހަކު ނެތެވެ. މުންނާ ނެތުމުން އެކަމާ ނުހަނު ދެރަވެފައި ހުރެގެން އޮށްވަޅުގޮނޑި ނަގައިގެން އައިސް އެނދުމަތީގައި ބަހައްޓައިގެން، ވަޅުތަކަށް މަދޮށި ހަމަކޮށްގެން، މުންނާ ދަސްކޮށްދިން ގޮތަށް ނުހިނދި، ނުހުއްޓި ކުޅެވޭތޯ ބަލައިލާނަމޭ ހިތައި، ހިލަހިލައި އިންދައި ދޮންމަންމަ އަތުވެއްޖެއެވެ. 

ހުނި ބިލެތް (3)

ކިޔާފައިވާ ޢަދަދު: 1378
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
               
އިބުރާހިމް ހުސެން މަނިކު
 
(7 މެއި 2015 ގައި ޝާއިޢު ކުރި މި ވާހަކައިގެ ދެވަނަ ބަޔާ ގުޅޭ) 

 

ނާސިހާ ބައްޕަ ދަރިފުޅު އަތުގައި ހިފައިގެން ގެޔަށް ވަދެ ކުރި ފޯނަށް ފުލުސް ޖީޕު އައީ އަލާއުއްދީނު ވޮށްގަނޑު އުނގުޅައިލީމާ ޖިންނި އަންނަހެންނޭ ހީވިއެވެ. އަހަރެން އޮބައިގަނެގެން ޖީޕަށް އަރުވައިގެން ފުލުސް އޮފީހަށް ގެންދިޔައީ މަންޒަރު ބަލާންތިބި މީހުންނަށް ކުށްވެރިޔަކީ އަހަރެން ކަމަށް ހީވާ ފަދަ ގޮތަކަށެވެ. ޝިޔާޒު ހުރީ ވީއްލިފައެވެ. އޭނާ ހާޒިރުކުރެވުނީ އަހަރެން ކުރި ޝަކުވާއާ ވިދިގެން ފަހުން ފޯނުކޮށްގެންނެވެ. އޭނާޔާއެކު ނާސިހާ ވެސް އެތަނަށް ހާޒިރުކުރެވުނެވެ. 

ނުބުނައްޗެ މީ މޮޔަ ކުއްޖެކޭ!

ކިޔާފައިވާ ޢަދަދު: 1824
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފާޠިމަތު ސަރީރާ ޢަލީ ޝަރީފު
 
އަހަރެންގެ ބައްޕައަކީ ތެދެއް ޅެންވެރިވި  މޮޅު އުސްތާޛެކޭ
ސަހަރޯއެ  އެކަމަކު ޅެން  ހަދަން މަށަކަށް  ނުއެނގެޔޭ  ކީއްވެބާ!
 
އަހަރެންނަކީ  ޅެންވެރިއަކަށް ވާނޭ  ގޮތެއް  އޮންނާނެބާ!
އަހަރެންގެ  ބަސްތައް  ވަޒަނަކަށް  ފައްތަން  މަށަށް އެނގިދާނެބާ!
 

މިނިކާވަގެއްގެ ނަރުވާ

ކިޔާފައިވާ ޢަދަދު: 2376
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
ޗައިނާގެ ކޮންމެވެސް ހިސާބެއްގައި ޔުން އޮކް ނަމަކަށް ކިޔުނު އަންހެނަކު އުޅުނެވެ. މީނާގެ ފިރިމީހާއާއި އެކު މި ދެމަފިރިން އައީ ވަރަށް ރީތި ދިރިއުޅުމެއް އުޅެމުންނެވެ. އޯގާވެރިކަމާއި ލޯތްބާއި ހިތްހަމަޖެހުމާއި އެކީ މި ދެމަފިރިން ދިރިއުޅުމުގެ ތެރޭގައި ފިރިމާހާ ހަނގުރާމައަކަށް ދާންޖެހިއްޖެއެވެ. ހަނގުރާމަ ނިންމާފައި އައި އިރު ކުރީގެ ހިތްހެޔޮ ކަމާއި އޯގާވެރިކަމާއި އަޅައިލުމެއް އޭނާގެ ކިބަޔަކު ނެތެވެ. ރުޅި ގަދަވެ ރުންކުރު ކަމުން، ފިރިމީހާ އާއި އަނގައިން ބުނާނޭ ގޮތެއްވެސް ޔުން އޮކް އަކަށް ނޭނގުނެވެ. އެކީގައި މިހާރު އުޅެން ޖެހިފައިވާ މީހާ އަކީ ކުރީގެ ފިރިމީހާއޭ ބުނަންވެސް ދައްޗެވެ. މިހާރު މިހުރީ އޭނާގެ ހިޔަނިން ކުޑަ މިންވަރެކެވެ! މި ރުޅިގަދަ މީހާއާއި އެކީގައި އެއް ގެއެއްގައި އުޅެން ޔުން އޮކް ބިރުގަންނަ ހިސާބަށް ކަންތައް ހިނގައްޖެއެވެ!
 

ސަންޑޭ (18)

ކިޔާފައިވާ ޢަދަދު: 1713
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މޫސާ ޞާޢިދު
(30 އެޕުރީލު 2015 (ބުރާސްފަތި) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“އަހަރެންގެ އަތްނބެއްގެ ގޮތުގައި މިގެޔަކުން ނުނިކުމެވޭނެ. މާނައަކީ….” ނަވާލަށް ޖުމްލަ ފުރިހަމަވުމުގެ ކުރިން ޒިލާ ގެއިން ބޭރަށް ނުކުތެވެ. ފަހަތުން ގޮސް ނަވާލް، ޒިލާ ހިފެހެއްޓުމަށްފަހު އެތެރެއަށް ވެއްދީ ގަދަކަމުންނެވެ.

ހުނި ބިލެތް (2)

ކިޔާފައިވާ ޢަދަދު: 1287
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
                
އިބްރާހީމް ޙުސައިން މަނިކު
 
(3 މެއި 2015 ގައި ޝާއިޢު ކުރި މި ވާހަކައިގެ ފުރަތަމަ ބަޔާ ގުޅޭ) 
 
އަހަރެން އަހައިފައިވާ ގޮތުގައި ނާސިހާ ދިރިއުޅެމުން އައީ ބޭރު މީހަކާ އިނދެގެން ބޭރުގައެވެ. މިވަގުތު ކައިރީގައި ހަމަ ގައިމުވެސް ބޭރު މީހަކު ނެތެވެ. ހައްތާ ވެސް ތިބީ ދިވެހީންނެވެ. އަންހެނުންނާއި ފިރިހެނުންނެވެ. ރާއްޖެ އައިކަމަށް ވާނީ ދާދި މިދާކަށް ދުވަހުއެވެ. ރާއްޖޭގެ ނޫހަކަށް ޝައުގެވެރިވާނީ ރާއްޖެއަށް ދިރިއުޅުން ބަދަލުކޮށްލީމާ ކަމަށް ފެނެއެވެ. އަހަރެން ދެކި އުޅުނު އިރު އެއީ ނޫކަށިފުރައިގެ ކުއްޖެކެވެ. އޭރު މަށަށް އެންމެ ރީތި ވަރަށް ވުރެ ތުންޏެވެ. މިހާރު އެހެރީ ރޫފަޖެހި އެންމެ ރީތި ވަރަށް ބޮނޑިމަސްކޮންނެވެ. ހޯއްދުން ހެޔޮ ހައްޓެކެވެ. ހެޔޮވަރު އިސްކޮޅެއް ވެސް ހުރީތީ ލައިގެން ހުރި ފާސްކުރި ހެދުމަށް ހުރިހައި ގޮތަކުން ވެސް ފާޑެވެ.ބޮޑެތި ހުދު މާތަކެއް ޖެހި ވެސްނޫކުލައިގެ ހެދުމެކެވެ.

ފަތައިގެން ލޫޅާފަތި ވާނެނަމަ ގޯލްޑްފިޝް އެ ކިއްސަރަކަށް ނުހުރީސްތާއެވެ!

ކިޔާފައިވާ ޢަދަދު: 2903
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
ފަސްއެނބުރި ވިސްނައިލާއިރު، ފަސްފޫޓު ހައިންޗީގެ ހަށިގަނޑެއްގައި ހުންނަންވާ ވަރަށްވުރެ، އަޅުގަނޑު ވިއްސަކަށް ކިލޯ ބަރުވެފައި މިހުރީ މިނިވަން ފަންސަވީސް ފާހަގަ ކުރެވުނު ފަހުންނެވެ! ވީމާ ވީ ކަމެއް މިވީ ލައްކަ ސިއްރު ސިއްރުން ހަމަ ހީވެސް ނުވާކަހަލަ އިތުރުވުމަކުން އިތުރުވުމަކުންތާއެވެ! ބޭންކުގައި ހުޅުވާ ފަހަށް ރައްކާކުރާ އެކައުންޓުވެސް ފަލަވެ ރޫފަ ޖެހިލަނީ ލައްކަ ކޮންޕައުންޑު އިންޓަރެސްޓު މަތިމައްޗަށް އެޅި ޖަަމާވެގެން ނޫންތޯއެވެ!