ދިވެހިބަސް

ކިޔާފައިވާ ޢަދަދު: 1942
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފަތުޙުﷲ ޞާލިޙު ، ޏ. ފުވައްމުލައް
 
ފަޚުރާ ޝަރަފު ކަމުގައި ވެޔޭ  ދިވެހިންގެ ރީތި މި ދިވެހިބަސް
          ފަޚުރުން ފުރޭ އެތަކެއް ކަމެއް ހިމަނައިވެޔޭ ގައިމޭ މިބަސް
އެކިބަހުރުވައިން މުއްސަނދިވެފައި އެކިކަންކޮޅުން އެކި ރާގުގައި
           އެކިއަސަރުގައި މޭރުން ވެވޭ ބަހެކޭ މިއޭ ނަލަ ދިވެހިބަސް

ދިވެހިބަހުގެ ދުވަހާމެދު….

ކިޔާފައިވާ ޢަދަދު: 3073
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
މިއަދަކީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ރަސްމީ ކޮށް ޤައުމީ ފެންވަރެއްގައި ފާހަގަކުރާ “ދިވެހިބަހުގެ ދުވަސް”ކަން އަޅުގަނޑު ފަޚުރުވެރިކަމާއެކު ފާހަގަކުރަމެވެ. މި ދުވަސް އާދެ! ކޮންމެ އަހަރެއްގެ އޭޕްރީލް މަހު 14 ވަނަ ދުވަސް “ދިވެހިބަހުގެ ދުވަހުގެ ގޮތުގައި ރާއްޖޭގައި ލިޔުންތެރީންގެ ގުޅުމުގެ ފަރާތުން ފާހަގަކުރަމުން އަންނަތާ ދެތިން ހަތަރު އަހަރެއް ވެއްޖެ އެވެ. 2011 ވަނަ އަހަރުން ފެށިގެން އެ ޖަމްޢިޔާއިން މިދުވަސް ފާހަގަކުރައްވަމުން ގެންދެވީ 14 އޭޕްރީލް އެއީ ރާއްޖޭގެ އެންމެ މަޝްހޫރު އަދީބު ޝައިޚު ޞަލާހުއްދީންގެ އުފަންދުވަސް ކަމުގައި ވާތީ އެވެ.

އަތްނބެއްގެ ޤަބުރު ކައިރީ ހުރެ!

ކިޔާފައިވާ ޢަދަދު: 1881
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުއްރަޝީދު ޙުސައިން
 
ރާގު: ތުމްހާރި ޕިޔާރުމެ….
  ކޮބާތަ ދަރިފުޅު މަންމާގެ ސާފު ލޯބި މިރޭ
                 ކަލާނގެ ލެއްވި ފުރާނާ – ކަލާނގެ ގެންދެވިރޭ
ވަނީ މޮޅީންނެ  މިކޮއި ރޯން  ނިދީގެ  ހުވަފެނުގާ
ވަނީހެ  ރޫޙު   ތިމާތްވީ   އެކޮއިގެ  ކައިރީގައި 
ނުދީ ޖަވާބު މި  ސަންދޯކުގައި  ހިމޭންވެ   މިރޭ.    ކޮބާތަ..
 

ދަނެއޮ

ކިޔާފައިވާ ޢަދަދު: 1183
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

“ތާއަބަދު ދެމިހުންނަ ހެޔޮ ޒިކުރާ” އިން:

ދަނެއޮ

މުޚްތާރު ފަހްމީ، މ.ސިނައެކަތަ

ދަނެއޮ! ހިތްހެޔޮ  ކުލުނަކީ،  މީހާގެ  އިޙްސާންތެރިކަމޭ.
         ދެނެ  ދެކެންވީ  ޚުލްޤަކީ،   މީހާގެ   އީމާންތެރިކަމޭ.

                * * * * * * * *
ޢަޒުމު ބޭނުން، ވަގުތު ބޭނުން، ހިތުގެ އާދޭސް ދަންނަވަން،
        ޢަޒުމު  މަތިވެރި  ކުރުމަކީ،   މީހާގެ  ހިންމަތްތެރިކަމޭ.

ނޭނގެއެވެ. (12) – ޖަވާހިރެއް ފަދަ ފޮނިތޮށިކޮޅު

ކިޔާފައިވާ ޢަދަދު: 2497
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޖަވާހިރެއް ފަދަ ފޮނިތޮށިކޮޅު

ފާޠިމަތު ސަރީރާ ޢަލީ ޝަރީފު
ފަހުން އެނގުނު ގޮތުގައި ކޮންމެވެސް ކަމެއް ދިމާވެގެން ޒީނަތު ގޮވައިގެން ޒަމީރާ ރަށަށް ބަދަލުވަނީއެވެ. ވީ ގޮތެއް އަހަންނަކަށް ނޭނގެއެވެ. އެނގޭ ކަމަކީ އެ ދުވަހުން ފެށިގެން އަހަރެން އިސްކޫލަށް ދަނީ އެކަނިކަމެވެ. 
 

އެ ކަމަނާ… ކިތަންމެހާވެސް ރީތި!

ކިޔާފައިވާ ޢަދަދު: 1210
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަލީ ޤާސިމް، ކަނީރުމާގެ،  އދ. މަހިބަދޫ
 
ކީއްކުރާނީހޭ؟ އަރާ ފައިބާ ޚިޔާލެއް، ނެތް ހިތަކު
އިއްވިދާ ފަދަ ބަސްތަކުން، ބުނެވޭނެ ބާރެއް ނެތް ދުލަކު
 
ފައިސަޔާ ތަނަވަސްކަމާ މަޝްހޫރުކަން ލިބިފާ ވުމުން
ހައިބަތާ އެކު   “އުދުހުނީ” ދުނިޔޭގެ  ނަންވާހާ ތަނަކު
 

ސަންޑޭ (12)

ކިޔާފައިވާ ޢަދަދު: 2073
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މޫސާ ޞާޢިދު
( 5 އޭޕްރިލް 2015 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“ނަދޫ އަހަރެންގެ މިދެއަތުގެ ޙިމާޔަތަށް ނިކަން އައިސްބަލަ…..އަހަރެން ނަދޫދެކެ ހާދަ ލޯބިވެޔޭ….ގާތަށް އައިސް ނަދޫގެ މޫނު، އަހަރެންގެ މޭގައި ޖައްސާލަބަލަ.” ނަދުލާގެ ލޮލުން ކަރުނަ ފޭދެން ފަށައިފިއެވެ. 
 
“އަހަރެން މިހުރި މަގާމަށް އެހެން މީހަކު ހޯދާ ނަވާލް….ތިވިސްނާ ނަޒަރުން އަހަންނަކަށް ނަވާލާ ދިމާއަށް ބަލައިވެސްނުލެވޭނެ…..” ނަދުހާގެ ދެލޯވެސް ކަރުނައިން ތެމިއްޖެއެވެ.
 

ނޭނގެއެވެ. (11) – މަންމަ ހުރި ނަމަ

ކިޔާފައިވާ ޢަދަދު: 2753
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މަންމަ ހުރި ނަމަ

ފާޠިމަތު ސަރީރާ ޢަލީ ޝަރީފު
އާންމު ގޮތެއްގައި އިސްކޫލަށް ގޮސްއައިސްވާ މަގުމަތީގައި އަހަންނަށް ވަރަށް ގިނަ ޚިޔާލުކުރެވެއެވެ. މިއަދަކުވެސް ވަކި ތަފާތެއް ނެތެވެ. އަހަރުމެން ދެ ކުދީންގެ އަތުގައި ހިފައިގެން އިސްކޫލަށް ގެންދާއިރު، ޒީނަތުގެ ދަބަސް އޮންނާނީ ޒަމީރާގެ ކޮނޑުގައެވެ. އަހަރެންގެ ދަބަސް އޮންނަނީ އަހަރެންގެ ކޮނޑުގައެވެ. 
 

ސަމާސާ އަދަބު (2): ރަހުމަތުގެ ވާރޭ

ކިޔާފައިވާ ޢަދަދު: 2069
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ރަހުމަތުގެ ވާރޭ

ފާޠިމަތު ސަރީރާ ޢަލީ ޝަރީފު
ދުވަސްވަރަކީ މާލެއިން ފެން ހުސްވި ދުވަސްވަރެވެ. އާނއެކެވެ. މާލެއިން ފެން ހުސްވީއެވެ. ފެން ކުންފުނީގެ ޕެނަލް ބޯޑެއްގައި ރޯވެގެން އެ ކުންފުނީގެ މަސައްކަތް ހުއްޓި، މުޅި މާލެ ފެނަށް ޖެހުނީއެވެ. މާލޭގެ ވަޅުފެނުން ނުބައި ވަސް ދުވާތީ، އިހަށް ވަޅުފެން ބޭނުންކުރަމުން އައި ގޭގޭ މީހުންގެ ގިނަ ބަޔަކުވެސް ވަޅުތައް ދޫކޮށްލައި، ގާތްގަނޑަކަށް މުޅި މާލެ ޑީސެލިނޭޓަޑު ފެނަށް ބަދަލުކޮށްލިތާ ކިތަންމެ ޒަމާނެކެވެ. 
 

ޅެންވެރިކަމުގެ ވާދީ….!

ކިޔާފައިވާ ޢަދަދު: 1475
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަބޫބަކުރު އާދަމް ސިލްވަރބީޗް ނ.މަނަދޫ
 
ޅެންވެރިކަމުގެ ވާދީއަކީ ހިތްގައިމު ނަލަ ވާދީއެކޭ 
              ޅެންވެރިކަމުގެ މާތައްފޮޅޭ  އާރޯކަމުގެ  ވާދީއެކޭ 
ފިކުރާ ޚިޔާލާ ހުސްވުމެއް އަދި އުނިވުމެއްނެތް ގޮތްމަތީ
              ފިކުރާވެ ދެމިތިބެގެން އުފާ ހިއްސާ ކުރާ ވާދީއެކޭ 
އެކިކުލަކުލައިމަލުން އެތަން ތެދެކޭވުމުންޒީނަތްވެފައި 
              އެކަމުންހިތަށް އަދިހަމަޖެހުން ލިބެވޭ އެއީ ވާދީއެކޭ