ހެޔޮ ބަހެއް

ކިޔާފައިވާ ޢަދަދު: 1399
             

ވަޒަން: އިލާހީ މިބިން

ޢަބްދުއްރަޝީދު ޙުސައިން

ކުރާށޭ ހަނދާން  ކުރާށޭ ވީ  ހަނދާން
        ފުރާނަ ދިން ދަރިން ސުލްޙަ ޤާއިމް ކުރާން
               ކުރާ   ހިންމަތުން  ހިނގާ   އަހަރެމެން
                      މިތާ ޚުލްޤު  ދިވެހިންގެ  އާލާ    ކުރާން

ބުޅަލުގެ ބުއްދި

ކިޔާފައިވާ ޢަދަދު: 2200
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
(މިއީ ވަރަށް ގިނަ ޤައުމުތަކުގައި ކިޔެމުން އަންނަ ފުލޯކު ވާހަކައެކެވެ. އެއް ޤައުމެއްގައި ކިޔާ ވާހަކައެއް އަނެއް ޤައުމަކަށް ދިޔުމުން އެ ޤައުމެއްގެ ވާހަކައަކަށް ވެފައި ހުރެއެވެ. އެހެންވީމާ މި ވާހަކައަކީ ކޮން ޤައުމެއްގައި އުފަންވީ ވާހަކައެއްކަމެއް ކަށަވަރު ކުރާކަށް ނޭނގެއެވެ. އަޅުގަނޑު މިވާހަކަ ނަގާފައި ވަނީ ޔުނެސްކޯއިން ނެރެފައިވާ ފޮތަކުންނެވެ. އެތައް އަހަރެއްގެ ކުރީގެ ކަމަކަށް ވާތީ އެ ފޮތުގެ ނަމެއް ހަނދާނެއް ނެތެވެ. ފޮތް ފެނުނީ ޤައުމީ ކުތުބުޚާނާއިންނެވެ. ވާހަކަ ތަރުޖަމާ ކުރީ ކުތުބުޚާނާގައި އިނދެގެންނެވެ. އެހެންވީމާ ވާހަކައިގެ އަސްލެއްވެސް އަޅުގަނޑުގެ އަތަކު ނެތެވެ.)

މިރިނުވެ ގޮބޮޅި ކާށިވުން

ކިޔާފައިވާ ޢަދަދު: 1814
ޢަބްދުއްރަޝީދު ޙުސައިން
ގޮބޮޅިއެއް މިރިއަކަށް ނުވަނިސް ހިތުންބޮޑު ކާށްޓަކަށް ވެއްޖޭ
       ގަބުޅިޔާ ކުރުނބަޔަށް ވުރެ ވެސް އިހަލު ބޭރަށް ނުކުމެވިއްޖޭ

ޖެހުނު   ވައިރޯޅިއެއްގައި  ހެލިލުމާއެކު  ދުނިޔެ  ފެނުނީމާ
       އެހިނދު  ހުރިހާ   ގޮބޮޅިޔަށްވުރެ ބޮޑޭ ހީވާ   ގޮތެއްވެއްޖޭ 

ވެރިފައި ހުރުމާއި “ވެރިފައި”ކުރުން

ކިޔާފައިވާ ޢަދަދު: 2273
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ދިވެހިބަހުގެ ލަފުޒުތަކަށް ބަލާއިރު “ވެރިފައި” މިއީ “ވެރުން” މި މަސްދަރުން އުފެދިފައިވާ ކަމެކެވެ. މި މަސްދަރު ނިމުނު ކަމަކަށް ބަދަލުވީމާ  އޮންނާނީ “ވެރިއްޖެ” މިހެންނެވެ. ނިމިނިމުނު ކަމަކަށް ބަދަލުވެގެން ދާއިރު “ވެރުނު” މި ގޮތަށް ބޭނުން ކުރެވެއެވެ. އެހެންވީމާ “ވެރިފައި” އަކީ “ވެރުން” މި މަސްދަރުން އުފެދުނު ކަމެއް، ވެފައި އޮތް ޙާލަތު އަންގައިދިނުމުގައި ބޭނުންކުރާ ލަފުޒެކެވެ. މިސާލަކަށް: އެ ގަސްދޮށަށް ވަރަށް ގިނަ ފަތް ވެރިފައި އެބަހުއްޓެވެ.

ދިވެހި ބަސްފޮތަށް ރުޖޫޢަ ވާއިރު މި ލަފުޒުގެ މާނައެއް ކަމަށް އޮންނަނީ “އެއްޗިހިތަކެއް ބޭފުން” ނުވަތަ “ގަސްގަހުން ފަތާއި މޭވާ ފަދަ ތަކެތި ފޭބުން” ނުވަތަ “އޮހުން” ކަމަށެވެ. ވެރުމުގެ އެއް މާނައެއްގައި “ބަނޑުންވުން”ވެސް ކިޔައެވެ. ބަނޑުންވުމުގެ މާނައެއް ކަމަށް ބަސްފޮތުގައި އޮންނަނީ “އެއްޗެއްގެ ތެރޭގައި ހުންނަ އެއްޗެއް ވެރުން” ކަމުގައެވެ. ވިހާވަރުން “ވެރިފައި”ގެ ދިވެހި މާނަ ހިތްޕުޅަށް ގެނެވޭވަރުވެއްޖެ ނޫންތޯއެވެ؟

ފެށުން (2)

ކިޔާފައިވާ ޢަދަދު: 1366
ފަތުޙުﷲ ޞާލިޙު، ޏ. ފުވައްމުލައް

މިވާހަކައަކީ މަޝްހޫރު ނޫސް ރިޕޯރޓަރ ކެވިން ކާރޓަރ، ނަގައި އިންޓަރނެޓަށް ލުމުން މުޅި ދުނިޔެއަށް މަޝްހޫރުވި،  މި ވާހަކައިގައި ބޭނުންކޮށްފައި އެވާ ފޮޓޯއާއި ގުޅުވައިގެން އަޅުގަނޑު ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ.

ނަމެއްގެ ފަހަތުން…

ކިޔާފައިވާ ޢަދަދު: 1517
އިބުރާހިމް ހުސެން މަނިކު

މިއީ ޚިޔާލީ ހާދިސާއެއްގެ މައްޗަށް ވާހަކައެއް ގޮތަށް ލިޔެވިފައިވާ މަޒުމޫނެކެވެ. މަޒުމޫނުގައި ހިމެނޭ ތާރީޚީ މީސްމީހުންނާއި ކަންކަން ފިޔަވައި ހިނގިކަމެއްގެ މައްޗަށް ނުވަތަ ދިރި ހުރި ނޫނީ މަރުވެފައިވާ މީހަކަށް ނުވަތަ ބަޔަކަށް ނިސްބަތްކޮށް ލިޔެފައިވާ މަޒުމޫނެއް ނޫނެވެ.

އޭނާޔަކީ އިޓާލީވިލާތުގެ ބަޔަކު ހިންގާ ރިސޯޓެއްގައި މަސައްކަތްކުރާ ކުއްޖެކެވެ. އޭނާ އިޓާލީ ބަހުން ވަރަށް ފަރިތަކޮށް ތަޅުވައެވެ. 

ނޭނގެއެވެ. (15) – ސިފައިންގެއަށް ގެންދިޔުން

ކިޔާފައިވާ ޢަދަދު: 1670

ނޭނގެއެވެ. (15)

ސިފައިންގެއަށް ގެންދިޔުން

ފާޠިމަތު ސަރީރާ ޢަލީ ޝަރީފު
މުންނާ ރަށަށް ފުރުމާއެކު، ކުރިއެކޭ އެއްގޮތަށް އެއްޗެހި ގޮވުމާއި އަނިޔާކުރުން ފެށިއްޖެއެވެ. ދުވަސްތައް މި ގޮތުގައި ހޭދަވަމުން ދަނިކޮށް، އެއް ދުވަހަކު ފާތުމައިދީ (އަވަށްޓެރިއެއް) އަތުވެއްޖެއެވެ. އޭނާ އައީ އާފަލު ހިފައިގެންނެވެ. އެއީ ބޯޓު ދަތުރުކުރާން އުޅޭ އޭނާގެ ކޮއްކޮއަކު މާލެ އައި އިރު ގެނައި އާފަލު ކޭހަކުން އަހަރެމެންނަށް ހަދިޔާ ހިފައިގެން އައި އައުމެކެވެ. ފާތުމައިދީ އައުމުން، ދޮންމަންމަ އޭނާއަށް ޖޫސްތަށްޓެއް ދިނުމުން، އޭގެ ދެވެރީން ފެންޑާގައި ވާހަކަ ދައްކާން ތިބެއްޖެއެވެ. އަހަރެން އިނީ އޮޅިގަނޑުމަތީގައި އިށީނދެގެން ހަނޑޫ ހޮވާށެވެ. ދޮންމަންމަ އެއްކަލަ އާފަލު ކޮތަޅުން އާފަލެއް ނަގައިގެން، ބަދިގެއިން ވަޅިއެއް ހިފައިގެން ގޮސް ފާތުމައިދީގެ ގާތުގައި އިށީނދެއްޖެއެވެ. އަދި އެ އާފަލު ކޮށައިލައިގެން އޭގެ ދެ ވެރީން ކާން ފަށައިފިއެވެ.

ކަނު ލޯބި

ކިޔާފައިވާ ޢަދަދު: 1771
ތަރުޖަމާ: ފާޠިމަތު ސަރީރާ ޢަލީ ޝަރީފް
މިއީ އިންޓަނެޓުގައި ދައުރުވަމުންދާތާ އަހަރުތަކެއް ވެފައިވާ ވާހަކައެކެވެ. ވާހަކަ ލިޔުނު މީހެއް އަޅުގަނޑަކަށް ނޭނގެއެވެ. ތަރުޖަމާކޮށްލެވޭތޯ ބަލައިލީއެވެ. އިންޓަރނެޓުން އެކި ފަހަރު އެކި ގޮތަށް މި ވާހަކަ ފެނިފައި ވާތީ، ތަރުޖަމާ ކުރި އިރު، އަޅުގަނޑު ވެސް ކޮންމެވެސް ވަރަކަށް ވާހަކައަށް ބަދަލު ގެނެސްފައިވާނެއެވެ. އެކަމަކު ވާހަކައިގެ އަޞްލަކަށް މާ ބޮޑު ބަދަލެއް ނުގެންނަމެވެ.
 

ބޭކާރު ކަމެއް ކަމަށް ބަލައި، ނުގަންނަން ނިންމި ސިމްކާޑު އެންމެ ފަހު ވަގުތުގައި ގަންނަންޖެހުނީ އަމިއްލަ ސަލާމަތަށްޓަކައެވެ.

ކިޔާފައިވާ ޢަދަދު: 3054
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު.
ހެނދުނު 9:00 ން ފެށިގެން ހަވީރު 4:30 އަށް އޮންނަނީ މަޢުލޫމާތުގެ ދަންފަޅިތަކާއި ތަޖުރިބާކުރުމުގެ ދަންފަޅިތަކެވެ. މެންދުރު ކާން މެދުކަނޑައިލެވޭ ބައިގަޑިއެއްހާ އިރު ފިޔަވައެވެ. 4:30 ގައި ދުވަހުގެ ޕްރޮގްރާމް ނިންމައިލެވޭ އިރު ހުންނަނީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. ހަށިގަނޑުން ފިނިކަން ކެނޑި ހަމައަކަށް އެޅިފައެވެ. ނަމަވެސް ބައިގަޑިއެއްހާ އިރު ހިނގައިލުމަކަށް ފަހު، ހޮޓަލަށް އާދެވޭއިރު އަނެއްކާ ހުންނަނީ ވަރަށް ބޮޑަށް ފިނިވެފައެވެ. ހީކަރުވައިފައެވެ.
 

ދަރިއެއްގެ އާދޭސް…. އަހަރެންގެ ގަލަމުން

ކިޔާފައިވާ ޢަދަދު: 1171
ޢަލީ ޤާސިމް، ކަނީރުމާގެ، އދ. މަހިބަދޫ
ލޯބިވާ ބައްޕާ މަގޭ ބޮލުގާ ނިކަން ފިރުމާލަދީ
        ލޯބި  ބޭނުންވޭ   ޙަޔާތަށް  މާފުކޮށް   ފިރުމާލަދީ
އެންމެ ޅައިރުއްސުރެ މަގޭ ތަރުބިއްޔަތަށް ވިސްނާލިކަން
        ދެންމެޔޭ އަދި ވިސްނުނީ މިކަމަށް މަށަށް ދެން މާފުދީ