އޭރުގެ ފަތްފުށްތަކުން…. (105)

ކިޔާފައިވާ ޢަދަދު: 1078

 ޞަލާޙުއްދީނުގެ ޚާއްޞަ ތަޤުރީރެއް (2)

(7 ޖޫން 2015 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ނުކުންނަނަމަ ވާތުފައި އިސްކޮށް أللهم إنى أسئلك من فضلك މި ފަދައިން ކިއަމުން ނުކުތުމާއި. މިހިރި މިހިރީ މިސްކިތްތަކުގެ އަދަބުތަކެވެ.
 (12)ފޮތް ގެންގުޅުމުގެ އަދަބުތައް.
ތިމާ ގެންގުޅޭ ފޮތްތަކަށް ކަމޭހިތުމީ. علم ވެރީނާއި علم އުގެނޭން އުޅޭމީހުންގައި ނެތިނުވާނޭ ކަމެއްކަމުގައި ބޮޑެތި إمام ވެރީން ވަނީ ކަޑައަޅުއްވައި އަންގަވައިފައެވެ. قران ފޮތެއް ގެނެވޭ ތަން ފެނިއްޖެ ނަމަ ތެދުވުމީ ސުންނަތެކެވެ. ނުތެދުވުމީ ފާފަވާކަމެކެވެ. قران ފޮތް އޮތް ތަނަށް ފައިންއެރުމާއި އެތަނެއް ގިރާކޮށް ދިއުމާއި. އޮޅިއޮޅި މަތީގައި قران ފޮތް ބެހެއްޓުމާއި. މިހިރީ ބޮޑަތި مكروه ނުވަތަ حرام ކަންތަކެވެ. ބޮސްދޭން ހަދައިގެން ނޭފަތާއި މުނުގައި ހުންނަ ކުނިމިލަތައް އުގުޅުން حرام  ވެ. އެކަމަކު ބައެއްމީހުން ފޮތްހުޅުވައިގެން މޫނު ކާއްތައިވެސް އުޅެއެވެ.

މަލަށް މާބުރުގެ ގޯނާ ފޯރަނީ……..

ކިޔާފައިވާ ޢަދަދު: 1292

ޅެން ޝަރަޙަ:

މަލަށް މާބުރުގެ ގޯނާ ފޯރަނީ……..

މަރިޔަމް ޢަލީ

މި ވެބްސައިޓަށް ލިޔުއްވާ ޢަބްދުލްޢަޒީޒު ޖަމާލު ހައްދަވައިފައިވާ ތިރީގައި މިވާ ޅެމަކީ 2000 ވަނަ އަހަރު ނުވަތަ 2001 ވަނަ އަހަރުހާ ހިސާބުގައި “މިއަދު” ނޫހުގައި ޝާއިޢުކޮށްފައި އޮއްވައި އަޅުގަނޑަށް ފެނުނު ޅެމެކެވެ. ހަމަ އެ ޅެން “ލިޔުންތެރީން”ގައިވެސް ޝާއިޢުކޮށްފި އެވެ. އެ ޅެމުން އަޅުގަނޑަށް ވަރަށް އަސަރުތަކެއް ކުރުވި އެވެ. އަޅުގަނޑަށް މާނަކުރެވުނީ މި ޅެމުގައި ޝާޢިރުގެ ބަނޑުގައި އޮތް ފުން މާނައެއް ވާކަމަށެވެ. އެހެންކަމުން މި ޅެން މާނަކޮށް ޝަރަޙަކޮށްލާހިތްވީއެވެ. މިއީ މި ގޮތުން އަޅުގަނޑު ކުރި ފުރަތަމަ މަސައްކަތެވެ.

ދިވެހި ދަރިން ތިބީ ކުރިޔަށް ދާން

ކިޔާފައިވާ ޢަދަދު: 1624
 
ޢަބްދުއްރަޝީދު ޙުސައިން
ފާލު ދޮށު ބޮނބި ތަޅާން
ރާ ރުކުގައި ރާ އަރާން
               މާކަނޑުމަތީ ދޮށިއަޅާން
               ފައިތިބެ ފަނުން ގެއަޅާން
                             މާޙިކްމަތުން ދިދަ އުފުލާލީ
                             ދާލުން އަލިފު  ވިހުރައިލީ

އާރުލާ ދިވެހި ގޮތާ ދިވެހި އުޅުން ހިފަހައްޓާން
    މާކުރިއްސުރެ ދެމިއޮތް ސުލްޙަ މިތާ ދަމަހައްޓާން
        މާތްވި ދީނާއި ސިޔާދަތު އަބަދަށް ދަމަހައްޓާން
            ޖާނުދީ ދިވެހި ދަރީން އަބަދު ތިބީ ކުރިޔަށް ދާން

ލޯބި، ލޯބީގެ ވާހަކައެއް

ކިޔާފައިވާ ޢަދަދު: 1966

ލޯބި، ލޯބީގެ ވާހަކައެއް

އަހަންނަށް އޭނާ އެނގެއެވެ.

ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ

” އުމުރުން 80 އަހަރު ވެފައި ހުރި އެ އިއްޒަތްތެރިޔާ އަހަރެން މަސައްކަތް ކުރާ ހޮސްޕިޓަލަށް ދުރުވިއިރު އަދި އަށްގަޑި ބައެއް ނުވެއެވެ.  އަދި ވަރަށް ދެރަވެފައި ބުނުއްވީ، ފަޅާ ޑަކްޓަރު ކަފައިލެއްވި ކުޑަ ފާރުކޮޅުން ރޮދި ކޮށައިލަން، ހަމަޖެހިފައިވަނީ ހެނދުނު ނުވައެއް ޖަހާއިރު ކަމުގައެވެ. ނަމަވެސް އެ ގަޑިއަށް އެހެން ކަމެއްވެސް ހަމަޖެހިފައިވާތީ، އަތުގެ ބޮޑުވައިއިނގިލި ކައިރިން ރޮދި ކޮށާލައިގެން ދެން ދާން ޖެހޭތަނަށް ދެވޭނެ ކަމުގެ އުންމީދުގައި ތަންކޮޅެއް ކުރިން ދުރުވީ ކަމުގައި ބުނުއްވިއެވެ!

މިނިވަން ފަންސާސް

ކިޔާފައިވާ ޢަދަދު: 2278
 
ޢަބްދުއްރަޝީދު ޙުސައިން
މިނިވަންކަންދޭ ދީނެއްގެ އަސާސް
      ފެނި ވާ އުފަލުން ޤައުމީ އިޙްސާސް
             ގެނުވީ މިދުވަސް މިނިވަން ފަންސާސް
                    މިނިވަން ފަންސާސް މިނިވަން ފަންސާސް

އޭރުގެ ފަތްފުށްތަކުން ….(104)

ކިޔާފައިވާ ޢަދަދު: 1259
 

ޞަލާޙުއްދީނުގެ ޚާއްޞަ ތަޤުރީރެއް

އިދާރާ

މިއީ 1358 ވަނަ އަހަރު ޖުމާދަލްއައްވަލުމަހު 15 ވަނަ ދުވަހު، އޭރުގެ މަދްރަސަތިއްސަނިއްޔާގެ ދަރިވަރުންނަށް ފަޟީލަތުއްޝައިޚު ޙުސައިން ޞަލާހުއްދީން ދެއްވި އަގުހުރި ތަޤުރީރެކެވެ. މި ޢިލްމީ ތަޤުރީރުގެ މުހިއްމު ކަމުން، މިހާރުގެ ކިޔަވާ ކުދީންނަށް ވެސް މަންފާއެއް ކޮށްފާނެކަމުގެ އުންމީދުގައި މި ތަޤުރީރު ޝާއިޢުކޮށްލީއެވެ.

(ބިސްމިއާއި ޙަމްދު ޞަލަވާތަށްފަހު) އޭ މާތްވެގެންވާ އަޚުންނޭވެ! އޭ މި މާތް މަދުރަސާގެ ނަމާއިގެން މަތިވެރިވާން ތިބި ދަރީންނޭވެ! ތިޔަކުދީންގެ ކުރިމަތީގައި ތަޤުރީރު ދިނުމަށް މި މޭޒުގެ ކައިރީގައި ވަރަށް ގިނަ ފަހަރުފަހަރަށް ބޭބޭއަށް އެބަހުއްޓެވެއެވެ. ފަށްފަށުން ތިޔަކުދިންނަށް ދީއުޅޭ ނަސޭހަތުން އަމުދުން ފާއިދާޔެއް ނުކުރެޔެކޭވެސް ހިޔެއް ނުވެއެވެ. ކޮންމެދުވަހަކު ކިޔެނީ ހަމަ އެކައްޗެއް ކަމުގައިވެސް ނުވާނޭކަމެއް ނޭގެއެވެ. އެކައްޗެއް ނަމަވެސް ގިނަ ފަހަރުފަހަރަށް ކިޔަނީވިއްޔާ. އަސަރެއް ނުކޮށެއް ހަމަ ހިލައަކު ނުދާނެއެވެ (وذكّر فإن الذكرى تنفع المؤمنين) މިހެންވީއިރު منفع ނުފެނިއެއް ނުހުންނާނެއެވެ.
 

ހެޔޮ ބަހެއް

ކިޔާފައިވާ ޢަދަދު: 1437
             

ވަޒަން: އިލާހީ މިބިން

ޢަބްދުއްރަޝީދު ޙުސައިން

ކުރާށޭ ހަނދާން  ކުރާށޭ ވީ  ހަނދާން
        ފުރާނަ ދިން ދަރިން ސުލްޙަ ޤާއިމް ކުރާން
               ކުރާ   ހިންމަތުން  ހިނގާ   އަހަރެމެން
                      މިތާ ޚުލްޤު  ދިވެހިންގެ  އާލާ    ކުރާން

ބުޅަލުގެ ބުއްދި

ކިޔާފައިވާ ޢަދަދު: 2242
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް
(މިއީ ވަރަށް ގިނަ ޤައުމުތަކުގައި ކިޔެމުން އަންނަ ފުލޯކު ވާހަކައެކެވެ. އެއް ޤައުމެއްގައި ކިޔާ ވާހަކައެއް އަނެއް ޤައުމަކަށް ދިޔުމުން އެ ޤައުމެއްގެ ވާހަކައަކަށް ވެފައި ހުރެއެވެ. އެހެންވީމާ މި ވާހަކައަކީ ކޮން ޤައުމެއްގައި އުފަންވީ ވާހަކައެއްކަމެއް ކަށަވަރު ކުރާކަށް ނޭނގެއެވެ. އަޅުގަނޑު މިވާހަކަ ނަގާފައި ވަނީ ޔުނެސްކޯއިން ނެރެފައިވާ ފޮތަކުންނެވެ. އެތައް އަހަރެއްގެ ކުރީގެ ކަމަކަށް ވާތީ އެ ފޮތުގެ ނަމެއް ހަނދާނެއް ނެތެވެ. ފޮތް ފެނުނީ ޤައުމީ ކުތުބުޚާނާއިންނެވެ. ވާހަކަ ތަރުޖަމާ ކުރީ ކުތުބުޚާނާގައި އިނދެގެންނެވެ. އެހެންވީމާ ވާހަކައިގެ އަސްލެއްވެސް އަޅުގަނޑުގެ އަތަކު ނެތެވެ.)

މިރިނުވެ ގޮބޮޅި ކާށިވުން

ކިޔާފައިވާ ޢަދަދު: 1903
ޢަބްދުއްރަޝީދު ޙުސައިން
ގޮބޮޅިއެއް މިރިއަކަށް ނުވަނިސް ހިތުންބޮޑު ކާށްޓަކަށް ވެއްޖޭ
       ގަބުޅިޔާ ކުރުނބަޔަށް ވުރެ ވެސް އިހަލު ބޭރަށް ނުކުމެވިއްޖޭ

ޖެހުނު   ވައިރޯޅިއެއްގައި  ހެލިލުމާއެކު  ދުނިޔެ  ފެނުނީމާ
       އެހިނދު  ހުރިހާ   ގޮބޮޅިޔަށްވުރެ ބޮޑޭ ހީވާ   ގޮތެއްވެއްޖޭ 

ވެރިފައި ހުރުމާއި “ވެރިފައި”ކުރުން

ކިޔާފައިވާ ޢަދަދު: 2381
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ދިވެހިބަހުގެ ލަފުޒުތަކަށް ބަލާއިރު “ވެރިފައި” މިއީ “ވެރުން” މި މަސްދަރުން އުފެދިފައިވާ ކަމެކެވެ. މި މަސްދަރު ނިމުނު ކަމަކަށް ބަދަލުވީމާ  އޮންނާނީ “ވެރިއްޖެ” މިހެންނެވެ. ނިމިނިމުނު ކަމަކަށް ބަދަލުވެގެން ދާއިރު “ވެރުނު” މި ގޮތަށް ބޭނުން ކުރެވެއެވެ. އެހެންވީމާ “ވެރިފައި” އަކީ “ވެރުން” މި މަސްދަރުން އުފެދުނު ކަމެއް، ވެފައި އޮތް ޙާލަތު އަންގައިދިނުމުގައި ބޭނުންކުރާ ލަފުޒެކެވެ. މިސާލަކަށް: އެ ގަސްދޮށަށް ވަރަށް ގިނަ ފަތް ވެރިފައި އެބަހުއްޓެވެ.

ދިވެހި ބަސްފޮތަށް ރުޖޫޢަ ވާއިރު މި ލަފުޒުގެ މާނައެއް ކަމަށް އޮންނަނީ “އެއްޗިހިތަކެއް ބޭފުން” ނުވަތަ “ގަސްގަހުން ފަތާއި މޭވާ ފަދަ ތަކެތި ފޭބުން” ނުވަތަ “އޮހުން” ކަމަށެވެ. ވެރުމުގެ އެއް މާނައެއްގައި “ބަނޑުންވުން”ވެސް ކިޔައެވެ. ބަނޑުންވުމުގެ މާނައެއް ކަމަށް ބަސްފޮތުގައި އޮންނަނީ “އެއްޗެއްގެ ތެރޭގައި ހުންނަ އެއްޗެއް ވެރުން” ކަމުގައެވެ. ވިހާވަރުން “ވެރިފައި”ގެ ދިވެހި މާނަ ހިތްޕުޅަށް ގެނެވޭވަރުވެއްޖެ ނޫންތޯއެވެ؟