ސޭޓާއި ތަރުޖަމާނު

ކިޔާފައިވާ ޢަދަދު: 1310
އިބުރާހީމް ހުސެން މަނިކު
ސޭޓާއެކު ފަރީދު (އަސްލު ނަމެއް ނޫން) ކޮޅުނބަށް ގޮސް ހުރީ ސޭޓުގެ ތަރުޖަމާނެއް ގޮތުންނެވެ. ސޭޓަކީ އެދުވަސްވަރު ރާއްޖޭގެ ވިޔަފާރީގެ އުދަރެހުގައި އެންމެ ގަދަޔަށް ފިޔަޖަހާ އެއް ތަރިއެވެ. ސޭޓު ވެސް ކޮންމެ ވެސް ވަރަކަށް އިނގިރޭސި ބަސް ދެނެލައްވައެވެ. އެހެނަސް ތައުލީމީ މީހުންގެ ތެރޭގައި ލޯދިލުވައިލާން ކެރިލައްވާ މިންވަރަކަށް ނޫނެވެ. މިހައިކަށްހައި ވަރަށް ނުވަތަ މިއަށް ވުރެ ހެޔޮކޮށް ސިންގަޅަ ބަސް ދެނެލައްވައެވެ. ނަމަވެސް މިވަރަކުން އަދި ނުފުދޭނެ ތާއެވެ. ބައެއް ފަހަރު ވިޔަފާރީގެ ބޮޑެތި މުއާމަލާތުތައް ހިންގައިލާން ޖެހެނީ ލަންކާގެ ބޮޑެތި ބޮޑެތި ކުންފުނިތަކާއެވެ. އެތަންތާނގެ ވެސް އިސްވެރީންނާއެވެ. ނުވަތަ އިސް މެނޭޖަރުންނާއެވެ.

އަދި ހަރޯދަ ހިފައިލަމާ!

ކިޔާފައިވާ ޢަދަދު: 1647
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
 
ތިމާއަށް ފަރުޟުވީ ޢަދަދަށް ނަވާވީސް ރޯދަ ހަމަކުރުމުން
                    ދިމާއަށް އޮތް ދަރަނި ނިމުނަސް މުހިއްމޭ އަދި ހަޔެއް ހަމަވުން
ޝަހުރު ރަމަޟާނުގައި ވާޖިބުވި ހުރިހާ ރޯދަ ހިފި ނިމުމުން
                    އަހުރެމެންނަށް އޮތީ ޝައްވާލުގައި ހަ ދުވަހުގެ ރޯދަ ހިފުން

ފިޠުރު ޢީދު އައިމާ….

ކިޔާފައިވާ ޢަދަދު: 1614
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ޢީދު އައިމާ ހިތްތަކުގެ ރޫޙަށް އުފާ ގެނުވައިފިޔޭ
            ޢީދުގައި ހިތް ހެޔޮކަމާއި  ސަލާމް އެކީ ފަތުރައިފިޔޭ 
ދީނުގައި އޮތް ވަޙުދަތާ އީމާންކަމުގެ ބާރުން ހިތަށް 
            ހީނުވާ ފަދަ އަޚުކަމެއް މުޅި އުންމަތަށް ގެނުވައިފިޔޭ
މުސްކުޅިންނާ ބޮޑެތި މީހުން، ކުޑަކުދީންނާ އެކުއެކީ
            މުސްލިމުންގެ އިޚާވަތުގެ ރޫޙެއް އަލުން ދިރުވައިފިޔޭ

ރަމަޟާން މަސް

ކިޔާފައިވާ ޢަދަދު: 1065
ފަތުޙުﷲ ޞާލިޙު، ޏ. ފުވައްމުލައް
މަސްތަކު ތެރެއިން ހެޔޮ އެންމެމާތް މަހަކީ ޔަޤީން ރަމަޟާން މަސް
އަސްލީ ހެވާ އަދި ލާބައިން ފުރިގެންވަނީ ރަމަޟާން މަސް
ޝައިޠާނުތައް ކަސްތޮޅު އެޅޭ އުރެދުންތަކާ ދުރުކޮށްލަދޭ
ޝައިޠާނު ދޭ ވަސްވާހަކަށް ފުރުޞަތު ނުވާ ރަމަޟާން މަސް
ކެތްތެރިކަމާ މަޑުމޮޅިކަމާ މާތް ސިފަތަކުން ވެ ޖަރީވެވޭ
ހިތްތިރިކަމާ އަޅުވެރިކަމުން ހަށިގަނޑު ދިރޭ ރަމަޟާން މަސް

ހިނގާބަލާށެ މި ޤައުމާއި މެދު އަލުން ވިސްނަން!

ކިޔާފައިވާ ޢަދަދު: 1149
އާދަމް ނަޞީރު އިބްރާހީމް (2015) 
 
1. ހިނގާބަލާށެ މި ޤައުމާއި މެދު އަލުން   ވިސްނަން 
          ހިނގާ! ހިނގާ! ރަނގަޅަށް ފިކުރު ހިންގަމުން ވިސްނަން 
                      *****
 
2. ގަލާ ހިލައިގެ އަޅުންނަށް  ވެގެން،  ގުދަށް  ތިއްބާ! 
          ކަލާނގެ ދެއްވި  ހިދާޔަތުގެ   ޙުރުމަތަށް   ވިސްނަން 
 

ލަކުނު

ކިޔާފައިވާ ޢަދަދު: 1572
ތަރުޖަމާ: ފާޠިމަތު ސަރީރާ ޢަލީ ޝަރީފު
އަނެއްކާވެސް އިންޓަނެޓުގައި ދައުރުވާތާ އަހަރުތަކެއް ވެފައިވާ ވާހަކައެވެ. ލިޔުނު މީހަކު ނޭނގެއެވެ. ތަރުޖަމާކޮށްލެވޭތޯ ބަލައިލީއެވެ.
 
އެއް ޒަމާނެއްގައި އުޅުނު، ވަރަށް ރީތި، ވަރަށް މޮޅު، އެހައިމެ ތޫނުފިލި ފިރިހެން ކުއްޖެކެވެ. ނަމަކީ ނޫރީއެވެ. ނޫރީއަކީ އޭނާ ދާ ކޮންމެ ތަނެއްގައިމެ ފާހަގަކޮށްލެވޭ ކުއްޖެކެވެ. ބައި ބަހައިގެން މަސައްކަތެއް ކުރަން ޖެހުނަސް، ކުޅިވަރެއް ކުޅެން ޖެހުނަސް ކޮންމެ ބަޔަކުވެސް އެމީހުންގެ ބަޔަށް ނޫރީ ލައްވަން ބޭނުންވެއެވެ. 
 

ދެ ހިސާބަކުން އިބްރަތްތެރި ދެވާހަކަ

ކިޔާފައިވާ ޢަދަދު: 1699
އަޙްމަދް ސަމީރު ޢަލީ

އިންޑިޔާގައި ކިޔައި އުޅޭ ވާހަކައެއް:

ދަނޑުވެރި ދެމަފިރިން، ކައިރީގައި އޮތް ސަހަރުން ވިޔަފާރިކޮށްގެން އައުމުން އެ ދެމަފިރިންގެ ގޭގައި އުޅޭ މީދާ ލަޝްކަރުގެ ތެރެއިން އިސް މީދަލެއް، ކުޑަ ބާގަނޑަކުން ސިއްރުސިއްރުން ބަލައިލައިފިއެވެ.  ވިސްނުން ތޫނު އެއްޗަކަށްވާތީ، އެމީހުން ގަނެގެން އެ ގެނައި ތަކެތީގެ ތެރޭގައި މީރު ކާއެއްޗެއް އޮތްތޯ ކޮށްލިކަމެކެވެ. ކަމަކުދާކަށްނެތެވެ! އެވެރިން ގަނެގެން އެއައީ ވަރުގަދަ ދައްޗެކެވެ. މި ރަސްމީދާ ދުވަހަކުވެސް ދެކެފައިނުވާ، އެކަމަކު ހަމަ ފެނުމުން އެއީ މީދާ ހިފަން ފަރުމާކޮށްފައިވާ، ފިސާރި ނުރައްކާތެރި ދައްޗެއްކަން އެނގިއްޖެއެވެ!
 

ވަދާޢުގެ އަސަރު

ކިޔާފައިވާ ޢަދަދު: 1639
އާދަމް ނަޞީރު އިބްރާހީމް (2015) 
 
ރަމަޟާނެ މީ ތިބާގެ   ހިޔާ ދިން މުސާފިރޭ  
           ހަމަ ގައިމެ ތިބާއީ   ހެޔޮކަންކަމުގެ  ނާޒިރޭ
 
އާފާތުގައި ޙަޔާތުގެ  އުރެދޭ   ޟަމީރުތައް  
           ފާފައިން ދުރަށް ލުމުގެ ތިޔައީ އަޞްލު މާހިރޭ
 
ރޫޙާ  ފުރާނަ   މަތިވެރި   ޢާލަމްތަކާ  ގުޅޭ 
          ރޫޙީ ދަރެސްތަކާ    އިލްހާމުގެ    މުޙާޟިރޭ

އިބްރާހީމުގެ ހުވަފެން (4)

ކިޔާފައިވާ ޢަދަދު: 1143
އަޙްމަދު ޝިޔާމް
ހަލީމާ އިބްރާހިމަށް ގޮވާލަން އައުމުން އިބްރާހީމް ގެ ހިތްވަރު އާލާވެ ޢަޒުމް އާވިއެވެ. ޙަޤީޤަތުގައި އިބްރާހީމަށް ކުރިމަތިވީ މާބޮޑަށް ފިކުރު ކުރެވުމުން ދިމާވި މައްސަލައެކެވެ. ލޭމައްޗަށް ދިޔައީ އެވެ. ގަވާއިދުން ކާންޖެހޭ ބޭސް އެދުވަހު އިބްރާހީމް ހުރީ ނުކައެވެ. މިކަމުގެ ސަބަބުން ބޮލަށް އެނބުރުން އަރައިގެން ވެއްޓުނީއެވެ.

އަހަންނަކީ މުދައްރިސަކީމެވެ!

ކިޔާފައިވާ ޢަދަދު: 1881
John W. Schlatter
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
އަހަރެން އުފަންވީ، ދަރިވަރެއްގެ  އަނގައިން ސުވާލެއް ފުންމައިލި ހިނދެވެ! އަހަރެންގެ ހަޔާތުގައި އެކިދުވަސްވަރު އެކި ހިސާބު ހިސާބުގައި އުޅުނު މީހުންނަށް ވާންޖެހުނެވެ! އެއްދުވަހަކު އަހަންނަކީ މަޝްހޫރު ފިލޯސަފަރު ސޮކްރޭޓްސްއެވެ. ގަދީމީ ޔޫނާނުގެ އެދަންސް ސަހަރުގެ ޒުވާނުންގެ ހިތްތަކުގައި އިލްމު އުނގެނި އާކަންކަން ހޯދައި އޮޅުންފިލުވުމަށް ހިތްޖެއްސުމުގެ ގޮތުން ސުވާލުކުރަން ދަސްކޮށްދިނީމެވެ! އަނެއްބައި ދުވަސްދުވަހު އަހަންނަކީ  މަޝްހޫރު، ލޯފަން އަދި މަންމަން ހެލަން ކެލަރގެ ހަމަ އެހައިމެ މަޝްހޫރު އެދުރުދައިތަ އޭން ސުލިވަން އެވެ! ތުއްތު ހެލަން ގެ އަތުގައި ޚާއްސަ ގޮތަކަށް ފިއްތައިގެން ކައުނުގެ ސިއްރުތައް އެ ތުއްތު ސިކުނޑިއަށް ވިސްނައިދެވޭތޯ ބެލި ކެތްތެރި އެދުރުދައިތައެވެ!