ނޭނގެއެވެ. (4) – ގުޑް މޯނިންގ “ބޮނޑި”

ކިޔާފައިވާ ޢަދަދު: 2737

ގުޑް މޯނިންގ “ބޮނޑި”

ފާޠިމަތު ސަރީރާ ޢަލީ ޝަރީފު
ފޫކޮޅުގައި އަޅައިވިހެލުމާއެކު ވީ ތަދުން ނިދިން ހޭލެވުނުކަމެއް ނޭނގި ފުންމައިގެން ތެދުވެ އަހަރެންނަށް ހުރެވުނީ ބިންމަތީގައެވެ. އެވަގުތު ސިއްސައިގެންގޮސް ހަޅޭއްލަވައިގަނެވުނުހެންވެސް ހީވިއެވެ. ކުރިމަތީގައި ހުރީ ރީތި ޒުވާން އަންހެނެކެވެ. އެއީ އަހަރެންގެ އައު ދޮންމަންމައެވެ. “ދައްތަ”އެވެ. އަހަންނާ ވާހަކަދައްކައި އުޅުމުގައި ބޭނުންކުރާ ރާގަކީ ބޮޑު މީހަކުވެސް ބިރުން ސިއްސަސިއްސައިގެން ދާފަދަ ރާގެކެވެ. ދެން 5 އަހަރުގެ ކުއްޖަކަށް ވާނޭ ވަރު ވިސްނައިލާށެވެ. ދެންމެދެންމެ ތަޅައިގެންފާނެއޭ ހީވާ ހާލު ބިރުން ސިހިސިހި ހުއްޓައި “ކޮން ވައްވަކެއް ޖަހާކަށްހޭ، ކާކަށް އިއްވަންކަމަށްހޭ، މިހާރު އެއޮއްގެން އިރުމެދުޖެހެންދަނީއޭ، ބުރިއަކަށް ހޫނެއްވެސްވާ އެއްޗެއް ނޫނޭ، ނިލަންދޫ ރަމްލާ ކުކުޅުބިހެއް އެޅިހެން ވިހައި ވައްޓައިލާފައި ހުރި މި ހައިވާނަކާހުރެ އަހަންނާ އަހަރެންގެ ފިރިމީހާއާ ދެމީހުންނަށް އެއްވެސް ހިތްހަމަޖެހުމެއް ނެތޭ” ކިޔައި ކުއްލިކުއްލި ޖަހާ ގޮތަށް އެތިވަރު ގޮވަން ފަށައިފިއެވެ. 
 

މިއީ، ކޮންއެއްޗެއް!

ކިޔާފައިވާ ޢަދަދު: 1621
ޝަރަފުއްދީން އަބޫބަކުރު، ހއ.ދިއްދޫ 
މިއީ އެއްޗެއް  ދެވޭ އެއްޗެއް  ހިފާއެއްޗެއް
 މިއީ ގޯހެއް އެދޭ އެއްޗެއް ނުބައި  އެއްޗެއް
މިއީ ސިއްރެއް މިއީ މަކަރެއް މިއީ ގުޅުމެއް
 ނުވާ ފައިދާ  ޙަޤީޤަތުގައި  ނުބައި އެއްޗެއް

ނޭނގެއެވެ. (3) – މަންމަޔާ ވަކިވުން

ކިޔާފައިވާ ޢަދަދު: 2459

މަންމަޔާ ވަކިވުން

ފާޠިމަތު ސަރީރާ ޢަލީ ޝަރީފު
އަހަރެންގެ އުމުރުން 3 އަހަރު ފުރުމުގެ ކުރީގެ ހަނދާންތަކުގެ ތެރެއިން އެންމެ ފަހުގެ ހަނދާނެވެ. ގެއަކީ މާފަންނުގައި ހުންނަ ގެއެކެވެ. އެއީ އަހަރެންގެ މަންމައާ އެއްބަނޑު އެއްބަފާ ދައްތައަކު އިންނަ ގެއެއްގެ ކޮޓަރިތެރެއެވެ. މަންމަ އިނީ އެނދުމަތީގައި، ފާރަށް ލެނގިލައިގެން ކޮއްކޮއަށް ބުއްދޭށެވެ. އަހަރެންވެސް އިނީ މަންމަގެ ގާތުގައެވެ. ކުރިމަތީގައި ހުރި ގޮނޑިއެއްގައި އިށީނދެލައިގެން ބައްޕަ އިނެވެ. ދެކެވެމުންދާ ވާހަކައަކީ މަންމައަށް މި ދެ ކުދީން ނުބެލޭނެ ވާހަކައެވެ. “މަ މި ބުނީނޫންހޭ މަށަކަށް ނުބެލޭނެޔޭ، ދެ ކުދީންވެސް ގެންދާށޭ” މަންމަ ބުންޏެވެ. “މަށަކީ ފިރިހެނެކޭ، 3 އަހަރު ނުފުރޭ ކުއްޖަކާއި އަހަރެއް ނުފުރޭ ކުއްޖަކު މަ ވަކި ބަލާނީ ކިހިނެއްހޭ” ބައްޕަ އެއްސެވެ. “ތީކީ މަ ބަލާކަށް ބޭނުންވާ ކަމެއް ނޫނޭ، ތިޔަ އިނދެގެން އުޅޭ މީހަކަށް ކުދިންވެސް ބެލެންޖެހޭނެޔޭ” މަންމަ ބުނެފިއެވެ. 
 

ނޭނގެއެވެ. (2) – ތަގޭ އައްޕަ ކޮބައިހެއްޔެވެ؟

ކިޔާފައިވާ ޢަދަދު: 2818

ތަގޭ އައްޕަ ކޮބައިހެއްޔެވެ؟

ފާޠިމަތު ސަރީރާ ޢަލީ ޝަރީފު
އަނެއްކާވެސް އަހަރެންގެ އުމުރުން 3 އަހަރު ފުރުމުގެ ކުރީގެ ހަނދާނެކެވެ. އާނއެކެވެ. ހަމަ ހަނދާނެކެވެ. އޭރުވެސް އުޅެނީ މަންމަ ދިރިއުޅޭ ރަށުގައެވެ. މަންމަ ގާތުގައެވެ. ބައްޕަ ފެންނަ ހަނދާނެއް ނުވެއެވެ. ބޮޑެތި މީހުން ތިބެގެން ކުޑަކުދީންނާ ދިމާކޮށް، ހާރުވައި، ރޮއްވައިހެދުމަކީ އެއީ އާދައިގެ ކަމެކެވެ. އެހެރަފެންނަ ކަންކަމަކީ އެއްގޮތަކަށްވެސް ކުޑަކުދީންނަށް “އަނިޔާ”ކުރުންކަމަކަށް އެވެރިންނެއް ނުދެކެތެވެ. އެހެރަ ހުންނަނީ ހަމަ ހިތްއުހައުކޮށްލައި، މަޖާކޮށްލުމަށް ކޮއްލާ ކަންކަމެކެވެ. އެހެން ނޫންނަމަ އެކަމަކާ ނުއެއް ހޭނެތާއެވެ. އަދި ކޮންމެވެސް ބަޔަކު އެކަން ހުއްޓުވަންވެސް އުޅޭނެތާއެވެ.
 

ޝާޢިރެއްގެ ފަތިސް

ކިޔާފައިވާ ޢަދަދު: 2285

އާދަމް ނަޞީރު އިބްރާހިމް  
 
ޝާޢިރެއްގެ    ޝުޢޫރުތައް    ގުގުމާލިޔޭ    އާފާޤުގާ 
        ޢާލަމަށް ފުރަ މެންދަމަކު   ދިން ހަނދުވަރުގެ  ޖަޒުބާތުގާ 
 
މެދު އުޑުން  ދައްކާލި ދަރުބާރެއްގެ  ހުރި  މޫރިތިކަމުން،  
         ނިދި ފިލައި    އޭނާގެ   ދޫ ވީއްލިއްޖެޔޭ    ތާރީފުގާ 

ނޭނގެއެވެ. (1) – ބޮޑު ބޭބެ

ކިޔާފައިވާ ޢަދަދު: 3091

ބޮޑު ބޭބެ

ފާޠިމަތު ސަރީރާ ޢަލީ ޝަރީފު
އެއީ އަހަރެންގެ މަންމަ ދިރިއުޅޭ ރަށެވެ. ތަނަކީ ވަކަށްދޮށެވެ. އަހަރެން އިނީ ބިންމަތީގައި ކުޅޭށެވެ. އޭރު އަހަރެންގެ އުމުރުން 3 އަހަރެއް ނުފުރެއެވެ. އެހާ ތުއްތު އުމުރުގައި ހިނގާ ކަންކަން ހަނދާން ނުހުންނާނެކަމަށް މީހުން ބުނެއުޅޭ ދޯއެވެ؟ މީހުން އެހެން ބުންޏަސް ނުބުންޏަސް ވާނީ ކީއްހެއްޔެވެ؟ އުމުރުން 3 އަހަރު ފުރުމުގެ ކުރީން ހިނގާދިއަ ބައެއް ކަންކަން ހަމަ ގައިމުވެސް އަހަރެން ހަނދާންހުރެއެވެ. މިއީ އޭގެ ތެރެއިން އެންމެ ދުރު ހަނދާނެވެ. 
 

ކަމުގެ ލޯބި

ކިޔާފައިވާ ޢަދަދު: 1407

ރޯނުގޭ ޙަސަން މަނިކު
 
މަޑުމަޑުން ނެތެމުން، ނުފެނިގޮސް ހަމަ މުޅީން ގެއްލިއްޖެއޭ
  ފަނޑުވަމުން ގޮސް އޭގެ އަސަރާ ރޫޙު ވެސް ގެއްލިއްޖެއޭ
 
އިޙުތިރާމާ އޮތް ކަމޭހިތުމާ ވެވޭ ކަންކަމުތެރޭ
އިހު އެދުށް މާތް ރީތި ސިފަ ހަމަގައިމުވަކިވެ ހިނގައްޖެއޭ
 

ސަންޑޭ (8)

ކިޔާފައިވާ ޢަދަދު: 2881
މޫސާ ޞާޢިދު
( 7 މާރިޗު 2015 (ހޮނިހިރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“ބައްޕާ…..މަންމާ…ކިހިނެއްތަ ވެގެން މިއުޅެނީ؟ ކީއްވެތަ ކުއްލިއަކަށް އަފްޒަލްގެ ޚިޔާލު ބަދަލުވީ.” ޝިޒްނާ ރޮއިރޮއިފައި، އޭނާގެ މަންމައާއި ބައްޕަކުރެން އެއްސެވެ. 
ދަރިފުޅާ، ބައްޕައާ ތިޔަސުވާލު ނުކުރޭ. ބައްޕަ މޮޔަވެދާނެ. ފަހުން ބައްޕަ، ހުރިހާ ކަމެއްވެސް ދަރިފުޅަށް އޮޅުންފިލުވައިދޭނަން.” ޒުބޭރު ޙަޤީޤަތް ހާމަކުރަން ކިތަންމެ ބޭނުންވިނަމަވެސް އޭނާ ފަސްޖެހެއެވެ. ހީވާކަހަލައެވެ. ޙަޤީޤަތް ހާމަކުރުމަށް ހިތްއެދި، އަނގަ ހުޅުވާލާއިރަށް ދޫބަންދުވަނީއެވެ. ނޫނީ ޙަޤީޤަތް ހާމަކުރުމަށް އޭނާ ޖެހިލުންވެ ނުކެރޭންޖެހޭ ސަބަބެއްވާތީ އޭނާ މަޑުޖެހެނީއެވެ.
 

ކޮނޑު ދަބަސް

ކިޔާފައިވާ ޢަދަދު: 1781
ސަޢީދު ޢަލި ފުޅު، ބ. ދަރަވަންދޫ
ކޮންމެ އަންހެނަކަށް  ދިވެހި  ބޭނުންވެޔޭ  އަދު ކޮނޑު ދަބަސް
ކޮންމެ މީހަކު  ބޭރުގައި  ހިނގަނީ  އަޅައިގެން  ކޮނޑުދަބަސް
އުނނަގަނޑާ  ހަމަޔަށް  އެލޭ  ދިގު  ވާގަނޑެއް  ލާފައިމެ ވާ،
އުނނަގަނޑުން ލަކި ޖައްސަމުން ހިނގުމަށް އަޅާނޭ ކޮނޑުދަބަސް
އޭގެ   ތެރެއަށް   ރީތިވާ   ސާމާނު   ހަމަކޮށް  އެންމެ  ހާ،
އޭގެ ތެރެއިން  މޭކަޕްގެ   ސާމާނު   އުނގުޅާ   ކޮނޑުދަބަސް

ކުށެއް ނޫނެވެ.

ކިޔާފައިވާ ޢަދަދު: 2536
ޢައްބާސް އިބްރާހީމް 
 
ކަލާގެ ޚިޔާލުގައި ދިރިއުޅުމަކީ ޢުމުރުގެ ކުށެއް ނޫނޭ
ކަލާ ފެނުމުން ވެވުން މަސްތެއް  އެއީ  ނަޒަރުގެ  ކުށެއް  ނޫނޭ.
“ހަނދާއޭ!” ހަނދުވަރުގެ ނޫރުން މިޖިސްމަށް ކުރުވި ލޯބި އަސަރު
        ހަނދާނުން ވަކިވެގެން  ނުދިއުން  އެއީ  އަސަރުގެ  ކުށެއް ނޫނޭ.