ބެންޗުގައި އިން ކުއްޖާ

ކިޔާފައިވާ ޢަދަދު: 312

ބެންޗުގައި އިން ކުއްޖާ އިބްރާހީމް ހުސެން މަނިކު އަހަރެން ކޮޓަރީގެ ރީތިވާ މޭޒުދޮށުގައި ހުރެ އަތްއަތަށް އެނބުރި ‘އަހަންނަށް’ ބެލީމެވެ. ފަން އިސްތަށިގަނޑު އެއްކޮށްލައިފައި ފަހަތަށް ގެންގޮސް ކަޅުކެހެރި ބަންދަކުން އައްސައިލައި ކޮޅު ފޮޅުވާލީމެވެ. އަތުން ފުނާ ދޫކޮށްލައިފައި ބޯވަޅެއް ހެން ކަރުވަޅުގައި ވެލިފޮތި ޖެހި ދަނބުފަށުވި ހެދުމުގައި ހިފައިފައި ދަމާލީމެވެ. ހެދުމުގެ ދަށަށް ހުރި ފަޔާ އެއްކުލައިގެ ހަން އިސްޓާކީނުގައި އަތްޖައްސާލީމެވެ. ރީތީގެ މުބާރާތަކަށް ނިކުމެއްޖެނަމަ އަހަންނަކީ ރަންތާޖު ނުލިބުނުތާ ރަންވަންލޮއި ތާޖުގެ މިންވަރު ވެސް…

ޝާކިރުގެ ޝުޢޫރު: ހިތުގައި ޖެހިއްޖެ!

ކިޔާފައިވާ ޢަދަދު: 271

ހިތުގައި ޖެހިއްޖެ! ޙަސަން ޝާކިރު މުޙައްމަދު ހިތުގައި ޖެހިއްޖެ  މިތުރާ ތިޔަދެއްކި  މޫނަކުން. ހިތުގައިމެ ހުރި އެ ހިތިކަން އިހުސާސުވާ ގޮތުން. ކުރެވުނު އެ އިންތިޒާރީ ފޮނިކަން ނުލިބި ހިތަށް، ކަރުނައިގެ ސައިލަކުން ލޯ ފުރުވައިފި ވީ ތަދުން. ދެއްކެވި އެ ކުލަ ފޮޓޯތައް، ފިރުމުންތަކާ އޮމާން، ކެއްސެއްކަމަށް ހަދާފައި ދުރުގައި  ބެހެއްޓުމުން. ހިތުގައި ތިލޯބި ފަނޑުވުން ނުވެޔޭ ނިހާޔަތަށް، ހިތުގައި މިޖެހި ނަފުސު މުޅި ބަލިކަށިވެ ދިއުމަކުން. ކެތްތެރިވެގެން  ހުރީމޭ  ނުނިދާމެ    ރޭދުވާ، ހެއްކެތް ނެތަސްމެ…

ކޮންމެ ލަފުޒަކުން އެ ލަފުޒެއްގެ މުޅި މާނަ ދޭހަވާން ޖެހޭތަ؟

ކިޔާފައިވާ ޢަދަދު: 289

ކޮންމެ ލަފުޒަކުން އެ ލަފުޒެއްގެ މުޅި މާނަ ދޭހަވާން ޖެހޭތަ؟ ޢަބްދުﷲ ނަޢީމު އިބްރާހީމް އެމެރިކާގައި ވާހަކަދައްކާ ބަހަކީ އިނގިރޭސި ބަހެވެ. އެކަމަކު އެއީ އެ ގައުމުގެ ރަސްމީ ބަހެއް ނޫނެވެ. އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި އެ ސްޓޭޓަކުން ކަނޑައަޅާ ރަސްމީ ބަހެއް އޮވެއެވެ. ބައެއް ސްޓޭޓްގެ ރަސްމީ ބަހަކީ ސްޕެނިޝް ބަހެވެ. އެކަމަކު މުޅި އެމެރިކާގެ ރަސްމީ ބަހެއް ނޯވެއެވެ. އެމެރިކާގެ އިނގިރޭސި ބަހާ ބެހޭ ގޮތުން އިނގިރޭސި ވިލާތުގެ މަޝްހޫރު ހެއްވުންތެރިއެއް ކަމުގައިވާ މައިކަލް…

ވަރަށް ރަނގަޅު

ކިޔާފައިވާ ޢަދަދު: 273

މިއީ ވަރަށް އިހުގެ ވާހަކައެކެވެ. އެފްރިކާގެ ސަހަރެއްގައި އުޅުއްވި ރަސްކަލެކެވެ. މި ރަސްގެފާނުގެ ވަރަށް އަރިސް އެކުވެރިޔަކު އުޅުނެވެ. ރަސްގެފާނު ވަޑައިގަންނަވާ ކޮންމެ ތަނަކަށް އަރިހުގައި މި އެކުވެރިޔާ ގެންދަވައެވެ. އޭނާ ބުނާ ގޮތަށް ކަންތައް ކުރައްވައެވެ. މި އެކުވެރިޔާގެ ވަރަށް އާދަޔާ ޚިލާފު އާދައެއް އޮވެއެވެ. އެއީ ކިތަންމެ ނުބައިކަމެއް މެދުވެރިޔަސް، އަދި ކިތަންމެ ރަނގަޅު ކަމެއް މެދުވެރި ވިޔަސް ވަރަށް ރަނގަޅޭ ބުނެލުމެވެ. އޭނާގެ ނަޒަރުގައި ކޮންމެ ކަމެއްވެސް މެދުވެރިވާނީ ރަނގަޅަކަށެވެ. ހެވަކަށެވެ. އެއް…

ޝާކިރުގެ ޝުޢޫރު: މުސްލިމުންގެ އަދުގެ ހާލަތާމެދު….!

ކިޔާފައިވާ ޢަދަދު: 222

މުސްލިމުންގެ އަދުގެ ހާލަތާމެދު….! ޙަސަން ޝާކިރު މުޙައްމަދު އަދުގެ  މުސްލިމް  ޖީލު   މިކުރާ   ފުން  ހިތާމަ  ނިހާޔަތޭ، އަދު ހިތާ ނަފުސަށް  ލިބޭ  އަނިޔާ  ނިމޭކަށް  އަދި ނެތޭ. އެކި  ދިމާގައި   އެކި  ގޮތަށް   ވޭނީ  ތުރާތައް   ލިބެވެމުން، އެކި ވަރަށް ގިސްލާ ރޮމުންދާ މުސްލިމުން  އަދަދެއް ނެތޭ. ކޮންމެ ނުސިޔާނީ ކަމެއްގައި  މުސްލިމުން  ބަދުނާމުކޮށް، އިއްވަމުންދާ  ހުތުރު  ތުހުމަތުގައި  އަބުރު  މިންޖެއް  ނެތޭ. ކުދި ދަރިންނާ  މުސްކުޅިންނާ  އަންހެނުންގެ…

އަރަތެއް ނޫން މެ ހާސަރެއް

ކިޔާފައިވާ ޢަދަދު: 194

އަރަތެއް ނޫން މެ ހާސަރެއް މުޙަންމަދު ޝާހިދު ޙަލީމު އަހަރެންނަށް ފަރަގެއް ނެތް އަދު އިއްޔެ އިހަށްދުވަހެއް އަހަރެއްގެ    ފަހުން  އަހަރެއް  އާދޭ،  ނާދޭ   ބަދަލެއް މޫލައި  މޫތައް    ދުވެއޭ     މޫނުން   މޫޑެއް    ނޭނގޭ މޫސުން އިރުވައި   ހުޅަނގާ   އާދޭ،   ނާދޭ  ބަދަލެއް ދެ އަތާ ދެ ފައާ   ހެލެއޭ  ދެ ލޮލަށް   ތަންތަން ފެނެއޭ މެއަކުން  ތަދު ފިލި…

ތިޔަ މޫނު ދެކޭކަށް ބޭނުމެއް ނޫން!

ކިޔާފައިވާ ޢަދަދު: 410

ތިޔަ މޫނު ދެކޭކަށް ބޭނުމެއް ނޫން! ޙަސަން ޝާކިރު މުޙައްމަދު މޫނު ތިޔަ ފެންނާކަށެއް ދުވަހަކު  ވިޔަސް  ބޭނުން ނުވޭ ހޫނު ތި ހިތުގެ މި ހިތަކަށް ލިބުމެއް އަލުން  ބޭނުން ނުވޭ ހަނދުވަރާ އަލިކަން  ތިބާއާ ގުޅި   ޖަރީ  ވެވިފައި  ވިޔަސް ހަނދުމަކޮށް ތިޔަ [ހަނދު] ގެ އަލިކަން މެންދަމަސް ބޭނުން ނުވޭ ކައިރިކައިރިން ހުވަނދު ލައިގެން ބުރުތަކެއް އަޅަމުން ދިޔަސް ގައިގެ ވަސް ވެސް ދެން ދެކޭކަށް  އަމުދަކުން ބޭނުން ނުވޭ ލަވަތަކާ…

ތިޔަ މޫނު

ކިޔާފައިވާ ޢަދަދު: 340

ތިޔަ މޫނު މުޙަންމަދު ޝާހިދު ޙަލީމު މޫނު ތިޔަ އަހަރެންގެ  ދެ ލޮލާ  ވަކިވެގެން  ދުރަކަށް  ނުދޭ ހޫނު ހިތް އަހަރެންގެ ނުކުރާ  ހިނދުކޮޅެއް  ކުޑަ ވެސް ނުދޭ ހަނދުވަރެއް ނެތް އަނދިރި ކަޅުފޮއި މެންދަމެއް ދެގޮތެއް ނުވޭ “ހަނދު” ދެ ލޮލުގައި ވޮށް ނުދިއްލާ މެންދަމެއް ނިމިގެން ނުދޭ ދާ އިރަކު ހިނގަމުން  މަގެއްގައި  ކުރިމަތީންނާ  އަރިމަތީން ދާދި  ގާތުން  ލޮލުގެ  ކޮއިގައި   ބޮސްނުދޭ  ވަގުތެއް ނުދޭ ނެއްޓިލަވަބައި ނުވަތަ ބޮޑުބެރު  ގެންބިއަސް ޖޯޝުގެ ކަނޑަށް…

ބަސްފޮތް ހަދަނީ ކިހިނެއް؟

ކިޔާފައިވާ ޢަދަދު: 347

(މިއީ 1997 ވަނަ އަހަރު ނުކުތް “ފަތްތޫރަ” މަޖައްލާގެ 221 ވަނަ ޢަދަދުގައި ޝާއިޢު ކޮށްފައިވާ ލިޔުމެކެވެ.) ބަސްފޮތް ހަދަނީ ކިހިނެއް ހެއްޔެވެ؟ ބަސްފޮތް ހަދަނީ ކޮންބައެއް ހެއްޔެވެ؟ ބަސްބަހުގެ މާނަ ހޯދަނީ ކޮންބައެއްހެއްޔެވެ؟ ރަނގަޅު މާނަ ފެނުނީމާ އެނގެނީ ކިހިނެއް ހެއްޔެވެ؟ ބަސްފޮތް ހަދާނީ އަޅުގަނޑުމެންނެވެ. ތިޔަބޭފުޅުންނެވެ. ބަސްފޮތް ހެދިފައިވާ ބަހަކަން ވާހަކަދައްކާ އެންމެންނެވެ.  ލިޔުމުގައި ބޭނުންކުރާ ބަހުރުވައާއި، ވާހަކަދެއްކުމުގައި ބޭނުންކުރެވޭ ބަހުރުވަޔާ މެދު ލިންގުއިސްޓުން ނުވަތަ ބަހުގެ ޢިލްމުވެރިން ބަލަނީ މުޅީން ތަފާތު ދެގޮތަކަށެވެ.…

[ލޯބިވާ ކަލްބު]

ކިޔާފައިވާ ޢަދަދު: 301

[ލޯބިވާ ކަލްބު] އަނބިން ވަކިޢުމުރަކަށް ދިޔައިމާ އަނެއްކާވެސް މަދަރުސާއަށް ދާހިތްވުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. ބައެއް ފަހަރަށް އެ އުޅޭ ހަސީނާ ވެސް ތަޖުވީދު ކްލާސްތަކަށް ދާތީ ކަމާކަންފަށާ ދާހިތްވާ މީހުންނާ ، ގްރޫޕް ހަދައިގެން ހިސާބުގަނޑުން ޓީމެއް ހަދައިގެން ޢަރަބިބަސް ދަސްކުރާ ކުލާސްތަކަށް ދިޔުމަކީ މިހާރު ވަރަށް ޢާންމު ކަމެކެވެ. ޢަރަބި ބަސް ދަސްކުރަނީ ބޭރުން ވަޑައިގަންނަވާ ވާއިޒުންގެ ތަރުޖަމާނަކަށް ވުމުގެ ނިޔަތަކު ނޫނެވެ. ބޭނުމަކީ ޢަރަބިބަހުން ވާހަކަދައްކާލަން އެނގުމާ އަދި އެބަހަށް އޮންނަ ލޯބީގެ…