ދިވެހިބަހުގެ ލަފުޒުތަކުގައި އެއް އަޑު އަނެއް އަޑަށް ނުފޫޒުފޯރުވާ ބައެއް ޤަވާއިދުތައް

ކިޔާފައިވާ ޢަދަދު: 4640
ފަތުޙުﷲ އަޙްމަދު
އިންސާނުން ވާހަކަދެއްކުމަށް ބޭނުން ކުރާ ބަސްބަހުގެ ތެރެއިން މިހައިތަނަށް ދިރާސާކުރެވިފައިވާ ގިނަ ބަސްބަހުގައި އެއްގޮތް އުޞޫލުތަކެއް ނުވަތަ ހަމަތަކެއް ހުންނަ ކަމަށް ބަސްވާރުން ހާމަކުރައްވައެވެ. ހަމައެހެންމެ، އިންސާނުން ވާހަކަދެއްކުމަށް ބޭނުންކުރާ އަޑުގެ ނިޒާމުގައި ހިމެނޭ އަޑުތައް އެމުނި އެކުލެވި ލަފުޒުތައް އުފެދި އަޑުތައް ބުގިސްވެގެންދާއިރު، އެއްއަޑު އަނެއް އަޑާ ގުޅި ލާމެހިގެންދަނީ ބަހުގެ ޠަބީއަތުގައި ހުންނަ ވަކި ހަމަތަކަކާއި ވަކި އުޞޫލުތަކެއްގެ މަތިންނެވެ.
 

ސަމާސާ އަދަބު (1) – ދެން ބޮވޭނީ ކޮން ކުރުނބައެއް؟

ކިޔާފައިވާ ޢަދަދު: 4020

ދެން ބޮވޭނީ ކޮން ކުރުނބައެއް؟

ފާޠިމަތު ސަރީރާ ޢަލީ ޝަރީފު
ގްރޭޑް ހަތެއްގައި އުޅުނު އަހަރު ބޮޑު ޗުއްޓީއަށް އަހަރެން ދިޔައި ފުވައްމުލަކަށެވެ. އެއީ އަހަރެންގެ ބައްޕަގެ ރަށެވެ. އެރަށުގައި ބައްޕަގެ އާއިލާގެ ވަރަށް ގިނަ ބަޔަކު އުޅެއެވެ. އަހަންނާ ގާތްގަނޑަކަށް އެއް އުމުރުފުރައެއްގެ ހައެއްކަ އަށެއްކަ ކުދީންވެސް އުޅެއެވެ. އެއީ ހައްތަހާވެސް އަހަންނާ ދެބެއިންގެ ދެދަރި ކުދީންނެވެ. 
 
އެއް ދުވަހަކު މިވެރީން އައިސް ކުރުނބާ ބޯން ދާން ހިނގަހަރޭ ކިޔައިގެންފިއެވެ. ދާނީ ނިއުލައިޓަށެވެ. އެއީ އަހަންނާ ދެބެއިންގެ ދެދަރި އާނިފާދައްތައާއި ސިރާޖާއި މިޞްބާޙާއި، މި ތިން ކުދީންގެ ބައްޕަގެ ގެއެވެ. ގެ ހަދައި ނިންމާފައި ހުއްޓެއްކަމަކު، އެގޭގައި އެއްވެސް ބަޔަކު ދިރިއެއްނޫޅެއެވެ. އެގޭ ގޯތިތެރެއަށް ވަންއިރު ދެތިން ރުކެއް ހުއްޓެވެ. ގޯތިތެރެ އޮތީ ވިނައާއި، ވަލުގަހާއި، ހިކިފަތުން ފުރިފައެވެ. 
 

ކުލަ ރީތި ހުވަފެން

ކިޔާފައިވާ ޢަދަދު: 1544
ޢަބްދުﷲ ޞާލިޙު (ފަލި)
 
ދަތިތަކެއް އަހުރެން ވަށައިލައިފިއެވެ.
ހީވަނީ ކަށިކުނބުރު ޖަންގައްޔެއްގައި ވާހެންނެވެ.
ހިތްދަތި ކުރުވައި ފިއެވެ.
ގިސްލެވޭ ހާލުގައި ހަނދާންތައް އާވެއާލާވަނީއެވެ.

ރީތިކަން

ކިޔާފައިވާ ޢަދަދު: 2262
 
ޢައްބާސް އިބްރާހީމް 
 
ރީތިކަން   ފަޚުރާއެކީގައި   ޤުދްރަތާ   ކުރިއޭ    ސުވާލް
ރީތިކަން  ހަމަ   އަޞްލުގައި  ވޭހޭ   ޙަޤީޤަތަކަށް   ކަމާލް
ޤުދްރަތުން   ލިބުނޭ  ޖަވާބެއް    ރީތިކަން   ޙައިރާންކުރާ
ޤުދްރަތޭ  ފުރިހަމަ  ޙަޤީޤަތަކީ   އެއަށް   ނުމެވާ   ޒަވާލް
 

ނޭނގެއެވެ. (9) – ބަނޑު ހުސްކޮށްލެވުމުގެ ހިތްހަމަޖެހުން

ކިޔާފައިވާ ޢަދަދު: 2624

ބަނޑު ހުސްކޮށްލެވުމުގެ ހިތްހަމަޖެހުން

ފާޠިމަތު ސަރީރާ ޢަލީ ޝަރީފު
ކޮންމެއަކަސް މިހެން ފިކުރުކުރާން އޮއްވައި ނިދިފައި ހޭލެވުނުއިރު ފަތިސްވެއްޖެއެވެ. މުނީ ސްކޫލަށް ދަނީ ހެނދުނުއެވެ. އޭނާ އޭރު ތެދުވެގެން އުޅެއެވެ. އައިސާދީވެސް ކޮޓަރިތެރޭގައި އުޅެއެވެ. އަހަރެން ހޭލައިގެން ބަލައިލުމާއެކު، “ދެން އަވަހަށް ގެއަށް ދާށޭ، އެހެން ނޫނީ ދޮންމަންމަ އަނެއްކާވެސް ރުޅިއަތުވެދާނޭ” އޭނާ އެހެން ބުނީމާ އަވަހަށް ތެދުވެގެން، އެގެއިން ނުކުމެގެން ގެއަށް ގޮސް ވަންއިރު، އެއްވެސް މީހަކު އަހަރެން ނެތިގެން އުޅޭ ފާޑެއް ނުޖަހައެވެ. ނަސީބެއްތާއެވެ. 
 

ދެ ދުނިޔެ އެދެންޏާ!

ކިޔާފައިވާ ޢަދަދު: 2228
އާދަމް ނަޞީރު އިބްރާހީމް 
ނަމުރޫދުގެ ދަރުފުނި  ހިތުގައި    ރޯ ނުކުރާށޭ 
               ހަމަ ކޮންމެ ގޮތެއްގައި ވެސް ނެރެ ބޭރު ކުރާށޭ!
ޤާރޫނުގެ ބިޔަ ތަޅުދަނޑިފަތި ލިބުނު ހިނދެއްގައި 
               ޢުޘްމާނުގެ މާތް އަތްތިލައިން  ގޮސް  އެ ނަގާށޭ !

ނޭނގެއެވެ. (8) – މަގުމަތީގައި ބަރަހަނާކުރުން

ކިޔާފައިވާ ޢަދަދު: 3026

މަގުމަތީގައި ބަރަހަނާކުރުން

ފާޠިމަތު ސަރީރާ ޢަލީ ޝަރީފު
 
ދޮންމަންމަގެ އަތްދަށުން ސަލާމަތްވެގެން ދުވެފައި ނުކުމެވިއްޖެއެވެ. އެކަމަކު އަހަރެންގެ ފަހަތުން އޭނާވެސް ދުވެފައި ނުކުމެއްޖެއެވެ. އެނުކުތް ގޮތަށް ނުކުމެ، އަހަރެންގެ ކަނދުރާއާ ދިމާއިން ހެދުމުގެ ކަރުވަޅުގައި ހިފައިގެން ގެންގޮސް ކޮޓަރިތެރެއަށް ކޮއްޕާލައިފިއެވެ. “އަހަރެން ބުނީ މި ގޮރު ގޮދަޑިގަނޑު ހިފައިގެން މިގެއިން ނުކުންނާށޭ” ކިޔާފައި އަނެއްކާވެސް ބޮލުގެ ފުއްކިބައިގައި އެތިފަހަރެއް އަޅާލައިފިއެވެ. ވީ ތަދުން ބޮނދަމުން ކަހަލަ ގޮތަކަށް ގޮސް އަހަރެންގެ އެނދުގައި އޮންނަ ތުނި އިސްޕެންޖު ގޮދަޑި އެނދުން ބާލައިގެން ދަމައިކޫއްތަމުން ކޮޓަރިން ނެރެގެން ގޭގެ ދޮރާށިން ނުކުމެވުމާ ދެމެދު ވީހައި ވަގުތެއްގައި ބަވައިނަގަމުން، ދޭތެރެދޭތެރެއިން އަހަރެންގެ ގައިގެ ކޮންމެވެސް ތަނެއްގައި ބޮނޑިއެއްވެސް އަޅަމުން ދޮންމަންމަވެސް ހުރެގެން އާދެއެވެ. 
 

އަދި ނުވޭ

ކިޔާފައިވާ ޢަދަދު: 1951
ރޯނުގޭ ޙަސަން މަނިކު
އަދިނުވޭ  އުންމީދު ކެނޑި މާޔޫސްވެ ހިތް މަރުވާކަށެއް
           އަނދިރިވެވި ދާނޭ  މަގެއް ދުނިޔޭގެނެތި  އޮންނާކަށެއް
 
މީރު ފެންފޮދުވެސް އަރުން ނުދިރޭނެހިތް ދަތި ޙާލުގައި
           ތީރު ޢިސްޤީ ހެރި އެކީ މުޅި ހިތް  ޒަޚަމް ކޮށްލާކަށެއް
 
ވެވުނު ޤުރުބާނީގެ އަގުވެސް ނުލިބުނީތީ ދުނިޔެއިން
           ވެވުނު އާދޭހާއެކީ  ނިކަމެތިވެ  ގޮތް   ހުސްވާކަށެއް

މިނިވަން ފަންސާހުގެ ޢަޒުމު

ކިޔާފައިވާ ޢަދަދު: 2628
ޢަބްދުއްރަޝީދު ޙުސައިން
 
މިނިވަންކަމަށް ފަންސާސް ފުރުން  ހިނިތުންވެ ތިބެ ގެންނާނަމޭ
         މިނިވަން ރަމުޒު   ފެއްސާ ރަތާ  ހުދު  އަތުކޮޅަށް އުފުލާނަމޭ
ފަސްދީ އެދާ  ޢިބްރަތްތަކާ  ވިސްނައި  ބަލައި  މާޒީ އެކީ
         މުސްތަޤްބަލަށް  ޢަޒުމާއެކީ  ގޮސްލަން  ދަތުރު   ފަށްޓާނަމޭ
އައުދާނަކަން  ދެމެހެއްޓުމަށް   ޤައުމަށްޓަކައި ކުޅަ ޚިދްމަތެއް
         ތާރީޚުގައި  ފެވިފައި  ނެތަސް   ތާރީފުގައި    ހިމަނާނަމޭ

ނޭނގެއެވެ. (7) – ތަންމައްޗަށް ހީސްލެވުން

ކިޔާފައިވާ ޢަދަދު: 3028

ތަންމައްޗަށް ހީސްލެވުން

ފާޠިމަތު ސަރީރާ ޢަލީ ޝަރީފު
މާދަމާ ވާނޭ ގޮތަކާމެދު ފިކުރުކުރާން އޮއްވައި އަހަންނަށް ނިދިއްޖެއެވެ. މިހެން އޮއްވައި ބިރުވެރި ހުވަފެނެއް ފެނިގެން ރޮއިހަޅޭއްލަވަމުން ދެތިން ފަހަރަކު ތެދުވެވުނެވެ. ކޮންމެ ފަހަރަކުވެސް ދޮންމަންމަ ވަރަށް ރުޅިއައިސްގެން އައިސް އަހަރެންގެ މޫނުމައްޗަށް ފެންއެއްޗެއް ޖަހާފައި، “ކިހާބޮޑު އާފާތެއްހޭ، މި ބަލާވެރިކަމާ ހެދި މިގޭގައި އިންސާނަކަށް ލޮލުފިޔައެއްވެސް ޖަހާލެވޭވަރެއް ނޫނޭ”، ކިޔައި އެތިވަރު ގޮވަމުން ހިނގައިދެއެވެ. އެގޭގައި ކޮޓަރިތައް ބައިކޮށްފައި ހުންނަނީ ފްލައިވުޑު ބިތުންނެވެ. މަތި ހުންނަނީ ނުބައްދައެވެ. އެހެން ހުންނައިރު އިރުއިރުކޮޅުން އަހަރެން ހަޅޭއްލަވަންޏާ އެހެން މީހަކަށް ނިދޭނީވެސް ކިހިނެއްހެއްޔެވެ؟