އެތަނާއި މިތަނުން ކުދިވާހަކަ(61)

ކިޔާފައިވާ ޢަދަދު: 1802

އަވަދިނެތި އުޅުން

ޢައްބާސް އިބްރާހީމް
 

ކޮންމެވެސް ޒަމާނެއްގައި އުޅުނު ގަސްކެނޑުމުގެ މަސައްކަތްކުރާ ގައިބާރުގަދަ މީހަކަށް ލަކުޑި ވިއްކާ ކުނފުންޏަކުން ވަޒީފާއެއް ދީފިއެވެ. އޭނާއަށް ކުރަންޖެހޭ މަސައްކަތަކީ، ވަލުތެރެއިން ގަސްކަނޑައިގެން ފެކްޓަރީއަށް ގެނައުމެވެ. އެކުންފުނިން އޭނާއަށް ދޭން ހުށަހެޅީ ވަރަށް ރަނގަޅު މުސާރަ އެކެވެ. އަދި ގަސްކަނޑަން އޭނާއަށް ދެއްކި ވަލަކީވެސް ވަރަށް ރަނގަޅު ގަސްތައް ގިނައިން ހުރި ވަލެކެވެ. އެހެންކަމުން އޭނާ އެ ވަޒީފާ ގަބޫލުކުރީ ވަރަށް ހިތްހަމަޖެހިގެން ހުރެއެވެ. އަދި އޭނާއަށް ވީހާ ރަނގަޅަކަށް މަސައްކަތްކުރުމުގެ ޢަޒުމާއެކުގައެވެ.

ނަމާދު ކުރަން ހާނުއްވާ

ކިޔާފައިވާ ޢަދަދު: 1263
ޢަބްދުއްރަޝީދު ޙުސައިން
                        ވަޒަން: އޭ ޚުދާ ހަރް ފައިސަލާ ތޭރާ މުޖޭ މަންޒޫރްހޭ
ފަދަޔަކުން އެއްވެސް ޢިބާދަތަކަށް ގޮވާކަށް ނާންގަވާ
  ގަދަ އަޑުން އަންނަން ނަމާދަށް ވަގުތު ޖެހުމުން އަންގަވާ
          ﷲ …ﷲ

ފޮތްކިޔުމުގެ ފަރުވާ

ކިޔާފައިވާ ޢަދަދު: 2198
އަޙްމަދް ސަމީރު ޢަލީ
އިންސާނީ ތާރީޚުގެ ފަތްފުށްތަކަށް ބަލައިލާއިރު، ފޮތްކިޔައިގެން ހޯދާ ފަރުވާ ( ބިބިލިއޯ ތެރަޕީ ) ގެ ފެށުން އޮތީ އަޅުގަނޑުމެން ހައިރާންވާހައިވެސް ދުރު މާޒީއަކާއި ގުޅިފައެވެ! ޢީސާ ޢަލައިހިއްސަލާމްގެ ފަންސާހަކަށް އަހަރު ކުރިން ނިޔާވި، ގަދީމީ ޔޫނާނަށް އުފަން ތާރީޚީ އިލްމުވެރިޔާ ‘ސިސިލީގެ’ ޑިއޮޑޯރަސް ލިޔުއްވި ” ދުނިޔޭގެ ތާރީޚު ” ( މިއީ ސާޅީސް ފޮތުގެ މައްޗަށް އެކުލެވޭ ފޮތްބައެކެވެ) މި ފޮތްބައިން ފޮތެއްގައި، ގަދީމީ މިސްރުގެ މަޝްހޫރު ފިރްޢައުނު ރަމްސީސް ދެވަނަ ( ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި ‘ މޫސާގެފާނުގެ ފިރްޢައުނު’ ) ފެއްޓެވި ކުތުބުޚާނާއަށް ވަންނައިރު މައި ދޮރުގެ މަތީގައިވާ ލިޔުމުގައިވާ އިބާރާތަކީ  ” ފުރާނައަށް ފަރުވާދެވޭ ގެ” މިހެންނެވެ! އިލްމުވެރިން ދެކިލައްވާ ގޮތުގައި މިއީ މިފަދަ ޝިއާރެއް، ކުތުބުޚާނާއެއްގައި ބޭނުން ކުރެވުނު ފުރަތަމަ ފަހަރެވެ!  ރަމްސީސް ދެވަނަ ދުނިޔޭގައި އުޅުއްވީ، ޢީސާ ޢަލައިހިއްސަލާމް އުފަންވުމުގެ ތޭރަ ގަރުނު ކުރިންނެވެ! މީގެ އަށެއްކަ ގަރުނު ކުރިން، މިސްރުގެ އަލްމަންސޫރު ހޮސްޕިޓަލުގައި، ކީރިތި ޤުރުއާން ކިޔެވުން ( މާޔޫސްވެ ދުނިޔެމަތިން ފޫހިވެފައިވާ މީހުންނަށް)  ހުރި ފަރުވާއެއްގެ ގޮތުގައި ޑަކްޓަރުން އިރުޝާދު ދެއްވިއެވެ!

ރަމަޟާން މަހުގެ މުބާރިކު ތަހުނިޔާ

ކިޔާފައިވާ ޢަދަދު: 1634
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
އައި ހިނދުން ރަމަޟާން މުބާރިކު ތިޔަ އަޚުންނާ އުޚުތުނަށް
                 ހައި ނުކޮށް  ފޮނުވައިލަނީ  ހެޔޮހާ   ތަހާނީ  އަރިއަހަށް
ފުއްސެވުން އެދިގެން ވެފައިވާ ކުށްތަކަށް ތައުބާ އަދައި
                 ރުއްސެވުން އެދިގެން ސަވާބާ ދަރުމަޔާ  ގިނަ  ނިޢުމަތަށް
މާތް މި މައްސަރު އައި ހިނދުން އާ ޢަޒުމަކާއެކު ފައްޓަވައި
                 ގާތްވެލައި ހެޔޮހާ ޢަމަލު ތަކުރާރުވުން  އެދި  ޙަޟުރަތަށް

ހިތް ހިތަކަށް… (1)

ކިޔާފައިވާ ޢަދަދު: 1103
-އިބުރާހިމް ހުސެން މަނކު- 

ލާންޗު ފަޅަށް ވަދެގެން ގޮސް ފާލަމާ ގާތްކުރީ މޮހޮންމަދުބެ އަހަރެންގެ އިންތިޒާރުގައި ފާލަންމަތީގައި ހެވި ދިލިފައި ހުއްޓައެވެ. ދިއްލާފައި އޮތް މެންދުރުގެ އަތްވަށް ލޯ ދިލުވާލަން ނުކުޅެދިފައި ހުރުމާވެސް އެކުގައެވެ. ފައިބަން އަހަރެން ދިއްކޮށްލި އަތުގައި ހިފިގޮތަށް މޮހޮންމަދުބެ ހުރީ އަތުން ދޫކޮށްލަން ނޭނގިފައެވެ. ސަލާންގަލާންކޮށް ހެދީވެސް އެގޮތުގައި ހުރެއެވެ. އަތުން ދޫކޮށްލައިފި ނަމަ އަހަރެން ފައިކައްސާލައިފާނޭތީ ބިރުން އުޅޭ ކަހަލަ ގޮތަކަށެވެ. ނޫން ނަމަ އަތުން ދޫވެގެން އުދުހިގެން ހިނގައިދާނެއޭ ހިތާތީ ތޯއްޗެކެވެ.
 

ރޯދައިގެ ޢަޒުމު

ކިޔާފައިވާ ޢަދަދު: 942
މުޙަންމަދު ސަލީމް- ހޯރަފުށި.
 
ޢަޒުމު އައުކޮށް ކުރިމަތި ލީމެ، މި ރަމަޟާން މަހަށް
         ރަޙުމުކޮށް އަހުލުންނަށް، ހެޔޮމީސް އުޅުމެއް އުޅުމަށް.
ނަރަކައިން ދިންނެވުމުގެ، ރަޙުމަތް އެދިގެން މި އަޅަށް
        ދަރަޖައިން ހެޔޮ ކަމުގައި،  މަތިވެރި  ފާހެއް  ލިބުމަށް.

މުލަރޯދަ ދުވަސް

ކިޔާފައިވާ ޢަދަދު: 1603

ކުޑައިރުގެ ހަނދާންތަކުން…!

މުލަރޯދަ ދުވަސް

އަޙްމަދު ޝިޔާމް
އަޅުގަނޑުމެން ކުޑައިރު މުލަ ރޯދަ ވިލޭރެ އާއި މުލަ ރޯދަ ދުވަހަކީވެސް  ވަރަށް އެހެން ކަހަލަ އިހުސާސް އެއް ކުރެވޭ ދުވަހެކެވެ. ޝަޢުބާން މަހުގެ 29 ވަނަދުވަހު އިރު އެރީން ސުރެ އިންތިޒާރު ކުރެވެނީ  މުލަ ރޯދަ ވިލޭރޭގެ ހަނދަށެވެ. އެރޭގެ ހަނދަށް ވާނެ ގޮތަކާ މެދު ކިލާހުގައިވެސް ކުދިންނާ ޚިޔާލު ބަދަލު ކުރެވެއެވެ. އަނެއް ދުވަސް މުލަރޯދައަށް ވެއްޖިއްޔާ  ކުރަން ރާވާފައި ހުރި ކަންކަމާ ގުޅޭ ގޮތުން ނެވެ. ކިޔަވާ ގެއިން  ނިމިގެން އައިސް ދެން ކުރާ ކަމަކީ ތިންހަމަ ފިލާ ގަނޑު ކަހަލަ އެއްޗެތި އަނެއް ދުވަހަށް ތައްޔާރު ކުރުމެވެ. ވަގުތިންހަމަ އާއި ބަބުރު ތިންހަމައަށް، މަދޮއްޓާއި ކުދި ބޮލި ފަދަ ތަކެތި ހޯދަމެވެ. އެ ދުވަހު ހަވީރު ވެގެން އަންނަ އިރު އިންތިޒާރު ކުރެވެނީ ހަނދާ ބެހޭ ގޮތުން ނޫހުގައި އޮންނާނީ ކޮންވާހަކައެއްތޯ ބެލުމަށެވެ. 
    

އެ ޙަޤީޤަތް

ކިޔާފައިވާ ޢަދަދު: 1467

ވާހަކަ

އެ ޙަޤީޤަތް

އަޙްމަދު ނާފިޢު
“ވަފާ، ހާލު ކިހިނެއްތަ؟ ކިހިނެއް ވެފަ ތިއިނީ. ކޮބާ މަންމަމެން؟” އަޒީމް ވަފާ އާއި އެތައް ސުވާލެއް ކުރި ނަމަވެސް ވަފާ އަނގަޔަކުން ނުބުނެއެވެ. ވާހަކައެއް ނުދެއްކިއެވެ. ރަށުގެ އަތިރިމަތީ ފަރާތުގައި ހުރި ޖޯލިފައްޗެއްގައި އޮށޯވެލައިގެން އުމުރުން 20 އަހަރުގެ ވަފާ ވިސްނަމުންދަނީ ކޮންކަމަކާ ކަމެއް ޚުދު އަޒީމް ވިސްނައި ވިސްނައިވެސް ނޭނގުނެވެ. އަޒީމަކީ ވެސް ވަފާއާ އެއްފުރައިގެ ލާނެއް ކުއްޖެކެވެ. ކުޑައިރުއްސުރެން ފެށިގެންވެސް ވަފާގެ އެންމެ ގާތް އެކުވެރިޔާއެވެ. އަދި މިހާރު ވަފާގެ ލޯބިވެރިޔާއެވެ. ކުރިން އަބަދުވެސް ދެމީހުން އެކުގައި ހީނސަމާސާކޮށް ހަދައެވެ. ނަމަވެސް މިއަދު ވަފާއަށް މިވީ ކިހިނެއް ކަމެއް ޚުދު އާޒިމަކަށްވެސް ބުނެދޭކަށެއް ނޭނގެއެވެ.
 

ގަހެއްގެ ޝަކުވާ

ކިޔާފައިވާ ޢަދަދު: 1276
                     
މުޙައްމަދު ރިޟާ އާދަމް، ރޭނިގެ ބ.ދަރަވަންދޫ 
 
ތިމާވެށިފެހިކުރަން އަހަރެން ކުރާ މިންނެތް މަސައްކަތުގައި 
                  ހިމާޔަތް  ދެން މަށަށް  ނެތުމުން ކުރާ ޝަކުވާ މިއީ އަދުގައި 
 
ފަޅާހިނދު ކޯދުލާ ފަތްތައް ބިމުން މައްޗަށް ނުހެދި ހުއްޓާ 
                   ތަޅާ  ޗިސްކޮށްލައޭ ފުޑުކޮށް،  ނުވޭ ރަހުމެއް ތިބާ  ހިތުގައި 
 

ސުޕަރމާކެޓުން ދިމާވި މަންމަ

ކިޔާފައިވާ ޢަދަދު: 1927
އަޙްމަދް ސަމީރު ޢަލީ
މަތީ ތައުލީމު ނިމި އަލަށް ވަޒީފާ ލިބި، ދިރިއުޅުމެއް ފަށާއުމުރުގެ ޒުވާނަކު ވަޒީފާ ނިންމާފައި ގެއަށް ދިޔަ މަގުމަތީގައި، އޭނާއަށް ބޭނުންވާ ބައެއް ތަކެތި ގަތުމަށް ސުޕަރމާކެޓަކަށް ވަދެލިއެވެ. ތަފާތު ހަރުތަކުން އޭނާ ބޭނުން ތަކެތި ނަގަމުން ހަތަރު ފުރޮޅުލީ ގާޑިޔަލަކަށް އަޅަމުން މަޑުމަޑުންދެއެވެ. މިހެން ދިޔުމުގެ ތެރޭގައި މީނާއަށް ފާހަގަވީ، އުމުރުން ދޮށީ އަންހެނަކު އޭނާއާއި މާ ދުރު ނޫން ހިސާބެއްގައި ހުރެގެން ފަހަތުން އަންނަ ކަމެވެ. ދެފަހަރަކު ސީދާ ބަލައިލުމުން ފަސްދޮޅަހަކަށް އަހަރުގެ މި އަންހެނާ ކުޑަކޮށް ހީނލިއެވެ. އަދި އޭނާ ވެސް ފަހަރަކު އެއްޗެއް ހަރުން ނަގައި އޭނާ ކޮއްޕަމުން ގެންދިޔަ ގާޑިޔަލަށް އަޅަމުން ގެންދިޔައެވެ.