ސާހިބާ (44)

ކިޔާފައިވާ ޢަދަދު: 3536
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފާޠިމަތު ނަހުލާ
(23 އޮކުޓޫބަރު 2014 (ބުރާސްފަތި) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

ނޫނެކެވެ! އޭނާ ދެން ފިޔާޒާ އެކުގައެއް ނޫޅޭނެއެވެ. އޭނާ ދުވަހަކު ވެސް ފިޔާޒާއަކަށް މާފެއް ނުކުރާނެއެވެ. މިހާރު އޭނާ ފިޔާޒާ ބޭނުމެއްވެސް ނޫނެވެ. ފިޔާޒާ ނެތަސް މިހާރު އޭނާއަށް ވަރިހަމައެވެ. ފިޔާޒާއާ އެކުގައި އުޅެން މަސައްކަތް ކުރިޔަސް ދެން އޭނާއަކަށް ނޫޅެވޭނެއެވެ! އޭނާ މިހާރު ކުޑަކޮށް ވެސް ފިޔާޒާދެކެ ލޯތްބެއް ނުވެއެވެ. ތާ އަބަދު އޭނާއަށް ކުރެވެމުން އެ ދަނީ ފިޔާޒާގެ ޚިޔާލެއް ނޫނެވެ! ތާ އަބަދު އޭނާގެ ހިތް ރޮއްވަމުން އެދަނީ މީނާގެ ހަނދާންތަކެވެ. އޭނާ ކަރުނަ އޮހޮރަމުން އެދަނީ ލިބުމެއް ނެތް އެ ލޯތްބަށްޓަކައެވެ.

ކީރިތި ޤުރްއާނުގެ މިސާލުބަސްތައް

ކިޔާފައިވާ ޢަދަދު: 3628
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހިމް ރަޝީދު މޫސާ
ކީރިތި ޤުރްއާނުގައި  ކުރު މިސާލުތަކާއި ޤިޔާސީ މިސާލުތައް ވަރަށް ގިނައިން ވާރިދުވެފައި ވެއެވެ. 
 
ކުރު މިސާލުތައް ބައެއް އާޔަތްތަކުންނާއި ބައެއް އާޔަތްތަކުގެ ބައިބައިތަކުން ފެނެއެވެ. އެއީ ދީނީ އަގުތަކާއި އިސްލާމީ އަޚްލާޤާއި އަދަބުތައް ހިމެނޭ ބަސްފުޅުތަކެވެ. މި ފަދަ މިސާލުތައް މުސްލިމުންގެ ދޫދޫ މަތިންނާއި ލިޔުންތަކުންނާއި އަދަބިއްޔާތުން ފެނެއެވެ.
 
ޤިޔާސީ މިސާލުތައް އައިސްފައިވަނީ ކީރިތި ޤުރްއާނުގެ ވާހަކަތަކާއި ސިފަކުރުންތަކުގައެވެ. 
 

މިސާލުގެ ބީދައިން ހިނގާ އާޔަތްތައް

ކިޔާފައިވާ ޢަދަދު: 3103
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އިބްރާހީމް ރަޝީދު މޫސާ
މީސްތަކުންގެ ދޫމަތިން މިސާލު ބަހުގެ ގޮތުގައި ބޭނުން ކުރެވޭ ޤުރްއާނުގެ ބައެއް އާޔަތްތައް ހުރިކަން ފާހަގަ ކުރެވެއެވެ. މިސާލަކަށް: لَكُمْ دِينُكُمْ وَلِيَ دِينِ (الكافرون :6  )  – ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ دين އެވެ. އަދި މަށަށް މަގޭ  دين އެވެ.” މި މިސާލު ބޭނުން ކުރެވެނީ ތިމާ ގޮތް ދޫނުކޮށް ހުރުމަށެވެ.  ޢިލްމު ވެރިން ވިދާޅުވާ ގޮތުގައި މި ބާވަތުގެ މާނަތައް ހިމެނޭ އާޔަތްތަކަކީ ޢިލްމުލް ބަޔާނުގެ ބޭފުޅުން އެ ވިދާޅުވާ މިސާލުގެ ބީދައިގައި ހިނގާ  ބަސްތަކެކެވެ. ބަލާޣީން އިޠުނާބުގެ  ވާހަކަ ދައްކަވާ އިރު މި ކަމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައިވެއެވެ. (އިޠުނާބު އަކީ އީޖާޒުގެ އިދިކޮޅެވެ. ކުރުކޮށް ބުނަން ބޭނުންވާ އެއްޗެއް ދިގުކޮށް ބުނުމެވެ. އެއީ ވެސް ބަލާޣިއްޔާތުގެ ތެރޭގައި ހިމެނޭ ވައްތަރެކެވެ.)
 

ޙަޤީޤަތް

ކިޔާފައިވާ ޢަދަދު: 2074
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޒާހިރު ޢަބްދުއްރަޝީދު(ޢަންދަލީބު)، ހއ. އިހަވަންދޫ
 
މަލެއް  ހަމަ   ފޮޅިލުމާއެކުގައި، މަލަށް  އާދޭ  އެތައް މާބުރު 
               މަލެއް ވަސްނެތި  މިލައިދިއުމުން،  މަލަށް  ނާދޭ  ހިލާ  މާބުރު
ކަމެއް  އެދިގެން   އުޅޭއިރުގައި ،  ގޮވައި  އެކުވެރިވެލައި  ހަދަޔޭ
               ނަމެއް ހަމަ ލިބި އުހަށް އެރުމުން، ފިތޭ އިރުގައި ނުވެސް ދަނެޔޭ

ހިޖުރައިގެ ޒިކުރާވުމުން

ކިޔާފައިވާ ޢަދަދު: 4060
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙަސަން ޝާކިރު މުޙައްމަދު

ހިޖުރައިން އުންމަތުގައި ފެތުރި  އުޖާލާ  ކަމަކުން،
            އިތުރު އުންމީދު  ގެނެސްދީފިއެ، ޒިކުރާ  ވެވުމުން.

އަޚްކަމާ އެކުވެރިކަން  އޭގެ  މިސާލެއް  ނެތުމުން،
            އަހުރަވެތިކަން  ހިތުގައި  އާކުރުވައިލައިފި  އަލުން.

ސާހިބާ (43)

ކިޔާފައިވާ ޢަދަދު: 3868
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފާޠިމަތު ނަހުލާ
(19 އޮކްޓޯބަރ 2014 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“އޭނާއަށް ބޭވަފާތެރިވެ، ނަހަމަ ގޮތުގައި ބަލިވެއިން ގޮތްކުޑަ އަންހެން މީހާއަކީ ތީ…..ފިޔާޒާ!” މޭޒުގައި ބާރަށް ޖަހައިލުމަށްފަހު، ފިޔާޒާއާ ދިމާއަށް އިނގިލި ދިއްކުރަމުން ފަހުމީ ބުންޏެވެ. ފަހުމީއަށް މިހާރު ހުރިހާ އެއްޗެއް އެނގިއްޖެކަން ފިޔާޒާއަށް ޔަޤީންވެއްޖެއެވެ. ފަހުމީގެ ކުރިމަތީގައި އޭނާ ބޭޒާރުވެއްޖެއެވެ.
 
އޭނާގެ ހުރިހާ ކަމެއް ފަޅައިއަރައިފިއެވެ. ފިޔާޒާ ފަހުމީއާ ދިމާއަށް ބަލައިލިއެވެ. އެ ވަގުތު ފަހުމީގެ ރަތް ދެލޮލާއި މޫނު ފެނުމުން އޭނާ ބިރުގަތެވެ. ފަސޭހަ ގޮތަކަށް އެ ތަނުން ނުކުމެގެން އަވަހަށް ދެވޭނެނަމައޭ، ފިޔާޒާގެ ހިތަށް އަރަމުން ދިޔައެވެ. ފަހުމީ ހިނގައިފައި އައިސް ފިޔާޒާ ގާތަށް ހުއްޓުނެވެ.
 

ކީރިތި ޤުރްއާނުގެ މިސާލުބަސް

ކިޔާފައިވާ ޢަދަދު: 3640
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އިބްރާހީމް ރަޝީދު މޫސާ

މާތްﷲ ކީރިތި ޤުރްއާނުގައި  ވަރަށް ގިނަ މިސާލުތައް ޖައްސަވައިފައިވެއެވެ. އެއިން ޢިބްރަތް ޙާޞިލުކުރުމަށްޓަކައެވެ. މީސްތަކުންގެ ހިތްތަކަށް އެ ބަސްފުޅުތައް ވައްދަވައިދެއްވުމަށްޓަކައެވެ. އެއިން އަސަރު ފޯރުއްވުމަށްޓަކައެވެ. މިސާލުތައް ޖެއްސެވުމުގެ ބޭނުން ބަޔާންކޮށްދެއްވަމުން އަރަހުށި މަތްﷲ ވަޙީ ކުރައްވަނީ :

ފެނަކައިގެ ލަވަ

ކިޔާފައިވާ ޢަދަދު: 3316
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ވަޒަން: ޤައުމަށް އައި މިނިވަން ނޫރާނީ..

ޢަބްދުއްރަޝީދު ޙުސައިން
ކުރެވޭ އުއްމީދު ތަކާ  މެދުގައި  އިތުބާރު ޔަގީނުން  ވެސް  ލިބުނީ
       ކުރި ވަޢުދެއް މާގިނަ ދުވަހެއްނުވެ،   ފުދުމުން މި ޙަޤީޤަތް ހާމަ ވަނީ

ގިނަ ބަޔަކަށް ހަމަޖެހުމެއް ލިބިގެން، ރަށުގައިހުރި ޚިދްމަތް ރަނގަޅުވެގެން
       ފެނަކައިގެ މަސައްކަތް  އަގުކުރަމުން ހުރިހައި އަތޮޅެއް ހިނިތުން ވެލަނީ

މިހިރީ، ޤުދުރަތުން ކަންހިންމަވާ ގޮތެވެ.

ކިޔާފައިވާ ޢަދަދު: 2418
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޙުސައިން ޝާކިރު
އަލްމަރުޙޫމް ހޯޑިން އާދަމް ކަލޭފާނަކީ ގަލޮޅު އަވަށު މުދިމެކެވެ. ނަކަތްތެރި ބޭސްފަންޑިތަ ދެނެލައްވާ ދީންވެރި  އެދުރު ބޭކަލެކެވެ. ހިތްހެޔޮ އޯގާތެރި ޝަޚުޞިއްޔަތެކެވެ. ކޮންމެކޮންމެ މީހަކަށް އޭނާގެ ކުރިމައްޗަށް އަރައި ބޭނުން ކޮންމެ އެއްޗެއް ބުނަން ކެރޭވަރަށްވުރެ ހަރުދަނާ ބޭކަލެކެވެ. ހިތްހެޔޮ އޯގާތެރި ރަޙުމަތްތެރިއެކެވެ. މުހުތާދު ޖެހިގެން ދާމީހުންގެ މުހުތާދުތައް ފުއްދައިދެއްވި ދަރުމަވެރިއެކެވެ. މިއަދު ދުނިޔޭގައި ހޯޑިން އާދަމް ކަލޭފާނުގެ ކާފަދަރިންނާއި މުނިކާފަދަރިން އެބަތިއްބެވިއެވެ.

الحكمة

ކިޔާފައިވާ ޢަދަދު: 3478
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އިބްރާހީމް ރަޝީދު މޫސާ
حكمة އާއި  مثل ގެ މަފްހޫމު ދެނެގަތުމުގެ ކުރިން ޢަރަބި ބަހުގައި حكمةއަކީ ކޮބައިކަން ދެނެގަންނަން އެބަ ޖެހެއެވެ. ބަހަވީ މާނައަށް ބަލާ އިރު حكمةގައި  މަޝްހޫރު ތިން މާނައެއް ވެއެވެ. އެއީ:

1-    ޢިލްމު : ޢަރަބި ބަހުގައި ބުނަނީ : حَكُمَ فلانٌ حُكْما وحِكْمةً ، إذا صار حكيما .  މިހެންވެ،  ޢިލްމުވެރިންނަށް ޙަކީމުންނޭ ކިޔެއެވެ.