މިއިޢުލާން ދެކެވަޑައިގަތީމުތޯ؟…….(30)

ކިޔާފައިވާ ޢަދަދު: 1636
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ދިވެހި تاريخ އާއި ثقافۃ އަށް خدمۃ ކުރާ مجلس
      ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
          މާލެ، ދިވެހިރާއްޖެ                    نمبر:81/1

اعلان

ދިވެހި ثقافۃ އާބެހޭ ކުޅިވަރުތައް އެކަށީގެންވާ ފެންވަރެއްގައި ދެމެހެއްޓުމުގެ ގޮތުން ދިވެހި تاريخ އާއި ثقافۃއަށް خدمۃ ކުރާ مجلسން ވަނީ ވިސްނަވައި ގޮތެއް ކަޑައަޅުއްވައިފައެވެ. މިގޮތުން މިހާރު މާލެއާއި ރާއްޖެތެރޭގައި ކުޅޭކުޅިވަރުތައް ރަސްމީފަރާތެއްގައި ދެއްކުމުގެ ކުރިން އެކުޅިވަރެއްބަލާ ފާސްކުރުމަށްވަނީ ނިންމާފައެވެ.

ސާހިބާ (30)

ކިޔާފައިވާ ޢަދަދު: 3368
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފާޠިމަތު ނަހުލާ
(5 ސެޕްޓެމްބަރ 2014 (ހުކުރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“މީ ޙަޤީޤަތަކީ…..އެކަމަކު މީ ކޮންމެހެން މީނާއަށް އެނގެންޖެހޭ ޙަޤީޤަތެއް ނޫން. އެނގިގެން ވާނެ ފައިދާއެއް ނުވެސް އޮންނާނެ….. ކިތަންމެ ބޭނުމަސް ކުރެވޭނެ އިތުރު ކަމެއްވެސް ނޯންނާނެ. މިވާހަކަ ރަނގަޅުވާނީ މިހާ ހިސާބުން ހުއްޓާލާފައި، ހިތުގައި އޮތް ކަމެއް ހިތުގައި ބޭއްވިއްޔާ….” ޝަހުދު ވާހަކަ ނިންމައިލިއެވެ. އެހެންނަމަވެސް މީނާ އެހާ ހިސާބުން އެވާހަކަ ހުއްޓައިލާކަށް ބޭނުމެއް ނުވިއެވެ.

ދިވެއްސަކަށް ވީތީ

ކިޔާފައިވާ ޢަދަދު: 3400
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ނޯޓް: މިއީ ލިޔުންތެރީންގެ ގުޅުމުގެ މެންބަރުނަށް ޝާއިޢުކުރި ޅެމެކެވެ.

      ދިވެއްސަކަށް ވީތީ

ޢަބްދުއްރަޝީދު ޙުސައިން
ދިވެހި މި ބިމަށް  އުފަން ވިއްޔާ   ގޮތެއް ހުރި  މީހަކަށް  ވައްޗޭ
               ރިވެތި އަޚްލާޤް ހުރި   މި ތަނަށް ކުލުނު ހުރި  ދަރިޔަކަށް ވައްޗޭ

އަދަކު ހެޔޮ އެއްގޮތެއްވެސް ނެތް، މަގަކު ހިތް ހެޔޮ އެކަކުވެސް ނެތް
               ޅަދަށުވެވި ފެތި ޣަރަޤު ނުވަނީސް،  ބަނދަރަކަށް ޤައުމު ގެންދައްޗޭ

މިހެން ގޮސް ތަން ފަނާވެ ދިޔަސް، ދިވެހިރާއްޖޭގެ ނަން ނެތުނަސް
               އެހެން  ބަޔަކަށް މިކަން ބޮޑުވާނެޔޭ   ހީކޮށް    ނު  ހުންނަށްޗޭ

އޭރުގެ ފަތްފުށްތަކުން…. (89)

ކިޔާފައިވާ ޢަދަދު: 1875
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

(ކައިބޮއި އުޅުމަށް ކުރާ މަސައްކަތް)

الأمير موسى محمد ديدى


އަލްއަމީރު މޫސާ މުޙައްމަދު ދީދީ (ނުވަތަ އަންނަބީލް މޫސާ މުޙައްމަދު ދީދީ) – ރަޙިމަހުﷲ- އަކީ، ދިވެހިބަހާއި އަދަބިއްޔާތަށް ޚިދުމަތްކުރެއްވި ބޭފުޅުންގެ ލިސްޓްގައި ފާހަގަ ކުރެވޭ ބޭފުޅެކެވެ. އެންމެ ފުރަތަމަ މަޖައްލާއެއް ނެރުއްވީ އެމަނިކުފާނެވެ. އެއީ އަތުން ލިޔެގެން “ހުޅެވިހަނދު” ގެ ނަމުގައި މަހަކު އެއްފަހަރު ނެރުއްވި މަޖައްލާ އެކެވެ. އޭގެ ފަހުން “ނަޔާޚިޔާލު” ކިޔާ މަޖައްލާއެއްވެސް ނެރުއްވިއެވެ. “އަލްއިޞްލާޙް”، “އައްރަފީޤު” ފަދަ މަޖައްލާތަކަށް އެމަނިކުފާނު ވަނީ ލިޔުއްވައިފައެވެ.

އެއްވެސް މަދަރުސާއެއް އެ މަދަރުސާގެ މުދައްރިސުންނަށްވުރެ މޮޅެއް ނުވާނެއެވެ!

ކިޔާފައިވާ ޢަދަދު: 4651
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ސަރ ކެނެތް ރޮބިންސަން ދެއްވި ދަރުސެއް އަޑު އަހާފައި : އަޙްމަދް ސަމީރު ޢަލީ

Sir Kenneth Robinson އަކީ ފަންނާއި ހުނަރުވެރިކަން ނިޒާމީ ތައުލީމުގެ ތެރޭގައި ހިމެނުމަށް ހިތްވަރުދެއްވާ، އަދި އެކަމުގެ މާހިރެކެވެ. އިނގިރޭސި ވިލާތުގެ ޔުނިވާރސިޓީ އޮފް ވޯވިކްގައި ފަންނާއި ހުނަރު ދަސްކޮށްދިނުން ކިޔަވައި ދެއްވި ޕްރޮފެސަރެކެވެ. އެމެރިކާއަށް ހިޖުރަ ކުރައްވައި، އާއިލާ އާއި އެކީގައި އެމެރިކާގައި ދިރިއުޅުއްވަމުން ގެންދަވާތާ މިހާރު 12 ވަރަކަށް އަހަރުވެއްޖެއެވެ. ފަންނުވެރިކަން ކިޔަވައި ދިނުމާއި، ތައުލީމީ ދާއިރާ އާއި ގުޅުން ހުރި ދިހަ ވަރަކަށް ފޮތް ލިޔުއްވައި މިފަދަ ކަންކަމާއި ގުޅުން ހުރި ތަފާތު ލެކްޗަރުތައް ދެއްވާފައިވެއެވެ. ތިރީގައި އެވާ ލިޔުމަކީ ސާރ ކެން ރޮބިންސަން ‘ www.tedtalks.com ‘ ގައި ދެއްވި ލެކްޗަރެއް އަޑު އަހާފައި އަޅުގަނޑު އެކުލަވައިލި ލިޔުމެކެވެ.

ހަނދާންވާތީ

ކިޔާފައިވާ ޢަދަދު: 1784
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޙަސަން ޒާހިރު ޢަބްދުއްރަޝީދު(ޢަންދަލީބު)، ހއ.އިހަވަންދޫ
އެންމެ ގާތުގައި ވެޔޭ
     އެންމެނަށްމެ އެނގިވެޔޭ
          އެންމެނަށް ރިހުން ދެޔޭ
               ދެން އަބަދު ހަނދާން ވެޔޭ
 
ނަން ތިބާ އިވޭ ހިނދޭ
     މަންމަނަށް މި ދޫވެދޭ
          ހަންގަނޑަށް ސަޒާ މިދޭ
               ދެން އަބަދު ހަނދާން ވެޔޭ

ހެޔޮބަސް

ކިޔާފައިވާ ޢަދަދު: 2050
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 ޙަސަން ޒާހިރު (ޢަންދަލީބު)، ހއ. އިހަވަންދޫ
އަމާޒެއްނެތި ތިހެން  އަމުދުން  ނުވާނެކުރަން  ތިމާ  ތި ސަފަރު
             އަމާން ބަނދަރެއް ނުފެނި ކަނޑުގައި ބަނޑަށްޖެހިގެން ވެދާނޭ މަރު
މިތާ  މަރުވާނެކަން  އެނގިގެން  ހިތަށް ވަނުމެއް  ނުވާނަމަ ޑަރު
             ހިތާ ހަށިގަނޑު ފުރޭ މަސްތުން، ހިލައިގެ ގޮތަށް ވުމުން ހިތް ހަރު

އެއްހާސް އަހަރު – ބާރަވަނަ ބައި

ކިޔާފައިވާ ޢަދަދު: 2326
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަޙުމަދު ރަޝީދު، ރިކާޒު، ލ. ފޮނަދޫ
(3 އޮގަސްޓް 2014 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އެންމެފަހުން ވޭމްޕަޔަރ އައިސް އޭނާ އަތުލައިފިއެވެ. ވަރަށް ހަމަޖެހިލައިގެން އެ ވޭމްޕަޔަރ ބިޝާރާގެ ފުރަގަހުގައި އެ ހުރީއެވެ. އެތާހުރި ގަހެއްގައި ލެނގިލައިގެންނެވެ. ހަށަންބަނދެލައިގެންނެވެ. ހީވަނީ ބިޝާރާ އަތުލައިގަތުމަށް އޭނާ މާބޮޑު މަސައްކަތެއް ނުކުރާހެންނެވެ. އޭނާ ހުރީ އެހާވެސް ހަމަޖެހިލައިގެންނެވެ. އޭނާ ލައިގެން ހުރި ކަޅު ލެދަރު ކޯޓު، ރޭނގަނޑުގެ އެ އަނދިރިކަމާއި އެކުވެފައިވާކަހަލަ އެވެ. ނަމަވެސް އޭނާގެ ދޮނފޫޑުވެފައިވާ ހަންގަނޑާއި އޭނާ އަޅައިގެންހުރި ބެލްޓްގައިވާ ސްޓީލް ދަގަނޑުގެ ބައިން އޭނާ ފާހަގަކުރަން ބިޝާރާއަށް އެނގުނެވެ.
 

ސެޒް، އެސްއީޒީ، އެސްއީޒެޑް، އިޚާސަ، އިހާސަ….. ރީތީ ކޮން ނަމެއް؟

ކިޔާފައިވާ ޢަދަދު: 4484
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ދިވެހިބަހަކީ ވެސް ބަހެއްގެ ޝަރުޠުތައް ފުރިހަމަވާ ބަހެކެވެ. ރީތި ބަހެކެވެ. އަސަރުގަދަ ބަހެކެވެ. އަމިއްލަ އަކުރެއް އޮތް ބަހެކެވެ. އެ އަކުރަކީ ސަރަޙައްދުގެ އަކުރުތަކުގެ ތެރެއިން އެންމެ ސައިންޓިފިކް އަކުރުތައްކަމުގައިވާ އަމިއްލަ އަކުރެއް އޮތް ބަހެކެވެ. ބަހާ މެދު ފަޚުރުވެރިވާ ބަޔަކަށް މި ވަރުން އެކަނި ވެސް ފުދޭނެކަން ކަށަވަރެވެ.

މަދަރުސާ

ކިޔާފައިވާ ޢަދަދު: 1993
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ރާގު: ކަރްޗަލޭ ހަމްފިދާ….

ނަޞްރުﷲ ޚަލީލް، ނޮޅިވަރަން
މަދަރުސާތައް އެއީ އިލްމުދޭ މަރުކަޒޭ
             އަދަދު ނުވެވޭނެހާ ދަރުސު ދޭ  މަރުކަޒޭ

ޢިލްމުތައް އެކި ރޮނގުން ލިބެވެވެން ހުރިތަނޭ
             ހިލްމު އެކުލާ ގޮތުން ލިބެވެވޭ  މަރުކަޒޭ