ކިޔަވާ ކުދިންނާ މުޚާޠަބުކޮށް…!

ކިޔާފައިވާ ޢަދަދު: 2328
އަބޫބަކުރު އާދަމް ސިލްވަރބީޗް ނ.މަނަދޫ
 
މިއަދު ކިޔަވާކުދިންވާންވީ ފަޚުރުވެރި ހެޔޮލަފާ ބަޔަކަށް 
                ރިވެތި އަޚުލާޤު ދަމަހައްޓާ އިލުމުވެރި ހަރުދަނާ ބަޔަކަށް 
ފަޚުރުވެރި ދީނަކީ އިސްލާމްދީންކަން ހެޔޮ ހިތުން ދަނެގެން 
               ފަޚުރުވެރި ދީނުގައި ސާބިތުވެގެން އަދު ދެމިތިބޭ ބަޔަކަށްް 

ސަންޑޭ (5)

ކިޔާފައިވާ ޢަދަދު: 3138
މޫސާ ޞާޢިދު
(27 ފެބުރުވަރީ 2015 (ހުކުރު)ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ޓެރަސްމަތީގައި ނަދުހާހުރީ މުނާޒްގެ އިންތިޒާރުގައެވެ. މިހާރު އޭނާ އެގޮތަށް އިންތިޒާރުގައި ހުންނަތާ ބައިގަޑިއެއްހާއިރުވީއެވެ. އަދިވެސް މުނާޒެއް ނާދެއެވެ. 
 
“ވަރަށް ގިނައިރުވެއްޖެތަ ހުންނަތާ؟” ނަދުހާ ސިއްސައިގެން ދިޔައީ އޭނާއާ ދާދިގާތުން އިވުނު މުނާޒުގެ އަޑުންނެވެ. ނަދުހާ އެއަޑު އިވުނު ދިމާއަށް އެނބުރުނެވެ. ހިނިއައިސްފައި ހުރީ މުނާޒެވެ. 
 

ރެހެންދި ތިންކް ގްރީން

ކިޔާފައިވާ ޢަދަދު: 3676
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
މަތީގައި އެވަނީ ދިވެހި އިސްކޫލެއްގައި އެ އިސްކޫލް ފެހިކުރުމަށް ޓަކައި، ހިންގެވި ނުވަތަ ހިންގަވާ ޚާއްޞަ ޕްރޮގްރާމެކެވެ. ޤައުމުގެ މުހިއްމު މުއައްސަސާއެއްގެ އިސްވެރީން ބައިވެރިވެ ވަޑައިގަތް ޚާއްޞަ ރަސްމިއްޔާތެއްގައި ފެއްޓެވި ޚާއްޞަ ޕްރޮގްރާމެކެވެ. ޕްރޮގްރާމުގެ ނަމެވެ. ނުވަތަ ޝިޢާރެވެ. އިނގިރޭސިބަހުން އެ އޮތް ޝިޢާރުން އަޅުގަނޑަށް ދޭހަވާން އުޅެނީ އެއީ އެ އިސްކޫލުގެ ގޯތިތެރެ ފެހި ގަސްތަތުން ޒީނަތްތެރިކުރުމާ މެދު ވިސްނުމަށްޓަކައި ދެވޭ މެސެޖެއް ކަމުގައެވެ.

ސަންޑޭ (4)

ކިޔާފައިވާ ޢަދަދު: 3219
މޫސާ ޞާޢިދު
(22 ފެބުރުވަރީ 2015 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
މިހާރުވެސް ޝަކީބާއި ޒުހުރާގެ ހުރިހާ މުދަލަކާއި ފައިސާއަކީ ނަދުހާއަށްޓަކައި އެއްކުރެވިފައިވާ ނަދުހާގެ މިލްކެވެ. އެމީހުން ނެތް ދުނިޔެއެއްގައި އެއެއްޗެއްސަށް ބާރު ހިންގާކަށް އިތުރު އެހެން ފަރާތެއް ނާންނާނެއެވެ. ނަމަވެސް އެއީ ނަދުހާ ފަޚްރުވެރިވާ ކަމެއް ނޫނެވެ. އޭނާއަކަށް މުދަލާއި ފައިސާއެއް މުހިންމެއް ނޫނެވެ. އޭނާ ލޯބިކުރަނީވެސް އާދައިގެ ދިރިއުޅުމަށެވެ. މަންމައާއި ބައްޕަ ޗުއްޓީ ދުވަސްދުވަހު ރިސޯޓަށްގޮސް ރިސޯޓުގައި ވަގުތު ހޭދަކުރިޔަސް އޭނާ ރިސޯޓަށްދާހިތެއް ނުވެއެވެ. މިހާރު އޭނާ ބޭނުންވަނީ މުނާޒާ ކައިވެނިކޮށްގެން އެކަހެރި (މީހުންމަދު މާޙައުލެއްގައި) ދިރިއުޅުމެއް އުޅޭށެވެ. އެއީ މުނާޒްވެސް އެދޭގޮތެވެ. ނަމަވެސް، ނަދުހާގެ މައިންބަފައިންނާ ދެކޮޅުހަދައި އެކަނިވެރިވިޔަ ނުދިނުމަކަށް އޭނާ ބާރެއް ނާޅައެވެ. ހީވާކަހަލައެވެ. ނަދުހާ ނަވާލާ އިނަސް އޭނާއަށް ވަރިހަމައެވެ. އޭނާއަށް އެޅޭނެ ހުރަހެއްނެތެވެ. ކޮންމެ މީހަކާ ނަދުހާ ކައިވެނިކުރި ކަމުގައިވިޔަސް، އޭނާ ބޭނުން ހިނދެއްގައި ނަދުހާއާ ބައްދަލުކުރާނެއެވެ.

ކޮޅިގަނޑު

ކިޔާފައިވާ ޢަދަދު: 2014
ޙަސަން ޒާހިރު ޢަބްދުއްރަޝީދު(ޢަންދަލީބު)، ހއ. އިހަވަންދޫ
 
ތިޔާގި “ދުމެއް” ވިދުން ގަދަ ތަރިތަކުގެ މައްޗަށް އެ ފެތުރިލަނީ
                ކިޔާ ވާރޭ   ވިލާ    ލަޝްކަރު   ވެހޭށޭ    ރުކުރުވާއެލަނީ
 
ވެހެން  ހެޔޮވާނެހޭ  އެއްވެސް   ނިޝާނެއް   ފޯރުކޮށްމެނުދީ 
                އެހެން ބުނެ ތެތްފިނީގެ ވައިން ބިމޭ  ދެން ކިލަނބުކޮށް އެހެދީ 
 

ސަންޑޭ (3)

ކިޔާފައިވާ ޢަދަދު: 3275
 
މޫސާ ޞާޢިދު
(19 ފެބްރުވަރީ 2015 (ބުރާސްފަތި) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އެރޭ ނަދުހާ ގެއަށް އައިސް މުނާޒާއި އޭނާގެ ގުޅުމުގެ ވާހަކަ މަންމަމެން ގާތު ބުނަން ޤަޞްދު ކުރިއެވެ. މިހާރު އޭނާ ބޭނުންވަނީ އެގުޅުން މަންމަމެނަށްވެސް އެނގިގެން ކުރިއަށް ގެންދާށެވެ. އޭނާއަށް މަންމަމެނަށް ކުރެވޭ އިތުބާރެއްގެވެސް ބޮޑުކަމުންނެވެ. އޭނާއާއި މުނާޒްގެ ގުޅުމަށް ހިތުގެ އެންމެ އަޑިން މަންމައާއި ބައްޕަ ރުހި ޤަބޫލުވާނެއެވެ. ނަމަވެސް، އެކަމާ މަންމަމެންގެ ޚިޔާލެއްވެސް އެނގޭނީ ނަދުހާއަށް މަންމައާއި ބައްޕަ ގާތު އެވާހަކަ ދައްކަން ހިތްވަރު ލިބިގެން ނޫންހެއްޔެވެ. އެފަދަ ވާހަކަތައް މައިންބަފައިން ގާތު ދައްކަން އޭނާ ލަދުގަނެއެވެ.

އަސަރު (16)

ކިޔާފައިވާ ޢަދަދު: 1867
ތަރުޖަމާ: ޢައްބާސް އިބްރާހީމް  މ.ސިލްވަރކްލައުޑް  
(18 ފެބުރުވަރީ 2015 (ބުދަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އެރޭ ކާމިނީ ނިދީ އޭނާގެ އުނގުގައެވެ. އަދި ފަތިސް ވަންދެން އެރޭ އޭނާ ކާމިނީގެ ބޯލާ ކޮޅުގައި އިނެވެ. ނިދީގައި ކާމިނީއަށް ލިބިފައިވާ ރީތިކަމުގެ މާތް އަސަރަށް ބަލަހައްޓައި ގެންނެވެ.
 
ނަމަވެސް މިރޭ……
 
މިހާރު އެހުރިހާ ކަމެއްމެ އޭނާއަށް ހީވަނީ ހުވަފެނެއް ހެންނެވެ.
 

ސަންޑޭ(2)

ކިޔާފައިވާ ޢަދަދު: 3277
މޫސާ ޞާޢިދު
(17 ފެބުރުވަރީ 2015 (އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“އާނ، އަވަހަށް ތިބުނާ ސުވާލެއްކުރޭ، ޖަވާބުދޭން ތައްޔާރު.” ނަވާލްގެ ހިތް އަވަސްވިއެވެ.
“އަހަންނަށް ތިގުޅި މަޤްޞަދު ބުނެފާނަންތަ؟” މިފަހަރު ނަދުހާ ވާހަކަ ދެއްކީ ތަންކޮޅެއް ގަޔާވެހުރެއެވެ. އެހެންކަމުން، ނަވާލަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ.
“މަގުމަތިން ނަދުހާ ފެނި ވާހަކަ ދައްކާހިތުން.” ނަވާލަށް ލިބިފައިވަނީ އިންތިހާ ދަރަޖައިގެ އުފާވެރި ކަމެކެވެ.

އަސަރު (15)

ކިޔާފައިވާ ޢަދަދު: 3436
ތަރުޖަމާ: ޢައްބާސް އިބްރާހީމް  މ.ސިލްވަރކްލައުޑް  
(15 ފެބްރުއަރީ 2015 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އޭނާގެ ހިތަށް ކްލަބްގެ އަލިގަދަ މަންޒަރު ސިފަކުރެވެން ފަށައިފިއެވެ. ހިފައިގެނެގެން ތިބި ދެހިޔަނި އޭނާގެ ހިތަށް ގެނެވިއްޖެއެވެ. އެއީ ޝީލްއާއި މަހެންދަރްއެވެ. ޝަލްވަނީ މަހެންދަރްގެ އަތުގެ ތެރޭގައެވެ. ޝީލްގެ ބޯވަނީ، މަހެންދަރްގެ ކޮނޑުމަތީގައެވެ. މަހެންދަރްގެ މޫނުވަނީ، ޝީލްގެ އިސްތަށިގަނޑުން ފޮރުވިފައި އޭނާގެ ރީތި ކަނދުރާގައި ޖައްސާލެވިފައެވެ….

“ރައްޓެހިވަމާ!”

ކިޔާފައިވާ ޢަދަދު: 1693
ޙަސަން ޒާހިރު ޢަބްދުއްރަޝީދު (ޢަންދަލީބު)/ ހއ.އިހަވަންދޫ
 
ދުނިޔޭގެ   ތަހުޒީބަށްޓަކައި  ވެށި  ބަލަ  ނުވާނެ  ހަލާކުކުރަން 
          ކުނި “ވެށި” ވުމުން ދޭ ގެއްލުމާ  މެދުގައި  ޖެހޭނެ ފިކުރުކުރަން 
ކާރާއި އެކި މެޝިނުން   އަރާ   ގޭހުން،   ފަޒާ  ފޮރުވާލަމުން
          ނާރާ ހިތަށް  އެއްޗެއް  ތިމާ  ވީހޭ  މި   ދުނިޔެ  ހޫނުކުރަން