ހަނދުމަވަނީ (3)

ކިޔާފައިވާ ޢަދަދު: 2286
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙުމަދު ރަޝީދު، ލ. ފޮނަދޫ
(21 ޖޫން 2014 (ހޮނިހިރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ލީނާގެ މާމަގެ މި ޚާއްޞަ ކޮށާރަކީ އެހެން ގޭގައި ހުންނަކަހަލަ އާދައިގެ ކޮށާރެއްނޫނެވެ.އެހެންނޫނަސް މިޒަމާނުގައި ކޮށާރެއް ހުއްނާނީވެސް މަދު ރަށެއްގެ މަދު ގެއެއްގައެވެ. އެ ކޮށާރުގެ މަތިވަޑާންގަނޑު އެހެން ކޮށާރުތަކަށްވުރެން އުހެވެ. ގާތްގަނޑަކަށް ކޮށާރުގެ ތަޅުމު ފިލާތަކާއި މަތިވަޑާންގަނޑާދެމެދު ބާރަވަރަކަށް ފޫޓް ހުންނާނެއެވެ. ކޮށާރަށް އެރުމުން އެއީ އެހާ ކުޑަކޮށާރެއް ނޫންކަންވެސް އެނގޭނެއެވެ. މިހާރު މިހުންނަވަރުގެ އާދައިގެ ކޮޓަރިއަކަށްވުރެން ކުޑަވާނީ ހަމަ ތަންކޮޅެކެވެ. ކޮންމެ މޫސުމަކަސް ކޮށާރުތެރެ ހިކިވެފައި ހޫނުކަމެއް ހުންނާނެއެވެ. އެހެން ކޮށާރުތަކުގައި ކާޑުގެ ބާވަތްތައް ގެންގުޅުނަސް މި ކޮށާރުތެރެ ފުރިފައިވަނީ ތަފާތު ފޮތްފޮތުންނެވެ. އިހުގެ ތަފާތު އެއްޗެއްހިންނެވެ. މުޅިންވެސް އިހުގެ ބައު ފޮތްތަކެވެ. އުސްކޮށް ބަރިބަރިއަށް ޖަހާފައެވެ. އެހެންވެގެން ލީނާ އެކޮށާރަށް އެރުނުކަންވެސް އޭނާގެ މާމައަށް ރޭކައެއްނުލިއެވެ.

އެއް ހާސް އަހަރު (އެގާރަ ވަނަ ބައި)

ކިޔާފައިވާ ޢަދަދު: 2748
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙުމަދު ރަޝީދު، ރިކާޒް، ލ. ފޮނަދޫ
(30 ޖުލައި 2014 (ބުދަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
‘އެ ވެމްޕަޔާ އަހަރެންދެކެ އެހާ ރުޅި އަންނަނީ ކީއްވެގެންބާވައެވެ. އަހަރެން ދެކެ އެވަރުގެ ގަދަ ރުޅީއެއް އަންނަންވީ އޭނާއަށް އަހަރެން ކޮން ގޯނާއެއް ކޮށްގެން ހެއްޔެވެ؟’ ހިތަށް ވެރިވަމުންދިޔަ ސުވާލުތައް އަޑުއިވޭވަރަށް ކިޔަމުން ދިޔައެވެ. އޭނާ އިނީ ނުހަނު އެކަނިވެރިވެފަ އެވެ. ފިނިވެ، ހީކަރުވާފައެވެ. އިންތިހާއަށް ބަނޑުހައިވެފަ އެވެ. އަޅާލާނެ އެއްވެސް މީހަކު ނެތެވެ. ޢާއިލާއެއް، ގެއެއް ނެތެވެ. އެކައްޗެއްވެސް ނެތެވެ.

ދިޔަރެސް (24)

ކިޔާފައިވާ ޢަދަދު: 3996
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
މޫސާ ޞާޢިދު
( 29 ޖުލައި 2014 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“އަހަންނަށް ހަމަ ޝައްކުވަނީ، އަހަރެންގެ ގޯތީގެ ދަހިވެތި ކަމުގައި ބަޔަކު ކުރި ކަމަކަށް. އެކަމަކު ގޯއްޗަށް ފަންޑިތަ ހެދި ބަޔަކު ނޭނގެނީސް ވިއްޔަ…ތިކަމެއް ތިހިނގީ.” ޝައްކެއް ނޫނެވެ. އެއީ އޭނާ ޔަޤީންކުރާ ގޮތެވެ.

އެ ހަނދާން

ކިޔާފައިވާ ޢަދަދު: 1956
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މަރްޔަމް ރަފީޢު، ލ. މާވަށް
ވަގުތަކީ ފަތިހުގެ ހިތްގައިމު ވަގުތެވެ. ރާއްޖެތެރޭގެ ގިނަ ރަށްތައް ފަދައިން މާވަށުގެ މަގުތައް ވެސް ފެންނަނީ ވަރަށް ހަމަހިމޭންކޮށެވެ. ބައެއް ފަހަރު ދޫނި ގޮވައިލާ އަޑާއި މިފަދަ އެހެނިހެން ހިތްގައިމު ޤުދުރަތީ އަޑުތައް އިވެމުންދެއެވެ. ނަމަވެސް އިރުކޮޅެއް ނުވެ ބޮޑުވެލު އަވަށުގެ ނަން ހިނގާ ގެއެއްކަމުގައިވާ ދުންފިނިގެއަށް ހަލަބޮލިކަން އަތުވެއްޖެއެވެ. އެހެންނުވާންވީ ސަބަބެއް ނެތެވެ. އެ އަވަށުގެ ޅަފުރާގެ ހުރިހާ އަންހެން ކުދިން އެ ގެއަށް ޖަމާވަމުންދަނީއެވެ. އެއީ އުދަރެހުން އިރުގެ އަލިކަން ދުނިޔެއަށް ފާއްދައިލުމުގެ ކުރިން އެ ކުދިން ކުރަން ހަމަޖެހިފައިވާ ދަތުރުގައި ބައިވެރިވުމަށެވެ.

ސާހިބާ (22)

ކިޔާފައިވާ ޢަދަދު: 3380
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފާޠިމަތު ނަހުލާ
(28 ޖުލައި 2014 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
މިއަދުން ފެށިގެން ޝަހުދު މަސައްކަތް ކުރާނީ، ޝަހުދުގެ ހިތުގައި އުފެދުނު މީނާގެ ލޯބި ނެރެލުމަށެވެ. އަދި އެ ހިތުން މީނާއަށް ދެވުނު ޖާގަ، ކުރިއެކޭ ވެސް އެއްގޮތަށް ފިޔާޒާގެ ލޯބިން ފުރައިލުމަށެވެ. ވޭތުވެގެން މިދިޔަ ދުވަސްތައް ހަނދާން ނައްތާލުމަށެވެ. އަދި ކުރިއެކޭ އެއްގޮތަށް މީނާގެ ކުރިމަތީގައި އުޅުމަށެވެ. މީނާއާ ދޭތެރޭގައި ކުރިން ދުށްގޮތަށް ދެކޭށެވެ. މީނާއަކީ ޝަހުދުގެ ސާހިބާއެވެ! މައްސަލަ ގޯސްވެ، މިއަދު ޝަހުދުގެ ހިތުގައި ކެތްކުރަން ދަތިވާފަދަ ރިހުމެއް އުފެދެން އެޖެހުނީ ޝަހުދު އެކަން ހަނދާން ނައްތައިލީމައެވެ. އެދުވަހުވެސް މީނާއާ ދޭތެރޭގައި ދުށް ނަޒަރުން ދެކެމުން އައިނަމަ، މިއަދު ޝަހުދު ދެރަވާކަށް ނުޖެހޭނެއެވެ.

އަލަށް އުފެދޭ ލަފުޒުތައް (8)

ކިޔާފައިވާ ޢަދަދު: 1813
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ލިޔުންތެރީންގެ ގުޅުން

(27 ޖޫން 2014 (ހުކުރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އަޅުގަނޑުމެން ދިވެހިބަސް ލިޔެކިޔާއިރު، ބޭނުންކުރަންޖެހޭ ބިދޭސީ ބައެއް ލަފުޒުތަކުގެ ބަދަލުގައި ބޭނުންކުރާނެ ދިވެހި ލަފުޒު ބޭނުންވެއެވެ. މި ފަދަ ލަފުޒު އުފައްދައި ބޭނުންކުރުމަކީ ބަހަށް ލިބޭނޭ ކުރިއެރުމަކަށް ވާނޭކަން ކަށަވަރެވެ. ނަމަވެސް މި މަސައްކަތް ކާމިޔާބުވާނީ ދިވެހި ލިޔުންތެރީންނާއި މީޑިއާއިން މިފަދަ ލަފުޒުތައް ޢާއްމު ގޮތެއްގައި ބޭނުން ކުރަންޏާއެވެ.

ކުނި ކޮތަޅު

ކިޔާފައިވާ ޢަދަދު: 2518
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢާއިޝަތު ނާޖީ، ނާޖީގެ
ރެޔަކީ ރާއްޖޭގައި ބޭއްވުނު އެންމެ ފޯރިގަދަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރުގެ ރޭތަކުގެ ތެރެއިން ރެޔެކެވެ. މާލޭގެ އެންމެ ބައި ބޯ އެއް ސަރަޙައްދު ކަމުގައިވާ ރާޅުގަނޑު ސަރަޙައްދުގައި އޮތް ބޮޑު ޖަލްސާގެ ބޮޑުކަން ހާމަކޮށް ދިން އެއް ސަބަބަކީ ޢާންމުކޮށް ރާއްޖޭގެ ޕޯޑިއަމް ތަކުން ނުފެންނަ އެތައް އާ މޫނެއް އެ ޖަލްސާގެ ޕޯރޑިއަމުން ފެނިގެން ދިޔުމެވެ. މީގެ ތެރެއިންވެސް ޖަލްސާއަށް ޙާޒިރުވެ ތިބި އެތަކެއް ހާސް މީހުންނާއި ދުރުން މަންޒަރު ބަލަމުން އަޑު އަހަމުން ގެންދިޔަ އެތަކެއް ހާސް ރައްޔިތުން ޙައިރާންވެ އަންތަރީސް ކުރުވައިލި ކުޅަދާނަ ވާހަކަދެއްކުންތެރިއަކީ ހަފީޒާ ކިޔާ އަންހެން ބޭކަނބަލެކެވެ.

އެއް ހާސް އަހަރު (ދިހަ ވަނަ ބައި)

ކިޔާފައިވާ ޢަދަދު: 2441
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަޙުމަދު ރަޝީދު، ރިކާޒް، ލ. ފޮނަދޫ

(17 ޖޫން 2014 (އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އުޑުމަތީގައި ހުރި ވިއްސާރަ ވިލާތައް ސާފުވެއްޖެއެވެ. ހަނދުވަރުގެ އަލިކަން އެއްވެސް ހުރަހެއް ނެތި ދޭން ފަށައިފިއެވެ. ގަސްތަކުގެ ތެރެއިންވެސް ބިމަށް ހެޔޮވަރު ވަރަކަށް އަލިކަން ފެތުރިފައިވެއެވެ. އެވަރުން ބިޝާރާއަށް ތަންތަން ފެންނަވަރު ވެއެވެ. ނަމަވެސް އޭނާގެ ދެލޯވެސް ވަނީ ވަށައިގެންވާ އަނދިރިކަމަށް ހޭނިފައި ކަހަލައެވެ. ހަމަގައިމުވެސް ވެމްޕަޔަރުން ގޮތަށް ރޭނގަނޑުގެ އަނދިރިކަމުގެ ތެރެއިން ތަންތަން ދުށުމުގެ ޤާބިލުކަމެއް އޭނާއަށް އަދި ލިބިފައެއް ނުވެއެވެ. އެހެން ހިތަށް އެރުމާއިއެކު ބިޝާރާ ކަންބޮޑުވިއެވެ.

ކިންގް ސުޢޫދުގެ ދުވަހެއް

ކިޔާފައިވާ ޢަދަދު: 1818
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އޭރުގެ ފަތްފުށްތަކުން…. (78)

ކިންގް ސުޢޫދުގެ ދުވަހެއް

عبد اللّه حميد

އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (ނ.ޢ.ޢ.ވ) އަކީ، މޮޅު ލިޔުންތެރިއެކެވެ. ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ. ޅެންވެރިއެއްވެސް މެއެވެ. ދިވެހިބަހާއި އަދަބިއްޔާތަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައި ޚިދުމަތްތެރިއެކެވެ. ތަފާތު ނޫސް މަޖައްލާތަކަށް ގިނަ ލިޔުންތަކެއް ލިޔުއްވައި އަދި ތަރުޖަމާ ކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނުވަނީ ރާއްޖޭގައި ނުކުތް ގިނަ ނޫސް މަޖައްލާތަކަށް ލިޔުއްވާފައެވެ. އަދި މަޖީދިއްޔާ މުސްކުޅި ދަރިވަރުންގެ ޖަމްޢިއްޔާގެ މަޖައްލާ “ޢިލްމީ އޮއިވަރު”އާއި ދިވެހިބަހާއި ތަރީޚަށް ޚިދުމަތްކުރާ ޤައުމީ މަޖިލީހުގެ މަޖައްލާ “ފަތްތޫރަ”އާއި ދިވެހި ނާދީގެ މަޖައްލާ “ހުވަނދު”ގެ މުޙައްރިރުކަންވެސް ކުރައްވައިފައިވެއެވެ.

ދިޔަރެސް (23)

ކިޔާފައިވާ ޢަދަދު: 4257
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މޫސާ ޞާއިދު
(23 ޖޫން 2014 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“މީ ނުލާހިކު ތާށި ދުވަސްވަރެއް…ކިހިނެއް ހެދުން އާކުރާނީވެސް…އެހެން ނޫނަސް، އަހަރެން މާބޮޑު ޝައުޤުވެރިކަމެއް ނުހުރޭ، އާ ހެދުން ފައްސާކަށް.” ސުދާ ބުންޏެވެ. މުޢާޒު ކާންފެށިއެވެ.