ހަމައެކަނި ވިދާޅުވެލެއްވުމަށް. . . . (75)

ކިޔާފައިވާ ޢަދަދު: 1775

ހަމައެކަނި ވިދާޅުވެލެއްވުމަށް. . . . (75)

އިއްތެޅި ބިއްތެޅި

މާރަންދޫ ސޭކުކަލޭފާނު، އެއް ދުވަހަކު ޢީދު މިސްކިތުގައި އިންނަވައިގެން އަވަސް އަވަހަށް އިނގިލި ބިންދަބިންދައިފައި (އިއްތެޅި ބިއްތެޅި) މިހެން ކިޔުއްވަނިކޮށް ބަޔަކު މީހުނާ ދިމާވި އެވެ. ފެއިބެންނެވީމާ އެ މީހުން ބުނެފޫއެވެ. ބަލަ ސޭކު ކަލޭފާނު މާ އަވަސް އަވަހަށް ކޮން އެއްޗެއް ކިޔުއްވާ ދުވަހެއްތޯ އެވެ؟

އޭރުގެ ފަތްފުށްތަކުން… (97)

ކިޔާފައިވާ ޢަދަދު: 2031

 

އޭރުގެ ފަތްފުށްތަކުން… (97)

ފުރޭތަ ފެންނަ ގޮތް

ޙުސައިން ޞަލާހުއްދީން
އަހުރެން ދާދި ކުޑާއިރު ކިރިޔާ ހަނދާން ހުންނަ އިރު އެއްރެޔަކު ވަރަށް ދަންވަރު ހީވަނީ ފަތިސްދަންމަތިވެއްޖެހެންނެވެ. މީހަކު ހޭރިގެންފައި އައިސް ލައްޕާފާ ހުރި ދޮރުގާ ޖެހިގެންފާ ދޮރު ކައިރިއަށް ވެއްޓިގެންފިޔޭ. 

ހަލާކޭވަނީ މި ގޮތުގައި

ކިޔާފައިވާ ޢަދަދު: 3139
ޙުސައިން ޢާމިރު
ހަލާކާއި ގެއްލުން ހުރީ މިގޮތުގައި، ހަލާލެއް ހަރާމެއް ބެލެން ނެތުމުގައި
 ބަލާކަށް ނުހުރެ  އަތް ޖެހޭ އެއްޗަކުން  އަރާމެއްކަމަށް ދެކިއެ ކައި ހެދުމުގައި
ތިމާ ބުއްދިއެއްނެތް ފަދައިން އުޅުމުގައި ހަވާ ނަފްސަކީއޭ ސަވާރީ ހިތައި
 ހިމާރެއްމަތީ  އިންނަ ލަގަނެއް ނުލައި ކިރާ ތިލަފަތެއް ނެތި ޢަމަލު ކުރުމުގައި

އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ބައިނަލްއަޤުވާމީ ދުވަސް

ކިޔާފައިވާ ޢަދަދު: 4923

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
އިއްޔެއަކީ އެ ދުވަހެވެ. ގިނަ މީޑިއަމްތަކުން އިވުނު ގޮތުގައި އަންހެނުންނާ ދެކޮޅަށް ކުރާ އަނިޔާ ހުއްޓުވުމުގެ ދުވަހެވެ. ޚަބަރުތަކުން މި އަޑު އިވުމުން އަޅުގަނޑަށް ވެސް ކުޑަ ހުއްޓުމެއް އައެވެ. މި އުޅެނީ އަންހެނުންނާ ދެކޮޅަށް ކުރާ އަނިޔާ ހުއްޓުވަންތޯ، ނުވަތަ އަންހެނުންނަށް ކުރާ އަނިޔާ ނައްތައިލާން މަސައްކަތްކުރަންތޯ ސުވާލު އުފެދުނެވެ.

އަޅުގަނޑުގެ ވިސްނުން ކޮށީކަމަށް ވުމަކީ ހަމަ ވަރަށް އެކަށީގެންވާ ކަމެކެވެ. އެހެންވެ މި ނަމާ މެދު އަންހެން ބޭފުޅުންގެ ޚިޔާލު ވެސް ބަލައިލީމެވެ. ގިނަ ބޭފުޅުން ވިދާޅުވާ ގޮތުން ނަމަ، އެ ބޭފުޅުންނަށް ރަނގަޅީ “އަންހެނުންނާ ދެކޮޅަށް ކުރެވޭ އަނިޔާ”އޭ ލިޔުމަށް ވުރެ “އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށޭ” ލިޔުނިއްޔާއެވެ. އަޅުގަނޑުގެ ސުވާލަށް ޖަވާބުދެއްވި ބޭބޭފުޅުންނަށް ޝުކުރު ދަންނަވަމެވެ.

ކަންފަތް ކަހާން ވެގެން ދޯންޔަކުން ގެނައި ކުކުޅު ފައިތަކެއް

ކިޔާފައިވާ ޢަދަދު: 5254
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
އަޅުގަނޑުގެ ރައްޓެއްގެ ފޯނަށް އައި ކުރު މެސެޖެކެވެ. އެސްއެމްއެހެކެވެ. މާލެ އަށް 10 ކުކުޅުފައި ފޮނުވައިދިނުން އެދި އެވެ. އަދި އެ ފައިތައް ފޮނުވާ ދޯންޔެއްގެ ނަމާއި، އަންނާނެ ކަމަށް ލަފާކުރެވޭ ތާރީޚު ވެސް އަންގައިދިނުން އެދިފައި އޮތެވެ.
އެސްއެމް އެސް އެއީ އަޅުގަނޑުމެން (ޢާއްމު ގޮތެއްގައި) ލެޓިން އަކުރުން ލިޔެއުޅޭ އެއްޗަކަށް ވާތީ ދޯންޔެއްގެ ނަން ބުނާށޭ ލިޔެފައި އޮތީމާ އެ ވާނީ ދޯންޏެއް ލިޔަން އުޅެގެން ލިޔެވުނު އެއްޗެއް ކަން ރަޙުމަތްތެރިޔާއަށް ދެނެގަންނާކަށް އުނދަގުލެއް ނުވި އެވެ. ނަމަވެސް ރަޙުމަތްތެރިޔާއަށް ނުވިސްނުނީ، މާލެއަށް ރާއްޖޭގެ އެހެން ރަށަކުން ކުކުޅުފައިތަކެއް ގެންނަން ޖެހުނު ސަބަބެވެ. މާލޭގައި މާ ގިނައިން ކުކުޅުފައި ވިއްކަން ހުންނާތީ އެވެ.

ނިމިގެން ދިޔަ ލިޔުންތެރީންގެ ފޮތް މައުރަޒުގެ އުފާވެރި ހަނދާން ތަކުގެ ތެރެއިން…..

ކިޔާފައިވާ ޢަދަދު: 4622
އަޙްމަދް ސަމީރު ޢަލީ
ނިމިގެން ދިޔަ ލިޔުންތެރީންގެ ފޮތް މައުރަޒުގައި އަޅުގަނޑުމެން، ” ލިޔުންތެރީންގެ ގުޅުމުގެ” ފަރާތުންވެސް ބައިވެރިވެ ފޮތް ވިއްކީމެވެ. ބައެއް މޭޒު މޭޒުގައި ވިއްކީ ވަކި ލިޔުންތެރިއެއްގެ އަމިއްލަފުޅު ލިޔުއްވުންތަކެވެ. އަނެއްބައި މޭޒުމޭޒުގައި ވަކި ޗާޕު ޚާނާއެއްގެ މަސައްކަތެވެ. ނުވަތަ ވަކި އޮފީހެއްގެ ފަރާތުން ފޮތް ހިލޭ ބެހުމާއި ވިއްކުމެވެ. އަޅުގަނޑުމެން އެންމެ ގިނައިން ވިއްކީ، ” ލިޔުންތެރިޔާ ” އާއި ” ޅެންވެރިޔާ” ގެ އަދަދު ތަކާއި،  ތަފާތު ލިޔުންތެރިންގެ ފޮތްފޮތެވެ. ސަމާސާއަކަށް އަޅުގަނޑުމެން ކީ، ‘މިއީ ލިޔުންތެރިން ގުޅުވައިދޭ މޭޒެވެ. ވީމާ ކޮންމެ ބޭފުޅަކު އެދިވަޑައިގަތަސް އެބޭފުޅެއްގެ ފޮތް އަޅުގަނޑުމެން ވިއްކައިދޭނަމެވެ!”

ނަސޭހަތެއް

ކިޔާފައިވާ ޢަދަދު: 2854
އާދަމް ނަޞީރު އިބްރާހީމް (2014)
 
ނަމުރޫދުގެ ދަރުފުނި ހިތުގައި ރޯ ނުކުރާށޭ! 
        ހަމަ ކޮންމެ ގޮތެއްގައި ވެސް ނެރެ ބޭރު ކުރާށޭ! 
ޤާރޫނުގެ ބިޔަ ތަޅުދަނޑިފަތި ލިބުނު ހިނދެއްގައި 
  ޢުޘްމާނުގެ މާތް އަތްތިލައިން ގޮސް އެ ނަގާށޭ! 

ހަލާކުވެފައިވާ ހިތެއްގައި އެހެން ލޯތްބެއް (30)

ކިޔާފައިވާ ޢަދަދު: 2132
ޢަލީ ޝަރީފް ، ހ. ފިލިގަސްދޮށުގެ
(25 ޖޫން 2014 (ބުދަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ކައިވެނި ކޮށް ދިނުމަށް ޙާޞިރު ވެ ހުރި ފަދިރީ އަކީ މުސްކުޅިއެކެވެ. އޭނާ އެދެމީހުންނަށް ހިނިތުން ވެލަމުން އަންނަނިވި ޢިބާރާތް ފެށިއެވެ.
“ލޯބިވެރިންނޭވެ. އަހަރެމެން މިތަނަށް އެއްވެ މިތިބީ………”
މިސްޓަރ މުއަރ ޕެނެލޯޕް އެއް ފިޔަވަޅު ފަހަތަށް ޖެހިލައިފިއެވެ.  ބްރައިޑްސް  މެއިޑް  ޕެނެލޯޕްގެ އަތުގައި މިހާރު އެއޮތީ ބްރައިނީގެ މާބޮޑިއެވެ. އެ މާބޮޑި ހަދާފައި ވަނީ ފުން ރަތް ކުލައިގެ ފިނިފެންމަލުންނެވެ.

ޢަލީ

ކިޔާފައިވާ ޢަދަދު: 2145
އަޙްމަދު ޝިޔާމް 
އަޅުގަނޑު މިހާރު މިވަނީ ވަރުބަލި ވެފައެވެ. ހައިހޫނުކަން ފިލައިދާ ގޮތެއްނުވެއެވެ. އަބަދުވެސް ހުންނަނީ ބޮލުގައި ރިއްސައިފައެވެ. ވާގޮތެއް ބުނެދޭކަށް ނޭނގެއެވެ.  މިއީ ކުރިން ދިމާވި ކަމެއް ނޫނެވެ. ކުޑައިރުކޮޅަކު ބަލިމީހާގެ މޫނަށް ބައްލަވަން ޑޮކްޓަރު އިންނަވާފައި ވިދާޅުވީ “ތިކަމަކީ އާންމުކޮށް މިހާރު ޢަލީއަށް ދިމާވާކަމެއްނު، އެހެނަސް މިފަހަރު ވެސް ޓެސްޓް ހަދާލަންވާނެ”
  

އަސަރު (3)

ކިޔާފައިވާ ޢަދަދު: 3819
ތަރުޖަމާ: ޢައްބާސް އިބްރާހީމް  މ.ސިލްވަރކްލައުޑް
(16 ނޮވެންބަރު 2014 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އިންދިރާއާއެކު ކާމިނީ ރާޖް ކައިރިއަށް އަތުވެއްޖެއެވެ. އޭނާގެ އެސްފިޔަތައް ވަރަށް އަވަސް އަވަހަށް ޙަރަކާތް ކުރަމުން ދިޔައެވެ. “މިއީ ރާޖް ބާބޫއެވެ……” އިންދިރާ ތަޢާރަފް ކޮށްދިނެވެ. އަދި ޕްރިތިވީއާއި ދިމާއަށް ބަލާލާފައި ބުންޏެވެ. “އޭނާގެ އެންމެ ގާތް ރަޙްމަތްތެރިޔާއެވެ. މިހާރު އަހަރުމެން މިތިބެނީ އޭނާގެ ގެއެއްގައެވެ……”