މަދަރުސާ

ކިޔާފައިވާ ޢަދަދު: 2044
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ރާގު: ކަރްޗަލޭ ހަމްފިދާ….

ނަޞްރުﷲ ޚަލީލް، ނޮޅިވަރަން
މަދަރުސާތައް އެއީ އިލްމުދޭ މަރުކަޒޭ
             އަދަދު ނުވެވޭނެހާ ދަރުސު ދޭ  މަރުކަޒޭ

ޢިލްމުތައް އެކި ރޮނގުން ލިބެވެވެން ހުރިތަނޭ
             ހިލްމު އެކުލާ ގޮތުން ލިބެވެވޭ  މަރުކަޒޭ

މިއިޢުލާން ދެކެވަޑައިގަތީމުތޯ؟…….(29)

ކިޔާފައިވާ ޢަދަދު: 1934
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 މިނިސްޓްރީ އޮފް ހޯމްއެފެއަރސް
ޕަބްލިކް މެއިންޓެނަންސް ޑިވިޝަން (ށ)
      މާލެ، ދިވެހިރާއްޖެ                              ނަންބަރު: 72/9

އިޢުލާން

ލޮނުޒިޔާރަތްކޮޅުގައި ކުޅިވަރު ކުޅުން

ސާހިބާ (29)

ކިޔާފައިވާ ޢަދަދު: 3328
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ފާޠިމަތު ނަހުލާ
(31 އޮގަސްޓް 2014 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
މީނާ ހޮސްޕިޓަލްގެ އެނދުގައި އޮތެވެ. އޭނާ އޮތީ ވަރަށް ފޫހިވެސް ވެފައެވެ. ޝަހުދު މިހާރު އޭނާއާ ވާހަކަ ދައްކަނީ ވަރަށް މަދުންނެވެ. މުޅި ދުވާލާއި ރޭގަނޑު ގާތުގައި ހޭދަކުރާއިރުވެސް ކޮންމެހެން ބުނަންޖެހޭ ވާހަކައެއް ނޫނީ އޭނާ ނުބުނެއެވެ. ޝަހުދު ވާހަކަ ނުދައްކަން ފެށީމާ މީނާއަކަށްވެސް އިސްވެ އަނގައިން ބުނާކަށް ނުކެރެއެވެ.

“ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަން ދިނުމުގެ ޤާނޫނު”ގެ ބާރު ކަނޑުވައިލުން

ކިޔާފައިވާ ޢަދަދު: 4928
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
މައުޟޫޢާ ގުޅޭ ގޮތުން ވާހަކަދައްކައިލުމުގެ ކުރީން ދިވެހީންގެ ވަރަށް ކައިރި މާޒީއަކަށް ޖެހިލާނަމެވެ. އަޅުގަނޑުމެންގެ ބަހާ މެދު މީހުންގެ ވިސްނުން ބަދަލުވާންފެށީ ކީއްވެގެންތޯ ދެނެގަތުމަށްޓަކައެވެ. އެއަށްފަހު ބަހަށް އައިސްފައިވާ ބައެއް ބަދަލުތަކާމެދު ވާހަކަދައްކަިލާނަމަެވ. މައުޟޫޢާ ބެހޭ ގޮތުން ވާހަކަދައްކާނީ ތަންކޮޅެއް ފަހުންނެވެ. އެކަމަކު ނިންމައިލުމުގެ ކުރީންނެވެ. ނިމެންދެން ވިދާޅުވުން އެދެމެވެ.
 

ދިޔަރެސް (28)

ކިޔާފައިވާ ޢަދަދު: 4115
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

މޫސާ ޞާޢިދު
(26 އޮގަސްޓް 2014 (އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“އަޅެ….ކަރީމްބޭ…އޭނަގެ ކިބައިން މުޢާޒު ސަލާމަތް ކުރެވިދާނެތަ؟ އަހަރެން ބޭނުން….މުޢާޒު ސަލާމަތް ކުރަން.” ފިރާޝާގެ ހިތް އަވަސްވިއެވެ. މިހާރު އޭނާގެ އުންމީދުވެސް ކޮންމެވެސްވަރަކަށް އާވެއްޖެއެވެ. އޭނާއަށް އަލުން މުޢާޒުގެ ލޯބި ލިބެން އުޅެނީއޭ ހިތަށް އަރަން ފަށައިފިއެވެ. އޭނާގެ ހިތް މިހާރު އޭނާގެ ގާތު ބުނާކަހަލައެވެ. “ފިރާޝާއެވެ. ކެތްތެރިވާށެވެ. ކާމިޔާބު ލިބޭކަށް ދެން މާގިނަ ދުވަހެއް ނެތެވެ. ސުދާގެ ޙަޤީޤަތް އެނގި، ސުދާ މުޢާޒުގެ ދިރިއުޅުމުން ބާކީވާ ވަގުތު ހުސްވާ މަޤާމު ގައިމުވެސް ފިރާޝާއަށް ލިބޭނެއެވެ. މިފަހަރު ލިބޭ މަޤާމުގައި ސާބިތުވެ ހުރުމަށް ދިރިއުޅުން ބައްޓަން ކުރުމަކީ ފިރާޝާގެ ވާޖިބަކަށް ހަދަން ވާނެއެވެ. އެހެން ނޫނީ އަނެއްކާވެސް ފިރާޝާގެ ޙަޔާތުން މުޢާޒު ބީވެދާނެއެވެ.

ތިޔަ ހަނދާނޭ!

ކިޔާފައިވާ ޢަދަދު: 2202
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ރާގު: ޔާ މެރީ މަންޒިލް ބަތާ….

ނަޞްރުﷲ ޚަލީލް / ނޮޅިވަރަން
ދޭހުގާ ލިބުމެއް ނެތަސް އޭނާ ހަނދާނޭ އާވަނީ
           ރޭހުގާ ބާކީވިޔަސްވެސް ދުރު ހަނދާނާ ނުވެވެނީ

މިގޮތުގާ ހުންނަންވުމުން ކުރެވޭ ފިކުރު ކަރުނައިތެރޭ
          މިގޮތުގާ ވިރިހިތް ދިޔަސް ޔާރާ ހަނދާނޭ ދެމިވަނީ

އަޅުގަނޑަށް ލިބުނު “މުޖައްރިބު ބޭސް”

ކިޔާފައިވާ ޢަދަދު: 5047
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަޙްމަދް ސަމީރު ޢަލީ

ހުސްވި އަހަރުގެ ހަމަ މިދުވަސްކޮޅު އަޅުގަނޑަށް ޖެހުނު ރޯގާގެ ބިރުވެރި ކޮޅުމަތި  އަނެއްކާވެސް ފެންނާން ފަށައިފިއެވެ. ބިރުވެރިއޭ މި ލިޔެވުނީ މި ދިޔަ އަހަރު އަޅުގަނޑަށް ވީ ވަރުންނެވެ! ރޯގާގެ ވާހަކައަކީ އެންމެ ގަދަޔަށް ޖެހިފައި ހުއްޓައި ލިޔަން މާ ރަނގަޅު ވާހަކައެއް ނޫނެވެ. އަޅުގަނޑުމެންގެ މި ވެބްސައިޓަށް ލިޔުއްވާ ވަރަށް ކުޅަދާނަ ބޭފުޅެއް ލިޔުއްވާ އުސްލޫބުން އޭނާގެ ލިޔުމެއް ކިޔާފައި ކާން އުނދަގޫވި ދުވަހެއް ވެސް ދިޔައެވެ. އޭގެ ފަހުން، އޭނާގެ ލިޔުއްވުން މިސްރާބު ޖަހާ ދިމާ ހަމަ އެނގުމުން ކިޔުން ހުއްޓައިލަނީއެވެ. ވީމާ އެހާ ‘ ތެދުވެރި ކަމާއެކު’ ލިޔުމުގެ ބަދަލުގައި ސަމާސާ ގޮތަކަށް ލިޔެވޭވަރު ވަންދެން އަޅުގަނޑު މަޑުކޮށްލީއެވެ. މިހެން މަޑު ޖައްސާލައިގެން ހުއްޓައި އަނެއްކާ އެކަން ތަކުރާރުވާން އުޅޭހެން އެބަ ހީވެއެވެ. ވީމާ ލަސްނުކޮށް ފައިބެ އަހަރު ކަންތައް ވީގޮތް ލިޔެލާ ހިތް ވެއްޖެއެވެ!

ޚާލިދް މިޝްޢަލް- އިޒްރޭލް އެންމެ ޖެހިލުންވާ މީހާ

ކިޔާފައިވާ ޢަދަދު: 4209
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އަޙްމަދް ސަމީރު ޢަލީ


25 ސެޕްމްބަރު 1997 ގައި މިހާރުވެސް އިޒްރޭލުގެ ބޮޑުވަޒީރު ބެންޔާމީން ނަޓެންޔާހޫގެ އަމުރަށް، މިހާރު ޙަމާސް ޖަމާއަތުގެ ލީޑަރު ޚާލިދް މިޝްއަލް އަވަހާރަކޮށްލުމަށް ވަރަށް ނުރައްކާތެރި ރޭވުމެއް ތަންފީޒުވެގެން ދިޔައެވެ. ތިރީގައި އެވަނީ، އިޒްރޭލުގެ ސިއްރުފުލުހުންގެ އިދާރާ މޮސާޑް ގެ ދެ އޭޖެންޓުން ޚާލިދް މިޝްޢަލް އަވަހާރަ ކޮށްލަން ކުރި މަސައްކަތާއި، އެކަމުގެ ސަބަބުން މެދުއިރުމައްޗަށް މީގެ 17 އަހަރު ކުރިން ވެރިވި ނާމާން ކަމުގެ ވާހަކައެވެ.  މި ހަގީގީ ހާދިސާއާއި ބެހޭ ޑޮކިޔުމެންޓްރީ ފިލްމެއް ފައިބެއަހަރު އަލް ޖަޒީރާގެ ފަރާތުން ތައްޔާރު ކުރިއެވެ.    KILL HIM SILENTLY ގެ ނަމުގައި ތައްޔާރު ކުރެވިފައިވާ މި ފިލްމް އިންޓަނެޓުން ބައްލަވައި ލެއްވިދާނެކަން ކިޔުންތެރިންގެ މައުލޫމާތަށްޓަކައި ދަންނަވައިލަމެވެ.


ސާހިބާ (28)

ކިޔާފައިވާ ޢަދަދު: 3782
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފާޠިމަތު ނަހުލާ
(24 އޮގަސްޓް 2014 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
މީނާ އެހެން ބުނީ ފަރުވާތެރިކަމާއެކު ޝަހުދުގެ މޫނަށް ބަލަން އިނދެއެވެ. މީނާ އެހެން ބުނުމުން ޝަހުދުގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. ވަރަށް އުފާވެފައި ޝަހުދު މީނާއަށް ބަލައިލިއެވެ. އެހެން ނަމަވެސް މީނާގެ މޫނުމަތި ފެނުމާއެކު ޝަހުދުގެ އެއުފާވެރިކަން ކެނޑިގެން ހިނގައްޖެއެވެ. ޝަހުދު އަވަސް އަވަހަށް މޫނު އަނބުރައިލިއެވެ. ޝަހުދުގެ އެއުފާވެރިކަމުގެ ސަބަބުން މީނާއަށް އިތުރު ވޭނެއް ލިބުނުހެން ޝަހުދަށް ހީވިއެވެ.

ބަސް ދަސްކުރަން ފަސޭހައީ ވީ އެންމެ ޅަފަތެއްގައެވެ.

ކިޔާފައިވާ ޢަދަދު: 4855
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙްމަދް ސަމީރު ޢަލީ
ބަހުގެ އިލްމުވެރިންނާއި ބަސް ކިޔަވައިދިނުމަށް ޝައުގުވެރިވާ ވަރަށް ގިނަމީހުން ދަންނަ ގޮތުގައި ބަހެއް ދަސްކުރަން އެންމެ ރަނގަޅީ ދަރިވަރުންގެ އުމުރުން ވީ އެންމެ ޅަފަތެއްގައެވެ. ތުއްތު ކުދިން ބަހަކުން ވާހަކަ ދައްކަން ދަސްކުރާ ހަލުވި މިނުގައި ބޮޑެތި މީހުންނަށް އެ ހުނަރު އަތުލައެއް ނުގަނެވެއެވެ. އިލްމީ ގޮތުން މިކަން ހާމަ ކޮށްދެއްވީ Eric Lenneberg   އެވެ. އެރިކް ލެންބާރގަކީ ނާރާއި ބެހޭ އިލްމުގެ ތަޖުރިބާކާރެކެވެ. އަދި ބަސްވާރެއްވެސް މެއެވެ.