ކަންފަތް ކަހާން ވެގެން ދޯންޔަކުން ގެނައި ކުކުޅު ފައިތަކެއް

ކިޔާފައިވާ ޢަދަދު: 5296
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
އަޅުގަނޑުގެ ރައްޓެއްގެ ފޯނަށް އައި ކުރު މެސެޖެކެވެ. އެސްއެމްއެހެކެވެ. މާލެ އަށް 10 ކުކުޅުފައި ފޮނުވައިދިނުން އެދި އެވެ. އަދި އެ ފައިތައް ފޮނުވާ ދޯންޔެއްގެ ނަމާއި، އަންނާނެ ކަމަށް ލަފާކުރެވޭ ތާރީޚު ވެސް އަންގައިދިނުން އެދިފައި އޮތެވެ.
އެސްއެމް އެސް އެއީ އަޅުގަނޑުމެން (ޢާއްމު ގޮތެއްގައި) ލެޓިން އަކުރުން ލިޔެއުޅޭ އެއްޗަކަށް ވާތީ ދޯންޔެއްގެ ނަން ބުނާށޭ ލިޔެފައި އޮތީމާ އެ ވާނީ ދޯންޏެއް ލިޔަން އުޅެގެން ލިޔެވުނު އެއްޗެއް ކަން ރަޙުމަތްތެރިޔާއަށް ދެނެގަންނާކަށް އުނދަގުލެއް ނުވި އެވެ. ނަމަވެސް ރަޙުމަތްތެރިޔާއަށް ނުވިސްނުނީ، މާލެއަށް ރާއްޖޭގެ އެހެން ރަށަކުން ކުކުޅުފައިތަކެއް ގެންނަން ޖެހުނު ސަބަބެވެ. މާލޭގައި މާ ގިނައިން ކުކުޅުފައި ވިއްކަން ހުންނާތީ އެވެ.

ނިމިގެން ދިޔަ ލިޔުންތެރީންގެ ފޮތް މައުރަޒުގެ އުފާވެރި ހަނދާން ތަކުގެ ތެރެއިން…..

ކިޔާފައިވާ ޢަދަދު: 4661
އަޙްމަދް ސަމީރު ޢަލީ
ނިމިގެން ދިޔަ ލިޔުންތެރީންގެ ފޮތް މައުރަޒުގައި އަޅުގަނޑުމެން، ” ލިޔުންތެރީންގެ ގުޅުމުގެ” ފަރާތުންވެސް ބައިވެރިވެ ފޮތް ވިއްކީމެވެ. ބައެއް މޭޒު މޭޒުގައި ވިއްކީ ވަކި ލިޔުންތެރިއެއްގެ އަމިއްލަފުޅު ލިޔުއްވުންތަކެވެ. އަނެއްބައި މޭޒުމޭޒުގައި ވަކި ޗާޕު ޚާނާއެއްގެ މަސައްކަތެވެ. ނުވަތަ ވަކި އޮފީހެއްގެ ފަރާތުން ފޮތް ހިލޭ ބެހުމާއި ވިއްކުމެވެ. އަޅުގަނޑުމެން އެންމެ ގިނައިން ވިއްކީ، ” ލިޔުންތެރިޔާ ” އާއި ” ޅެންވެރިޔާ” ގެ އަދަދު ތަކާއި،  ތަފާތު ލިޔުންތެރިންގެ ފޮތްފޮތެވެ. ސަމާސާއަކަށް އަޅުގަނޑުމެން ކީ، ‘މިއީ ލިޔުންތެރިން ގުޅުވައިދޭ މޭޒެވެ. ވީމާ ކޮންމެ ބޭފުޅަކު އެދިވަޑައިގަތަސް އެބޭފުޅެއްގެ ފޮތް އަޅުގަނޑުމެން ވިއްކައިދޭނަމެވެ!”

ނަސޭހަތެއް

ކިޔާފައިވާ ޢަދަދު: 2887
އާދަމް ނަޞީރު އިބްރާހީމް (2014)
 
ނަމުރޫދުގެ ދަރުފުނި ހިތުގައި ރޯ ނުކުރާށޭ! 
        ހަމަ ކޮންމެ ގޮތެއްގައި ވެސް ނެރެ ބޭރު ކުރާށޭ! 
ޤާރޫނުގެ ބިޔަ ތަޅުދަނޑިފަތި ލިބުނު ހިނދެއްގައި 
  ޢުޘްމާނުގެ މާތް އަތްތިލައިން ގޮސް އެ ނަގާށޭ! 

ހަލާކުވެފައިވާ ހިތެއްގައި އެހެން ލޯތްބެއް (30)

ކިޔާފައިވާ ޢަދަދު: 2157
ޢަލީ ޝަރީފް ، ހ. ފިލިގަސްދޮށުގެ
(25 ޖޫން 2014 (ބުދަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ކައިވެނި ކޮށް ދިނުމަށް ޙާޞިރު ވެ ހުރި ފަދިރީ އަކީ މުސްކުޅިއެކެވެ. އޭނާ އެދެމީހުންނަށް ހިނިތުން ވެލަމުން އަންނަނިވި ޢިބާރާތް ފެށިއެވެ.
“ލޯބިވެރިންނޭވެ. އަހަރެމެން މިތަނަށް އެއްވެ މިތިބީ………”
މިސްޓަރ މުއަރ ޕެނެލޯޕް އެއް ފިޔަވަޅު ފަހަތަށް ޖެހިލައިފިއެވެ.  ބްރައިޑްސް  މެއިޑް  ޕެނެލޯޕްގެ އަތުގައި މިހާރު އެއޮތީ ބްރައިނީގެ މާބޮޑިއެވެ. އެ މާބޮޑި ހަދާފައި ވަނީ ފުން ރަތް ކުލައިގެ ފިނިފެންމަލުންނެވެ.

ޢަލީ

ކިޔާފައިވާ ޢަދަދު: 2170
އަޙްމަދު ޝިޔާމް 
އަޅުގަނޑު މިހާރު މިވަނީ ވަރުބަލި ވެފައެވެ. ހައިހޫނުކަން ފިލައިދާ ގޮތެއްނުވެއެވެ. އަބަދުވެސް ހުންނަނީ ބޮލުގައި ރިއްސައިފައެވެ. ވާގޮތެއް ބުނެދޭކަށް ނޭނގެއެވެ.  މިއީ ކުރިން ދިމާވި ކަމެއް ނޫނެވެ. ކުޑައިރުކޮޅަކު ބަލިމީހާގެ މޫނަށް ބައްލަވަން ޑޮކްޓަރު އިންނަވާފައި ވިދާޅުވީ “ތިކަމަކީ އާންމުކޮށް މިހާރު ޢަލީއަށް ދިމާވާކަމެއްނު، އެހެނަސް މިފަހަރު ވެސް ޓެސްޓް ހަދާލަންވާނެ”
  

އަސަރު (3)

ކިޔާފައިވާ ޢަދަދު: 3870
ތަރުޖަމާ: ޢައްބާސް އިބްރާހީމް  މ.ސިލްވަރކްލައުޑް
(16 ނޮވެންބަރު 2014 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އިންދިރާއާއެކު ކާމިނީ ރާޖް ކައިރިއަށް އަތުވެއްޖެއެވެ. އޭނާގެ އެސްފިޔަތައް ވަރަށް އަވަސް އަވަހަށް ޙަރަކާތް ކުރަމުން ދިޔައެވެ. “މިއީ ރާޖް ބާބޫއެވެ……” އިންދިރާ ތަޢާރަފް ކޮށްދިނެވެ. އަދި ޕްރިތިވީއާއި ދިމާއަށް ބަލާލާފައި ބުންޏެވެ. “އޭނާގެ އެންމެ ގާތް ރަޙްމަތްތެރިޔާއެވެ. މިހާރު އަހަރުމެން މިތިބެނީ އޭނާގެ ގެއެއްގައެވެ……”

ދުނިޔޭގެ ދިރިއުޅުމަށް ނަޒަރެއް…!

ކިޔާފައިވާ ޢަދަދު: 2506
އަބޫބަކުރު އާދަމް ސިލްވަރބީޗް ނ.މަނަދޫ 
 
ދުނިޔޭގެވަގުތީ ދިރިއުޅުން ވިރެމުން އެދާ އުއްބައްތިހެން
              ހުލިވާނެކަން  ނިމިދާނެކަން  ތެދެކޭދަނީ  ސާބިތުވެގެން 
އުމުރުން ދުވަސްތައް ފާއިތުވެގޮސް އުމުރުވެސްހުސްވާނެކަން       
              ހުރިހާހިނދެއްގައި ލޯމަތިން މިދަނީ ޔަޤީން ކަށަވަރުވެގެން  

އަސަރު (2)

ކިޔާފައިވާ ޢަދަދު: 3990
ތަރުޖަމާ: ޢައްބާސް އިބްރާހީމް  މ.ސިލްވަރކްލައުޑް
(13 ނޮވެންބަރު 2014 (ބުރާސްފަތި) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
މިހާރު އޭނާ މިހިރީ މިދެންނެވި އިންދިރާގެ ކައިވަންޏަށްޓަކައި އެހެން މީހެއްގެ ބާރާތު ގޮވައިގެން އައިހެވެ. އެހެން މީހަކީ އޭނާގެ އަންމެ ގާތް ރަޙްމަތްތެރިޔާ ޕްރިތިވީއެވެ. ޕްރިތިވީ އޭނާގެ ކައިވެނީގެ ހުރިހާކަމެއް އޮގަނައިޒްކޮށް ހިންގުމާ ޙަވާލުކުރީ ރާޖްއާއެވެ. އެހެންކަމުން އޭނާ މިކަންތައް ކުރީއެވެ. އަދި ކައިވެންޏަށްޓަކައި އައްސާލެވޭ ޚާއްޞަ ސާލު އޭނާގެ އަމިއްލަ އަތުން ޕްރިތިވީގެ ބޮލުގައި އައްސާލަ ދިނީއެވެ.
 

އަސަރު (1)

ކިޔާފައިވާ ޢަދަދު: 4040
ތަރުޖަމާ: ޢައްބާސް އިބްރާހީމް ، މ.ސިލްވަރކްލައުޑް

އޮނަރަބްލް އަލްފާޟިލް ޢައްބާސް އިބްރާހީމަކީ (ނުވަތަ ތުޅާދޫގޭ ޢައްބާސަކީ ނުވަތަ އެންދެރިމާގޭ ޢައްބާސަކީ) ދިވެހި އަދަބީ ދާއިރާގައި އިތުރު ތަޢާރުފަކަށް ބޭނުންވާނޭ ބޭފުޅެއް ނޫނެވެ. އަދީބެކެވެ. ނޫސްވެރިއެކެވެ. ލިޔުންތެރިއެކެވެ. މުތަރުޖިމެކެވެ. މި ދާއިރާގައި އެކި ރޮނގުރޮނގުން ދިގު މުއްދަތެއްގައި ދިވެހި ޤައުމަށް ޚިދުމަތްކުރައްވައިފައިވާ ޚިދުމަތްތެރިއެކެވެ. މި ކަމުގެ އަގު ވަޒަންކުރައްވައި ދިވެހި ސަރުކާރުން ތަފާތު ފެންވަރުގެ ޤައުމީ އިނާމުތައް އެ މަނިކުފާނަށް  ވަނީ ދެއްވައިފައެވެ.

ހިތްވަރު ދެއްވުމުގެ އިނާމު

ކިޔާފައިވާ ޢަދަދު: 2073
މުޙައްމަދު ޒަކަރިއްޔާ ނައިފަރު 

މިއީ، މިއަހަރުގެ ޖުމްހޫރީ ދުވަހު، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން؛ ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން، ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގަތް، ޅ.ނައިފަރު، މީޒާން އަލްފާޟިލް މުޙައްމަދު ޒަކަރިއްޔާ، މީގެ 34 އަހަރު ކުރީން، 1980 ވަނަ އަހަރުގެ އޯގަސްޓް 15 ވަނަ ދުވަހުގެ “ހަވީރު” ނޫހުގައި ލިޔުއްވާފައިވާ ލިޔުމެކެވެ. މި ލިޔުން އޭނާ ލިޔުއްވާފައިވަނީ، ރާއްޖޭގައި ޞިއްޙީ ޚިދުމަތް ކުރުމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، ލިބިވަޑައިގަތުމާ ގުޅިގެންނެވެ.