ރޯދަ ހަދިޔާ – ހަލީސާ (39)

ކިޔާފައިވާ ޢަދަދު: 3046
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ރޯދަ ހަދިޔާ – ހަލީސާ(39)

ފާޠިމަތު ޒާރާ

އަޑު އަހަން ބޭނުން ވާހަކަ

ދިރިއުޅުމުގައި އީޖާބީ ވިސްނުން ބޭނުންކުރުމާ ބެހޭ ގޮތުން ބޭއްވި ސެމިނާއެއް އަޑުއަހަން ގޮސް ތިބި މީހުންގެ ތެރެއިން ތިން މީހަކު ސްޓޭޖް މައްޗަށް އެރުވިއެވެ. އަދި އެ ސެމިނާގައި ވާހަކަ ދައްކަން ގޮސް ހުރި މީހާ އެ ތިން މީހުންނާ ސުވާލުކުރިއެވެ.
”ކަލޭމެން ތިން މީހުން މަރުވުމުން، ކަލޭމެންގެ މޫނު ދެކެން އަންނަ މީހުންގެ ކިބައިން، ކަލޭމެންނާ ބެހޭގޮތުން އަޑުއަހަން ބޭނުންވަނީ ކޮންކަހަލަ ވާހަކައެއް؟”

މުއްލާ ނަޞީރުއްދީން ވާހަކަ – 4

ކިޔާފައިވާ ޢަދަދު: 4100
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢައްބާސް އިބްރާހީމް
(3 ޖުލައި 2014 (ބުރާސްފަތި) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

މުއްލާ ފައިސާކޮޅެއް ހޯދުން (1)

އެދުވަހު ހަވީރު މުއްލާއަށް ދެވުނީ ފެންގަނޑެއްގެ ކައިރިއަށެވެ. އެއީ އޭނާގެ ޅަފުރާގައި ވަރަށް ގިނައިން އައިސްއުޅުނު ތަނެކެވެ. އެދުވަސްވަރުގެ ހަނދާންތަކާއެކު ފެންގަނޑުގެ ކައިރީގައި އޮތް ހިލަގަނޑެއްގައި މުއްލާ އިށީނެވެ. މަގުގެ އަނެއްފަރާތުގައި ހުރި ކުޑަ ފިހާރައެއް އޭނާއަށް ފެނުނެވެ. އެއީ ސައި ވިއްކާ ފިހާރައެކެވެ. މީހުން އެފިހާރައިން ސަޔާއި ހެދިކާފަދަ ތަކެތި ގަނެގެން ސައިބޮމުން ދެއެވެ. ނަމަވެސް މުއްލާއަތުގައި ސައިތައްޓެއް ގަންނާކަށްވެސް ފައިސާއެއް ނެތެވެ.

ރޯދަ ހަދިޔާ – ހަލީސާ (38)

ކިޔާފައިވާ ޢަދަދު: 2810
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ރޯދަ ހަދިޔާ – ހަލީސާ (38)

ފާޠިމަތު ޒާރާ

ރީތިވުން

ކުޑަ ފިރިހެން ކުއްޖެއް އޭނާގެ މަންމަ މޫނުގައި ބޯކޮށް ކްރީމް އުނގުޅައިގެން ހުއްޓާ ފެނިގެން އެހިއެވެ. “ތިޔައީ މަންމަ ކީއްކުރަން ކުރާ ކަމެއް؟”

“މިއީ މަންމަ ރީތިވާން ކުރާ ކަމެއް.”

ކެތްތެރިކަމުގެ މަސް

ކިޔާފައިވާ ޢަދަދު: 3106
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢަބްދުއްރަޝީދު ޙުސައިން
ހިތް ތިރި ކަމަށް މަގު ދައްކަނީ ކެތްތެރި ކަމުގެ ރަމަޟާން މަހޭ
        ހިތްހެޔޮ ކަމަށް  ހިތްވަރު ދެނީ  ކެތްތެރި ކަމުގެ  ރަމަޟާން މަހޭ
އަސްލެއް ނުވާ ދޮގު ބަސްތަކާ ޤަސްދާއެކީ ކުރެވޭ ކުށާ
         ވަސްވާސްތަކާ  ދުރު ކޮށް ދެނީ    ކެތްތެރިކަމުގެ ރަމަޟާން މަހޭ

ރޯދަމަސް އައުމާއެކީ….

ކިޔާފައިވާ ޢަދަދު: 2155
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ރޯނުގޭ ޙަސަން މަނިކު
ރޫޙު ދީނީ އާވަމުންދޭ ރޯދަމަސް އައުމާއެކީ
            ނޫރު ދީނީ  ފެތުރެމުންދޭ  ރޯދަމަސް  އައުމާއެކީ
އެކިދިމާއިން ހެޔޮ ނަސޭހަތް މީސްތަކުންނަށް ހެޔޮއަދައި
            އެކި ވައުޡުތައް އިއްވަމުންދޭ ރޯދަމަސް އައުމާއެކީ

ރޯދަ ހަދިޔާ – ހަލީސާ (37)

ކިޔާފައިވާ ޢަދަދު: 2701
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ރޯދަ ހަދިޔާ – ހަލީސާ (37)

ފާޠިމަތު ޒާރާ

ގަބު މިވީ ކާކު؟

އެއްދުވަހަކު ޓީޗަރަކު އޭނާ ކިޔަވައިދޭ ކުލާހަށް ވަދެ ދަރިވަރުން ކުރިމަތީގައި ހުއްޓި ހުރެ އެހިއެވެ. “މި ކުލާހުގައި ތިބި ގަބު ކުދިން ކޮޅަށް ތެދުވެބަލަ”
ޓީޗަރު މިހެން ބުނިތާ އެތައް އިރެއްވީއިރުވެސް އެންމެ ކުއްޖަކުވެސް ނުތެދުވުމުން، އެ ކުލާހަށް އަލަށް އައިސް އިން ކުއްޖަކު ކޮޅަށް ތެދުވިއެވެ.

މުއްލާ ނަޞީރުއްދީން ވާހަކަ – 3

ކިޔާފައިވާ ޢަދަދު: 4435
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ޢައްބާސް އިބްރާހީމް
(1 ޖުލައި 2014 (އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

އަސަރުކުރުވަނިވި ހަނދާންތައް

ބުޚާރާގެ ކާރުބާރު ބޮޑު މަގުތަކުގައި މުއްލާ ހިނގަމުން ދިޔަ އެވެ. ކުއްލިއަކަށް އޭނާއަށް ފެނުނީ ވީރާނާ ވެފައިހުރި ގެއެކެވެ. ގޭގެފާރުގައި ޖަހާފައިވާ މަށިތައްވެސްވަނީ އެކި ދިމާދިމާއިން ނެއްޓިފައެވެ. އަދި ފާރުތަކުގައި އަޅައިފައިވާ ރެނދުތަކާއެކު އެ ގެ ފެންނަނީ ވަރަށް ބޮޑަށް ހަލާކުވެފައިވާ ތަނެއްގެ ގޮތުގައެވެ.

ރޯދަ ހަދިޔާ – ހަލީސާ (36)

ކިޔާފައިވާ ޢަދަދު: 3114
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފާޠިމަތު ޒާރާ

ގަހަނާ

އަންހެނަކު ކުރަހާ މީހެއް ގާތަށް ގޮސް ބުންޏެވެ. “އަހަރެންގެ ފޮޓޯއެއް ކުރަހާލަދީ! ފޮޓޯގައި އަހަރެންގެ ކަރުގައި ވަރަށް އަގު ބޮޑު ހާރެއް އޮންނަން ވާނެ. ކަންފަތުގައި ޖަވާހިރުލީ މުދި ހުންނާން ވާނެ. ނޭފަތުގައި ރަނުން ހަދާފައިވާ ބޮޑު ބޮޅެއް އޮންނާން ވާނެ.”

ރަމަޟާނުގެ ޝިކާޔަތު

ކިޔާފައިވާ ޢަދަދު: 2893
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އާދަމް ނަޞީރު އިބްރާހީމް
މޭގެ ހުރިހައި   ބަލިތަކާ  ރޫޙާ ހިތަށް  ފަރުވާ ކުރާން
             މީގެ އެއް އަހަރުގެ ކުރިން އައިމޭ   ތިބާ ޠާހިރު ކުރާން
ދެއްވި އިލްހާމާ ޝިފާ ބަރުތީލަކޮށް  ތިޔަ ޙައްޤުގައި 
             އެއްމަހުގެ މުއްދަތު  ނުދޭހޭ  ފާއިތުވެ   ޚިދުމަތް ކުރާން

އަޅުގަނޑުގެ ނަޒަރުގައި ރޯދަމަސް….!

ކިޔާފައިވާ ޢަދަދު: 2556
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
އަބޫބަކުރު އާދަމް، ސިލްވަރބީޗް، ނ.މަނަދޫ
ރޯދަމަހަކީ ރަހުމަތުން ފުރިފައިވި ބަރަކާތްތެރި މަހެއް
             ރޯދަމަހަކީ  އަޅުކަމާ  ތަޤުވާގެ  މަތިވެރި  މައްސަރެއް
ހެޔޮކަމުގެ ތިލަފަތް ބަރުކުރަން އެދެވިގެން ކުރިއަށްހިނގަން
             ހެޔޮމަގެއް ތަނަވަސް ހުޅުވިފައި އޮތް އެއީ ހެޔޮ މައްސަރެއް