ދިރިއުޅުން

ކިޔާފައިވާ ޢަދަދު: 2694
ލިޔުނީ: ޢާއިޝަތު ނާޖީ، ނާޖީގެ

ގުރޫޕްސްޓަޑީ ހެދުމަށްފަހު މާޒިނަށް ގެޔަށް ދެވުނުއިރު މެންދަމުން އަނބުރައި ދޭއް ޖެހަނީއެވެ. އަންހެނުން ސަމީނާ ސޯފާގައި  ހަމަނުޖެހި ،އުނދަގޫ ގޮތަކަށް ނިދިފައި އޮތެވެ. އެއް އަތުގައި ޓީވީގެ ރިމޯޓްވެސް އޮތެވެ. ސަމީނާގެ އަތުގައި އޮތް ރިމޯޓް  މާޒިން މަޑުމަޑުން އަތުލުމަށްފަހު ބާއްވާލިއެވެ. ސަމީނާއަށް ގޮވާލާނަމޭ ހިތަށް އަރައި މަޑުމަޑުން އަތުގައި ހިފައި މޫނަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ. ސަމީނާ އޮތީ ފުން ނިންޖެއްގެތެރޭ ކަމުގައި ވިޔަސް މޫނުމަތިން ފާޅުވަމުން ދިޔައީ ވަރުބަލިކަމާއި ލޮޑުކަމުގެ އަސަރެވެ. އެހެންކަމުންސަމީނާއަށް ގޮވާލަން ހިތަށް އަރާފައިވެސް މާޒިނަށް ގޮވާލާކަށް ނުކެރުނެވެ.

އަސަރު (4)

ކިޔާފައިވާ ޢަދަދު: 3884
ތަރުޖަމާ: ޢައްބާސް އިބްރާހީމް
(18 ނޮވެމްބަރ 2014 (އަންާގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

ކާމިނީ ބަލަމުން ދަނީ އޭނާގެ ތަރުތީބެއް ނެތްކަމާއި ފަރުވާކުޑަ ކަމަށްކަން ރާޖްއަށް އިޙްސާސް ކުރެވުނެވެ. ކުޑައިރުކޮޅަކަށް ނަމަވެސް އޭނާގެ ހިތަށް މަލާމާތް ވެރިވެގެން ދިޔައެވެ. ނަމަވެސް ހަމަވިދިގެން އައި ހިނދުކޮޅުގައި އޭނާގެ އަމިއްލަ ހިތާހިތާ ހީނލިއެވެ. މިތަރުތީބެއް ނެތްކަމީ އޭނާގެ ޠަބީޢަތެވެ. ކުޑައިރުއްސުރެ އޭނާއަކީ ހެދުމާއި ތަންމައްޗާއި އަދި ފޮތްތަކާމެދު މާފަރުވާ ބަހައްޓާ މީހެއްނޫނެވެ.
 

ތަރައްޤީގެ ވަޢުދު – ސިންގަޅަ ބަހުން

ކިޔާފައިވާ ޢަދަދު: 4329

ކޮޅުނބުގެ ހަދިޔާ

ތަރައްޤީގެ ވަޢުދު – ސިންގަޅަ ބަހުން

ޙަސަން ޝާކިރު މުޙައްމަދު

އަޅުގަނޑުމެންގެ އަވަށްޓެރި އޮޅުދޫކަރައިގެ އަވަސް ރިޔާސީ އިންތިޚާބު އަންނަ ޖަނަވަރީން 8 ގައި ބޭއްވުމުގެ އެންމެހައި ތައްޔާރީތަކާއި ކެމްޕޭންތައް ވަރަށް ފޯރީގައި ހިނގަމުން އެބަ ދެއެވެ. ކޮޅުނބުގެ މަގުތަކުގައި ވެސް ރިޔާސީ ކެންޑިޑޭޓެއްގެ ތަފާތު ފޮޓޯތައް އެއްކޮޅުން އަނެއްކޮޅަށް ބަހައްޓައި، ހަރުކޮށްފައި އެބަހުއްޓެވެ. އަދި މުޅީންވެސް ފެންނަމުންދަނީ މިހާރުގެވެސް ރައީސް މަހިންދަ ރާޖަޕަކްސާގެ ފޮޓޯތަކެވެ. ދެވަނަ ކެންޑިޑޭޓު ކުރީގެ ޞިއްޙަތާބެހޭ ވަޒީރު މައިތުރިޕާލާ ސިރިސޭނާގެ އެއްވެސް ފޮޓޯއެއް މަގެއްގެމަތީންނެއް ނުފެނެއެވެ. ނަމަވެސް ބައެއް ނޫސްތަކާއި ޓީ.ވީ.ޗެނަލްތަކުން ސިރިސޭނަގެ ފޮޓޯތަކާއި މަންޒަރުތައް ފެންނަމުން ދެއެވެ.

ތަރައްޤީގެ ވަޢުދު – ސިންގަޅަ ބަހުން

ކިޔާފައިވާ ޢަދަދު: 687

ކޮޅުނބުގެ ހަދިޔާ

ތަރައްޤީގެ ވަޢުދު – ސިންގަޅަ ބަހުން

ޙަސަން ޝާކިރު މުޙައްމަދު 
އަޅުގަނޑުމެންގެ އަވަށްޓެރި އޮޅުދޫކަރައިގެ އަވަސް ރިޔާސީ އިންތިޚާބު އަންނަ ޖަނަވަރީން 8 ގައި ބޭއްވުމުގެ އެންމެހައި ތައްޔާރީތަކާއި ކެމްޕޭންތައް ވަރަށް ފޯރީގައި ހިނގަމުން އެބަ ދެއެވެ. ކޮޅުނބުގެ މަގުތަކުގައި ވެސް ރިޔާސީ ކެންޑިޑޭޓެއްގެ ތަފާތު ފޮޓޯތައް އެއްކޮޅުން އަނެއްކޮޅަށް ބަހައްޓައި، ހަރުކޮށްފައި އެބަހުއްޓެވެ. އަދި މުޅީންވެސް ފެންނަމުންދަނީ މިހާރުގެވެސް ރައީސް މަހިންދަ ރާޖަޕަކްސާގެ ފޮޓޯތަކެވެ. ދެވަނަ ކެންޑިޑޭޓު ކުރީގެ ޞިއްޙަތާބެހޭ ވަޒީރު މައިތުރިޕާލާ ސިރިސޭނާގެ އެއްވެސް ފޮޓޯއެއް މަގެއްގެމަތީންނެއް ނުފެނެއެވެ. ނަމަވެސް ބައެއް ނޫސްތަކާއި ޓީ.ވީ.ޗެނަލްތަކުން ސިރިސޭނަގެ ފޮޓޯތަކާއި މަންޒަރުތައް ފެންނަމުން ދެއެވެ. 

ތިކިޖެހިތާނައިގެ މުޞީބާތް

ކިޔާފައިވާ ޢަދަދު: 3299
ޙުސައިން ޢާމިރު
އެކި ބޭފުޅުންގެ އިސްތަށިފުޅުގައި ރިއްސަނީ އެކި ކަންކަމާ ހުރެއެވެ. ބައެއް ބޭފުޅުންނަށް އަވަހާރަފުޅު ނުލެއްޕެވެނީ  ދުނިޔެ ހޫނުވަމުން ދާތީއެވެ. އަނެއްބައި ބޭފުޅުންގެ ހިތްޕުޅު ނުތަނަވަސްކުރުވަނީ ގިނަގިނައިން ގަސްކެނޑުމުން ދުނިޔެ ހަނަފަސްވަމުން ދާތީއެވެ. ހަމައެގޮތަށް އީޕީއޭގެ ހުއްދަނެތި ވަލުން ރުއްގަސް ކަނޑާތީ ޖެހޭ މައްސަލަ ވެސް މަދެއްނޫނެވެ. މީއީ ހައްތަހާވެސް ރަނގަޅު ކަންކަމެވެ. އަޅުގަނޑަށް އުނދަގޫވެގެން މިއުޅެނީ ރެޔާއި ދުވާލު، ޚަބަރު ފަތުރާ ވަސީލަތްތަކުން ފެންނަ ލިޔުންތަކުގައްޔާއި ވިދާޅުވާ ޚަބަރުތަކުގައި ތާނައަކުރުތަކުގެ އިދިކީލި ފަރާތުގައި ޖައްސަވާ ނުކުތާތަކެއްގެ ސަބަބުންނާއި އެލަފުޒުތައް ވިދާޅުވާ ގޮތުންނެވެ.

މަރުވެ ނެތެމުންދާ ބަސްބަސް ދުރާލައި ސަލާމަތް ކުރާން ޖެހޭ ސަބަބުތައް

ކިޔާފައިވާ ޢަދަދު: 5139
ލިޔުއްވީ: Rachel Nuwer
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
“ހަމަ އެކަނި ހުސްވި ގަރުނުގައިވެސް ތަފާތު 400 ބަސް ދުނިޔެއިން ފޮހެވިގެން ގޮސްފައިވެއެވެ. އެއީ، ކޮންމެ ތިން މަހަކުން ބަހެކެވެ!  ބަހުގެ އިލްމުވެރިންގެ ގިނަ ބަޔަކު ގަބޫލު ކުރައްވާގޮތުގައި އިންސާނުން މިހާރު ވާހަކަ ދައްކައި އުޅޭ 6500 އެއްހައި ބަސްބަހުގެ ތެރެއިން ދެބައި ކުޅަ އެއްބައި މި 21 ވަނަ ގަރުނު ނިމުމުގެ ކުރިން މި ދުނިޔެއިން ފޮހެވިގެން ދާނެއެވެ! ބައެއް އިލްމުވެރިން ގަބޫލު ކުރައްވާ ގޮތުގައި އެއަށްވުރެ މާ ބޮޑު ބައެއް، އާދެ! ސައްތައިން 90 ނެތިގެން ދާނެއެވެ! މިހާރު އެންމެ ގިނަ މީހުން ވާހަކަ ދައްކައި އުޅޭ 10 ބަހަކީ ދުނިޔޭގެ އާބާދީގެ ދެބައި ކުޅަ އެއްބައި މީހުންގެ ބަސްބަހެވެ. ވީމާ ބާކީ ހުރި ގިނަ ބަސްބަހަކީ  މަދު ބަޔަކު ވާހަކަ ދައްކައި އުޅޭ ބަސްބަހެވެ.  ވީމާ، މަދު ބަޔަކު ވާހަކަ ދައްކައި އުޅޭ ތަފާތު ބަސް އާލާކޮށް ދެމެހެއްޓި ދާނެ ބާއެވެ؟ ނުވަތަ އަޅުގަނޑުމެން އެންމެން، އެންމެ ފަހުން ވާހަކަ ދައްކާނީ ނުފޫޒު ގަދަ ދެތިން ބަހަކުން ބާއެވެ؟

ރީތި އެއްޗިއްސަށް ބަލަނީ އެ ފަދަ އެއްޗެއް އުފައްދާކަށް ނޫނެވެ.

ކިޔާފައިވާ ޢަދަދު: 4253
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
މާލޭ ޢީދުމިސްކިތް ބީނާކުރެއްވި ކަމަށް ވަނީ މުޢީނުއްދީނު ރަސްކަމުގައެވެ. އެއީ އެ ޒަމާނަށް ބަލާ އިރު ބޮޑު ރީތި މިސްކިތެކެވެ. އެ ޒަމާނަކު އެކަންޏެއް ނޫނެވެ. މިހާރު ވެސް އެ މިސްކިތަކީ މަސައްކަތްތެރިކަމުގެ ގޮތުން އާދަޔާ ޚިލާފު މޮޅު ބިނާ އެކެވެ. އެހެންވީ އިރު، އެ ޒަމާނުގައި އެ މިސްކިތުގެ ރީކަން ދެކެން ބޭނުންނުވާނީ ކާކުތޯއެވެ؟

ހަމައެކަނި ވިދާޅުވެލެއްވުމަށް. . . . (75)

ކިޔާފައިވާ ޢަދަދު: 1817

ހަމައެކަނި ވިދާޅުވެލެއްވުމަށް. . . . (75)

އިއްތެޅި ބިއްތެޅި

މާރަންދޫ ސޭކުކަލޭފާނު، އެއް ދުވަހަކު ޢީދު މިސްކިތުގައި އިންނަވައިގެން އަވަސް އަވަހަށް އިނގިލި ބިންދަބިންދައިފައި (އިއްތެޅި ބިއްތެޅި) މިހެން ކިޔުއްވަނިކޮށް ބަޔަކު މީހުނާ ދިމާވި އެވެ. ފެއިބެންނެވީމާ އެ މީހުން ބުނެފޫއެވެ. ބަލަ ސޭކު ކަލޭފާނު މާ އަވަސް އަވަހަށް ކޮން އެއްޗެއް ކިޔުއްވާ ދުވަހެއްތޯ އެވެ؟

އޭރުގެ ފަތްފުށްތަކުން… (97)

ކިޔާފައިވާ ޢަދަދު: 2121

 

އޭރުގެ ފަތްފުށްތަކުން… (97)

ފުރޭތަ ފެންނަ ގޮތް

ޙުސައިން ޞަލާހުއްދީން
އަހުރެން ދާދި ކުޑާއިރު ކިރިޔާ ހަނދާން ހުންނަ އިރު އެއްރެޔަކު ވަރަށް ދަންވަރު ހީވަނީ ފަތިސްދަންމަތިވެއްޖެހެންނެވެ. މީހަކު ހޭރިގެންފައި އައިސް ލައްޕާފާ ހުރި ދޮރުގާ ޖެހިގެންފާ ދޮރު ކައިރިއަށް ވެއްޓިގެންފިޔޭ. 

ހަލާކޭވަނީ މި ގޮތުގައި

ކިޔާފައިވާ ޢަދަދު: 3187
ޙުސައިން ޢާމިރު
ހަލާކާއި ގެއްލުން ހުރީ މިގޮތުގައި، ހަލާލެއް ހަރާމެއް ބެލެން ނެތުމުގައި
 ބަލާކަށް ނުހުރެ  އަތް ޖެހޭ އެއްޗަކުން  އަރާމެއްކަމަށް ދެކިއެ ކައި ހެދުމުގައި
ތިމާ ބުއްދިއެއްނެތް ފަދައިން އުޅުމުގައި ހަވާ ނަފްސަކީއޭ ސަވާރީ ހިތައި
 ހިމާރެއްމަތީ  އިންނަ ލަގަނެއް ނުލައި ކިރާ ތިލަފަތެއް ނެތި ޢަމަލު ކުރުމުގައި