ރޯދަ ހަދިޔާ – ހަލީސާ (32)

ކިޔާފައިވާ ޢަދަދު: 3217
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ރޯދަ ހަދިޔާ – ހަލީސާ (32)
ފާޠިމަތު ޒާރާ

ފެށުމުގެ ކުރިން

ފިރިމީހާ އޮފީހުން ނިމިގެން ގެއަށް އައިސް ބޮޑު ކޮޓަރި ތެރޭގައި ހުރި އަރާމު ގޮނޑިއެއްގައި އިށީނދެއްޖެއެވެ. އަދި ޓީވީ ޖައްސައިލިއެވެ. ޓީވީން އަންނަނީ ވޯލްޑްކަޕް މުބާރާތުގެ މެޗު ފެށުމުގެ ކުރިން އަންނަ ޕްރޮގްރާމެވެ. އޭނާ އަނބިމީހާއަށް ގޮވައިލިއެވެ.
“ނަޒީރާ- ފެށުމުގެ ކުރިން ނިކަން މީރު ސައި ތަށްޓެއް ގެނެސް ދީބަލަ-“

ފަހު ފަރުދާ (1)

ކިޔާފައިވާ ޢަދަދު: 2531
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
                                                        
އިބުރާހިމް ހުސެންމަނިކު   
ބޭރުން އައިސް ގެޔަށް ވަނުމާއެކު ލިބުނީ ސިއްސުވައިލި ޚަބަރެކެވެ. އަހަރެންގެ އަވައްޓެރިޔާގެ އަންހެން ދަރިފުޅު އަމީރާ ނުރައްކާތެރި މުޑިއެރުމެއްގައި ހަސްފަތާލަށް ގެންދެވި ހާލެއް ނެތް މީހުންގެ ބައިގައި ފަރުވާދެމުން އަންނަ ވާހަކައެވެ. އަމީރާ އަކީ ފަރުދާވެގެން އުޅޭ ފިރި ފުރާވަރު ކުއްޖެކެވެ.

ފަހު ފަރުދާ

ކިޔާފައިވާ ޢަދަދު: 279

އަލަށް އުފެދޭ ލަފުޒުތައް (7)

ކިޔާފައިވާ ޢަދަދު: 2065
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ލިޔުންތެރީންގެ ގުޅުން
(13 ޖޫން 2014 އާ ގުޅޭ)
އަޅުގަނޑުމެން ދިވެހިބަސް ލިޔެކިޔާއިރު، ބޭނުންކުރަންޖެހޭ ބިދޭސީ ބައެއް ލަފުޒުތަކުގެ ބަދަލުގައި ބޭނުންކުރާނެ ދިވެހި ލަފުޒު ބޭނުންވެއެވެ. މި ފަދަ ލަފުޒު އުފައްދައި ބޭނުންކުރުމަކީ ބަހަށް ލިބޭނޭ ކުރިއެރުމަކަށް ވާނޭކަން ކަށަވަރެވެ. ނަމަވެސް މި މަސައްކަތް ކާމިޔާބުވާނީ ދިވެހި ލިޔުންތެރީންނާއި މީޑިއާއިން މިފަދަ ލަފުޒުތައް ޢާއްމު ގޮތެއްގައި ބޭނުން ކުރަންޏާއެވެ.

ކުދިވާހަކަ (54)

ކިޔާފައިވާ ޢަދަދު: 3873
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

އެތަނާއި މިތަނުން

ކުދިވާހަކަ (54)

ހުރިހާ ގޮތަކުން އެންމެ ރަނގަޅު މީހާ

 ޢައްބާސް އިބްރާހީމް

ޙަޔާތުގެ ހުރިހާ ދުވަސްތަކެއް ހަޔާތުގެ ބައިވެރިޔަކު (އަނތްބަކު) ނުހޯދާ ހޭދަކުރި މީހެއްގެ ވާހަކައެވެ. އޭނާގެ ޙަޔާތް ނިމިގެން ދިޔައީ ހުރިހާ ގޮތަކުން އެންމެ ރަނގަޅު އަނހެނަކު ހޯދަން އުޅެ އެފަދަ މީހަކު ނުފެނިގެންނެވެ. އޭނާގެ ޢުމުރުން ހަތްދިހަ އަހަރު ފުރުނު ފަހުން ކޮންމެވެސް މީހަކު އެއްދުވަހަކު އޭނާއާ ސުވާލުކޮށްލިއެވެ.

ހަލާކުވެފައިވާ ހިތެއްގައި އެހެން ލޯތްބެއް (29)

ކިޔާފައިވާ ޢަދަދު: 3421
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ޢަލީ ޝަރީފު، ހ. ފިލިގސްދޮށުގެ
(18 ޖޫން 2014 (ބުދަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ކުއްލިއަކަށް އޭނާގެ ހިތަށް އެ ވަނީ އެއީ ކޮން ފަދަ ބޮޑު ދުވަހެއް ކަމެވެ. އެއީ އަަހަރެންގެ ކައިވެނީގެ ދުވަހެވެ. ބްރައިނީ ޚިޔާލްކޮށްލިއެވެ. ނޭވާ އަކަށް ވެސް ޙަރަކާތެއް ނުގެނެސް އޮތް ވަޤުތުކޮޅެއް ބްރައިނީ ހޭދަކޮށްލީ ހިޔުގެ ހަނދާނުގައެވެ. އެރޭ ހިޔު ހުރީ ރެއިގޭޓްގަައި ތިބި އެލިޒަބަތު މުއަރ ގެ ގޭގައެވެ. ލިޒް އާއި އޭނާގެ ދްރެކް އަކީ ވަރަށް ހިތްގައިމު ދެމަފިރިންނެވެ. އެދެމަފިރިން އޭރު ތިބީ މޯލްޓާގައެވެ. ނަމަވެސް ލިޒް ގެ މަންމަ އަށާއި ވަފާތެރި މިސިޒް މެލިން އާއި އެހީވުމަށް ގޭގައި އުޅެނީ މުސްކުޅި ބެރީއެވެ. މުއަރ ގެ ގެއަށް ވަނީ ވަރަށް ގިނަ ޢަދަދެއްގެ މެހުމާނުންތަކެއް އައިސް ފުރިފައެވެ.

އެމް. ޕީ. ޑީ

ކިޔާފައިވާ ޢަދަދު: 2572
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page

ލިޔުނީ: ޢާއިޝަތު ނާޖީ

“މަންމާ އައިމާ ވާ އުފާ ބުނެދޭން އަހަރެން ބޭނުންވޭ”  މި ލަވަ ފާތިމާގެ ހިތްގައިމު ރީތި އަޑުން ފޯރިއާއެކު ކިޔަމުން ކޮޓަރިތެރޭ ފޮޅައި ސާފު ކުރުމުގެ މަސައްކަތް ކުރަމުން ގެންދަނީ އެވެ. ބޭސްފަރުވާއަކަށް މާލެ ދިޔަ އޭނާގެ މަންމަ އެނބުރި މާދަމާ ރަށަށް އަންނާތީ އެވެ.

ދިޔަރެސް (22)

ކިޔާފައިވާ ޢަދަދު: 4039
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
 
މޫސާ ޞާޢިދު
(16 ޖޫން 2014 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

މިފަދަ ކަންތައްތަކަކީ މިހާރުވެސް މަދުން ނަމަވެސް، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގަމުންދާ ކަންތައްތަކެކެވެ.

“ސީދާ ޢާއިލާ ނައްތާލަން ކޮށްފައިވާ ކަމެއް މީ…..” ކޮނެގެން ފުރަތަމަ ފެނުނު ލޯފޮތި ދޮވެ ބަލައިލުމަށްފަހު ޢަލިމަނިކު ބުންޏެވެ.

“ކިރިޔާއެއްނު އަހަންނާ ދަރިފުޅު ސަލާމަތްވީ؟” ހުރިހާ ދިމާއަކުން ވެސް ލޯފޮތިތައް ނަގައި، އެ ހިލިހިލާއިން ގެ ސަލާމަތްކޮށް ނިމި ހިންދެމިލަމުން ވަސީމް ބުންޏެވެ.

ސާހިބާ (19)

ކިޔާފައިވާ ޢަދަދު: 3641
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
ފާޠިމަތު ނަހުލާ
(15 ޖޫން 2014 (އާދީއްތަ) ދުވަހު ޝާއިޢު ކުރި ބަޔާ ގުޅޭ)
މީނާގެ ފިނި އަދި ހޫނު ބީހުމެއްގެ އިޙްސާސް ޝަހުދަށް ކުރެވުމާއެކު، ބޭއިޚްތިޔާރުގައި ޝަހުދަށް މީނާ އޭނާގެ ހަށިގަނޑު އޭނާގެ އަތުތެރޭގައި ބާރުކޮށްލެވުނެވެ. މީނާގެ އެޙަރަކާތްތަކަށް ޖަވާބުނުދީ ޝަހުދަށް މަޑުން ހުރެވުނީ މަދު ސިކުންތުކޮޅަކުއެވެ. މީނާގެ ލޯބިވެތި ޙަރަކާތްތަކުން ޝަހުދުގެ ނިދާފައިވާ ޖަޒުބާތުތައް ހޭލައްވާލައިފިއެވެ. މީނާއާ އެކުގައި ޝަހުދުވެސް ޖަޒުބާތުގެ އޮއިވަރެއްގައި ބެހެމުން ދާން ފަށައިފިއެވެ.

ހަނދުމަވަނީ (2)

ކިޔާފައިވާ ޢަދަދު: 2548
Share on FacebookTweet about this on TwitterShare on LinkedInShare on Google+Email this to someonePrint this page
އަޙުމަދު ރަޝީދު، ރިކާޒު، ލ. ފޮނަދޫ
(16 ޖޫން 2014 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
އާފާޤްގެ ކޮއްކޮ، އާފިޤްގެ އެއްވެސް ހިލަމެއް ނުވިއެވެ. އާފާޤް އަނެއްކާވެސް އޭނާގެ ކޮއްކޮއަށް ގޮވަންފެށިއެވެ. ކުރިއަށްވުރެން ބާރަށެވެ. އާފިޤްގެ ހިލަމެއް ނުވުމުން، އާފާޤް ކަނޑުތެރެއަށް ފީނާލިއެވެ. އެ އަނދިރި ކަނޑުގެ ތެރެއިން އޭނާގެ ކޮއްކޮގެ ހިލަމެއްވޭތޯ އެވެ.