އިބިލީހުގެ ހަތިޔާރުގެ ބާޒާރު

ކިޔާފައިވާ ޢަދަދު: 3987
ޢަބްދުއްރަޝީދު ޙުސައިން
ނުދެކޭނަމަ ދުނިޔޭގެ  ޙަވާދިޘް ބަލަމުން ދޭ
             އިބިލީހުގެ  ހަތިޔާރުގެ      ބާޒާރުމަތިން  ދޭ

އިންނާނެޔެ އިބިލީސް އަބަދާއަބަދު އެތާނގައި
             ވިއްކަން ހަތިޔާރެއްނަމަ ގެއްލުން    ލިއްބައިދޭ

ބިރުގަނެ ޖެހިލުންވާނެ ކަމެއްނެތް ނުގަތިއްޔާ
            އެތަނުން ހަތިޔާރެއް ބަލަމުން އަގު   އަހަމުންދޭ

ސާހިބާ (24)

ކިޔާފައިވާ ޢަދަދު: 4007
ފާޠިމަތު ނަހުލާ
(07 އޮގަސްޓް 2014 (ބުރާސްފަތި) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ދުރުގައި މި މަންޒަރު ބަލަންހުރި މީނާގެ ލޮލުން ކަރުނަ އޮހޮރެމުންދިޔައެވެ. ޝަހުދުގެ ހިތުގައި މިހާރު މީނާގެ މައްޗަށް އުފެދިފައިވާ ނަފްރަތު މިއަދު މީނާއަށް އެނގިއްޖެއެވެ. ބައްޕަ ޝަހުދުދެކެ ރުޅިއަޔަސް މީނާއަކަށް ޝަހުދު ދެކެ ރުޅިއެއް ނާދެވޭނެއެވެ. ޝަހުދު އެ ކިޔަނީ މީނާއާ ދިމާއަށް ކިޔަން ޙައްޤު އެއްޗިއްސެވެ. ޝަހުދުގެ އަޑުގެ މައްޗަށް ފަހުމީގެ އަޑު ގަދަވެގެން ދިޔުމުން ޝަހުދު މައިތިރިވެއްޖެއެވެ. ޝަހުދަށް މާބޮޑަށް ރުޅިއާދެވުނީއެވެ. ވާނީ އެހެންނެވެ. ޝަހުދު އޭނާގެ ރުޅި ކޮންޓްރޯލް ކޮށްގެން އިންދައި ފަހުމީ އައިސް އެ ވާހަކަ ދައްކަން ފެށުމުން ޝަހުދު ކޮންޓްރޯލުން ނައްޓައިލީއެވެ.

ސަޑޭމް ހުސޭނާއި ޑޯގް ބުޝް

ކިޔާފައިވާ ޢަދަދު: 6662

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އިރާޤުގެ ވަރުގަދަ ޝަޚުޞިއްޔަތެއް ކަމުގައިވާ ޞައްދާމު ޙުސައިނުގެ ރައީސްކަމުގެ ދުވަސްވަރު އެ މަނިކުފާނަކީ ހުޅަނގާއި އެމެރިކާއަށް ވަރަށް ވަރުގަދަ ބަހުގެ ޙަމަލާތައް ދެއްވަމުން ގެންދެވި ޖެހިލުންކުޑަ ލީޑަރެކެވެ. ޣައިރުމުސްލިމުން ރުޅިއަންނަ، އަދި މުސްލިމު ބައެއް ލީޑަރުންވެސް ޖެހިލުންވެވަޑައިގެންނެވި ވެރިއެކެވެ.

ބަނޑު ގޯސް މިވަނީ

ކިޔާފައިވާ ޢަދަދު: 3301

ޢަބްދުއްރަޝީދު ޙުސައިން

ނިކަމެތިކަން ނުދެކޭތީތާއޭ  ތަނަވަސްކަން އަގު ނުކުރެވެނީ
          ބިކަޙާލޭ  ލިބި ހުރިހައި  ނިޢުމަތުގައި  ތިބެގެން  ގޮވެމުން  ދެވެނީ

ބަނބުކޭލުން ފައި ފަލަބަލި ޖެހެޔޭ ބުނި މީހުން އަދި ދިރިތިއްބައި
          ބަނޑުގައިއޮތް ދަރި ދެލޮލުން ދެކެފައި  ކުރިޔަށް ނުދެޔޭ ތިޔަ ބުނަނީ

ކުދިވާހަކަ (56)

ކިޔާފައިވާ ޢަދަދު: 4055

އެތަނާއި މިތަނުން

ކުދިވާހަކަ (56)

“މާވަޑިޔާގެ ގެ”

ޢައްބާސް އިބްރާހީމް

އެއްޒަމާނެއްގައި އުޅުނު މާވަޑިއަކަށް ދިމާވިކަމެއްގެ ވާހަކައެވެ. އެއްދުވަހަކު އޭނާގެ ހިތަށްއެރީ އޭނާ މިހާރު މުސްކުޅިވެގެން މަސައްކަތް ހުއްޓާލަން ވެއްޖެ ކަމަށެވެ. މިހެން ހިތަށް އަރައިގެން އޭނާގެ ވެރިޔަކަށް ހުންނަ މީހާގެ ގާތުގައި އެވާހަކަ ބުނެފިއެވެ. މާވަޑިޔާގެ މިވާހަކަ އަހާފައި އޭނާގެ ވެރިމީހާ ވަރަށް ދެރަވިއެވެ. އަދި ދުވަސްކޮޅަކު މަސައްކަތުގައި ދެމިހުރުމަށް އޭނާގެ ކިބައިން އެދުނެވެ. ނަމަވެސް މާވަޑިމީހާ އެކަން ޤަބޫލުކުރާގޮތެއް ނުވިއެވެ. “މިހާރު އަޅުގަނޑު މުސްކުޅިވެ ގައިބާރުވެސް ދެރަވެއްޖެއެވެ. ކުދީންވެސް ބޮޑެތިވެ ދިރިއުޅެން ފަށައިފިއެވެ. އެކުދީންވެސް އެދެނީ އަޅުގަނޑު މުސްކުޅިވެގެން ހުންނާށެވެ.” އޭނާ ބުންޏެވެ.

ސާހިބާ (23)

ކިޔާފައިވާ ޢަދަދު: 3914
ފާޠިމަތު ނަހުލާ
(01 އޮގަސްޓް 2014 (ހުކުރު) ދުވަހު ޝާއިޢު ކުރި ބަޔާ ގުޅޭ)

ކޮންމެ ގޮތެއް ވިޔަސް އޭނާ ފިޔާޒާއާ ދޭތެރޭގައި ކަންބޮޑުވާކަށް ނުޖެހެއެވެ. ފިޔާޒާއަކީ މީނާ ކަހަލަ އަންހެނެއް ނޫނެވެ. ޝަހުދު ފިޔާޒާއަށް އިތުބާރު ކުރެއެވެ.

ކުއްލިއަކަށް މީހަކު ބާރަށް ދޮރުގައި ޖަހައިލި އަޑަށް ޝަހުދު ސިހުނެވެ. ޝަހުދު ދޮރާ ދިމާއަށް ބަލައިލިއެވެ. ކުޑަ ޙައިރާންކަމަކާ އެކުގައެވެ. އަނެއްކާވެސް މީހަކު ވަރަށް ބާރަށް ދޮރުގައި ޖަހައިލައިފިއެވެ. މީނާ ޝަހުދުގެ ކޮޓަރި ދޮރުގައި އެގޮތަށް ތަޅައިފާނޭ ހެއްޔެވެ؟ އަނެއްކާ މީނާއަށް ކަމެއްވީބާއެވެ. އެހެން ހިތަށް އެރުމާއެކު، ކޮޓަރީގެ ދޮރާ ދިމާއަށް ޝަހުދަށް ބާރަށް ހިނގައިގަނެވުނެވެ. ޝަހުދު އަވަސް އަވަހަށް ދޮރު ހުޅުވައިލިއެވެ. އެދޮރުން ބޭރުގައި ހުރީ މީނާއެއް ނޫނެވެ. މީނާގެ ބައްޕަ ފަހުމީއެވެ.

1435 ވަނައަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ހަނދާނުގައި

ކިޔާފައިވާ ޢަދަދު: 2520
      
       އަބޫބަކުރު އާދަމް ސިލްވަރބީޗް ނ.މަނަދޫ
       ރޯދަމަހު  ކެއްތެރިކަމުގެ އަގުހުރި ފިލާވަޅުތައް ލިބުނު
                    ރޯދަ ހިފުމުން ސިއްހަތައް ފައިދާތަކެއް ގިނަގުނަ ލިބުނު
       ހެޔޮމަގުން ކުރިއަށް ހިނގަން ފުރުޞަތުތަކެއް އެކަށޭނަވީ
                     ހެޔޮހިތުން ހޯދޭނެ ތަނަވަސް އަލިމަގެއް  އެގޮތުން ކޮށުނު

ޟަމީރު މަރުވުން

ކިޔާފައިވާ ޢަދަދު: 3113
      
އާދަމް ނަޞީރު އިބްރާހީމް
ޟަމީރު   އިންސާނީ   މަރުވުމީ   މުޞީބަތެކޭ
        ޒަމީނު   އޭރުން އެއްފަދަ  ވެޔޭ   ޤިޔާމަތެކޭ
                  ***
އަމާންކަމުގެ އަސަރާ ހިޔަނިވެސް ފިލައި ނެތިގޮސް،
        ޒަމާނުގައި ވާނީ   އަގަލު ކުޑަ   ޚަޞީލަތެކޭ

ލިޔާށެވެ. ލިޔުންތެރިއަކަށްވާށެވެ.

ކިޔާފައިވާ ޢަދަދު: 3842
 ޢަބްދުއްރަޝީދު ޙުސައިން
އަންނާށެވެ. އަޅުގަނޑުމެންނާއެކު އަންނާށެވެ. ލިޔުންތެރިއަކަށްވެވޭތޯ މަސައްކަތް ފަށަމާ ހިނގާށެވެ. އެއީ އުނދަގޫ ކަމެއް ނަމަވެސް ހަމަގައިމުވެސް އެއީ ނުކުރެވޭނޭ ކަމެއްނޫނެވެ.

ހަނދުމަވަނީ (3)

ކިޔާފައިވާ ޢަދަދު: 2455
އަޙުމަދު ރަޝީދު، ލ. ފޮނަދޫ

(21 ޖޫން 2014 (ހޮނިހިރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
ލީނާގެ މާމަގެ މި ޚާއްޞަ ކޮށާރަކީ އެހެން ގޭގައި ހުންނަކަހަލަ އާދައިގެ ކޮށާރެއްނޫނެވެ.އެހެންނޫނަސް މިޒަމާނުގައި ކޮށާރެއް ހުއްނާނީވެސް މަދު ރަށެއްގެ މަދު ގެއެއްގައެވެ. އެ ކޮށާރުގެ މަތިވަޑާންގަނޑު އެހެން ކޮށާރުތަކަށްވުރެން އުހެވެ. ގާތްގަނޑަކަށް ކޮށާރުގެ ތަޅުމު ފިލާތަކާއި މަތިވަޑާންގަނޑާދެމެދު ބާރަވަރަކަށް ފޫޓް ހުންނާނެއެވެ. ކޮށާރަށް އެރުމުން އެއީ އެހާ ކުޑަކޮށާރެއް ނޫންކަންވެސް އެނގޭނެއެވެ. މިހާރު މިހުންނަވަރުގެ އާދައިގެ ކޮޓަރިއަކަށްވުރެން ކުޑަވާނީ ހަމަ ތަންކޮޅެކެވެ. ކޮންމެ މޫސުމަކަސް ކޮށާރުތެރެ ހިކިވެފައި ހޫނުކަމެއް ހުންނާނެއެވެ. އެހެން ކޮށާރުތަކުގައި ކާޑުގެ ބާވަތްތައް ގެންގުޅުނަސް މި ކޮށާރުތެރެ ފުރިފައިވަނީ ތަފާތު ފޮތްފޮތުންނެވެ. އިހުގެ ތަފާތު އެއްޗެއްހިންނެވެ. މުޅިންވެސް އިހުގެ ބައު ފޮތްތަކެވެ. އުސްކޮށް ބަރިބަރިއަށް ޖަހާފައެވެ. އެހެންވެގެން ލީނާ އެކޮށާރަށް އެރުނުކަންވެސް އޭނާގެ މާމައަށް ރޭކައެއްނުލިއެވެ.