އެއް ހާސް އަހަރު (ދިހަ ވަނަ ބައި)

ކިޔާފައިވާ ޢަދަދު: 2653

އަޙުމަދު ރަޝީދު، ރިކާޒް، ލ. ފޮނަދޫ

(17 ޖޫން 2014 (އަންގާރަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

އުޑުމަތީގައި ހުރި ވިއްސާރަ ވިލާތައް ސާފުވެއްޖެއެވެ. ހަނދުވަރުގެ އަލިކަން އެއްވެސް ހުރަހެއް ނެތި ދޭން ފަށައިފިއެވެ. ގަސްތަކުގެ ތެރެއިންވެސް ބިމަށް ހެޔޮވަރު ވަރަކަށް އަލިކަން ފެތުރިފައިވެއެވެ. އެވަރުން ބިޝާރާއަށް ތަންތަން ފެންނަވަރު ވެއެވެ. ނަމަވެސް އޭނާގެ ދެލޯވެސް ވަނީ ވަށައިގެންވާ އަނދިރިކަމަށް ހޭނިފައި ކަހަލައެވެ. ހަމަގައިމުވެސް ވެމްޕަޔަރުން ގޮތަށް ރޭނގަނޑުގެ އަނދިރިކަމުގެ ތެރެއިން ތަންތަން ދުށުމުގެ ޤާބިލުކަމެއް އޭނާއަށް އަދި ލިބިފައެއް ނުވެއެވެ. އެހެން ހިތަށް އެރުމާއިއެކު ބިޝާރާ ކަންބޮޑުވިއެވެ.

ކިންގް ސުޢޫދުގެ ދުވަހެއް

ކިޔާފައިވާ ޢަދަދު: 1998

އޭރުގެ ފަތްފުށްތަކުން…. (78)

ކިންގް ސުޢޫދުގެ ދުވަހެއް

عبد اللّه حميد

އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (ނ.ޢ.ޢ.ވ) އަކީ، މޮޅު ލިޔުންތެރިއެކެވެ. ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ. ޅެންވެރިއެއްވެސް މެއެވެ. ދިވެހިބަހާއި އަދަބިއްޔާތަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައި ޚިދުމަތްތެރިއެކެވެ. ތަފާތު ނޫސް މަޖައްލާތަކަށް ގިނަ ލިޔުންތަކެއް ލިޔުއްވައި އަދި ތަރުޖަމާ ކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނުވަނީ ރާއްޖޭގައި ނުކުތް ގިނަ ނޫސް މަޖައްލާތަކަށް ލިޔުއްވާފައެވެ. އަދި މަޖީދިއްޔާ މުސްކުޅި ދަރިވަރުންގެ ޖަމްޢިއްޔާގެ މަޖައްލާ “ޢިލްމީ އޮއިވަރު”އާއި ދިވެހިބަހާއި ތަރީޚަށް ޚިދުމަތްކުރާ ޤައުމީ މަޖިލީހުގެ މަޖައްލާ “ފަތްތޫރަ”އާއި ދިވެހި ނާދީގެ މަޖައްލާ “ހުވަނދު”ގެ މުޙައްރިރުކަންވެސް ކުރައްވައިފައިވެއެވެ.

ދިޔަރެސް (23)

ކިޔާފައިވާ ޢަދަދު: 4455

މޫސާ ޞާއިދު

(23 ޖޫން 2014 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“މީ ނުލާހިކު ތާށި ދުވަސްވަރެއް…ކިހިނެއް ހެދުން އާކުރާނީވެސް…އެހެން ނޫނަސް، އަހަރެން މާބޮޑު ޝައުޤުވެރިކަމެއް ނުހުރޭ، އާ ހެދުން ފައްސާކަށް.” ސުދާ ބުންޏެވެ. މުޢާޒު ކާންފެށިއެވެ.

ފިޠުރު ޢީދުގެ ތަހުނިޔާ

ކިޔާފައިވާ ޢަދަދު: 4822

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ފިޠުރު އީދުގެ ތަހުނިޔާއޭ، މިތުރުނަށް އަދު ފޮނުވެނީ
      އަތުރުކަން ނެތް ބަސްތަކުން ހުރިހާ އަޚުންނަށް ފޮނުވެނީ

ކުރެވުމުން އަޅުކަން، ކުރަންވީ އެންމެހައި ރަމަޟާނުގައި
      ފުރެދުމެއްނެތި ޝުކުރުގައި ކުޅިވަރުތަކޭ  އަދު  ކުޅެވެނީ

މީރުވަސް ފަތުރައިދެމުން މުޅި ޖައްވުގައި ކުލަޖައްސަމުން
      އީދު އައިމާ  އުފަލުގައި  ގިނަގުނަ  ތަހާނީ   ފޮނުވެނީ

ބާޒީ ގެ ސިޑި

ކިޔާފައިވާ ޢަދަދު: 3396

ކަނީރު ޢަބްދުއްރަޙީމް (ކަނީރު)

ހިތްވަރާ ފަންވަރު   ނެރޭށޭ   ކާމިޔާބު   ލިބޭނެޔޭ
           ހިތް ނުރޮއްވާ  ގަދައަޅާށޭ   ތިޔަ އެދޭ  ގޮތް  ވާނެޔޭ
ށަވިޔަނީގައި އަތޮޅުވެރިކަން ކުރި ރަށެއް ޅައިމަގު  އެއީ
           ހެވި ޔަގީނޭ  އަތޮޅު އެންމެން   މީ ތެދޭ   ބުނެލާނެޔޭ
ނޫނެކޭބުނެ ފާފައިން ރައްކާވެ   ހެޔޮގޮތުގައި    ވުމީ
           ހޫނެކޭ ފިންޏަށް ބަދަލު ކުރެވޭ  ޔަގީން    ކުރެވޭނެޔޭ

ސާހިބާ (21)

ކިޔާފައިވާ ޢަދަދު: 3584
ފާޠިމަތު ނަހުލާ
(6 ޖުލައި 2014 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

ޝަހުދުގެ ލޯބި މީނާގެ މައްޗަށް އަނބުރަން މަޖުބޫރު ކުރުވި މީހަކީ މީނާއެވެ. މީނާގެ އެކިއެކި ޙަރަކާތްތަކުން މީނާދެކެ ލޯބިވާން މީނާ ޝަހުދަށް މަޖުބޫރު ކުރުވީއެވެ. އެއީ މީނާއަށް ކުރެވުނު ވަރަށްބޮޑު ކުށެކެވެ. އެކުށުގެ ހިތިކަން މީނާއަށް އަދި އިޙްސާސް ކުރެވޭނެއެވެ. އެއީ ޝަހުދަށް ހުރިހާ ޙަޤީޤަތެއް އެނގުމުންނެވެ. ހަމަގައިމުވެސް އެދުވަހަކުން ޝަހުދު މީނާ ކުށްވެރި ކުރާނެއެވެ.

ލައިލަތުލްޤަދްރި

ކިޔާފައިވާ ޢަދަދު: 3499
ޢަބްދުއްރަޝީދު ޙުސައިން
ހިމެނޭ މަހެއްގެ ވިއްޔާ ފަހު ދިހަތެރޭ  ހަތާވީސް
            ރަމަޟާން މަހުގެ ތެރޭވެސް  އާދޭ އެމަހު  ހަތާވީސް

އިސްކަން ދެވޭ ކަމަށްވޭ ތަސްބީޙަ ޛިކްރު ކުރުމަށް
            މުސްލިމް ދަރީން ވިލޭރޭ ރަމަޟާން މަހުގެ ހަތާވީސް

ރޯދަ ހަދިޔާ – ހަލީސާ (60)

ކިޔާފައިވާ ޢަދަދު: 2974

ރޯދަ ހަދިޔާ – ހަލީސާ (60)

ފާޠިމަތު ޒާރާ

ވަގުންވެސް އަނެކަކުންނަށް އިތުބާރުކުރޭ

ވަރަށް މުއްސަނދި މީހެއްގެ ގެއަށް ވަގަކު ވަނެވެ. އެގެއަށް ވަދެ ތިޖޫރީ ހުރިތަން ހޯދައިގެން ތިޖޫރީ ފަޅާލާނަމޭ ހިތައި އެއާ ކައިރިވެލިއިރު ތިޖޫރީގެ ދޮރުފަތުގައި ލިޔެފައިވާ ޢިބާރާތެއް ފެނުނެވެ.

އޭގައި ވަނީ “ތިޖޫރީ ހަލާކު ކޮށްލުމުގެ ބޭނުމެއް ނެތް. 452 އަށް ފިތައިލުމަށްފަހު ރަތް ފިތަށް ފިތާލާ.”

ފަލަސްޠީނުގެ ހާލަތު

ކިޔާފައިވާ ޢަދަދު: 3789
ވަޒަން: ޒިންދަގީކޭ ސަފަރު މޭ އަކޭލޭތެ ހަމް
ޢަބްދުއްރަޝީދު ޙުސައިން
މުސްލިމުންނޭ ފަލަސްޠީނު ނެތިކޮށްފިޔޭ 
    ގިސްލަމުންދާ އެބިން ވާ ފަނާކޮށްފިޔޭ
        ހުސްގެދޮރަކަސް ތަޅައި ތިބި ބަޔަކުނަމަ މަރައި
            އޮއްސަނީޔޭ ރޮކެޓް ހުއްޓުމެއް ނުގެނެޔޭ
                މުސްލިމުންނޭ ފަލަސްޠީނު ނެތިކޮށްފިޔޭ

ހާދަބަޔެކޭ އެތިބަގެން މަރާ ހުސްކުރީ
    ހާދަބަޔެކޭ ގެދޮރުނެތިވެ މަގުމަތި ކުރީ
        ކާކު ބޭހެއް ޝިފާ ދޭނެ އަންނަންހުރީ
            ހާލުގައި ވެއްޓިފައި ހާދަ މީހަކުވެޔޭ
                މުސްލިމުންނޭ ފަލަސްޠީނު ނެތިކޮށްފިޔޭ