ސާހިބާ (40)

ކިޔާފައިވާ ޢަދަދު: 3880
ފާޠިމަތު ނަހުލާ
(13 އޮކްޓޫބަރު 2014 (ހޯމަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

ގަޑިން 9 ޖެހިއިރު ފިޔާޒާ ހުރީ ފަހުމީ އޮފީހުގައެވެ. ފިޔާޒާ އޮފީހަށް އައިއިރު، ފަހުމީ އޮފީހުގައި އިނެވެ.
“ގަޑިއަށް ވަރަށް ބަރާބަރު!” ގަޑީގެ ބޮޑުކަށި ބަރާބަރު ބާރައިގައިވާ ތަން ފެނިފައި، ފަހުމީ ބުންޏެވެ. އެއީ އޭނާ އަންހެނަކަށް ތަޢުރީފު ކުރި ފުރަތަމަ ފަހަރެވެ. ފިޔާޒާ ލަދުން ހުރެ އެތެރެއަށް ވަދެ އިށީނެވެ.
“އަޅުގަނޑުގެ ވަޒީފާއަކީ ކޮބައިތޯ؟” ފިޔާޒާ އަހައިލިއެވެ.

ސާހިބާ (39)

ކިޔާފައިވާ ޢަދަދު: 3729
ފާޠިމަތު ނަހުލާ
(12 އޮކްޓޫބަރު 2014 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

“މީހަކާ ރައްޓެހިވެގެންނޭ!” އެ ޚަބަރުވީ މީނާއަށް ބޮޑު ޚަބަރަކަށެވެ.ޝަހުދުގެ އަންހެނުން ބޭވަފާތެރިވި ވާހަކަ ބުނީމާ، މީނާ އިނީ ޙައިރާންވެގެން ގޮސް ހަދާނެ ގޮތެއް ނޭނގިފައެވެ. ޝަހުދު ފަދަ ފިރިހެނެއްގެ އަންހެނުން ބޭވަފާތެރިވީތީއެވެ. ޝަހުދު ފިޔާޒާދެކެ ލޯބިވާވަރު މީނާއަށް އިޙްސާސް ކުރެވެއެވެ. އަދި ފިޔާޒާއަށްޓަކައި ޝަހުދު ވީ މަތިވެރި ޤުރްބާނީ މީނާ ރަނގަޅަށް ހަނދާން އެބަހުއްޓެވެ.

ސާހިބާ (38)

ކިޔާފައިވާ ޢަދަދު: 3829
ފާޠިމަތު ނަހުލާ
(9 އޮކްޓޫބަރު 2014 (ބުރާސްފަތި) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
“ޝަހުދު ފިޔާޒާއަކާ ބައްދަލެއް ނުވޭތަ؟” އަނެއްކާވެސް ޢުމަރު އެހިއެވެ. ޢުމަރު އެއުޅެނީ ޝަހުދަށް މަލާމާތް ކުރުމުގެ ގޮތުން ހެނެއް ހިއެއް ނުވެއެވެ. އޭނާ ޝަހުދާ ދޭތެރޭގައި ހަމްދަރުދީވާކަން ޔަޤީނެވެ.
“ބައްދަލުވި.” ޝަހުދު ކުރު ޖަވާބެއް ދިނެވެ.
“އޭނާގެ ޙަޤީޤަތް ޝަހުދަށް އެނގިފައިދޯ އޮތީ!” ޢުމަރު އެހެން އެހުމުން ޝަހުދު ބޯޖަހައިލިއެވެ.

މި ޒަމާނުގެ ޢިލްމީ ހުށަހެޅުންތަކުގެ ބަހަކީ، އިނގިރޭސި ބަސް ކަމުގައި ވެގެންދިޔައީ ކީއްވެ ހެއްޔެވެ؟

ކިޔާފައިވާ ޢަދަދު: 5988

އަޙުމަދު ސަމީރު ޢަލީ


ޕްރޮފެސަރ Michael D. Gordin އަކީ އެމެރިކާގެ މަޝްހޫރު ޕްރިންސްޓަން ޔުނިވަރސިޓީގައި ތާރީޚް އިލްމު ކިޔަވައިދެއްވާ އުސްތާޒެކެވެ. ކިޔަވައިދެއްވަނީ މިޒަމާނުގެ ތާރީޚެވެ. ޕްރިންސްޓަން ޔުނިވަރސިޓީގެ ކުރިން، ހާވާޑް ޔުނިވަރސިޓީގައިވެސް ކިޔަވައިދެއްވިއެވެ. ތާރީޚު އިލްމާއި ގުޅުންހުރި ތަފާތު ފޮތް ޕްރޮފެސަރ ގޯޑިން ލިޔުއްވާފައިވެއެވެ.  މިހާރު ލިޔުއްވަމުން ގެންދަވާ ފޮތަކީ ޢިލްމީ ހުށަހެޅުންތަކުގައި އެކި ދުވަސްވަަރު އެކި ބަސްބަސް އިސްކުރެވެމުން އައި ގޮތަށް އަލިއަޅުއްވައި، ލިޔުއްވަމުން ގެންދަވާ ފޮތެއްކަމަށް ވެއެވެ.

ސާހިބާ (37)

ކިޔާފައިވާ ޢަދަދު: 3838
ފާޠިމަތު ނަހުލާ
(6 އޮކްޓޯބަރ 2014 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

“މިއަދުން ފެށިގެން ފިޔާޒާއަކީ މިނިވަނެއް…..” އެހެން ބުނުމަށްފަހު، ޝަހުދު ބަލައިވެސްނުލައި ދޮރާ ދިމާއަށް ބާރަށް ހިނގައިގަތެވެ. ޝަހުދުގެ އެޖުމްލަ އިވުމުން ހީވީ ވިރުވާފައިވާ ތިމަރަތަކެއް ފިޔާޒާގެ ކަންފަތަށް އެޅިގެން ދިޔަހެނެވެ. ޝަހުދު އެހެން ބުނުމުން، ފިޔާޒާއަށް އެހާބޮޑު އަސަރެއް ކުރާނެ ކަމެއް ފިޔާޒާއަކަށް ކުރިއަކުން ނޭނގެއެވެ.

ސާހިބާ (36)

ކިޔާފައިވާ ޢަދަދު: 3769
ފާޠިމަތު ނަހުލާ
(5 އޮކްޓޯބަރ 2014 (އާދީއްތަ) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

ޝަހުދު ވަރަށް ބިރުންހުރެ، ގުދުވެ ފާޚާނާގެ ތަޅުވަޅުން އެތެރެ ބަލައިލިއެވެ. އެވަގުތު އޭނާގެ ފައިދޮށުން ބިންގަނޑު ދެމިގަތެވެ. ދުނިޔޭގެ ހަތަރު ފާރުގެ ތެރޭގައި އޭނާ ފިއްތައިލި ކަހަލައެވެ. އޭނާގެ ފައި ތުރުތުރުއަޅައިގަތެވެ. ހަށިގަނޑު ބާރު ދޫވާން އުޅުނެވެ.

ދުނިޔޭގެ އެއް އަޖައިބު ކަމުގައިވާ ދިވެހި ރާއްޖެއަށް އަޅުގަނޑު ކުރި ދަތުރު (11)

ކިޔާފައިވާ ޢަދަދު: 5596
{jcomments on}
ލިޔުއްވީ: މުޙައްމަދު ބިން ނާޞިރުލް ޢައްބޫދީ
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ
(4 އޮކްޓޯބަރ 2014 (ހޮނިހިރު) ދުވަހު ޝާއިޢުކުރި ބައިގެ ބާކީ)
ގިނަ މީހުން އަންދާޒާ ކުރާނެހެން، މިސްކިތުގެ މަތިވަޑާން ބަހައްޓާފައި ހުރީ ހަމަ ސީދާ ތަނބުތަކުގެ މަތީގައެއް ނޫނެވެ. ހިރިގަލުގެ ކޮންމެ ތަނބެއްގެ މަތީގައި ފަންނީގޮތަކަށް ލިޔެފައި ހުރި، ތިރީބަޔާއި ގުޅޭ ވަރުގެ ކުޑަ ތަންކޮޅެއް ހިމަ، ލަކުޑި ބައެއް ގުޅުވައި މަތި ވަޑާންގަނޑު ބަހައްޓާފައިވަނީ މި ލަކުޑި ބައިގެ މަތީގައެވެ. ފުރާޅު ފަރުމާކޮށްފައިވަނީ ދެ ފުރާޅަށް ކަތި ކޮށްފައެއް ނޫނެވެ. ހަތަރެސްކަނަށް، ރީތި ބައްޓަމަކަށެވެ.

ކުދިވާހަކަ (60)

ކިޔާފައިވާ ޢަދަދު: 4081

އެތަނާއި މިތަނުން

ކުދިވާހަކަ (60)

ފެންނަ ގޮތް ތަފާތުވުން

ޢައްބާސް އިބްރާހީމް

ކަފައިގެ ވިޔަފާރި ކުރަމުން ދިޔަ ހަތަރު އެކުވެރިންގެ ވާހަކަ އެކެވެ. ކަފަ ބަންޑެލިތައް ރައްކާކޮށްފައި ބެހެއްޓުމަށް އެ މީހުން ގުދަނެއް ހޯދައިފިއެވެ. އެ ކަފައިގައި ހުންނަ އޮށްތައް ކާން ވެގެން އެ ގުދަނުގައި މީދާ އުޅެން ފެށީ ދާދި އަވަހަށެވެ. އެހެންކަމުން މީދާތައް ބިރުގެންނެވުމުގެ ގޮތުން އެ ގުދަނުގައި ބުޅަލެއް ގެންގުޅެން އެ މީހުން ނިންމައިފިއެވެ.

އިސްކޫލު ތަކުގައި އޯގާވެރިކަން ދަސްކޮށްދިނުން

ކިޔާފައިވާ ޢަދަދު: 5753
ލިޔުއްވީ: މުދައްރިސް އެޑަމް ޝާރމަން
ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ

މީގެ ތިން އަހަރު ކުރިން، އަޅުގަނޑު ގާތުގައި އަޅުގަނޑު ކިޔަވައިދޭ ދަރިވަރުންގެ ކިބައިން ހިތްހެޔޮ ކަމާއި އޯގާވެރިކަން  އާންމު ގޮތެއްގައި ފެންނަ މިންވަރާއި މެދު ތިބާ ސުވާލު ކުރެއްވި ނަމަ، އަޅުގަނޑު ދެންނެވީހީ ” ހަމަ ވަރަށް ރަނގަޅެވެ! އަޅުގަނޑު އެދެނީވެސް އެއް ކުއްޖަކު އަނެއް ކުއްޖަކަށް، އަދި މުދައްރިސުންނަށް ވެސް އޯގާވެރިކަމާއި އިހުތިރާމާއި އެކު ކަންތައް ކުރުމެވެ.”

ސާހިބާ (35)

ކިޔާފައިވާ ޢަދަދު: 3852
ފާޠިމަތު ނަހުލާ

3 އޮކްޓޯބަރ 2014 (ހުކުރު) ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)

ނިދާގަޑި ޖެހިއްޖެއެވެ. ފިޔާޒާއާ އެއް އެނދުގައި ނިދަން ޝަހުދަށް އުނދަގޫވިއެވެ. ޝަހުދު ހީކުރީ އެވަގުތަކީ ފިޔާޒާ އިންތިޒާރު ކުރާނޭ ވަގުތެއް ކަމަށެވެ. އެހެން ނަމަވެސް، ފިޔާޒާވެސް ޝަހުދާ މާ ގާތްވާކަށް މަސައްކަތެއް ނުކުރެއެވެ. ޝަހުދުވެސް ފިޔާޒާއާ ގާތްވާކަށް ނޫޅެއެވެ. ޝަހުދަށް ނިދާކަށް، މާ ފަސޭހައެއް ނުވިއެވެ. ފަތިސްވަންދެން އޭނާ ހޭލާ އޮތެވެ. ނިދާކަމަށް ހަދައިގެން އޮތަސް، ފިޔާޒާވެސް އޮތީ ނިދާފައި ނޫންކަން ޝަހުދަށް އެނގެއެވެ.